ރައްޔިތުން ކުރިއަރުވައި ތަނަވަސްކަން އިތުރު ކުރަން ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މާދަމާ ބާއްވާއިރު، ގާސިމް މިއަދު އާއްމު ކުރެއްވި ސިޓީއެއްގައި ވިދާޅުވީ، މި ގައުމު މިއަދު މިއޮތީ ނުރައްކާ ފައްތަރެއްގައި ކަަމަށާއި، މި ގައުމަށް އެކި އެކި ސިޔާސީ ވެރީން ޖެއްސި މާލީ މުސީބާތްތަކުން ޤައުމު ސަލާމަތް ކުރުމަށް ތަޖްރިބާ ހުރި ގައުމު ދެކެ ހަގީގީ ލޯބިވާ ވެރިޔަކު އިންތިހާބު ކޮށް އަވަހަށްމަސައްކަތް ނުފަށައިފިނަމަ މި ގައުމާއި، ރައްޔިތުންގެ މިނިވަންކަމާއި ސިލްމާ ސަލާމަތްނެތިދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށެވެ.

"ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން މިވަނީ ސޮވަރިން ދަރަނި އިތުރުކޮށްފައެވެ. އަޅުގަނޑުމެންގެ ދަރަނި މިވަނީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައެވެ. އަދި ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާގާތްކުރާނެ ކަމަށް ބެލެވެއެވެ. ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ވުރެ ބޮޑު އަދަދެއް ރާއްޖެއިން ދަރަނިނަގާފައިވާ ގައުމުތަކަށް ދައްކަން ޖެހެއެވެ."، ގާސިމްގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ މި ދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ގައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި އަވައްޓެރި ސްރީލަންކާ ފަދައިން މި ރާއްޖެވެސް ޑިފޯލްޓް ވުމަކީ ދުރުގައި އޮތްކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"ހާލަތު މިހެން އޮތް އިރު، ވެރިކަމުގައި ތިބި ފަރާތްތަކުން ގާނޫންއަސާސީއާއި ގާނޫންތަކާއި ހިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކޮރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޒަރޫރީ އެންމެ ކުދި ބޭނުންތަކަށްވެސް ކޮރަޕްޝަން ބޭނުންކުރުން މިވަނީ މި ގައުމުގައި އާންމުވެފަ ނޫންތޯއެވެ؟ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތުމީހާއަށް، އާސަންދަ ހަމަޖެހެނީވެސް ކޮންމެވެސް ވެރިޔަކަށް ދަންނަވައިގެން ވެރިކަންކުރާ ޕާޓީ އަށް ސޮއިކުރުމުންނެވެ."، އެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

އެހެންކަމުން އޭނާއަށް ވޯޓު ދޭންވީ ކޮރަޕްޝަނާއި ހިޔާނާތުން ދުރުވެ، ދަރަނީގެ ދަންތޫރައިން މި ގައުމާއި، ރައްޔިތުން ސަލާމަތްކޮށް، ޤާނޫން އަސާސީ އާއި ހިލާފަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް، ސަރުކާރުން ގަސްދުގައި ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން މޮރިޝަސް އަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތް ކުރުމަށާއި، ޢަދުލުވެރިކަމާއި އެކު އިންސާފު ގާއިމުކޮށް، ގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުވައި ރައްޔިތުންނަށާއި ގައުމަށް ލިބޭ ތަނަވަސްކަން އިތުރުކޮށް، އިލްމީ އަދި ފަންނީ ގޮތުން މި ރާއްޖޭގެ ރައްޔިތުން ކުރިއަރުވައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޭސްފަރުވާ އަދި ސިއްހީ ރޮނގުން މި ރާއްޖެ ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް، ތަޖްރިބާގެ އަލީގައި ޔަޤީގީކަމާއެކު، ޤައުމު ހަމަމަގަށް އެޅުވުމަށް ކަމަށް އެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުއިއްޒު 4 ޕްރެސިޑެންޓް

    ގާސިމާއިމެދު ރައްޔިތުން އިއްވާ ފަހު ބަސް މި އިލެކްޝަނުން ފެންނާނެ. ކޯލިޝަންގަ ހުރެގެން ރައްޔިތުން 100 ބިލިއަންގެ ދަރަންޏާއި 8% ޖީއެސްޓީއާއި އިތުރު ޓެކްސްތަކާއި ހެދި ސާލާމަތް ނުވެގެން އުޅުނުއިރު ގާސިމު ވާނީ ބަދަލުގެ ނަމުގައި 400 މިލިއަން ނަގައި، 4 ފަޅު ނަގާފަ. މި ކެމްޕޭނުވެސް ތި ކުރަނީ ރައްޔިތުންގެ ވާވެއްދި ފަޅު ވިއްކައިގެން ލިބުނު 300 މިލިއަން ރުފިޔާއަށް.
    މިފަހަރު އެއްބުރުން މިއިއްޒުއޭ ބުނެލަން އޮތީ

