ރާއްޖޭގެ އަމަންއަމާންކަމާއި މިނިވަންކަން ނަގާލަމުން ދަނީ ރާއްޖޭގެ ސަރުކާރު އިސްވެ އޮވެގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ޤައުމެއްގެ ދަރިން އަމިއްލަ ޤައުމެއް ހަލާކުގެ ތެރެޔަށް ވައްޓާލަން މަސައްކަތްކުރާ އެއްވެސް ޤައުމެއް މީގެ ކުރިން ދެކެފައިނުވާ ކަމަށާއި ރާއްޖޭގެ ސަރުކާރު އިސްވެ އޮވެގެން ދިވެހިންގެ މިނިވަންކަން ނަގާލީ ކަމަށެވެ.

އިންޑިޔާގެ ފޮރިން މިނިސްޓަރ ރާއްޖޭގެ ފޮރިން މިނިސްޓަރށް ފޮނުވިި ސިޓީއެއް ކަމަށްބުނެ ދައުރުވަމުންދަނީ ސައްޚަ ނޫން އެއްޗެއްކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އަދުރޭ ވިދާޅުވީ އެސިޓީގައި ހިމެނޭ ވާހަކަތަކާއި އިދިކޮޅުން މިހާ ގިނަ ދުވަހު ދައްކަމުން އައި ވާހަކަތަކާއި ވަރަށް ގުޅޭ ވާހަކަތަކެއް ކަމަަށެވެ.

އަދުރޭ ވިދާޅުވީ އިންޑިޔާގެ ބާރު ހިނގާގޮތަށް ހަނިމާދޫއިންނާއި އައްޑޫއިން 15 ހެކްޓަރުގެ ބިން އެ ޤައުމުން ބޭނުންވާ ކަމަށެވެ. ހަނިމާދޫއަކީ ރާއްޖޭގެ އުތުރަށް އޮންނަ ރަށްކަމަށާއި އައްޑޫ ސިޓީއަކީ އެންމެ ދެކުނަށް އޮންނަ ރަށްކަމަށްވާތީ އިންޑިޔާއަށް އެ ބިމުން 15 ހެކްޓަރު ދީފިނަމަ އެހިސާބުން ރާއްޖެއަށް އިންޑިޔާއަށް ބާރު ފޯރުވާ އެސަރަހައްދު ތަކަކީ އިންޑިޔާގެ ސަރަހައްދުތަކެއް ކަމަށް ހަދާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރާއްޖޭގެ އުތުރުން ހ، ށ އަދި ނ ވެސް ދިވެހިންނަށް ގެއްލިގެންދާ ކަމަށާއި ދެކުނުން އައްޑޫސިޓީވެސް ގެއްލިގެން ދާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ސިޔާސީ ފިކުރުތައް ދޫކޮށްލައި ޤައުމާއިިމެދު ވިސްނަންވީ ވަގުތު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ކާބަފައިންގެ ލޭ ޤުުރުބާންކޮށްގެން ހަމަޔަށް ގެނެސްދިން ފަޚުރުވެރި ރާއްޖެ ގެއްލިގެންދާނެ ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދިނުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަރުގިސް

    ކުޑަ ކުއްޖަކުވެސް އަދުރޭ ގެ ބަހެއް ނާހާނެ/ ބުހުތާން ދޮގު

    • އަލީ އުމަރު

      ކަލޯގެ ހިޔާލުދޯތީ ހަމަގައިމުވެސް މަށާ މަގޭފެމެލީވެސް އޭނާއަށް ތާއިދުކުރަން.

    • ހަސަނު އަލީ

      ކަލޯ ހީކުރީތަ ކަލޯ ހީކުރާހާ ގޮތެއްކަމަށް ވާނީ އަޅުގަނޑާއި ފެމެލީ 200މީހުން އަދުރޭ ކޮޅުގަ