އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް %58 ވޯޓު ހޯއްދަވާނެ ކަމަށާއި އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޖާބިރުގެ ފާމުދޭރީ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޖާބިރު ވިދާޅުވީ ހިސާބު ޖަހައިގެން ވާހަކަދެއްކިޔަސް އޭނާ އަށް ފެންނަނީ އެއްބުރުން ރައީސް ސޯލިހު މި އިންތިހާބު ކާމިޔާބު ކުރައްވާނެ މަންޒަރު ކަމަށެވެ.

ރާއްޖޭގެ އަމަން އަމާންކަން ބަލަހައްޓަވާ ހުރިހާ ފަރާތްތަކަށްވެސް ދައުލަތް ސޮއްސާލާއި ފަހަތަށް ކައްސާލައިގެން ނުވާނެ ކަމަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި، ނުބައި ދޮރަކުން ވަންނާކަށް ނުޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ވަންނަން ޖެހޭނީ ސީދާ ދޮރުން ބަރާބަރަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މީހުންގެ ސަފު ފެންނަން އޮތީ އައްޑު އަތޮޅު ގަމުން ފެށިގެން ގައްލަންދޫ ކަނޑުންގޮސް ސީދާ ތުރާކުނަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މި ރާއްޖޭގެ އެންމެހާ ރައްޔިތުން މިދަނީ ވަރަށް ގާތުން ބައްލަވަމުން. ބައްލަވާ އެ ފެނިވަޑައިގެންނެވީ އައްޑު އަތޮޅު ގަމުން ދަމާލި ސަފު އޮތީ ގައްލަންދޫ ކަނޑުންގޮސް ސީދާ ތުރާކުނަށޭ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މި ރާއްޖޭގެ ރައްޔިތުންނަށް އޭނާއަކީ ވަރަށް ހެޔޮ ބޭފުޅެއް ކަމަށާއި އޭނާ ރައްޔިތުންނަށް ހެޔޮ ދުއާ ކުރައްވާ ކަމަށެވެ .މި ރާއްޖެ ފަހަތަށް ދާކަށް އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވިވަޑައިގަންނަވަނީ %58 އިންސައްތައިން އެއްބުރުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ަސާރާ

    %30 ޕަސެންޓުވެސް ނުލިބި ފުރަތަމަބުރުން ކަޓާނޭކަމަށް ދައްކަނީ!

  2. ތޭތޭތޭތޭތޭ

    ގާސިމް ޒިންދާބާދު ގާސިމްގެ ކެމްޕެއިން އަދި ވެސް ވަރުގަދަ ކޮށް ވާން ކުރަންވީ މާލޭގައި އަދިވެސް އެބަޖެހޭ ގާސިމްގެ ކެމްޕެއިން ވަރުގަދަ ކުރަން ލަދު ހަޔާތް ކަނޑާލާފައި އެބަޖެހޭ ކެމްޕެއިން ކުރާ މީހުން ގާސިމް މާލެ ސަރަހައްދަށް ކޮށްދޭ ކަންކަން ބުނަން ކުނޫޒު ކިއްލާ އެބަޖެހޭ ޗާރޖް ކުރަން ހުރިހާ ޓީވީ ޗެނަލްސް ތަކެއްގެ ވަގުތު ވަގުތުން ގަނެލާންވީއޭ ވަރަށް ގަދަ އަށް ޖައްސައިގެން މެނުވީ މިކަން ކާމިޔާބު ނުވާނެއޭ ޖޭޕީ އަށް ސަބަބަކީ ވަރަށް ލަހުންނޭ ޖޭޕީ ކެމްޕެއިން ފެށީދޯ

  3. މުއިއްޒު އެއްބުރުން

    ޖާބިރު އަނެއްކާވެސް ބޯސަކަރާތްވެގެން ދޯ އެއުޅެނީ. މި ސަރުކަރުން ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުތަށް އަތުލަން ޖާބިރުމެނަށް ހުއްދަދިން ފަހުން އިބޫއަށް ތާއީދު ތި ކިރަނީ. ފަޅުރަށެއްގަ ފިލާއޮވެ ރާބޯން ތިއްބަ ހައްޔަރު ކުރި މީހެއް ކަލެއަކީ. އެހެންވީމަ ކަންނޭނަގެ އިބޫކަހަލަ ބަނގުރާ ވިއްކައިގެން އަރުވާލި މިހަކަށް ތައީދު ތިކުރަނީ. މިފަހަރު އެއްބުރުން މުއިއްޒު ހޮވާނަން އިންޝާﷲ

