ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އެމަނިކުފާނަށް ދިމާވާ އިމްތިހާނުތަކުގައި، ކެތްތެރިކަން އިސްކުރައްވާ ބޭފުޅެއް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ، ރައީސް ސޯލިހަކީ މީހުންނަށް އެއްޗެހި ވިދާޅުވެ، ފުރައްސާރަ ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، އެފަދަ ކަންކަމަކީ އެމަނިކުފާނުގެ މިޒާޖުގައި ހުންނަ ކަމެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.

"އިބޫގެ ނުހުންނަ ސިފައެއް އެއީ. އަޅުގަނޑަށް ހަމަ ފާހަގައެއް ނުކުރެވޭ މީހުންނާ ދިމާލަށް ދިމާކުރުމާއި، އެއްޗެހި ކިޔުމާ، އެކަހަލަ ކަންތައް ކުރައްވާ ބޭފުޅެއް ނޫން އިބޫއަކީ އެއްގޮތަކަށްވެސް."

ފަޒްނާ ވިދާޅުވީ، މީހުންގެ ވާހަކަ ދެއްކުމަކީ އެމަނިކުފާނުގެ މިޒާޖުގައިވެސް ހުންނަ ކަމެއް ނޫން ކަމަށާއި، އެމަނިކުފާނަކީ ދިމާވާ އިމްތިހާނުތަކުގައި ކެތްތެރިކަން އިސްކުރައްވާ ބޭފުޅެއް ކަމަށެވެ.

އޭގެ އިތުރުން، ވެރިކަމުގެ ތެރޭގައި ރައީސް އެންމެ ކަންބޮޑުވެވަޑައިގެން ހުންނެވިއިރުގެ ހަނދާންތައްވެސް އައު ކުރައްވަމުން ފަޒްނާ ވަނީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައީސްގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ހުރި ގޮތާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

"ކޮވިޑް ތެރޭގައިވެސް އެއްފަހަރު ވިދާޅުވި އޭތި ކޮންޓްރޯލްވެފައި އަނެއްކާ ޚަބަރުގައި ޗައިނާގައި ދެވަނަ ރާޅެއް. އެދުވަހު އިންނަވާފަ ވިދާޅުވި، ދެވަނަ ރާޅެއް އައިސްފިއްޔާ ދެން ތިމަންނައަކަށް ނޭނގޭ ދެން ވާނެ ގޮތެއް އެހެން ވިދާޅުވީ.".

ފަޒްނާ އިތުރަށް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު ނިދާގަޑި ފިޔަވައި، ދެން އެމަނިކުފާނު އުޅުއްވަނީ އެކަމުގައި ކަމަށެވެ. އަދި ކޮވިޑު ދުވަސްވަރު އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވިހާވެސް ކަމަކީ ކާޑުގެ ބާވަތްތައް އެކި ރަށްރަށަށް ފޮނުވިއްޖެތޯ ބެލުން ކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ފަޒްނާ އެކަމަނާގެ ދުވަސް ހޭދަކުރައްވާ ގޮތްވެސް ވަރަށް ތަފްސީލްކޮށް ހިއްސާކުރައްވާފައެވެ. އެގޮތުން އެ ދުވަހެއްގެ ޝެޑިއުލްއާ އެއްގޮތަށް އަބަދުވެސް މަަސައްކަތްކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    އިންތިޚާބު ކައިރިވީމާ މޮޅު ގޮތްގޮތަށް ދޮގުހެދުމާއި އޮޅުވާލުން މިހާރު ކަމަކީ. ސޯލިބެޔަށް ކެތްކުރެވޭނީ އިމްތިޙާނެއް ހަދަގެނެއްނު! އެބްމެ ފުރަތަމަ ސޯލިބެއަކީ އިމްތިހާނެއް ހެދި މީހެއްވެސްނޫން!

  2. މުއިއްޒު އެއްބުރުން

    ނޮވެންބަރު 3 ހިންގި ސިއްކަ އާއިލާގެ ފަޒުނާ ތިއީ ދީނީ ހުކުންތަކަށް ފާޅުގަ ގޮންޖަހާ އުޅޭ އަންހެނެއް. މިހާރު މާ ރަނގަޅުކަމަށް ހެދިގެން އުޅޭނެކަމެއް ނެތް. އެއްބުރުން މި އަނިޔާވެރިކަން ނިންމާނަން އިންޝާﷲ

    • ގާޝު

      މައްކާގާބުރުގާއެޅީކޮބާދީނަށްލޯބިވުމަކީތެދުވެރިކަމެއްއަމާނާތްތެރިކަމެއްނެއް

  3. Anonymous

    ކަމަނާ ވެސް އިސްލާހުވެ ރަގަޅަށް އުޅެވޭތޯ ބައްލަވާ ! ޢައުރަވެސް ނިވާ ކޮށްގެން ހުރެވޭތޯ ބައްލަވާތި !

    • އއ

      ކެތްތެރިކަމަކީ ހަމައެކަނި ބަސްމަދުވުމެއް ނޫނެވެ. ތިމާއަށް ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާތައް އަދާނުކުރެވޭޙާލުގައި ވާނުވާނޭނގި، ގޮތްހުސްވެފައި ހުރުމެއްވެސް ނޫނެވެ. ކުރެވޭ ނުރަނގަޅު ކަންތައްތަކުގެ ސަބަބުން ނުކުންނަ ނަތީޖާއާއި ތިމާ ކުރިމަތިލާންޖެހޭނެކަން ނޭނގި، ގަމާރުވެފައިހުރުމަކީ ކެތްތެރިކަމެއް ނޫނެވެ.

