ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވާ ރިޔާސީ ކެމްޕެއިންގައި ކޮންމެ ވޯޓަކަށް 20،000ރ. ނޫނީ 30،000ރ. ދޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އިހަވަންދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މިއަދުގެ ސަރުކާރުން 100 މިލިއަން ރުފިޔާ އިން ހިންގޭ މަޝްރޫއެއް ވެއްޖެ ނަމަ، 300 މިލިއަން ރުފިޔާ ޖަހައިގެން މަސައްކަތްކޮށް ނިންމާފައި ބާކީ ފައިސާ ލަނީ ޖީބަށް ކަމަށެވެ.

"ކާ ބަޔަކު ކައޭ އަންބާ ކިއާފައި ދެލޯފުޅާ. މިއަދު ވޯޓަކަށް 30،000 ރުފިޔާ، 20،000 ރުފިޔާ ދީގެން ވެރިކަމަށް އަންނަން ބޭނުން ވަނީ ކޮން ކަމަކަށްތޯ؟" ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި އެމްޑީޕީން ރިޝްވަތު ބަހަމުންދާ ކަމަށް ތުހުމަތު ކުރައްވައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހް، މި ހިނގަމުންދާ ދައުރު ނިންމަވާފައި ގެއަށް ވަޑައިގަތަސް، ހަތަރު ލައްކައެއްހާ ރުފިޔާ ކޮންމެ މަހަކު އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ. އެއީ ބޭސްފަރުވާ އާއި ސެކިއުރިޓީ ނުލައި ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"މަދުތޯ އެ ވަރު؟ ކޮން ކަމެއްތޯ އޭނަ (ރައީސް ސޯލިހް) ކުރީ. ފަނާ ކުރުން ފިޔަވައި. ދައުލަތުގެ ލާރި ދިނުމާއި އަނެއްކޮޅުން ގާނޫނުއަސާސީއާ ހިލާފަށް ކަންތައް ކުރީ. މިހާރު އެ ހުރީ ކަނޑައެޅިގެން ކުށްވެރިވެފައި އޭނަ. އޭނާގެ މައްޗަށް ހުކުމް ކުރަން ޖެހޭނެ މިއަދު،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރާ އެކީގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދައިގެން މަސައްކަތް ކުރެއްވި ނަމަވެސް، ކަންކަން ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އެހެންވީމަ، މިވަރުގެ ޣައްދާރު ކަންކަން ކުރެއްވީމަ ރައީސް ސޯލިހަށް ތާއީދު ކުރެއްވެން ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރިޔާސީ ރޭހަށް ނުކުންނެވީ ގައުމު އަޅުވެތިކަމުގެ ތެރެއަށްދާތީ "ލަގޮނޑިއަށް" ކެތް ނުވެގެން ކަމަށެވެ. އަދި މި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމާއި ދަ ޑިމޮކްރެޓްސް އަށް ވެސް ވޯޓުލާން ހެޔޮ ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެއީ ހަމަ އެކައްޗެއް. ބައްލަވާ. އަހިވަކާ ޖެހި އަހިވަކެއް ފާވާނެ އޭ ބުނާހެން. އިބްރާހިމް މުހައްމަދު ސޯލިހް އެ ހުންނެވީ ރައްޔިތުންގެ މަޖިލިހުގައި ތަޅު އަޅުވައިގެން. ގާނޫނުއަސާސީއާ ހިލާފަށް ކަނޑުގެ އެއްބައި ދޫކޮށްލައިފި. ގާނޫނުއަސާސީއާ ހިލާފަށް ބޭރުގެ ސިފައިން ގެނެސްފި. ދައުލަތުން އިންތިހާ ދަރަޖައިގެ ކޮރަޕްޝަން ފައިބައިގެންދާ ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ކޮން ތަނަކުން ހޯދާ ފައިސާއެއްތޯ ވޯޓަކަށް 20،000ރ. އަޅާލަނީ؟" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެއްޗެއްގައި ހިފިޔަސް ހިފަން ވާނީ ރަނގަޅު ގޮތުގައެވެ. އެމީހެއްގެ އެއްޗެއްގައި އެމީހަކު ހިފުމަކީ މައްސަލައެއް ނޫން ކަމަށާއި އެމީހުން އެ ބަހަނީ ރައްޔިތުންގެ ފައިސާ ނަމަ، އޭގައި ހިފުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އެކަމަކު ވޯޓުލާން ވާނީ ތެދުވެރި މީހާ އަށް. ގައުމާ އެކީގައި ކުރިއަށް ދާން، ގައުމު ކުރިމަގަށް ގެންދަން ދަންނަ އެނގޭ އިހްލާސްތެރި ރަނގަޅު، ފަސް ބައިގައި ކިލަނބުކަމެއް ނެތް މީހަކަށް." ގާސިމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލަމްގިރި

