އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަށާލައިގެން ތިބީ ޑިމޮކްރަސީ އާއި ވޯޓާ ގަބޫލު ނުކުރާ ބައެއް ކަމަށް ޑިފެންސް މިނިސްޓަރި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން މެނޭޖަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސް ނަންގަވައިގެން ރައީސް ސޯލިހްގެ ކެމްޕެއިނަށް ޖަގަހައެއް ހުޅުވަން މާލޭގައި ބޭއްވި ހަފްލާއެއްގައި މާރިޔާ ވިދާޅުވީ މިއަދު ފެނިގެން ދަނީ އެމްޑީޕީއާ ވާދަވެރި ކެންޑިޑޭޓު ވަރަށް "ކޫލް" ކަމަށް ހެދެން އުޅޭ ތަން ކަމަށެވެ. އަދި "ޖާބިރަށް ވެގެން އުޅޭ ހެން" ބައެއް ފަހަރު ހީ ކުރައްވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާލޭގައި ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތު. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

"އެކަމަކު އަޅުގަނޑުމެންނަށް އެނގޭ ކޮން ތަނަކުން ކަން މުއިއްޒު އެ ވަޑައިގަންނަވަނީ. ކޮން ދިމާލަކަށް ކަން އެ މިސްރާބު ޖައްސަވާފައި ހުރީ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ރައްޔިތުން "ޕީއެންސީގެ މުއިއްޒު" އިހްތިޔާރުކޮށްފި ނަމަ، ފެންނާނީ ވަރަށް ބިރުވެރިކަމެއްގެ ތެރެއަށް ރާއްޖެ ދާ މަންޒަރު ކަމަށެވެ. އަދި މިއީ ރާއްޖޭގައި ދެން ލާނެ އެންމެ ފަހު ވޯޓަށް ވުން އެކަށީގެންވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި މިއީ ރާއްޖޭގައި ދެން ލާނެ އެންމެ ފަހު ވޯޓު. ލައްކަ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އެބޭފުޅާ ވަށާލައިގެން ތިބީ ޑިމޮކްރަސީ އާއި ވޯޓާ ގަބޫލު ނުކުރާ ބައެއް. އެހެންވީމަ ޟޫރާ މަޖިލިހުން ނިންމައިގެން މި ފަސް އަހަރަށް ފަހު ދެން ވޯޓަށް ބަލާ އިރު ދެން އަންނާނީ އެކި ވައްތަރުގެ ފަތުވާތައް ވޯޓު ނެގުން، ވޯޓު ލުން އެއީ ހަރާން ކަންކަމަށް،" މާރިޔާ ވިދާޅުވިއެވެ.

މާލޭގައި ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތު. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އެހެންވީމަ، ރާއްޖެ ހެޔޮ މަގަށް ގެންދިއުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ރާއްޖޭގެ ގޮތުގައި މި ރާއްޖެ ބާއްވަން ބޭނުން ނަމަ، ރައީސް ސޯލިހަށް ހެޔޮ ފާހަގަ ޖެއްސެވުމަށް މާރިޔާ އެދިވަޑައިގެންނެވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އުފާވެރި އަމާން ރާއްޖެއަކަށް ދާން ދިވެހިން ބޭނުންވާ މަންޒަރު މިހާރު ފެނިވަޑައިގަންނަވައެވެ. މިއަދު ޓިކްޓޮކްގައި މުއިއްޒު ލަވަ ޖަހައިގެން އުޅުމަށް ފަހު، އޭނާ ހޮވިވަޑައިގެންފި ނަމަ، ރާއްޖެ ބަދަލުވާނީ ވަރަށް ބިރުވެރި ތަނަކަށް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ކުޑަ ފައިސާ ފޮއްޗަކަށް މި ރާއްޖޭގެ މުސްތަގްބަލް ދުއްވާނުލައްޗޭ. ހުރިހާ ރައްޔިތުން ހެނދުނު ހެނދުނާ ނުކުމެވަޑައިގެން ކެންޑިޑޭޓު ނަންބަރު ތިނެއް، ރައީސް ސޯލިހަށް ވޯޓު ދެއްވާ. އިރާދަކުރެއްވިއްޔާ އުފާވެރި އަމާން ރާއްޖެއަކަށް ވާސިލްވެވޭނެ،" މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނަނަނަ

