ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ އަނެއްކާވެސް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

އަލްހާން އެންމެ ފުރަތަމަ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީ އިންނެވެ. ނަމަވެސް ފަހުން އަލްހާން އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގައި ވެސް މަސައްކަތް ކުރެއްވިއެވެ.

އަދި ނިިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އަލްހާން ވާދަ ކުރެއްވީ ހެންވޭރު އުތުރު ދާއިރާ އަށެވެ. ނަމަވެސް އެ ގޮނޑި އަލްހާންއަށް ކާމިޔާބެއް ނުކުރެއްވުނެވެ.

އޭގެ ފަހުން އަލްހާން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރެއްވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ފާމުދޭރީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އަލްހާން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަލްހާން އެ ޕާޓީއަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއެވެ.

އަލްހާން އަނބުރާ އެމްޑީޕީއަށް- ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އަލްހާން ވިދާޅުވީ، އެމްޑީޕީއާއި ގުޅިވަޑައިގެން ނޫން ވިޔަސް އޭނާއަށް ފެންނަ އެންމެ ރަނގަޅު ކެނޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި އެކަން މާ ކުރިންވެސް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮއްވެވުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރުވެސް ކުރަމުން އަންނަ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

އަލްހާން ވިދާޅުވީ، މީގެ ކުރިން އެމްޑީޕީން ކުރިމަތިވި އެންމެބޮޑު މައްސަލަ އަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ކުރިމަތިވި އެންމެބޮޑު އެއް މައްސަލަ ކަމަށާއި، އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ކަމަށެވެ.

އަލްހާން ރޭ ޖާބިރުގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"އަޅުގަނޑަށް އެމްޑީޕީގެ ތެރެއިން ކުރިމަތިވި މައްސަލައަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވި އެންމެބޮޑު އެއް މައްސަލަ. އެއީ ރައީސް ނަޝީދުގެ މައްސަލަ. އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ އެއްވެސް ބޭފުޅެއް އެމްޑީޕީ ދޫކުރައްވާ ވަޑައިގަތުން އެއީ އަޅުގަނޑު ދަންނަވާނީ މިފަދަ ހުތޫރަތްތެރި ދަނޑިވަޅެއްގައި ޤައުމަށް ދެވޭ ވަރަށް ބޮޑު ބޭވަފާތެރިކަމެކޭ. ރައީސް ނަޝީދުގެ ފަހަތްޕުޅުގައި އެމްޑީޕީ ދޫކުރައްވާ ވަޑައިގެން އެއްވެސް ބޭފުޅަކަށް އަޅުގަނޑަށް ޔަޤީން ޙުދު ރައީސް ނަޝީދަށްވެސް ނޯންނާނެ ޤަޢުމާއި ރައްޔިތުނަށްޓަކައި ޤައުމުގެ ހައްޤުގައި ދެއްކޭނެ އެއްވެސް ހުއްޖަތެއް."، އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، ރައީސް ސޯލިހަކީ ރާއްޖެ ނުދެކޭފަދަ ބުއްދިވެރި، ހިކުމަތްތެރި ޤައުމު ރަނގަޅު މަންޒިލަކަށް ގެންދާނެ ސިޔާސީ ލީޑަރެއްކަން ސާބިތު ކޮށްދެއްވާފައި ކަމަށެވެ.

"އަޅުގަނޑުމެނަށް ނުފެންނަ މަންޒަރެއް އަޅުގަނޑުމެން ނުދެކޭ މަންޒަރެއް ނުދެކޭ ވެރިއެއް ތަޖްރިބާ ނުކުރާ ސިޔާސީ ޓޭބަލްއެއް ވާހަކައެއް މިތާކު ނެތް. ބެލި ބެލުމުގައި ރައީސް ސޯލިހަކީ މި ރާއްޖެ ނުދެކޭ ވަރުގެ ބުއްދިވެރި، ހިކުމަތްތެރި ޤައުމު ރަނގަޅު މަންޒިލަކަށް ގެންގޮސްދެއްވާނެ ސިޔާސީ ލީޑަރެއްކަން އަޅުގަނޑުމެނަށް ސާބިތުކޮށްދެއްވައިފި."، އަލްހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ބަލްހާނު

    ލިޔެލާފައި ބަންދާ. އެމްޑީޕީ ތި ބަލިވީ. އަލްހާނު ދިޔަ ތަނެއް އަދި ރަނގަޅު ވެފައެއްނެއް މިހާތަނަކަށް.

