އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަރަބިއްޔާގެ ބެލެނިވެރިންނާ ރޭ ބައްދަލު ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަރަބި އިސްލާމީ ތައުލީމަށް ވަރަށް ބޮޑަށް އިހުމާލްވެފައިވާ ކަމުގެ ޝަކުވާ ކުރާތާ އެތައް އަހަރެއްވެއްޖެއެވެ. ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމްދޭ އެންމެ ބޮޑު ސްކޫލަކީ އަރަބިއްޔާ ކަމަށްވާ އިރު، މިފަސް އަހަރު އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އުޅެން ޖެހިފައި ވަނީ ދާއިމީ ސްކޫލެއް ނެތިއެވެ. އަދި އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް މިހާތަނަށް އައިއިރު ވެސް ހައްލެއް ގެނެސް ދެވިފައެއް ނުވެއެވެ.

މުއިއްޒު ރޭގައި ވަނީ އަރަބިއްޔާ ސްކޫލްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބެލެނެވެރިންނާ ބައްދަލު ކުރައްވައިފައެވެ.

އަރަބިއްޔާ ސްކޫލުގެ ހައްގުގައި އަޑު އުފުލުމަށް ހަދާފައިވާ "އަރަބިއްޔާ ފެމެލީ" ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި އެ ބެލެނިވެރިން ބުނެފައިވަނީ ޑރ. މުއިއްޒު އެ ބޭފުޅުންނާއެކު ބޭއްވި ކުއްލި ބައްދަލުވުމުން ވަރަށް އުންމީދީ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ.

އޭގެ ތަފްސީލް މިއަދު ހާމަ ކުރާނެ ކަމަށް ބުނެފައިވެއެވެ.

ކެމްޕެއިން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ދާއިމީ ހައްލު ހޯދުމަށް ކަމަށް ބުނެ އަރަބިއްޔާ ސްކޫލު އެޅުމަށް ނިންމި ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އަދި ޖާގައިގެ ގޮތުން މާބޮޑު ތަނަވަސްކަމެއް ނެތް ކުރީގެ ބާ ޖަމާލުއްދީން ކަމަށާއި މާލޭގައި އެއަށްވުރެ މާ ޖާގަ ބޮޑު މި އިމާރާތް އެޅޭނެ ބިންތައް އެބަހުރި ކަމަށެވެ. ނަމަވެސް ސަރުކާރުގައި އެ އިމާރާތް އަޅާނެ ޝައުގުވެރި ކަމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ ދިރާސީ އަހަރު ނިމެންދެން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔައީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. އަދި މިއަހަރު ވަނީ އަރަބިއްޔާ ސްކޫލް ހިންގުމަށް، ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ބަދަކުލޮށްފައެވެ. އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އެހެން ތަނަކަށް ބަދަލު ކުރީ އަރަބިއްޔާ ސްކޫލްގެ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ސްކޫލެއް އަރަބިއްޔާ އަށް ހާއްސަ ކުރުމަށް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އަރަބިއްޔާ ސުކޫލް ނާޅާ އެހެން ބަހައްޓާފައި، މިސަރުކާރުން މާލެޔާއި ހުޅުމާލޭގައި އެތަކެއް ސްކޫލް އަޅާފައިވަނީ، !

  2. މުއިއްޒު އެއްބުރުން

    ދިވެހި ލޭ ހިނގާ އެކަކުވެސް ދިވެހި ދަރިވަރުންނަށް އިބޫ ދިން އަނިޔާއަށް ނުރިހޭނެ.
    1- އަރަބިއްޔާ ބޮލަށް ވެއްޓޭ ހިސާބަށް ދިޔައިމަވެސް ދޮގުހަދާ ފޮރުވަން އުޅުނު
    2- އަރަބިއްޔާގެ އާއިމާރަތް އަވަހަށް ޖީބްލޮކްގަ ހަދަން ކިޔާފަ އަދިވެސް އިމާރާތްކުރަން ނުފަޝާ
    3- އެކުދިން މޫނު ބުރުގާ އެޅުން މަނާކޮށް ޓެރަރިސްޓައް ގޮވާ ހެދި
    4- ކުދިންގެ ހައްގުގާ ވަކާލަތުކުރާތީ އޭރުގެ ޕްރިންސިޕަލް މަގާމުން ިވކިކުރ
    5- އަރަބިއްޔާގެ ދަރިވަރުން އެކިފަހަރު އެކި އިމާރާތަށް ދުވަން ޖެއްސުން.
    މިކަހަލަ ކިތަންމެކަމެއް
    މިފަހަރު އެހެންވީމަ ހޮވާނީ މުއިއްޒު

  3. މުހައްމަދު

    އަރަބިއްޔާ ބެލެނިވެރިންގެ ތެރެއިން ފިނައީ ފިތުނައުފައްދަން މަސައްކަތް ކުރާމީހުން އަރަބިއްޔާ ސްކޫލު ހަދަމުން މިހާރުއެދަނީ ވަގުތީގޮތުން ކުރިން ދަރުމަވަންތަ ހިންގިތަން ދީފަ އެހެރީ ތިބުނާ ދީނަށް ލޯބިކުރާ މީހުންވެސް 5 އަހަރުވަންދެން މިގައުމުގައި ވެރިކަން ކުރި ކީއްވެ އަރަބިއްޔާ ނެހެދީ ބޭރުފުށުން މާރަނގަޅުމީހަކަށް ވާން އުޅޭނެކަމެއްނެތް ހުސް އެކައްޗެއް

    • Anonymous

      ތަންދޮރު ނޭނގި އަނގަހުޅުވާ މީހެއްތީ

    • ޢަޒްރާ

      ދެލޯފުޅާ ކުރީ ފަސް އަހަރު ކަމުނުގޮސްގެންނޭ އިބޫސޯލިހަށް 2018 ވަގައްނަގާފަ ދިނީ އއކަން އެފަސްއަހަރައްވުރެ މިފަސް އަހަރު 11ގުނަ ނުބައި ނުކުރާކަށް ނުބައި ކަމެއް ނެތް

  4. ޢަހުމަދުވަގާރު

    ޢަރަބީޔާ ކޮންގޮތަކުން ހާއްސަ ވީ