ކެމްޕެއިންގައި ނެގި ސެލްފީގެ އަދަދަށްވެސް އިދިކޮޅަށް ވޯޓު ލިބިވަޑައިނުގަންނަވާނެ ކަަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އުސްފަސްގަނޑުގައި މިހާރު ކުރިއަށްއާ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ހަރަކާތްތަކުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި އިވެންޓްގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭންއަށް މިހާރު ގިނަ ރަށްތަކަކަށް ދެވިއްޖެ ކަމަށާއި ކެމްޕޭންގައި ގިނަ ސެލްފީތަކެއް ވެސް ނެގުނު ކަމަށެވެ.

ނަމަވެސް އެ ސެލްފީތަކުގެ އަދަދަށް ވެސް ވާދަވެރިންނަށް ވޯޓު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސެލްފީގެ އަދަދުން އެކަނި ވެސް އިރާދަކުރެވިއްޔާ ބަލިވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އެގޮތަށް ވިދާޅުވި ނަމަވެސް ވަގުތުން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުންތަކުން ދައްކާ ގޮތުން އިންތިހާބުގައި މާލެއިން އެންމެ ގިނަ ވޯޓު ލިބޭނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އިންތިހާބު ދެވަނަ ބުރަކަށް ވެސް ދާނެއެވެ.

އެކަމަކު ރައީސް މިއަދުވެސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށެވެ.

"އެއްބުރުން. އެއްބުރުން" ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވި ފަސް އަހަރާއި އަދި މި ފަސް އަހަރުގެ ތަފާތުތައް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި 2013 އިން ފެށިގެން 2018 އަށް ރައްޔިތުން އުޅުނީ ބިރުވެރިކަމާއި ނާމާން ކަމާއެކުގައި ކަމަށެވެ.

އެހެން ނަމަވެސް 2018 ވަނަ އަހަރު ރައްޔިތުން ނުކުމެ އެކަން ބަދަލުކުރި ކަމަށާއި ރައްޔިތުން ބޭނުންވީ އުފަލާއި އަދި ހަމަޖެހުމާއެކު ދިރިއުޅެން ކަމަށެވެ.

"ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އިޜާދަކުރެއްވިއްޔާ މި ކެމްޕޭން ނިމުމުގެ ޖަލްސާއަށް އައިސް މިހުރީ އަޅުގަނޑުމެންނާ ހަވާލު ކުރި ވައުދުތައް ޒިންމާއާ އެކގައި" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ފާއިތުވި ފަސް އަހަރަކީ މިނިވަންކަން ދިފާއު ކުރުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރި ފަސް އަހަރު ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަކީ މިއަދު ވަށާފާރެއް ލައިގެން ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަވާލާ

    ކަލޯ ޗޯރޭ ކިތަށް ސެލްފީތަ ނެގީ ، ބީތާއެއްވީމަ ސެލްފީ ނެގި އަދަދުވެސް ނޭންގޭދޯ ، އަހަރެމެން ބަލަން މިތިބީ ކަލޯ ސޯއްޔާ ވާނުވާ

    30
    1
  2. ހުސްވައުދު

    އﷲ އިރާދަ ކުރެއްވިއްޔާ 53% ވޯޓުން ތިބޭފުޅާއަށް ވުރެން ކުރީގައި މުއިޒު އުޅުއްބާނީ !

    38
    2
  3. ނަންބަރު 4

    އިބޫ ސޯލިހު ހަޑިގޮތަކަށް ބަލިވާނެ މިފަހަރު އިންޝާﷲ. 5 އަހަރު ވައްކަން ކޮށްފި. ދަރަނި 100 ބިލިއަނަށް އަރާ ޖީއެސްޓީ ބޮަޑުކޮއްފި. ދެން ބޭނުމީ އެންމެ ރަނގަޅު ކެނޑިޑޭޓް. އެއީ މުއިއްޒު

    35
    1
  4. ނަންބަރު 4

    އިބޫ ސޯލިހު ހަޑިގޮތަކަށް ބަލިވާނެ މިފަހަރު އިންޝާﷲ. 5 އަހަރު ވައްކަން ކޮށްފި. ދަރަނި 100 ބިލިއަނަށް އަރާ ޖީއެސްޓީ ބޮަޑުކޮއްފި. ދެން ބޭނުމީ އެންމެ ރަނގަޅު ކެނޑިޑޭޓް. އެއީ މުއިއްޒު.

    27
    1
  5. ރަތްއިތުން

    ބަލަން ތިބެމާ ހިގާ

    25
  6. Anonymous

    ވީމާ ވަރަށް ޔަޤީންކަމާއެކު ވޯޓުން ވައްކަންކުރަން މީނަ އެބަ ތައްޔާރުވޭ! އެއީ ޔަޤީންލަމަކީ މީނައަށް ތާޢީދެއް ނެތް.

    27
  7. ނިދަން މިޔަރު

    ހިތަހެޔޮކަމުން ހިލޭ އަންހެނުންގައި ބިރެއްނެތި ބީހޭ ސެލްފީވެރިއެއް ބޭނުމެއްނުވެއި

    12