    • ޢާއިޝާ

      ޢިބޫޢަށް ލިބެން އޮތް 12 ވޯޓު އަހަރުމެން ގެއިން ތިގެއްލުނީ މަގޭ 250000 ރުފިޔާ ކާލައިން ހުރި މިހެއްތީ

  2. ކިންގް

    ދެން ޕޮންޒީ ސްކޭމްގެ ކަންތައްވެސް ނިމުނީ ދޯ؟ ސަރުކާރުން އެމީހުންނަށް ލާރިވެސް ދައްކައިދޭނެތަ؟ ލާރި ބަހާ ދުވަސްކޮޅެއްވީމަ އަހާލީ

    • ނަސީމް

      ވަރަށް ސާފު ދެން އެމްޑީޕީއަށް އަހަރެން ދޭނެ ވޯޓު ނުމުނީ. މަށަށް ދަެން ޖެހޭ ދެލައްކަ އަށް ވުރެ ގިނަ ރުފިޔާ މިހާރުވެސް މީނަ އަތުގަ ހުންނާނެ ޕޮލިހަށްވެސް މައްސަލަ ހުށަހަޅާފަ އޮންނާނީ

    • ނސޖސޖޖއޖ

      ހުރިހާ ވަގުން އިބޫއާ ގުޅެނީ... އެބަ އިނގޭދޯ މި ވާ ގޮތް

  3. ސަމްސިއްޔާ

    މާރިޔާ ލަދެއްވެސް ނުގަނޭތަ؟؟ އެތައްބައެއްގެ ލާރި ޕްންޒީ ސްކީމް ހިއްގައިގެން ފޭރިގަނެގެން އުޅޭޅޭމީހެއް ތިޔަ އަލްހާނަކީ. މަގޭ ވޯޓް ދެން އެމްޑީޕީއަކަށް ނުލިބޭނެ.

    • ޜައްޔިތުމީހާ

      ކިތަންމެބޮޑު ކުށެއް ކޮއްފަވެސް އެމްޑީޕީއައް ސޮއެކުރީމަ އެކުށަކުން ބަރީއަވެވޭނަމަ މިއައްވުރެ ފައްކާ ޑިމޮކްެރަސީއެއް.ނޯންނާނެ

  4. ހަމީދު

    ހުރިހާ ވަގުންގެ ޕާޓީ

  5. ސަނާ

    ލައްކަ ބޮޑަތި ދަރަނިތައް ރައްޔިތުންނަށް ދަރާހުރި މީހެއް ތިޔައީ! މާލިއްޔާއިން ތިކަންނިންމަލަދޭނެކަމަށް ބުނީމާބާ މީނަ މި ކުލަ ބަދަލުކުރީ! މިމީސްމީހުން ލައިގެން ތިޔަތަން އިތުރަށް ބަލިކަށިވާނީ!

  6. ހުސޭނުބޭ

    ތަނަކު ފާސިދެއް ހުރިއްޔާ އެމްޑިޕީއަށް ގޮސް ހުސްވެއްޖެ!

  7. ސަރަފަކައްދަ

    ރައްޔިތުން ޤަބޫލު ނުކުރާ ހީލަތްތެރި މީހުން މޑޕ ގެނައުމަކީ އިތުރަށް ގެއްލޭނެ ވޯޓު ކަން ދެނެގެން ތިބޭ!

  8. ސައްތާރު

    ބަލަ މީނަ މީ ކުރިންވެސް އެން.ޑީ.ޕީ މީހެއްނު. މިދެން ހަބަރަކަށް ހަދާގެން ޖަހަން ޖެހޭތަ

  9. އަމީތު

    އަހަރެންމީ އެމްޑީޕީއަށް މަރުދޭ މީހެއް. ހެޔޮނުވާނެ ތި އަލްހާން ގާތް ނުކުރޭ. އޭނައަކީ ވަރަށް ގިނަ މީހުނަށް ލަނޑުދީފަ ހުރި މީހެއް. އޭނަގެ ފަރާތުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް

  10. ޝަނީފް

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުންނަ މީހެއްނޫންދޯމީ. ޕޯދިއަމް ތަކަށް އަރާ އަނގަ ހުޅުވަން ލަދެއްވެސް ނުގަނޭ! މިކަލޭގެ ބަލައިގަންނަ ދިވެއްސަކުނޫޅޭކަން ކޮންމެސް މީހަކު މީނަ ކައިރީގަ ބުނެލަދީބަލަ.

