ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބިފައިވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ވިޔަފާރި ފުޅާކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ގާސިމް ވެރިކަމަށް އަތުވެއްޖެނަމަ އެމަނިކުފާނުގެ ވިޔަފާރި ފުޅާކުރާނޭ ކަމަށް ބައެއް މީހުން ތުހުމަތުކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމެއް އައިސްފައިވަނީ ގާސިމްގެ ވިޔަފާރިފުޅާކުރި ކަމުން ކަމަށް ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ އިންޓަވިއު ދެއްވަނީ

ވޭތުވެދިޔަ ސަރުކާރުތަކުން ހިންގަމުން އައި މަޝްރޫތަކަކީ ހަމައެކަނި ސަރުކާރުން ހިންގަމުން އައި މަޝްރޫތައް ކަމަށާއި އަމިއްލަ ފަރާތްތަކަށް ފުރުސަތު އޮތް ނަމަވެސް އަމިއްލަ ފަރާތްތަކުން އެކަން ނުކުރި ކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އަގު ކޮންޓްރޯލްވެފައި ކޮމްޕީޓް ކުރާނެ އެހެން ފަރާތެއް ނެތިފައި ރާއްޖެ އޮތީ ހުއްޓުމެއްގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެ އޮތީ މޮނޮޮޕޮލައިޒް ކުރެވިފައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އެހެން އޮތް އޮތުން ނިމުމާ ހަމަޔަކަށް ގެނައުމަށްޓަކައި ތަފާތު ދާއިރާތަކުން އަމިއްލަފުޅަށް މަސައްކަތްތައް ފުޅާ ކުރައްވައިގެން އެ މަސައްކަތްތައް ގާސިމް ކުރަން ފެއްޓީމަ ނަތީޖާއަކަށްވީ ރައްޔިތުންނަށް ހިދުމަތްތައް އަގު ހެޔޮ ވެގެން ދިއުން. ތެޔޮ ކަމުގައި ވިޔަސް ޓިކެޓް ކަމުގައި ވިޔަސް، ލިސްޓް ވަރަށް ދިގު. ކޮންމެ ވިޔަފާރިއަކަށް ބައްލަވާ. އެކަމުގެ ސަބަބުން ސަރުކާރުން އަގުތައް ތިރި ކުރަން ޖެހިފައި ކޮންޓްރޯލްކުރަން ޖެހިފައި އޮންނަނީ." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިސާލަކަށް މިނިސްޓަރު ނަހުލާ ދެއްކެވީ ފްލައިމީ ފެއްޓުމުން އައި ބަދަލެވެ. މިނިސްޓަރު ވިދާޅުވީ ފްލައިމީ ފެއްޓިއިރު އެންމެ އަގު ހެޔޮކޮށް ޓިކެޓް ލިބޭނީ ފްލައިމީއިން ކަމަށެވެ. އެގޮތަށް އެކަން ކުރުމުން އޭރެއްގައި އޮތް ސަރުކާރަކުން ޖެހުނީ ޓިކެޓްގެ އަގު ދަށްކުރަން ކަމަށް ވިދާޅުވިއެވެ. މިކަމުން ފައިދާ ލިބުނީ ރައްޔިތުންނަށް ކަމަށް ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ އިންޓަވިއު ދެއްވަނީ