    1
    1
  2. ތަފާތޭދޯ

    ގާސިމް ނޫނީ ނެތޭ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކޮށްދޭން ވައުދުވި ކެންޑިޑޭޓެއް ފްލެޓްސް ތަކުގެ ކުލި މާފުވުން އެއީ ހާދަ ބޮޑު ނިއުމަތެކޭ ދެން އަނެއް ކޮޅުން މާލެ އާއި އެއް އަގެއްގައި ރާއްޖެތެރެއަށް ކަރަންޓް އަދި ފެނުގެ ޚިދްމަތް ދިނުން އެެއީ ވެސް ރައްޔިތުންނަށް ފައިދާވާނެ ކަމެކޭ ދެން އަނެއްކޮޅުން ވިޔާފާރިވެރިން އަތުން ބޮޑު އަގުގައި ނަގާ ކަރަންޓް އަދި ފެން ބިލް ވެސް އާންމު ރޭޓަށް ފައްތާނެ ކަމަށް ވައުދުވުން އެއީ ވަރަށް ބޮޑު ނިއުމަތެކޭ ތަފާތުދޯ

    1
    2
  3. ކިއެއްވެތޭ

    ދެން ކިއެއްވެތޭ އުތުރު ތިލަފަޅު އެއްބަސްވުން ނުދެއްކިގެން އުޅެނީ ދެން އިއްޔެ އެ ލީކްވި ސިޓީގެ ވެސް އަސްލު އަދި ހާމަވާ ތަން ވެސް އަންނާނެއޭ ކުރީ ސަރުކާރުން ފޮނުވާލަން ނިންމާފައިވާ ހެލިކޮޕްޓަރު ގަނޑު ތައް ކިއެއްވެތޭ ނުފޮނުވާލެވިގެން އުޅެނީ ހަނިމާދޫ އެއާރޕޯރޓް އެއްބަސްވުން ނުދެއްކިގެން އުޅެނީ ކއިެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ

  4. ޜަށުމީދާ

    ޜައިޔިތުން ތިބީ ވ ކުރީގަ، ފަހާދުވިޔަސް އަތެއްނުވާނެ،. ތީގެ 2،3،ވިޔަފާރިވެރިން ގެ ޖިބުން ސަލާމަތެއް ނުވޭ ގައުމު، ދުވަސްކޮޅަކުން ވިޔަފާރިވެރިން ފަހާ ރައިއިތުން ދުވަން ފަށާފާނެ، ގާސިމު ގެއަށްވަދޭ،

    1
    1
  5. ސާމާ

    ރާއްޖެމިއުޅެނީ ގޮންގުރިޓި މަސައްކަތް ނުކުރެވިގެން ނޭގިގެނެއްނޫން. މިއުޅެނީ މާލީކަންކަން ބޮއްސުންލައި ގައުމުގެ މިނިވަންކަން އޮޔާގޮސްގެން. މިބުނަނީ ހަމަ ތެދައް. މިކަމުގެ ހުރިހާ ހުނަރެއް އަދި ސާބިތު ތަޖުރިބާ އެންމެ އެކަށީގެންވާގޮތުގައި ހުރީ ގާސިމް އިބްރާހިމްގެ ކިބާގައި. އެއީ ރައްޔިރުން ބުއްދި ދޫކޮއް މޮޔަގޮވިޔަސް ހަގީގަތް އޮތްގޮތް. ގާސިމްއަށް ވޯތުދެއްވައި އެހެން ކެންޑިޑޭޓުން ދައްކަމުން އަންނަ ނަނާ ހުވަފެންތަކުން ސަލާމަތް ވުމަށް ގޮވާލަން. މި ވޯޓަކީ ރާއްޖޭގެ ނިމުން ނުވަތަ ފެށުން. މިކަމުގައި ފަރުވާ ކުޑަ ނުކުރައްވާ. ފޭލްވެފަ އޮތް ދެ ޕާޓީ ނޫން ބަޔަކަ އިޚްތިޔާރުކޮއް ގައުމު އާފެށުމަކުން ފެށުވުނާ ދެއްވާ.އެކަމުގެ ހެވާއި ލާބަ ހަމަ ލިބޭނ ރައްޔިތުންނަށް.

    1
    1
  6. balaathi

    ތިގޮތަށް ތިޔާ ކަން ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު އެންމެ ފަހުން މުއިއްޒު ހޮވޭނީ ދެވަނަ ބުރުގައި ގާސިމް އިބްރާހިމް ވެސް ތާއީދުކޮށްގެން ކަމަށް ދިރާސާ ތައް ދައްކަނީ އެގޮތަށް އެކަންވާއިރު ޑިމޮކްރެޓްސް އަރާނީ އެމްޑީޕީ ފަޅި އަށް ކަމަށް ބެލެވެނީ އަދި ކާރނަލް ނާޒިމް ވެސް އަރާނީ އެމްޑީޕީ ފަޅި އަށް ކަމަށް ބެލެވެނީ އެކަމަކު އުމަރު ޕީޕީއެމް ފަޅު އަށް އަރާނެ ކަމަށް ބެލެވެނީ 1 ގައި އުޅޭނީ މުއިއްޒު 2 ގައި އުޅޭނީ އިބޫ 3 ގައި އުޅޭނީ ގާސިމް މީ މަމެންގެ ހިސާބު

  7. Anonymous

    މާދަމާރޭ ބުރުމާ އަނެއަތަށް އެނބުރިގަންނާނެހެންހީވޭ ނުވަތަ އެޑުމިޓްކުރާނެ !!

  8. Anonymous

    ބުރުމާއަކަށް ކާމިޔާބެއް ނުލިބޭނެ. އެންމެފަހުން ކޮންމެވެސް އެހެން ކެންޑިޑޭޓެއްގެ ތައްޕާހަށް ވެއްޓިގަންނާނެ.