ރިޔާސީ އިންތިހާބުގެ ވޯޓާ ދިމާކޮށް އެމްޑީޕީން ފައިސާ ބަހާ ކަމަށް ދައްކާ ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޮގު ކުރައްވައިފިއެވެ.

ރައީސް އެގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މިއަދު ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ

"އެމްޑީީޕީއަކުން ފައިސާއެއް ނުބަހާނެ" ރައީސް ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ރައީސް ވިދާޅެއް ނުވެއެވެ.

އިންތިހާބަށް ފައިސާ ބަހަމުންދާ ކަމަށް ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ރޭ ވަނީ ވިދާޅުވެފައެވެ.

ހީނާ ވިދާޅުވީ މިރޭ އެކި ރަށްރަށުގައި އެމްޑީޕީގެ ގްރޫޕްތަކުން ލާރި ބަހަމުންދާ ކަމުގެ މައުލޫމާތުވެސް ލިބެމުންދާ ކަމަށެވެ. އަދި މިކަންވެސް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރެވެމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އޭގެ އިތުރުން ސްޓެލްކޯގެ ލޯންޗެއް މަހިބަދޫގެ ބަނދަރަށް ލެފުމުން އެ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ސަލާން ގޮވާ ލޯންޗަށް އެެރުމުން ވާ މޮހާލާ ލޯންޗްގައި ޓޮމް މަގުމައްޗަށް ގެންގޮސް، ރަހީނުކޮށްފައިވާ ކަމަށް ޕީޕީއެމުން ތުހުމަތު ކުރިއެވެ. ފަހުން ޓޮމް ވަނީ މަހިބަދު އަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އެއްބުރުން

    މާބޮޑަށްވެސް އެބަ ރިޝްވަތުގަ ފައިސާ ބަހާ. ރައްޔިތުން ކުރިއަށް އޮތް 5 އަހަރު އަޅުވެތިކޮށްފަ ބެހެއްޓުމަށް ޖަހާ މަޅި މިއީ. ބަހަނީ ވޯޓާ ދިމާކޮށް ނެގި ބޮޑު ދަރަންޏެއްގެ ފައިސާއާއި، ބައިވަރު ވަގު ނޫޓު. ރިޝްވަތުގަ ނުޖެހި މިފަހަރު މިކަން ނިންމާނަން އިންޝާﷲ

    19
    1
  2. މަސްނޫނު

    ކަނޑެއްވެސް ނުވިއްކާ. އިންޑިއާ ސިފައިންނެއްވެސް މިރާއްޖޭގަނެތް. ކޮތަޅު ޓެކުހެއްވެސް ނުނަގާ. ވައްކަމެއްވެސް ނުކުރޭ. ބިލިއަން ބިލިއަނުން ދަރަންޏެއްވެސްނެތް. ދޮގުމާރި....

    21
    1
  3. ޖާނޭ

    ރިޔާސީ ބަުހުގައި އެނއމެނަގެ ކުރިމަތީގައިދޮގު ހެދި މީހަކު ތިޔަފަދަ ދޮގެއް ހަދަން ފަސް ނުޖެހޭނެ.

    22
    1
  4. ޙައްމާމް

    ތ. ގުރައިދޫގައި ހުރެގެން ރޮޒައިނާގެ ފިރިމީހާ ބާޝިޒު ހުރެގެން ބަހަމުން ގެންދަނީ ކޮންއެއްޗެއްތޯ؟

    18
    1
  5. ކޭ ޑީ ޕީ

    އެމްޑީޕީ އަކުން ނުބަހާ ބަހަނީ އެޕާޓީގެ އެކަޓިވިސްޓުން

    17
    1
  6. ހަރަކަށި މީހާ

    މެމްބަރު ނާޒިލުމެން އިޔެނީ މިކަލަސް އައްޑޫ އެތެރެ ލާރި ބެހަމުން. ހުށެއި ގޭންގުތައް ތިބީ ލާރިދެރެ ގިނަފެއި. ދޮގޮ ހެދިޔަސް ތަންކެޑައް ބޮޑޮވަރަ.

    17
    1
  7. ޟަނޓޭ

    މިރަށު ގެސްޓް ހައުސްތެޜޭ ތިޔަ ބައިގަނޑެއް ފަތިސްވަންދެން ނުނިދާ އެއީ ގަތްގަޑަކީ އަދި އެބަބުނެތޭ ނުބަހަމޭ ﷲ މިބައިގަނޑު ހިތި ގޮތަކައް ބަލިކުރައް ވާން ދޭވެ އާމީން

    20
    1
  8. Anonymous

    ކޮންމެ އިންތިޚާބެއްގެ ތެރޭގައި ފައިސާ ބަހައެވެ. ބަހަނީ ކޮން ބަޔެއްކަން، ބަހާ މީހުންނަށް އެނގޭނެއެވެ. ލަފާކުރެވޭ ގޮތުގައި ޢުމަރު ނަޞީރު ފިޔަވައި އެހެން އެންމެން އެކަން ކުރެއެވެ.