"އިންސާނެއްގެ ހަޔާތުގައި ވޭދުވެދިޔަ 40 އަހަރު ކުރި މަސައްކަތުން ހޯދި އާމްދަނީގެ 60 އިންސައްތައަށްވުރެ ގިނައިން މި ގައުމުގެ ނިކަމެތި ރަށްޔިތުންނަށްޓަކައި އަމިއްލަ ޖީބުން ހޭދަކުރެއްވި ބޭފުޅެއް ސަރުކާރަށް އައިސްފައި އުމުރު ފުޅުން 74 ވީއިރު ދަރަނިވެރިވެފައި އޮތް ދައުލަތަކާއި ހަވާލުވެފައި ކޮން ޖީބެއްތޯ އެ ބޭފުޅުާ ފުރަން އުޅޭނީ. ވަރަށް ސިމްޕަލްކޮށް ރައްޔިތުން ވިސްނައިފިއްޔާ މި ހަގީގަތް އެނގޭނެ. ކުރިއަށް އޮތް ފަސް އަހަރަކީ ވަަރަށް ބުރަކޮށް ގާސިމް އިބްރާހިމް ވެރިކަމަށް އައިސްފިނަމަ އަވަދިނެތި މަސައްކަތް ކުރަންޖެހޭ ފަސް އަހަރު." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އިގްތިސޯދެއް ނަގާ ކޮޅަށް ޖެހުމަށްޓަކައި ފަސް އަހަރު ބުރަކޮށް މަސައްކަތް ކުރުމަށް ދަރަނި ވެފައިއޮތް ދައުލަތަކަށް ހަވާލުވާން އަންނާނީ ރާއްޖޭގެ ރައްޔިތުންދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    މުއައްޒަފުންނަށް އެންމެ ކުޑަ މުސާރަ ދޭ މީހާ. ސާވިސް ޗާޖު ކާލާފައި 200 ރުފިޔާ ދޭ މީހާ. އަންހެނުން މިނިސްޓަރުކަމުގައި ބަހައްޓައިގެން ފަޅުތަކާއި ފަޅުރަށްތައް ބަނޑުއަޅާ ބަދަލުގެ ގޮތުގައޭ ކިޔާ 400 މިލިއަން ބައިތުލްމާލުން ކައްވާލި މީހާ. އޯގާވެރިކަމަށް ދޢުވާކުރާއިރު ކޮވިޑްގައި މުއައްޒފުންނަށް ހަދާލީ ހިތުހުރިގޮތެއް. އެންމެ އޯގާތެރި އެންމެ މުއްސަދި ކަމަށްހެދިގެންއުޅޭއިރު ބަތާނަ ބަލާލުމުން ފެންނަނީ އެންމެ ހިތްހަރު އެންމެ ބަޚީލު މީހާ! ދެން ރައްޔިތުންނަށް ވެފައިވާ ފައިދާ ވިސްނާ! ދެތިކި ޕީ.

  2. މުއިއްޒު މިފަހަރު

    ކޮވިޑުގެ ސަބަބުން އައި ދަތިކަމާއި އެކި ނަންނަމުގަ ނަގަމުންދާ ޓެކްސްތަކިގެ ބުރައިގައި ރައްޔިތުން އުޅެމުން ދިޔައިރު ގާސިމު މަޖިލީހަށް ނުގޮސް މުސާރަ ނަގާ. ހަމަ ކޮވިޑު އިރު އަމިއްލަ މުއައްޒަފުންގެ މުސާރަ ނުދީ ހެދި. ބައިތުލްމާލުން 400 މިލިއަން ބަދަލުގެ ނަމުގައި ނަގައި، ރާއްޖޭގެ ފަޅުތަައްވެސް ނެގި. މިފަހަރު ބޭނުމީ ތެދުވެރިއެއް. އެއީ މުއިއްޒު

  3. އިދުރީސް

    ތިޔަ ބުނަނީ ގާސިމް ނުވީ ނަމަ ދިވެހިންވެސް ނުވީހޭތޯ؟

    • މާނަ

      ވިޔަފާރި ފުޅާކުރަން މަންޖެ މުސްކުޅިއަކާ އިނދެގެން ތިއުޅެނީ ބަލަވެރިކަން ހޯދަން އުޅެބަލަ ކޮން ވިޔަފާރީގެ ވާހަކައެއް ތިދަށްކަނީ ލަދުންބޯހަލާކު.