  4. އަލިބެ

    މިދުވަސްވަރު ކެންޑިޑޭޓުން ދަނީ ހައްދެއްނެތް މިންވަރަށް ވައުދުނާމާތައް ވަމުންނެވެ. އަދި މާޒީގައި އެބައިމީހުން ކޮށްދީފައިވާ ކަންތައްތައް ހަނދާންކޮށްދީ ކަލަ ގޮވަމުންނެވެ. ދިވެހި ރައްޔަތުން މިއަދު މިސްނަންވީ މިބައިމީހުން ކަނޑުފަޅުންނާއި ގިރިގިރިން ވަކިވަކި ފަރުދުންނަށް ދެމުން ގެންދާ ގޯއްޗާއި ފުލެޓްތަކާއި،ވަޒީފާތަކާއި ހަދިޔާ ބަދިޔާ ތަކާއި ވޯޓު ގަތުމަށްޓަކައި ބަހާ ފައިސާއާއި ފޮނި ހުވަފެންތަކެއް ނޫނެވެ. މިއަދު ދިވެހިން ވިސްނަންވީ މިގައު އޮތް ހާލާމެދުގައެވެ. އާދެ އެއްވެސް ޝައްކެއް ނެތް ގޮތުގައި މިލޮބުވެތި ވަތަންގެ ނައު މިހާރު ދަތުރު ކުރަމުންދަނީ ވަރަށްވެސް ގަދަ ކަނޑެއްގަ ނައުގެ މިސްރާބު އޮޅި ދެވޭ ނުދެވޭ ދިމާލެއް ނޭންގިއެވެ. އާދޭހެވެ. މިގައުމު މިހާރުވަނީ ހަތަރު އަނގޮޅި ކަންމަތީގަ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ހިސާބުގައެވެ. އެހެންކަމުން ދިވެހި ލޮބުވެތި ރައްޔަތުން ވިސްނަންވީ މިލޮބުވެތި ވަތަނުގެ މިނިވަންކަމާއި އިސްތިގުލާލު ނެގެހެއްޓޭނެ ގޮތަކަށް ދިވެހިންގެ ވިސްނުން ބައްޓަން ކުރުމަށެވެ. މިބައި މީހުންގެ ފަރާތުން ލިބިފައިވާ ނުވަތަ ލިބިމުންދާ ފައިސާތަކާއި މުދާތަކާއި މެދު ވިސްނަންވާނީ އޭގެ ފަހުންނެވެ. ފުރަތަމަ ވިސްނުމަކަށްވާންވާނީ މިގައުމު ސަލާމަތް ކުރުމަށެވެ. މިއީ ދިވެހިންނަށް ދިވެހި ގައުމު ސަލާމަތްކުރުމަށް ލިބޭނެ ފަހު ފުރުސަތެވެ. މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ދިވެހިން ނުހިފައިފިނަމަ ފަހުން މިކަމާ ހިތާމަ ކޮށް ކަރުނަ އަޅާ ރޯނެއެވެ. ނަމަވެސް، އޭރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. އަލިބެގެ ދުޢާ އަކީ މިބައި މީހުންގެ ތެރެއިން މާޒީގައި ހިތްހަމަ ނުޖެހޭކަމެއް ދިމާވެފައި އޮތް އެމީހަކާމެދު އޮތް ޒާތީ ހަސަދަ ވެރިކަން އެއްކިބާކޮށް އެމީހަކީ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލް އަދި މާތްވެގެންވާ އިސްލާމްދީން ނެގެހައްޓަދޭނެ މީހެއްކަމުގައި ޤަބޫލު ކުރެވޭނަމަ އެމީހަކާގެން ކުރިއަށް ދިއުމަށެވެ. އަދި ދިވެހިން ބުއްދީގެ ނަޒަރަކުން ވިސްނާ ފިކުރުކޮށް ގޮތް ނިންމުމެވެ. މާތް ﷲ ދިވެހިންނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާށިއެވެ!