  4. Anonymous

    ދިމާވާ އިމްތިޙާނުތަކުގައި އެކަމެއް ކުރިމަތިކުރުވި މީހަކަށް ކޮންމެވެސް ގޮތަކުން އަނިޔާއެއްދީގެން ކެތްތެރިކަން ހޯއްދަވާ ބޭފުޅެއް. ފެންނަންހުރި ޙަޤީޤަތެއް

  5. Anonymous

    އެކަމަކު ރައްޔިތުންމަށް ކަމަކުނުދެއޭ.
    އިންޑިޔާއާއި މާ އަވަލައިގެން އުޅޭތީ. ސިފައިން ތިބި ޢަދަދު ވެސް ނުބުނީ. ޗޯރުދޯ ކިޔާނީ އެހެންވީމަ ސިއްރުކުރީ. ލިވާޠު ކުރީމަވެސް ފައިލު ލައްޕާލީ މައްސަލަނުބެލީ. ބޮޑެތި ކުށްވެރިން ދޫކުރީ ވީޓުހޯދަން. ކޮބާ އިންސާފު. ތަކެތީގެ . އަގުބޮޑުވީ. އޮރެންޖް ކޮޅެއް އިންޑިޔާއިން އަގު ހެޔޮކޮށް ނުގެނެސްދޭ ކީއްކުރާ ބައެއް. މާ ބޭނިގަނުވައިގެން އުޅެނީ އެކަމަކު. ބޭނުމެއްނޫން. ފުދިއްޖެ.

  6. ގދ.ހަވަރު ތެނަދޫ ސީޓީގެ "މޭރު"

    ވެރިކަމުގައި ހުންނަ މީހާއަކީ އަމިއްލަ ބުއްދިން މަސައްކަތް ކުރަން ނޭގޭމީހެއްނަމަ ކެތްތެރިވެގެން ހުރުން ނޫންގޮތެއް ނޯންނާނެއެވެ. ޢެކަމުގެ ސަބަބުން ހުރިހާ ގެއްލުމާއި ހަލާކެއްހުރީ ރައްޔިތުންނަށެވެ.

  7. އަބޫ

    އިބޫ އަކީ ކެތްތެރި ބޭފުޅެއް ވީމަތާ ދެމަފިރިން ވަރިވެ އެތައް ދުވަހެއް ވަންދެން ހޭދަ ކުރި އިރުވެސް އިތުރު ކާވެންޏެއް ނުކޮށް ރިޔާސީ އިންތިޚާބު ކާމިޔާބުވަންދެން ކެތްކުރެއްވީ. އޭރު ތި ފަޒުނާއާއި އިނދެގެން ހުރިނަމަ ނޮވެމްބަރު 3 އެކޭ ސިއްކައެއް ކިޔާ ފާނެތީ ކެތްތެރިވުމުގެ ނަތީޖާ ވެރިކަން ލިބުންވެސްއެއީ

  8. ޢެޗް

    އިބޫއަށްވުރެ މީހުނަށް އެއްޗެހިކިޔާވެރިއެއް އަދި މިހާތަނަށް ނުފެނޭ ކުރީސަރުކާރޭކިޔައިގެން ނުހައްގު ބަސް ބުނެ ގޯސްވާހަކަ ދައްކާތަނެއް ނުފެންނަނީބާ ކުރީސަރުކާރުގެ އަނިޔާވެރިކަމޭ ބުނާއިރު މިހާރު ރައްޔިތުންނަށް ތިކުރާ އަނިޔާ ނުފެންނަނީބާ ކުށެއްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ހައްގު އަދަބު ދޭންޖެހަެނެ އެތައްކުއްވެރިން ދޫކޮށް ޢާއްމުންނަށް އުދަގޫ ކުރުމަށްވުރެ ބޮޑު އަނިޔާއެއް އޮންނާނެބާ ވޯޓަށްޓަކައި ހުރިހާ ކުއްވެރިން ޖަލުން މިނިވަންކޮށް މީހުނަށް ދިރިދުނިޔޭގައި އުޅުނަ ނުދޭއިރު އަދިވެސް އެބަބުނޭ އިބޫއަކީ ހިތްތިރިމީހެކޭ އިބޫއަކީ ވަރަށް ޖައްބާރު ވެރިއެއް މިގައުމު މިޖައްބާރު ވެރިކަމުން ސަލާމަތް ކޮށްދެއްވާންދޭވެ.އާމީން

  9. 😡😡😡

    ކަލޭ ރަނގަޅުވާނީ އަނގަމަޑުންލައިގެން ހުރިއްޔާ ސިއްކަ ފަޒުނާ.

  10. ފިޔަވަޅު

    މީނަ ފާޅުވީ މި މެޑަމް ފާތުން ނިކުތީމަ އެކަމާ ކަންބޮޑުވެގެންހެން ހީވަނީ .

    ޢެހެންނޫނަސް ރައީސައް ތާއީދު ކުޑަވެގެންހެން ވަރަށް ހީވެ .