ރާއްޖޭގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އަދި ރާއްޖޭގެ ދަރަންޏާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކީ ހުސް ދޮގު ވާހަކަތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ އެމިނުފާނުގެ ރިޔާސީ ކެމްޕޭންއަށް މިއަދު ފ. ބިލެއްދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަ ފުޅުގައި އެމަނިކުފާނުގެ ވާދަވެރިން އެންމެ ބޮޑަށް ދައްކަވާ ވާހަކަތަކަށް އަލިއަޅުވާލެއްވިއެވެ.

އަދި އެ ބޭފުޅުންގެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށް ސިފަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން ދައްކާ ގައުމިއްޔަތާއި މިނިވަންކަމުގެ ވާހަކަ. ދަރާވިކިފަ އޮތް ވާހަކަ. މިއީ ހުސް ދޮގު. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ދައްކާ ވާހަކައެއް. މި ވޭތުވެދިޔަ ފަސް އަހަރަކީ ދިވެހީން މިނިވަންކަމަށްޓަކައި އެންމެ ރަނގަޅަށް އެންމެ ގިނަ މަސައްކަތް ކުރެވުނު އަހަރު،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު މިނިވަންކަން ދެމެހެއްޓުމަށްޓަކައި ނިކުންނަން ޖެހެނީ ކަނޑިއާއި ބަޑި ހިފަހައްޓައިގެން ނޫން ކަމަށެވެ.

ހަމަ އެހެންމެ މިނިވަންކަމާ ކިޔައިފައި ބޮޑު ފާރުލާން މިއަދު ނުޖެހޭ ކަމަށެވެ.

އަދި އޭގެ ބަދަލުގައި ބޭނުންވަނީ ގައުމުތަކާ އެކު ބަދަހި ގުޅުން އިތުބާރު ހިފޭ ގުޅުން އުފެއްދުން ކަމަށާއި އަދި މި ސަރުކާރުން ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކު އެ ގުޅުން އުފައްދަމުންދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެފަދަ އިތުބާރު ކުރެވޭ ގުޅުން 180އަށް ވުރެ ގިނަ ގައުމާއެކު އުފެއްދިއްޖެކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ގައުމުަތަކަށް ވިސާއާ ނުލާ ދަތުރުކުރެވޭ ކަމަށާއި އަދި ރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުވެސް ކަމަށެވެ.

އޭގެ އިތުރުން މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ކުރިއަރާ އިގުތިސާދުކުރި އަރާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކީގައި ރައްޔިތުންގެ އެއްބާރުލުމާއެކީގައި ކުރެވުނު މަސައްކަތް. ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށްޓަކައި މިއިން ޒަމާނަކު ނުކުރާހާ ގިނަ މަސައްކަތްތައް ކުރެވިއްޖެ" ރައީސް ވިދާޅުވިއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިމާދުބޭ

    ތި ވިދާޅުވަނީ މަނިކްފާނު ފިޔަވައި ދެންތިއްބެވި 7 ބޭފުޅުން ހައްދަވަނީ އަސާސއްނެތި ދޮގުވާހަކައޭތޯ.؟

  2. ދަވާލާ

    ސޯލިބޭ ކަލޭ ގަމާރުވިޔަސް ހުރިހާ ދިވެހިން ކަލޭހާ ގަމާރެއްނޫން ގައުމު މިވަނީ އިންޑިޔާގެ އަޅުވެތިކަމުގައި ، ދުވަހަކު މިގައުމު ދަރަނިވެރި ނުވާވަރަށް ގައުމު މިއޮތީ ދަރަނިވެރިވެފައި ، އިންޑިޔާ ސިފައިން މިގައުމުގައި ވަނީ ގާއިމުވެފައި ، ބޭފުޅާ އެއްބަސް ވިޔަސް ނުވިޔަސް ، އިންޑިޔާ އިންދަނީ މިގައުމުގެ މުއްސަދިކަން ފޭރެމުން ހަގީގަތަކީ މިއީ ، ދިވެހިން ނަށް އެމްޑީޕީ ފުދިއްޖެ ފުދިއިތުރުވެސް ވެއްޖެ ދެން ހޯ ހޯ ހޯ

  3. ހައްޔަރުކުރޭ

    ރައީސް އިބޫ އަޒުލް ކުރޭ އޭނާ ވަނީ ގައުމަށް ގައްދާރުވެ ގައުމުގެ މިނިވަން ކަން ވިއްކާލާ ވެރިކަމުގައި ހުންނާންވެގެންނޭ އޭނާ އަޒުލްކުރޭ މަޖްލީހުން އޭނާ އަޒުލް ކުރޭ އޭނާ ވަނީ ގާނޫނާއި ޚިލާފުވެފައޭ އޭނާ އަޒުލްކުރޭ ރައީސް އިބޫ އަޒުލްކުރޭ އޭނާ އަށް ރައީސް އޮފީހަށް އަދި މުލިއާގެ އަށް ވަންނަން ސިފައިން ޖާގަ ދީގެންނުވާނެއޭ ސިފައިން މިކަން ދަންނާށޭ ރައީސް އިބޫ ހައްޔަރުކުރޭ ސިފައިން ނިކުމެ އޭނާ ގައުމުގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާފައިވާތީވެ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ ރައީސް އިބޫ ހައްޔަރުކުރޭ

  4. މުއިއްޒު މިފަހަރު

    އިބޫ ސޯލިހު ބުނަންތޯ ވާހަކައެއް ރައްޔިތުން ގަމާރެއް ނޫނޭ.
    1. އިބޫގެ ވެރިކަމުގަ ދަރަނި 40 ބިލިއަނުން 110 ބިލިއަނަށް އަރައިފި. މިއީ ކުރީގެ ހުރިހާ ރައީސުންގެ ދަރަނި އެއްކޮއްލީމަ ވާވަތަށްވުރެ ވެސް ބޮޑު އިތުރުވުމެއް
    2. އިންޑިޔާއިން ދަނީ އިބޫގެ ސަރުކާރު ކޮންޓްރޯލް ކުރަމުން.
    3. އިންޑިޔާގެ ދަރަނީގެ އަޅުވެތިކަމުގަ ޖައްސައިފި
    4. ރާއްޖޭގެ 3 ސަރަހައްދެއްގައި 99 އަހަރު އިންޑިޔާ ސިފައިނަށް ތިބެވޭގޮތް ހަދައިފި
    5. ކަނޑުގެ މައުލުމާތު އެމީހުނަށް ވިއްކާލައިފި. މިއީ ސަލާމަތީ ކަންކަމަށް ނުރައްކަލެއް
    6. އިންޑިޔާގެ ޕްރެޝަރު ގައި ކަނޑުގެ ބޮޑުބައެއް ވިއްކާލައިފި
    މިކަހަލަ ކިތަންމެ ކަމެއް އެބަ ހުރި.
    މިގައުމު މިހާރު ބޭނުމީ އިހުލާސްތެރި، ގާބިލު މީހެއް. އެއީ މުއިއްޒު

  5. މާމީ

    ދޮގު ހަދާ މީހެއްދޯ!

  6. ތ

    މީނަ ބޮޑުތަނުން ވޯޓުން ބަލިވާނެ