  5. ސަލީމް

    ޖާބިރު ތީ ދެން ކާކު. އެއްވެސް އަގެއް ނެތް ބަޔަކު އަރާ އެއްބުރޭ ބުނީމަ އަންނަނީ ހިނި. މީނައަކީ މި މުޖުތަމައުގަ ވަރަށް ބޮޑަށް ފެއިލްވެފަ ހުރި މީހެއް. ޖާބިރުމެންނަށް ޑޮލަރުބަހާގެން އިބުރާހިމުއަށް މި އިންތިހާބު ކާމިޔާބު ވާނެކަމަށް ހީކުރާ ނަމަ ތިޔައީ ވަރަށް ބޮޑު ކުށް ހީއެއް. ދިވެހިން ތިބީ ލިބޭ އެއްވެއް ލިބިގަނެ މިގައުމުގެ މިނިވަންކަން ނެގެހެއްޓޭނެ ވެރިއެއް ހޮވުމަށް ކެއް މަދުވެފަ. ވ ބޮޑަށް ސޮރީ

    • ޖާށޭ

      މީނަކުރިމަތިލިތަ ނުލާނަމައެއީމީނާގެފެންވަރު

  6. Anonymous

    ކަލޭ އަދި ދެ ފުޅި އިތުރަށް ބޮއެ. %30 ލިބިއްޖެޔާ ރަގަޅު. ތިހެން އަބަދު ވާނުވައިގައި ތިބޭ މީހުން ލަވާ ހަޅޭއަކަށް މިހާރު ރައްޔިތުން ނުހެއްލޭނެ.،

  7. ޢެލް

    ވިސްނުމެއް ނެތްމީހަކަށް ވޯޓް ލާނީ ދުނިއެއިން މޮޔަވެފައި ތިބޭމީހުން އެންމެ ކުޑަވެގެނަ ޔާމީނު ބިނާކުރެއްވި ދެވަނަފިޔަވައްސަށް ނަޒަރުހިންގާލިއަސްވެސް އިގޭނެ އިބޫއަކީ އެއްވެސް ވިސްނުމެއް ހުރިވެރިއެއް ނޫންކަން އެތައްލައްކަ މީހުން ދިރިއުޅޭ ތަނެއްގައި ސްކޫލެއް ، މިސްކިތެއް އަޅާނެ ތަންކޮޅެއް ނެތި ގޯތިބަހައި ހުސްކުރީމަ އެތާދިރިއުޅޭ ރައްޔިތުންނަށް ވާނެއުދަގޫ ކުޑަކުޑަ ވިސްނުމެއް ހުރިނަމަވެސް އިގެންވާނެތާއެވެ.މިގައުމު މިއޮތީ ދިވެހިންގެ އަތުން ބީވެދާން ތައްޔާރަށްކަން ދަނެ މިގައުމަށް ދިރުން ގެންނެވޭނެ އިލްމާއި ހިލްމު ލިބިވަޑައިގެންފައިވާ ބޭފުޅަކީ ޑރ މުޢީޒް ކަން އެނަމެންވެސް ގަބޫލްކޮށް ނަމްބަރ 4 އަށް ވޯޓްލަމާހިގާ

    • އއ

      ގޮތްހުސްވެދާނެކަމަށް ބިރުން، ނުވަތަ ގޮތްހުސްވެގެން ޖަހާ ތިޔަކަހަލަ ފަލިޖެހުމަށް ކިޔާއުޅެނީ މަރުފަލިޖެހުން.

  8. އަލީ

    އެއްބުރުން ނިމޭނެ މިފަހަރު ޖާބިރުއަށް 99.999% ލިބޭނެ. ސާލިހު އަށް 0.001%

  9. އިސްޢާފް ސަލީމް

    53% - 63% ދެމެދުން މުޢިއްޒް އެއްބުރުން ނަގާނެ! އިންޝާއަﷲ

  10. ކާމިލް

    މުއީޒް މި އިންތިހާބް ކާމިޔާބް ކުރާނެ އިންޝާ ﷲ

  11. އައުޓް

    ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް ލޮއްލަ އައުޓް އިންޑިއާ އައުޓް އިބޫއައުނު އައުޓް

  12. ބޭރުކުރޭ

    ނިކުމެފައި ތިބި ހުރިހާ ކެންޑިޑޭޓުންގެ ތެރޭން އިވަހަންދިއްޕޮޅުގައި އަޅާ ޓްރާންސްޝިޕްމެންޓް ބަނދަރު ހެދޭނީ ސީދާ ގާސިމް އިބްރާހިމަށް އެނޫން އެކަކަށް ވެސް އެކަން ނުވާނެއޭ މިހާރުގެ ސަރުކާރު ޖެހޭނީ އެކަން ކުރަން ބޭނުންނަމަ ދެފައި ދަނޑިއަށް ރޭން ޖެހޭނީ ތަމެންނަށް މިއުޅެނީ އަމީނީ މަގު ދިގުމިނުގައި 1 ކިލޯ މީޓަރު ހުރި އިރު އެމަގު ނެހެދިގެން ދެން މިވަރުގެ ރަނޑުން ބޮޑުންނަށް ތިބި ސަރުކާރަށް ކުރެވޭނެ ފިރިހެންވަންތަ ކަމެއް ނޫނޭ ޓްރާންސްޝިޕްމެންޓް ބަނދަރަކީ އެއީ ލޮލީ ޖާބިރު މެން ފަދަ ކަނޑުކޮހުންގެ ސަރުދާރުން ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކާ މީހުންނަށް ދަރާ ވިކިފައި ތިބި ބަތާހަރާމީ ހަރާމްކޯރުން ތާއީދު ކުރާ ޕާރޓީ ތަކަށް ވާނެ ކަމެއް ނޫނޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ ލޮލީ ޖާބިރު ސަރުކާރުގެ ތެރޭން ބޭރުކުރޭ

