ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އައްޑޫގައި ބާއްވާ އެމްޑީޕީގެ ކެމްޕޭން ޖަލްސާ ފެށުން ލަސްކޮށްފިއެވެ.

މިރޭ 21:00 ގައި ފަށަން އޮތް ޖަލްސާ ފެށީ 22:13 ކަންހާއިރުއެވެ. ޖަލްސާ ފެށުން ލަސްވީ ޖަލްސާއަށް އެކަށީގެންވާ އަދަދަކަށް މީހުން ނައުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ޖަލްސާގައި މީހުން އިށީންނަށް ޖެހި ގިނަ އަދަދެއްގެ ގޮނޑި ނުފުރި ހުރުމުން މިހާރު ދަނީ ބައެއް ގޮނޑިތައް ވެސް ނަގަމުންނެވެ.

އިއްޔެ ރައީސް ސޯލިހް އައްޑުއަށް ވަޑައިގަތުމާއި ދިމާކޮށް އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނިކުތް އަދަދަށް ވެސް މިރޭގެ ޖަލްސާގައި ބައިވެރިވާން މީހުން ނުދާ ކަމަށް ޖަލްސާ އޮންނަ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނެއެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ނިންމާލަން މިފަހަރު ބޮޑު ޖަލްސާ އައްޑޫގައި ބޭއްވިއިރު އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ ވެސް އައްޑޫން ބޮޑު އަޣުލަބިއްޔަތެއް އިންތިހާބުގައި ހޯދުމެވެ. ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާފައި ވަނީ ވެސް އައްޑުއަށް ނިސްބަތްވާ އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެވެ.

ކިޔުންތެރިންގެ ހިޔާލު