މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ ރައްޔިތުންގެ ތެރެއިން %58 ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓް ދޭނީ ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ކަމަށް މިދިޔަ ހަފްތާގައި "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭ އަކުން ދައްކައިފިއެވެ.

މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންގެ ތެރެއިން 2290 މީހުން މި ސާވޭގައި ބައިވެރިވިއެވެ. އޭގެތެރެއިން %58.9 މީހުން ނުވަތަ 1335 މީހުން ބުނީ އެމީހުން ވޯޓް ދޭނީ މުއިއްޒަށް ކަމަށް ބުނެފައި ވެއެވެ.

ރައީސް ސޯލިހަށް ވޯޓް ދޭނެ ކަމަށް ބުނެފައި ވަނީ އެންމެ %19.9 މީހުންނެވެ. އެއީ ހިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން 456 މީހުންނެވެ. އިންތިހާބުގައި ވޯޓް ދޭނެ ކެންޑިޑޭޓެއް އަދިވެސް ނުނިންމާ ކަމަށް %9.3 މީހުން ނުވަތަ 212 މީހުން ބުނެފައި ވެއެވެ. ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ވޯޓް ދޭނެ ކަމަށް %3.4 މީހުން ނުވަތަ 77 މީހުން ބުނެފައި ވެއެވެ. ގާސިމް އިބްރާހިމަށް ވޯޓް ދޭނެ ކަމަށް %3.3 މީހުން ނުވަތަ 75 މީހުން ބުނެފައި ވެއެވެ.

ވޯޓް ނުލާނެ ކަމަށް %2.1 މީހުން ބުނެފައި ވެއެވެ. އެއީ 47 މީހުންނެވެ. އުމަރު ނަސީރަށް ވޯޓް ދޭނެ ކަމަށް %1.8 މީހުން ނުބަތަ 42 މީހުން ބުނެފައި ވެއެވެ. މުހައްމަދު ނާޒިމަށް ވޯޓް ދޭނެ ކަމަށް %1 މީހުން ނުވަތަ 22 މީހުން ބުނެފައި ވެއެވެ. ފާރިސް މައުމޫނަށް ވޯޓް ދޭނެ ކަމަށް ބުނީ 17 މީހުންނެވެ. އެއީ %0.7 މީހުންނެވެ. ހަސަން ޒަމީލަށް ވޯޓް ދޭނެ ކަމަށް ބުނީ %0.3 މީހުންނެވެ. އެއީ ހަތް މީހުންނެވެ.

މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ރައްޔިތުންގެ އިތުރުން މާލޭގެ ރައްވެހިންގެ ހިޔާލު ހޯދުމުގެ ވޯޓެއް ވެސް ވަގުތު އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގޯތިތައް ބަހާލުމުން މާލެ އިން ރައީސް ސޯލިހްގެ ތާއިދު މައްޗަށް، ނަމަވެސް އެއްވަނައަށް މުއިއްޒު

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުއިއްޒު މިފަހަރު

    އަލްހަމްދުލިﷲ. ވަރަށް ރަނގަޅު ހަބަރެއް. އިބޫ ވަނީ އަތޮޅުތެރެ ތަރައްގީ ކުރާނަމޭ ކިޔާފަ ވެރިކަމަށް އައިސް ވައްކަން ކޮއްފަ. ރަށްތަކަށް އެދެވޭ ޒާތުގެ އެއްވެސް ތަރައްގީއެއް ނާދޭ.
    ގައުމު މި އޮތް އިގްތިސޯދީ އަނދަވަޅުން ސަލާމަތް ކުރަން ބޭނުމީ އިލްމީ ގާބިލު މީހެއް. އެއީ މުއިއްޒު

    8
    2
  2. ގުމުރީ

    އެ ބޭނުމުގައޭ ދަފްތަރުގައި އެމީހުންތަށް ޖައްސާފަ ކޮތަރުކޮށިދިނީ...މޭޔަރު ކަމަށްވެސް ހޮވީ އެމީހުން ވޯޓް އަޅައިން....މާލޭ މީހަކު ނުދޭނެ ވޯޓެއް އެ ހޮޅި މުއީޒަކަށް.....

    4
    10
    • އިބުރާހީމު

      މާލޭގެ ކައުންސިލަށް މީހުން ހޯވީ މާލޭ މީހުން. ރަށްރަށުގެ މީހުން ވޯޓުލީ އެމީހަކު ނިސްބަތްވާ ރަށެއްގެ ކެންޑިޑޭޓުންނަށް. މާލޭ މީހުން އިބޫއަށް ނޫނެކޭ ބުނެފި. ލާރި ދިނަސް ގޯތި ދިނަސް، ނެތޭ ދެވޭކަށް ގައުމު ޗޯރަކަށް.

      6
      3
  3. ނަރުގިސް

    އަތޮޅުމީހާ ބޭނުން ވަނީ ރަށުން ހިލޭ ބިން އަދި މާލެން ހީލޭ ފުލެޓު

    • ނައްނި

      އެމީވުއްނައްހުރިމޮޅެއް އެމީވުންރަށުން ގޯތިލިބޭ ބިންދޫނުކުރިޔަސް ފުލެޓްވެސްލިބޭ މަ މެން .ޖެހެނީ ބިންދޫކުރަން ކޮބާ އިންސާފު

  4. ނައްނި

    އެމީވުއްނައްހުރިމޮޅެއް އެމީވުންރަށުން ގޯތިލިބޭ ބިންދޫނުކުރިޔަސް ފުލެޓްވެސްލިބޭ މަ މެން .ޖެހެނީ ބިންދޫކުރަން ކޮބާ އިންސާފު