  4. ހުސެން

    ގާސިމް އިބްރާހިމްގެ ވިޔަފާރި ފުޅާކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
    ގާސިމް އިބްރާހިމްގެ ވިޔަފާރި ފުޅާކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

  5. ނަހޫ

    އަހަައްނަކީ އިކްނޮމިސްޓެއް

  6. އަހްމަދު

    ނަހްލާމެޑަމް އަޅުގަނޑުމެން ބޭނުމެއްނުވެޔޭ ގާސިމް އެދަރަޖަޔައްވައްޓާލާކަށް އަޅުގަނޑުމެން ގާސިމްއަށް ހެޔޮއެދޭތީމިބުނަނީ އުމުރުފުޅުން އެހާދޮށީބޭފުޅަކަށްވެފަ ސިއްހީ ހާލުކޮޅުވެސް އެހާރަނގަޅުނޫންވީމަ ވެރިކަމަށް ވަޑައިގަންނަވަންނޫޅުއްވައި ސިކުނޑިފުޅައް އަރާމެއްދެއްވާށޭ ކަމަނާވެސް ފަސްއަހަރުދުވަސް ތިހޭދަކުރެއްވީ ޓްރާންސްޕޯރޓްމިނިސްޓްރީ ކުރީސަރުކާރުން މުޑުދާރުކޮށްފައޮތީމަ އެތަންފޮޅައިސާފުކުރުމުގަ ކަމަނާވެސް ރިސޯޓުގަ ކުޑަކޮށްއަރާމުކޮށްލަން މަޑުކޮށްލެއްވުންވަރަށްމުހިންމު

    • ތުން ތުން

      ޜާއްޖެ އޮތީ މެނަޕޯސް އެއްގެތެރޭ މެނަޕޯސް ވެފައޭ ،،

  7. Anonymous

    ގާސީމަކީ މިރާއްޖޭގެ ހަލާކު . މި ރާއްޖެައަށް ހަމަ ޖެހުން ނައިސްގެން އުޅެނީ ގާސިމާ ހެދީ. ކޮއްމެ ވެރިކަމެއްވެސް ހަލާކޮއްލަން އުޅޭ މީހެއް. ތިކަހަލަ މީހުން ނެރުނަސް ވޯޓެއް ނުލިބޭނެ. ވޯޓަކީ ލާރިޔަށް ވިކޭ އެއްޗެއް ނުން. ރައްޔިތުންގެ ލޯބި ލޯބައް ވޯޓް ލިބޭނީ.

  8. ނަމަ

    މިނިސްޓަރު ނަހުލާ ހަމަ ވިޔަފާރިތަ ފުލާ ކުރީ

  9. Anonymous

    ފަސް އަހަރު ބުރަކޮށް މަސައްކަތް ކުރުމަށް ދަރަނި ވެފައިއޮތް ދައުލަތަކަށް ހަވާލުވާން އަންނާނީ ރާއްޖޭގެ ރައްޔިތުންދެކެ ވަރަށް ލޯބިވާ މީހެއް ކަމަށްވާނަމަ ގާސިމް ގެ އިތުރަށް ދެންތިބި 7 މީހުންވެސް އެ އުޅެނީ ހަމަ ރައްޔިތުން ދެކެ ލޯބިންތާ!!

  10. ޖަމަލު

    ނަހުލާ ދެން ގާސިމަށް ހެޔޮއެދެންޏާ ބުނޭ އަރާމުކުރަން. އަޅަުކަމައިގެން އުޅެން. ސިޔާސީ ކަނަކަމުން ލިބުނު ނަފާ ރަނގަޅަށް ބޭނުން ނުހިފި ކަރުބުޑުގަ ލޮނުރަހަލައްވައިގެން ގޭގަ އަރާމުކޮށްލާށޭ ދަންނަވާ. ދެން ވިޔަފާރީގަ ނަހުލާ އުޅޭގޮތަށް. އޭރުން ޕާޓީވެސް މާ ރަނގަޅަށް ހިނގާނެ. މީހުންވެސް ބޯކޮށް އަންނާނެ. ދަރިންގޮވައިގެން ގޭގަ މަޑުކޮށްލާނީ ދެން ގާސިމޭ ދަންނަވާ