  11. ގުއިދައިތަ

    ތީ ބޮޑު ވަގެއް. ވަގުން ގުޅޭނީ ވަގުންނާ. އެތައް ބައެއްގެ ލާރި ވަގަށް ނަގައިގެން ހުރި މާސިންގާ ވަގެއްތީ

  12. ގޯޔާ

    ލަނޑަޔާ ވާނީ ލާނޑަޔާއޭ ބުނެއެއްނު. ޗޯރު އިބޫ ކައިރިއަށް ޗޯރު އަލްހާން އެއައީ. އިބޫއަށް ތާއީދުކުރާ މަތިން 25 ބޮޑެތި މުޖްރިމުންވެސް ވަނީ ދޫކޮއްލާފަ. އޭގެތެރޭ ޑްރަގް ވިޔަފާރީގެ ބޮޑުންވެސް ހިމެނޭ

  13. ސޮއްބެ

    ޕޮންޒީ ނިހާނު އަހަރެމެނަށް ވަރިހަމަ ގުދައް އޮތަސް

  14. ތަކުރު

    ތި ސޮރު ގިތެލެއްތަ އެތޯހެވީ މި ތޯ ހެވީ

  15. ދީދީ

    ރަނގަޅީވެސް ތިގޮތް ހުރިހާ ޗޯރޭއިން ތިބެންވާނީ ތިޕާޓީގައު

  16. މާރުން

    އަލްހާނު މަގޭ ލާރިކޮޅު ދޭނީ ކޮންދުވަހަކުންތަ... ހާދަ ހާލެއްގާއެ މިއުޅެނީ އަލްހާނޫ... ޕުލީޒް ހެލްޕު

  17. ކަޅުބެ

    ފޮރެކްސް ކިންގގެ ޕާސްޕޯރޓް ހިފެހެއްޓީމާ ސޮއި ކުރީ.އޭނާ އެހެރީ ބޮޑުބެބެއަށް ނުދީ ގޯތި ދިރުވާލައިގެން.

  18. ތަކުރު

    ހާދަ ބަޑި ގޮލައެކޭދޯ

  19. ފަތުހީ

    ާއަލޮހާނު މަގެެއަތުން ޓުރޭޑު ކުރުމަށް ނެގި 500000 ރުފިޔާ އަދިވެސް ނުދޭ ާކޮބާ އެބުނާ ކިންގުޝް ކެޕިޓަލް

  20. ދެދެދެދެދެދެ

    ޕޮންޒީކަޅޭމެން އިބޫ ފަހަތަށް އެރީމާ ސާފު ވީ..އެޔޭ މި ކިޔާ ސަނާގެ ބާރަކީ...

  21. އކޒދ3ިޮ

    އެމްޑީޕީއަށް ގައުމީ ވަގުންކޮޅު ވަދެ ނިމެނީ...އަންނަ ދައުރުގަ އޮތީ ބައިތުލް މާލު ކެވުނު ގޮތަކަށް ކާން....

  22. އއ

    މި މީސްމީހުންނަކީ މިހާރު، ޤަވްމީ ފެންވަރުގައި މީހުން ބަލައިގަންނަ މީހުންނެއް ނޫނެއްނު. ސަޚްޞިއްޔަތެއްހުރި ބައެއްވެސް ނޫނެއްނު.

  23. އިންކުއަރީ

    އެންމެ ލަޓޯފަޓޯ ގިނަވާނީ އެން.ޑީ.ޕީގައި މަކަރާއި ހީލަތުން އެތައްބައެއްގެ އަތުން ފައިސާނަގާފައި ނިވާވަން ވާންނާނެ ތަނެއް ކަމުގައި ސަރުކާރުއާގުޅުން ނޫން ކަމުގައި ނޫނީ ނުވޭ.