  13. ޕޮގުބާ

    ޖާބިރުގެ ވާހަކަ މޮޅުވާނެ ދެންއޮންނަ މަޖިލީސް އިންތިހާބުހަ ޖާބިރަށް އެއވެސް ދާއިތާއަކުން ތާއީދެއް ނުލިބޭނެ މަޖިލިސް މެންބަރުންނަށް ބޭނުންވަނީ އަޚިލާގުރަގަޅު މަޑުމައިތިރި މީހުން ދިވެހިރަށްޔިތުން އެކަމަށް ތަށަޔާރުވރެްޖެ މުއިއްޒަކީ އޭގެ ބޭފުޅެއް

  14. ޢެޒް

    މިވަގުތަކީ ވަކިޕާޓީއަކަ ވަކިކުލައަކަށަ ބަލަންވީ ވަގުތެއްނޫން މިވަގުތަކީ އެންމެމެން އެކުވެރިވެ މިގައުމު ހިމާޔަތް ކުރުމަށްޓަކައި ނިކުންނަންވީ ވަގުތު ޖާބިރު މިސަރުކާރުގެ ނުބައިކަމުގެ ވާހަކަ ދައްކަވާފައިވާ ވީޑިއޯތައް އެންމެންނަށް އެފެންނަނީ ދެން މިހާރު ތިވާހަކަ ދައްކަން ލަދުގަންނަން ޖެހެ! މިސަރުކާރު ވަނީ ފެއިލް ވެފައި އަމިއްލަ އެދުން ދޫކޮށް ގައުމު ގެ މިނިވަންކަމާއި ކުރިއެރުން ހޯދުމަށްޓަކައި މިވަތަންދެކެ ލޯބިވާއެއްވެސް ރައްޔިތަކު ދެނެއް އިބޫއަކަށް ވޯޓެއްނުދޭނެ!

  15. ވާނުވާ

    ދިޔާނާ އާއި ޖާބިރު ވީމަ %85 ވާނެ.

    • ސ

      ދިޔާނާ އާއި ޖާބިރު ވީމަ ވާނީ % 69 . !

  16. ޢަލިފްަަަ

    ޅާހިކު ކުޅަދާނައެއް ނޫން..ވޯޓު4

  17. ގައްދާރެކޭ

    މިހާރު ރައީސް އިބޫ އާއި ކެނެރީގެ ނަޝީދަކީ އެއީ ވެރިކަމުގެ ދަހިވެތިކަމުގައި މިގައުމު އިންޑިއާ އަށް ވިއްކާލާ ގައުމަށް ގައްދާރު ވާން ކުޑަވެސް ފަސް ނުޖެހޭނެ ބަތާހަރާމީ ހަރާމްކޯރުން ކަން ދިވެހިރައްޔިތުންނަށް އިނގޭނެ ނޫންތޭ މިކަމާއި ހޭއަރާށޭ މިގައުމުގެ ދަރިންނޭ ހޭއަރާށޭ ގައުމުގެ މިނިވަން ކަން ދިފާއު ކުރުމަށް ޓަކައި ރައީސް އިބޫ އަށް ވޯޓް ދޭން ތިބި އެންމެން ގާސިމް އިބްރާހިމް އަށް ވޯޓް ބަދަލު ކޮށްލާ ގާަސިމަށް ވޯޓް ދޭންވީއޭ ރައީސް އިބޫ އަކީ އެއީ ގައްދާރެކޭ ރައީސް އިބޫ އަކީ ގައްދާރެކޭ ރައީސް އިބޫ އަކީ ގައްދާރެކޭ ރައީސް އިބޫ އަކީ ގައްދާރެކޭ

  18. ހިޔަޅު

    ކޮބާ ބަހަންބުނިޑޮލަރު. އޭތކޮޅު ލިބުނީމާ ތިޔަ ޕަސެންޓް ލިބޭނިީ