    ނުލިބޭ ލޯ ލާރި އެއްވެސް.

  2. ދޮހިކަރު

    އޭ އަދި މިއެގުނީ. މަށަށް ނުލިބޭ އެކަމް.ސޭޓު ދެން ދޮގު ހެދިޔަސް ތީ ބޮޑުވަރު

  3. ޟަރީ

    މަޝަކައް ތިޖަގަހަ އަކައް ނުދެވޭނެ އެކަމަކު ހާލަތު ހުރިގޮތުން ފައިސާއައް ތެދުވެރިކަމާއެކު ވޯޓްދޭނަން

  4. ސަރަފަކައްދަ

    ސޭޓޫ! ސޭޓު ތިޔަ ސިޔާސީ ކަންކަމުން އެއްކިބާވެ އާޢިލާ އާއި އެކު އުލުން ބުއްދިވެރި. ތިޔަ ސިޔާސީ ވެގެން ސޭޓުގެ ޒިންދަގީ ތިޔަ ދަނީ އަނެއް ތިޔަ ގެންގުލުއްވާ ފަހުލަވާނުން އަކީ އެއްޕާރޓީން އަނެއް ޕާރޓީން ދުވާ ބައެއް. އެވެރިން ސޭޓު ގާތަށް މިފަހަރު އެ ލަފާލީ ސޭޓުގެ ތިޖޫރީގެ ދަހިވެތި ކަމުގައި ދެކެން. އަވަހަށް ތި ކަމުން ސަލާމަތްވޭ!

  5. ބޯހަލާކު

    ގާސިމު ދެނީ މަސްދޯނި ހެހެ ހެ

  6. ދެންވެސް

    އެއްކަލަ މުއިއްޒު ނުނީ އެއްކަލަ އިބޫ ފަހަތަށް އަރާ ޕާޓީ ކުދީންނަށް ވަޒީފާ ހޯދުމުގެ ބޭނުމުގައި މިހާރު ޚަރަދު ކުރަނީ. ބަލަންތިބޭ މިއީ ދޮގެއްތޯ. މިފަހަރު ބޮޑު ދެ ޕާޓީ ފައިބުޑަށް ނުވެއްޓުނިއްޔާ މަވެސް ޖޭޕީ އަށް ވަންނާނަން.

  7. ދިވެހި ރައްޔިތުން

    ގާސިމު އަކީ މަސްވެރިންނަށް އެންމެ ބޮޑު ގެއްލުމެއް ދެމުންދާ ފަރާތް ނެން ޗާންސެއް އަދި ޔާމީން އޮތި މަސްވެރިންނަށް ދަރައި މުއިއްޒު ގެ އުޑާއި ހަމަޔަށް ނަގާ އެ ހުރި ގޮތް އެކިޔައިދެނީ ގާސިމު ދެން ކޮންވެރިކަމެއް މިބައިމީހުންނަށް ކުރެވޭނީ ނަޝީދުގެ ވެރިކަން ވައްޓާލި ބައިގަނޑު ޕަޓީ ތަކުން ވެރިކަން ހޮވުމަށް އެނުކުމެފަ އެވަނީ އެކަމަކު އެމްޑީޕީ އެދަނީ ސާފު 2 ވަނަ ދައިރަކަށް ފައްކާވަމުން އެގޮތަކީ އެންމެހާ ރައްޔިތުންނަށް އެންމެ ހެޔޮގޮތް އެންމެންގެ ވޯޓް އިބޫއަށް