އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލް ކުރައްވާފައިވާ ޝެއިޙް އިބްރާހިމް ރަޝީދު މޫސާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ، މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަުރައްވައިފިއެވެ.

އޭނާއަކީ އިސްލާމްދީން އުނގަންނައިދިނުމާއި، ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއު ކުރުމުގެ ރޮނގުން 2015 ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

އިބްރާހީމް ރަޝީދު މޫސާ އަކީ މިސްރުގެ އަލް ޖާމިޢުލްއަޒްހަރުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ވަޑައިގަތީއްސުރެ، ރާއްޖޭގައި އިސްލާމީ ތައުލީމާއި، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

މިއަހަރުގެ އިންތިހާބުގައި މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަކޮށްފައިވާ ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި، ވައުޡު ބުނުމުގެ ހުއްދަ ދޫކުރެވިފައިވާ 100 އިލްމުވެރިންގެ ތެރޭގައި ޝެއިޙް އިބްރާހިމް ރަޝީދު މޫސާ ހިމެނިވަޑައިގަންނަވާއިރު، އެ ބޭފުޅުން ވިދާޅުވަނީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް، ރާއްްޖޭގެ މިނިވަންކަމާއި، ސިޔާދަތު ނަގަހައްޓައި، އުމްރާނީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި، ހުނަރާއި، ތަޖުރިބާގެ ގޮތުން އެންމެ ގާބިލް، ހުލްގު ހެޔޮ ކެންޑިޑޭޓަކީ މުއިއްޒު ކަމަށް އެ ބޭފުޅުންނަށް ފެންނާތީ، ޑރ. މުއިއްޒާއި، އޭނާގެ ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)އަށް ތާއިދު ކުރާކަން ހާމަކުރާ ކަމަށެވެ.

އެހެންކަމުން ޑރ. މުއިއްޒާއި ސެމްބެ އަށް ވޯޓުދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.

އަދި ދީނީ އިލްމުވެރިން ވަނީ މި ހާލަތުގައި އިސްލާން ދިނާއި ގައުމުގެ މަސްހަލަތު އިސްކޮށް، ގައުމުގެ ސުލްހަމަސަލަސްކަމާއި، އަމަންއަމާންކަން ރައްކާތެރިކޮށް، ހިފަހައްޓަކައި، މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މުސްލިމުންގެ މެދުގައި ބައިބައިވުމާއި އަދާވަތްތެރިވުމާއި، ނަފްރަތު އުފެއްދުމުގެ އެއްވެސް އަމަލަކަށް ޖާގަ ނުދެއްވުމަށް، ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރައްވާފައެވެ.

މީގެ ކުރިން ރިޔާސީ އިންތިހާބުގައި ތާާއީދު ކުރާނެ ކެންޑިޑޭޓަކު ބެލުމަށް ގިނަ އަދަދެއްގެ އިލްމުވެރިންގެ ތިއްބަވާ ވައިބާ ގްރޫޕެއްގައި މީގެ ކުރިން ވެސް ވަނީ އެބޭފުޅުންގެ ތާއީދު އޮތްގޮތް ބަލާފައެވެ. އެފަަހަރު ހުޅުވާލި ޕޯލްގައި މުއިއްޒުއަށް ވަނީ 91 ވޯޓު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަލަކާ

    ލިވާތު ސަރުކާރަށް މުޅިރާއްޖެ ނޫނެކޭ ބުނެފި އިންޝާ ﷲ ސޯލިބޭ އެއްބުރުން ބަލިވެ އަދީބުއާދެމީހުން ހެދި ޑީލްވެސް ފަޅާއަރާ ސޯލި މިގައުމުން ފިލާރަށްކާވާ ވަގުތު ޖެހިއްޖެ

  2. ހަރުގެ

    އިސްލާމްދީނާ ﷲ ރަސޫލާ އަދި މި ދިވެހި ލޮބުވެތި ގައުމުދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިޔަކު މޑޕ އަށް ނޫނެކޭބުނާނީ ފެންނަން އެހެރީ ހަގީގަތް ލަަދީނީ ފިކުރު މުޅިގައުމުގަ ފަތުރަން ޔަހޫދީން އަޑީގަތިބެގެން އިންޑިޔާގެ ފާދިރީން ގެނެސް ހަރުކަށި ހިންދީން މިތާ ފައްޅިއަޅާހެން ފޮރުވިގެންތިބެ ސަރުކާރުގެ ހިޔަލުގަތިބެ ފާދިރީން އެތިބީ ރައީސް އޮފީހުގަ ބޮޑެތި މަގާމުތަކުގަ މުސްލިމު ދިވެހި ދަރިއެއްވިއްޔަަ ސޯލިހަށް ބުނާނީ ނޫނެކޭ

  3. ނަރުގިސް

    ޔާމީން ގެ ސަރުކާރުން އިސްލާމީ ޔުނިވާސިޓީ ގެ ބާރު ޗާޓުން ބޭރުން ދާފަ އޮތުން މިސަރުކާރުން ހަމަ މަގަށް އެޅުވުމުން ބޮޑާ ހޭކި އެކަކު މިބޭފުޅާ ައކީ

    • މުހައްމަދު

      ކޮންވެރިކަމެއްގައިބާ އިސްލާމިކުޔުނިވަރސިޓީ އުފެއްދީ.

    • ސސ

      ހަމަމަގަށް އެޅުވުމަކީ އަރަބިއްޔާ ސްކޫލު ބަންދުކުރަން އުޅުންތޯ؟ އެމްޑީޕއަކީ ލާދީނީ ބައިގަނޑެއް. ހިންދޫ ފާދިރީން ގެނެސްގެން އުޅެނީ ކޮންބައެއް

  4. މާޝަންސް

    ޝެއިޙް އިބްރާހިމް ރަޝީދު މޫސާ ވަނީ އޭލިއަނުންގެ ބަޔަކު އެބްޑަކްޓުކޮށް ހިޕްނޮޓައިޒްކޮށް އޭނާގެ ސިކުނޑީގެ ކޮންޓްރޯލް ނަގާފަ. މަގުމަތިން ޝެއިޚް ފެންނައިރު މިބައިގަނޑު ޝެއިޚާއެކީ ފެންނާނެ.