    6
    1
  9. ކިޔުންތެރިޔާ

    ޗޯރު އިބުރޭއަކީ ދޮގުން ފުރިފައިވާ ކައްޒާބެއް.

    15
  10. ހެ

    މިވަރުގެ ދޮގުހަދާ ނުލަފާ ސައިތޯނެއްް ނުހުންނާނެ.

    15
  11. މަހުދީ

    ތިޔަ ރައީސަކީ ވެސް ތެދުި ހަދާ މީހެއް ނޫން. އެހެންވީޟާ ތިވާހަކަ ޤަބޫލެއް ނުކުރެރވޭ. އެކަން އެގޮތަށް ކުރޭ ޤަބޫލު ނުކުރިޔަސް. މީޑިއާތަކުގައި އެވާހަކަ ބައިވަރު.

    10
  12. ޔަހޫޔާ

    އެމްޑީޕީ އަކީ އަބަދުވެސް ވޯޓައް ލާރި ބަހާ ބައެއް

    13
  13. ހުސެން އަބްދުﷲ

    ޙަހަހަހަ ބުހުތާނު ދޮގެއް. މީނަ އަށް ނޭނގެނީ ކަންނޭގެ. ފައިސާ ބަހާކަން ހަގީގަތެއްކަން އިނގުނީ ހަމަ ވަރަށް ފަސޭހަކޮށް. ހެހެހެ

  14. އާމިނަތު

    ނުބަިކަމެހ ކުރަނިކޮއް އެހިއަސް ތިމީހާ އެއްބަސްވާނެތަ

    14
  15. ޢާހް

    މޑޕ ވަރައް ގިނައިން ރުފިޔާ

    12
  16. ހަސަނާތު

    "ލޯންޗްގައި ޓޮމް މަގުމައްޗަށް ގެންގޮސް" މީ ވަރަށް ނުރައްކާ ކަމެއް.

    11
  17. ކާޅު ބާޒުު

    ދޮގު ހެދުން ނޫން ކަމެއް މީނާގެ ނެތޭ....

    15
  18. ރައްޔިތުން

    މުޅި ގައުމަށް އެނގޭ ލާރި ބަހާކަން. ޗޯރޭއަށް އެކަނި ނޭނގެނީ؟؟

    14
    • ާދަލޭކް

      ކަލޭ ދޮގު ނަހަދާ ރޭގަވެސް ހުޅުމާލެ ގަވއސް ބެހި މިއަދު ވަވޯޓާވެސް ބެހި ކަލޭތީ ބޯޑު ދޮގު ވެރިއެއް.

  19. ތތތތ

    ރާއްޖޭގެ އެއްމެންނައް އެނގިގެން ބަހާއެއްޗެއް އެކަމަކު !!!!!!!!

    11
  20. ޢަލީން

    ދޮގެއް ނޫނީ މިމީހާ ނުހަދާނެ

    12
  21. Anonymous

    ކަނޑުވިއްކާލި މީހާ ތެދެއް ނުބުނާނެ!

    14
  22. ހުސޭނުބޭ

    ކަނޑުވިއްކާލި މީހާ ތެދެއް ނުބުނާނެ!

    11
  23. ހިޔާލު

    ބެހި ސީދާ. 10000 ބަހަންދިނީމަ އެދިންމީހުން ކެއީ

  24. Anonymous

    ދައުލަތުގެ ކުންފުނީގެ ބިންތަކެއް ކަރުދާހުން ބަންޑާރަ ގޯއްޗަށް ހެދިކަމަށް ފިނޭންސު މިނިސްޓުރީ އަށް ސިޓީ ފޮނުވާފަ ބަންޑާރަ ގޯތީގެ ނަމްބޯޑް އަޅުވާފަ ވޯޓް ހޯދަން ރައްޔިތުންނަށް ކަރުދާސް ދިނުމަކީ ބައިތުލް މާލު ނަހަމަ ގޮތުގައި ބޭނުން ކުރުން، ޔާމީނެކޭ ވަކި ތަފާތެއް އެބަހުރިތޯ ؟ ޔާނީނުވެސް ބައިތުލް މާލު ނަހަމަ ގޮތުގައި ބޭނުންކުރީ !

  25. ސާކިރުބެ

    ގޯއްޗާ ފްލެޓް ހަމައެއް ލަމަޔެއްނެތި ދިނުންވެސް އެއީ ހަމަ ފައިސާ ބެހުން. މިގައުމަކު އަދިތެދުވެރިޔަކު ވެރިކަމެއް ނުކުރޭ ހައްތަހާވެސް ދޮގުހަދާ މަކަރާ ހީލަތުން ވެރިކަންކުރިމީހުން.