ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ތައުރީފް ބަންޑުކޮށްލައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަގަހަ، ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ޖާބިރަކީ ކަމެއް ކުރައްވާ އިރު، ވަރަށް ފުރިހަމައަށް ކުރައްވާ ބޭފުޅެއް ކަމަށާއި، އަދި އޭނާގެ ވާހަކަ އަބަދުވެސް ބައްޓަން ކުރައްވާނީ ހަގީގަތަށް ކަމަށެވެ.

"ކޮންމެހެން އަނެއް މިހާ އަޑުއަހަން ބޭނުންވާ އެއްޗެއް ނޫން އެމަނިކުފާނު ވިދާޅުވާނީ، އެމަނިކުފާނު ވިދާޅުވާނީ އެމަނިކުފާނަށް ފެންނަ އެއްޗެއް، އެހެންވީމަ ކިތަންމެ ފަހަރަކު އަޅުގަނޑުގެ ފޯނަށްވެސް ވަޓްސްއެޕް މެސެޖް އަންނަނާނެ، ހަމަ ރެކޯޑެޑް މެސެޖެސް އެކި ގޮތްގޮތަށް،" މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަނީ- ވަގުތު އިމޭޖްސް: އަހްމަދު އަލީފް

ގައުމު ރަނގަޅު ކުރުމަށާއި، ގައުމުގެ ކަންކަން ރަނގަޅު ކުރަން ޖާބިރު އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. އަދި ޖާބިރަކީ ޒުވާނުންގެ ވަރަށް ބޮޑު ތާއިދެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެއީ އެމަނިކުފާނު ކޮންމެ ވާހަކަފުޅެއް، ކޮންމެ ގޮތަކަށް ބައްޓަން ކުރެއްވިޔަސް ރާއްޖެއަށް އެންމެ ހެޔޮ ގޮތް އެމަނިކުފާނު އިހްތިޔާރް ކުރައްވާނެ. މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޮވުމަށް އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތުގައި ޖާބިރު، ޖާބިރުގެ ގޭގައި ޖަގަހަ ހައްދަވާ ނުކުމެވަޑައިގަތީމަ، އެބަ އެނގޭ، އަޅުގަނޑުމެންނަށް ސޯލިހާއި އެކީ މި ދެވެނީ ރަނގަޅު ދިމާލަށް، އެ ދާންވީ ހެޔޮ ފާލާގައި ދިމާލަށް ދެވިފައިކަން،" މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައިދާ

    މާރިޔާ މެން ފަހަތުން އެނބުރޭނީ ޖާބިރު މެން ކަހަލަ ގިނަ ވަގުތަށް ހޭބުއްދި ފިލާފަ ތިބޭ މީހުން . ތިބުނާ ޖާބިރު ރައްޔިތުންގެ މަޖްލިސްގަ ގޮވި އިބޫ އަދީބުދިން ލާރިގަނޑު ބޭނުންކުރި ވާހަކަ އެހެންވިއްޔާ އެއީވެސް ހަމަ ހަގީގަތެއްތާ

  2. Anonymous

    މާރިޔާމެން ވަށާލާފަ ތިބީ މުޅިންވެސް ލާދީނީ މީހުން !

  3. ވާނުވާ

    އަލްހާން މެންފަދަ މީހުން ތިޔާހެން އުޅޭނެ. އެކަމަކު ތިޔައީ މިހާރު މީހުން ޤަބޫލުކުރާ ބައެއްނޫން. މަނީލޯންޑަރެއްވީމަ، ޖަލަށްދާނެކަން އެގޭތީ ސަލާމަތްވާނެކަމަށްތޯ؟ ތިހީކުރެއްވީ. ތިޔާހެނެއްނުވާނެ ހަމަ ޖަލަށް ދާންޖެހޭނެ.