    އަނހާނ... ފިނދަނަ ކޮންތާކު އުޅެފަ ތިއައީ؟

  2. Anonymous

    މިރާއްޖޭގައި މިހާރު މިއުޅޭ ސިޔާސީ މީހުން ސިޔާސީ ގޮތުން ވަރަ ފަޅައިގެން މިއުޅެނީ ޝޭހު މުހައްމަދު އިބްރާހީމް މައުމޫނު ސަރުކާރުގައި ހުރި ގޯސްކަންތަކަށް ބަސްބުނަން ފެށި ހިސާބުން، އޭރު މާރިޔާމެން ނަޝީދުމެން ތިބީ މައުމޫނުގެ ޕަޕެޓުންގެ ގޮތުގައި 😆

  3. Anonymous

    މެއެމްޑީޕީ މީހުން ވެރިކަމުގައި ތިބިއްޔާ އިންޑިޔާމީހުނަށް މުޅި ޤައުމުގެ އިޤުތިސޯދު ވިއްކާލައިގެން މުޅިގައުމު އެތަކެއް މިލިޔަން ރުފިޔާއިން ދަރަނިވެރި ކުރުވާއިގެން އެކަމުގެ ބުރަ އުފުލަން މިޖެހެނީ ރައްޔިތުންގެ ދިރިއުޅުމުން !
    މިމީހުން ވެރިކަމުގައި ނެތިއްޔާ މަގުތިގާއި މުޒާހަރާކޮށް ޤައުމު ހަލަބޮލިކޮށް ބިރުވެރިތަނަކަށް ޤައުމު ހަދާނެ ، ހުޅުޖަހާނެ މީހުނަށް އަނިޔާދީ ގެއްލުން ކުރާނެ މިދެކަންތަށް މިއެމްޑީޕީ ފެންނަނީ !

  4. 27

    މާރިޔާ ވަށައިގެން ތިޔަ އުޅެނީ މާކަށް ވަކި ރަގަޅު ބަޔެއްތޯ ؟ ހޮޑާފުށި ޖާބިރް ޓެކުސް ނުދައްކަން ފިލައިގެން އުޅެނީ ، ފޮންޒީމާ ސްކީމް ހިންގާ އަލްހާން، މާރިޔާ ތިޔައީ މައުމޫނުގެ ދުވަސްވަރު މީހުނަށް އަނިޔާ ދޭން ޚޯޓް ތަކަށް ކަރުދާސް ގެންދާ މައުމޫނުގެ ޖާރިޔާ !

  5. ރަނާ

    މާރިޔާ ވަށާލައިގެން އުޅެނީ އަބަދު މަސްތުވެގެން ތިބޭ ގްރޫޕް މިސާލަކަށް ޖާބިރު

  6. Anonymous

    މާރިޔާ ދީ އަޅުގަޑުމެން އުއްމަތުގެ ޢިޖުމާޢު ޤަބޫލުކުރަން އެއީނުންތޯ ތިޔަ ބުނާ ޑިމޮކްރަސީއަކީ ! ވާހަކަ އެބަހުރި ދައްކާނެ !

  7. ޙެޔޮއެދޭ

    ޜައީސް ހޮވަން ރައްޔިތުން ވޯޓްލިޔަސް ވައުދު ވިޔަސް އެވައުދުން ފުދެނީ މަދު މިންވަރެއް ރަށްރަށުގަ ކުރާކަމެއް ކުރަނީ ޕާޓީގަ ތިބޭ ހަޅޭއްލަވާ ގްރޫޕަށް ފެންނަ ގޮތައް
    ޥީއިރު ވޯޓްގެ ބޭނުމެއް ކޮބާ؟

  8. ކާފަބޭ2020

    ފިނދަނަމާރިޔާއަކާކޮންބެހޭކަމެއް! އަބަދުއަބަދު މުއިއްޒުމުއިއްޒުނޫންއެއްޗެއް ނުކިޔެނީތަ! ނޫނީހިތާވަނީތަ! ހިތާވިޔަސްތިކަމެއްނުވާނެދޯ؟
    ފި

