އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ވޯޓުލާން ރައްޔިތުންނަށް ލިބުނު ފުރުސަތު ދޫކޮށް ނުލެއްވުމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޖޭޕީގެ ލ. އަތޮޅުގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ލ. އަތޮޅަށް ކުރެއްވި ދަތުރުގައި ގަމުގައި ބޭއްވި ޖަލްސާގައި ރިޔާޒް ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މެނިފެސްޓޯއެއް ސީދާ އޮތީ ޖުމްހޫރީ ޕާޓީގައި ކަމަށެވެ. އެހެންވެ، ގާސިމަށް ވޯޓު ދީގެން ރައްޔިތުން މާޔޫސްވާން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތިޔަބޭފުޅުންގެ ހުރި މައްސަލަތަކަށް ހައްލު ގެނެސްދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އެއީ. ތިޔަބޭފުޅުން ކަރުނަ އަޅައި ރޯނެ، އެމަނިކުފާނުގެ ވެރިކަން ނޫން އެހެން ވެރިކަމެއް ފެނިއްޖެ ނަމަ." ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދާއިރާގެ މެމްބަރު ކަން ވެސް ކުރިން ކުރެއްވި ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ލ. އަތޮޅުގައި ތިބި މަސްވެރިންނަށާއި އެހެނިހެން ކަންކޮޅުތަކުގައި ތިބި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސް ދެއްވާނީ ގާސިމް ކަމަށެވެ. ގާސިމް ވަނީ މިހާރު 17ރ. އަށް ގަންނަ މަސް ކިލޯއެއްގެ އަގު 26ރ. އަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރިޔާޒް ވިދާޅުވީ ކޮންމެ 15 މޭލަކުން އައިސް ލިބޭނެ ނިޒާމާއި ދޯނިފަހަރުގައި މަސް ފިނި ކުރެވޭނެ ނިޒާމާއި ރާޑަރު ސިސްޓަމް ގާއިމު ކުރުމަކީ ވެސް ގާސިމްގެ ވައުދެއް ކަމަށެވެ.

މީގެއިތުރުން ގާސިމްގެ ވެރިކަމެއްގައި އަލަތު ކައިވެންޏާ އެކުގައި ފްލެޓު ދޭނެ ކަމުގެ ޔަގީންކަމާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅާފައި ހުރި ފްލެޓުތަކާއި ގެތަކުގެ ކުލި މާފްކޮށް ދެއްވާނެ ކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ. ރިޔާޒް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު 100 މީހުން ހިލޭ ހައްޖަށް ގެންދަން ބޭނުންވެ، އެކަން އިއުލާން ކުރެއްވި ހަމައެކަނި ބޭފުޅަކީ ގާސިމެވެ.

ޒުވާނުންނަށް ހުރި ކަންކަން ފާހަގަ ކުރައްވައި ރިޔާޒް ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ސައިކަލްތަކުގައި ޖަހާފައި ހުރި ސްޓިކާތަކާއި ލައިސަންސްގެ މައްސަލަތަކާ ގުޅިގެން އައިސް ހުރި ހުރިހާ ޖޫރިމަނާއެއް މާފްކޮށް ދެއްވާނެ ކަމަށެވެ.

ރިޔާޒްގެ ވާހަކައިގައި ވަނީ ގާސިމްގެ ވެރިކަމެއްގައި ލ. މާވަށް، ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މާމެންދޫ ރައްޔިތުންގެ ކަންބޮޑުވުމަކީ އެއާޕޯޓެއް ނެތުމެވެ. އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުމުގެ ކަންކަން ހަގީގަތަކަށް ހައްދަވައި ދެއްވާނީ ގާސިމް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢިލްހާމް

    އެހެންމީހަކައް ފުރުސަތުދީފިއްޔާ 5 އަހަރުނިމޭއިރު އޭނަޔައްއުޅެވޭވަރުވާނެ ސޭޓައްދީފިނަމަ 30 އަހަރެކޭއެއްވަރުވާނީ އޭރުލިބުނުއެތިންތިއުޅެނީ އެވަރުލިބުނީމަވެސްތިއުޅެނީ ހިތްހަމަނުޖެހިގެން ރާއްޖޭގެސަރަހައްދުގެ ވިލާތަކައްވުރެ މތިންވެސްލިބޭތޯ ޖައްވާއެކް

  2. ޥަޢުދާ ހުވާ

    އިންތިޚާބެއްބޯމަތިވުމުން މަސްވެރިންނާއި އޮޑިވެރިން ފެނި އެމީހުންނަށް ހަމަ އަގު ކިޔާ އަގެއް ދިނުމަށް ވަޢުދުވާއިރު ތިމާގެ ކުންފުންޏަށް މަސްވިއްކާ މަސްވެރިޔާއަށް ދުވަހުން ދުވަހަށް ތިބުނާ ހަމަ ދިނުން ވާރަގަޅު

  3. ނަހުލާ

    ލޮލް ރިޔާޒުބޭ..

  4. Anonymous

    ދިވެހި ގަުމަށް ބޮޑެތި ގެއްލުން ޖޭޕީ އިންދީފަ ވޭ. އެ އީ 2008 ގަ ލޯލިސަންހަދައިގެން ވެރިކަމަށް ނަސީދު ގެނެސްގެން 26 ބިލިއނަށް ދަރަނި އެރުވުމާއި ނަސީދު ވެރިކަމަށް އައިއިރު އަތޮޅުތަކާއި ރަށްރަށުގެ ރައޔިތުންގެ އެކައުންޓްތަކުގަ ހުރި 20 ބިލިއން ރުފިޔާ ކައުންސިލްތަކަށް އެގުމަކާއި ނުލާ ސިއްރުންނެގުމާއި އަދި މިސަރުކާރު ގެނެސް ގެން 80 ބިލިއންުގެ ދަރަނި ނެގުމާއި މިހުރިހާ ފައިސާގަ ވެސް ޖޭޕީގެ ހިއްސާ އާއި ޖޭޕީގެ މަންފާ ބޮޑު އަންހެނުންނަށް ވަޒީރުކަންދީ ގެމްނާއި ޕާޓީގެ އެތައބަޔަކަށް ދަވްލަތުގެ ފައިސާއިން ބައި އެޅުވީ ހަމަ ގާސިމް ޖޭޕީ އަކީ ދިވެހިގައުމަށް ހުރި ބޮޑުގެއްލުމެއް.