ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހާލާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރުރަމުންދާ މީހުން އެ ކުރަނީ ރިހޭ ފައި މައްޗަށް ފޮއިވެއްޓުން ކަހަލަ ކަމެއް ކަމަށް ވިދާޅުވެ ރައްދު ދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ނަހުލާ ވިދާޅުވީ އޭނާގެ ވަޒީރުކަމާއި ހަވާލުވި ފަހުން މަސައްކަތެއް ކުރާއިރު އަބަދުވެސް ނިކަމެއްޗެއްގެ ހައްގަށް އަރައިނުގަނެވޭތޯ ބެލުމަށް އޭނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ސިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވާ ކަމަށެވެ. އެ ވާހަކަ އަބަދުވެސް ހަނދާން ހުންނަ ކަމަށް ވިދާޅުވިއެވެ. އަދި މީހަކަށް މީހަކު އޮޅިއްޖިއްޔާ ދެން އެމީހަކަށް މަގުދައްކާނެ މީހަކު ވެސް ނުހުންނާނޭ ކަމަށް ގާސިމް ވިދާޅުވާ ކަމަށާއި އެ ބަސް ވެސް ހަނދާނުގައި ހުންނަކަން ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އޭނާ ހިންގަވަނީ ބިމުގައި ކަން ހަނދާން ހުންނަ ކަމަށެވެ.

މިނިސްޓަރު ނަހުލާ އިންޓަވިއު ދެއްވަނީ

"ގާސިމް ދުވަހަކުވެސް ވިދާޅެއްނުވާނެ އަޅުގަނޑު މަސައްކަތް ކުރަންވީ ކިހިނެތް ކަމެއް. ދުވަހަކުވެސް ގާސިމްގެ ކޮމްޕެނީގެ ކަމެއްގައި އަޅުގަނޑު ކައިރީގައި އެ ވާހަކަ ވިދާޅެއް ނުވާނެ. ގާސިމް ކަމެއް ބޭނުންފުޅި ވިޔަސް އެ އޮންނަ ޕްރޮސީޖާއަކުން ކަންތައްތައް ގެންދާނީ. އަޅުގަނޑު ކައިރީގައި ދުވަހަކުވެސް ކަމެއް ހިއްސާ ކޮށްފައިއެއް ނުވާނެ. ގާސިމްގެ ކަމެއްގައި ބޭނުންވެގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ލައިގެން އެކަމެއް ނުވެގެން ވިޔަސް މިހާތަނަށް އަޅުގަނޑަށް އެކަމެއްގެ އިޝާރާތެއް އައިސްފައިވަނީ އެ ހުށަހަޅައިގެން އުޅޭ އެއްޗެއް އިކޮނޮމިކް ކައުންސިލާ ހަމައަށް ގޮސްގެން އެތަނުން އަޅުގަނޑަށް އެ ޕޭޕަރެއް ފެންނަނީ.". ނަހުލާ ވިދާޅުވިއެވެ.

ނަލުހާ ވިދާޅުވީ އޭނާ ކައިރީގައި މިނިސްޓްރީއާއި ގުޅުންހުރި ވިޔަފާރީގެ ވާހަކައެއް ދުވަހަކުވެސް ގާސިމް ވިދާޅެއްނުވާ ކަމަށެވެ. އަދި ހާއްސަކޮށް ވިލާއާ ގުޅޭ ކަހަލަ މައްސަލައެއް އޮތިއްޔާ ހަމަ އިކޮނޮމިކް ކައުންސިލްގައި ނުއިންނަވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. އެކަން އޭނާއެކު މަސައްކަތް ކުރި ވަޒީރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ އިންޓަވިއު ދެއްވަނީ

"އަޅުގަނޑު އަބަދުވެސް ކައުންސިލް ނިކުންނަނށް ވިލާގެ ޕޭޕަރެއް އޮތިއްޔާ. އެ ބޭފުޅުން ހެކިވާނެ އެކަމަށް. އަޅުގަނޑު އުފާކުރަން އެގޮތަށް ކަންތައް ކުރެވުނީމަ." ނަހުލާ ވިދާޅުވިއެވެ.

އިންތިހާބު ކައިރިވުމުން އޭނާއޭ ކިޔައިގެން އެކި ވާހަކަތައް މީށް މީޑިއާ އަދި ބައެއް ނޫސްތަކުގައި ދައްކަމުންދާކަން ފާހަގަކުރައްވަމުން ނަހުލާ ވިދާޅުވީ އެ ބޭފުޅުން އަސްލު އެ ކުރާ ކަމަކީ އަމިއްލަ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަމަށެވެ. އެކަން ކޮންމެ ބަޔަކު ކުރިޔަސް އެބަޔަކާ މެދު ހިތްހަމަ ނުޖެހުމެއް ހިތުގައި ނެތް ކަމަށް ވިދާޅުވިއެވެ. އެ ކަހަލަ ކަންކަން ކުރާނީ ބަޔަކަށް ކަމެއް ހަޖަމް ނުވާތީ ކަމަށް ވިދާޅުވިއެވެ. އޭނާއޭ ކިޔައިގެން ދައްކާ ވާހަކަތަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން ކަަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޥޯޓު

    ގާސިމު އަށްވެރިކަން ލިބުނީމަ ފައިދާވާނީ ނިކަމެތި ރައިތުންނަށް ނޫން، ނަހުލާ އާ 6 ކުދިންނަށް، ގާސިމު ނިކަމެތިން ގެދަރިންނާ އެކީ ލޯންޗު ނުުކުޅޭ، ކައިގެންތޯ ހުރީވެސް ނުބަލާ، ވޯޓު ދޭންޖެހޭ ސަބަބެއްނެތް ސޮރީ

  2. ނަހޭމަންޖެ

    ޑޮމެއިންގެ ވާހަކަ ތަފްސީލު ކޮށްލިނަމަ ވަރަށް ގިނަ މީހުންގެ ތުމަތު ސާފުވެގެންދިޔާސް ދޯ؟

  3. އިބްރާހީމް

    ޤާސިމަށް ވޯޓުދޭން ގޮވަނީ މިސަރުކާރު ގޯސްކޮށްފަ ކަމަނާ ހުރީ މި ގޯސްހަދަން މިހާރުވެސް ދެކޮޅު ދިމާވޭތޯ؟

  4. Anonymous

    ގާސިމްގެ ފުރޭނި. ކިތައްމެ ވަރަކަށް އިސްތިހާރު ކުރިޔަސް ރައްޔިތުންގެ ވޯޓެއް ނުލިބޭނެ. ވެރިކަން ހޯދަން ހަދާން ނައްތާލާ

  5. Anonymous

    ކަލޭ މިހާރުވެސް