  9. މުހައްމަދު

    ހަޖަމް ނުވާތީ އެންޓި ކެމްޕޭން ކުރުން މާރިއާ ފިނދަނަ ގެ މަސަކަތަކީ

  10. މާމީ

    މުއިއްޒު ކަލޭމެނަކާ ބެހޭގޮތުން އެއްވެސް ވާހަކަ އެއްނުދައްކާ މިފެންނަނީ މަރީ އަބަދު މުއިއްޒު ކިއާތަން ބުނަން އިރާދަކުރެއް ވިއްޔާ އިންތިޚާބު 1 ބުރުން މުއިއްޒު ނަގާނެ ސަބަބު ބާވަރު މަރީމެން ބަޔަކައް މި ގައުމު ވިއްކާލީ

  11. އަޙުމަދު

    ހައްދަވާ ބޮޑުކުރެއްވި ޚާލިގުވަންތަﷲ ، އިސްލާމްދީނަށާއި، ދިވެހިޤައުމަށް ޣައްދާރުވި ޚިޔާނަތްތެރިން ވަރުގަދަ ބަލި ކުރެއްވުމަކުން ބަލިކުރައްވާނދެވެ. އާމީން.

  12. ވަޒީރު

    އެއް ފަރާތުގައި ޕޮންޒީ ވަގު އަނެއް ފަރާތުގައި އަނެއް ވަގު. މާރިއާ މީ ވަގުންގެ އާންޓީ. ލަދުން ބޯ ހަލާކު

  13. ދިސްވޭ

    މީލާދީ ސަނަތުން 07 ސެޕްޓެމްބަރު 2023 ދުވަހުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ. 1. މުއިއްޒު 50 ހާސް 2. ގާސިމް 48 ހާސް 3. އިބޫ 38 ހާސް 4. އިލްޔާސް 8 ހާސް 5. ނާޒިމް 3 ހާސް 6. އުމަރު 1 ހާސް 7. ފާރިޝް 100 8. ޒަމީލު 11 ވޯޓް. މިތަނުން ބޮޑަށް ކުރިއަރަމުން އަންނަނީ ގާސިމް ދެން މުއިއްޒު ގާސިމް ކުރިއަރައިގެން އައިސް އިބޫ ވައްޓާލާފައި ގާސިމް މިހާރު އޮތީ ދެވަނައިގައި ގާސިމް ކެމްޕެއިން އެއީ ގައުމު މިނިވަންކުރާ ކެމްޕެއިން ގޮތަށޭ ފެންނަނީ އެހެންވެ ސަޕޯރޓް ބޮޑުވަނީ

  14. އިމާ

    ކަލޭ ވަށާލާފަ ވަނީ ދީނާ ހިލާފުމީހުން

  15. ޜައްޔިތުމީހާ

    ތިންއިރުކާބޭހެއްހެން މުއިއްޒު ތިޔަކިޔަނީ މީހުނާނުލެޑި ކޭންފޭންކުރެވޭތޯ ބަލާބަލަ

  16. Anonymous

    ބަލަ ތެމިފައިން މިހިރަ ފިނދަނަ ގަނޑާ ކަލޭ ނޫނީ މިޤައުމުގަ ނެތޭ ޤާނޫނު އަސާސީ މައްޗަށް ފައިން އެރިމީހަކު.

  17. ސަމްސިއްޔާ

    މާރިޔާ މުއްޒިއަކާ އަޅައިގަނެގެން ނެއްޓެން ނޭންގިގެން މިއުޅެނީ ކީއްވެބާ؟؟

  18. ހަވާސާ ހާދިސާ

    ސޯލިހު ވަށާލާފައި ތިބީ ކަސްބީ އަންހެނުންނާއި ލަންގިރިޔާ ކޮރެޕްސަނާއި ފަސާދަ ! މުއީޒަކީ އިސްލާމީ ރިވެތި އަޚުލާގަށް ލޯބިކުރާ މެދުމިން ބޭފުޅެއް!