މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އޮމާންކޮށް ކަަމަށާއި މިއީ ކުރިން ނުފެންނަ މަންޒަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އިންތިހާބުގައި ވޯޓު ލެއްވެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ފަަހަރުގެ އިންތިހާބުގައި 80 ޕަސެންޓާއި 90 ޕަސެންޓް މީހުން ވޯޓު ލާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހަމަ އެހެންމެ ކެމްޕޭން ތެރޭގައި ވެސް ފެނިގެން ދިޔައީ ވަރަށް މިނިވަންކަމާއެކީގައި ހުރިހާ ބޭފުޅުންނަށް ކެމްޕޭން ކުރެވޭ މަންޒަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަދި އެއާއެކު މިއަދު އަށެއް ޖެހިއިރު ވޯޓު ފޮށިތައް ހުޅުވި އެ ވޯޓު ލާން މިއަދު ފުރުސަތު ލިބިގެން ދިޔަ. މިއީ މީގެ ކުރީގެ އިންތިހާބުގައި ނުފެންނަ މަންޒަރެއް. އެއްވެސް ތަނެއްގައި ހަމަނުޖެހުމެއް ހިނގައިގެން އެކަހަލަ މާބޮޑު ޝައުވާއެއް އައިސްފައެއް ނެތް. އަޅުގަނޑު ހިތުން މި އިންތިހާބުގެ ކެމްޕޭން ފެށުނީއްސުރެ މިހާ ހިސާބަށް މިގެންދަނީ ވަރަށް ސްމޫތުކޮށް. މިހާތަނަށް ރާއްޖޭގައ ނުދެކޭ ފަދަ ރަނގަޅު ޑިމޮކްރެޓިކް ހަމަތަކެއްގެ މަތިން އެބަދޭ.". ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދެެއްކެވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ގާނޫނު އަސާސީން ލިބިދީފައި އޮތް ވޯޓު ދިނުމުގެ ހައްގު އެންމެ އަމާނާތްތެރިކަމާއެކު ބޭނުން ހުރިހާ ބޭފުޅުން ވެސް ހިއްޕެވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި ހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 36،163 މީހުން ވަނީ ވޯޓު ލައިފައެވެ. އެއީ 22،403 ފިރިހެނުންނާއި 13،760 މީހުންކަން ފާހަގަކޮށްލެވެއެވެ

އަދި މިހާތަނަށް ވޯޓުނުލާ 246،232 މީހަކު ތިބިއިރު، ވޯޓުލުން މިއަދު ހަވީރު 4:00އާ ހަމައަށް ކުރިއަށްދާނެއެވެ،

މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މިއީ އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެވެ.

އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ފަސް ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    ކޮންމެ ފަހަރެއްގައި އިންތިޚާބު ހަލަބޮލިކުރަނީ ކަލޭމެން. ތިއަށްވުރެ ތާހިރުވީސް މިފަހަރު އިންތިޚާބުގައި އަހަރެމެން ހަމަނުޖެހުން އުފައްދާތީ ވަރަށް އޮމާންކޮށް ދައޭ ބުނިނަމަ.

  2. އެއްބުރުން

    އިބޫ މި އިންތިހާބު ގަޑުބަޑު ކުރަން އެބަ އުޅޭ. މެމްބަރު ޓޮމް ރަހީނު ކޮއްގެން ގެންގޮއްސި. މީހުނަށް ދަނީ ވަޒީފާގެ ބިރު ދައްކަމުން. އިބޫގެ ޅިޔަނު ސީޕީ ހަމީދުލައްވާ ކެމްޕޭނު ދުވަސްވަރުވެސް ސަޕޯޓަރުންނަށް އަނިޔާކޮށްފައިވޭ.

    10
  3. މަސްނޫނު

    ކުރިންވެސް އިންތިހާބު ފެށެނީ އޮމާންކޮށް. ނިމޭއިރު ހާޖާނު.

  4. ާާަަަހދ

    ތަޅާފޮޅާބަޔަކީ ތިޔައީ.ތިބައިގަނޑު މަޑުންތިބީމާ ކުރިހާތަނެއްވެސް އަމާންވާނެ.

  5. އަސްލަމް

    އެހެންނާ ހުރިހާފަހަރެއްގަވެސް ހަމަނުޖެހުން ހިންގަނީ ތިޕާޓީންވިއްޔާ

  6. ނަޖީ

    އެހެންވީމާދޯ ރަސްދޫގެވޯޓުފޮށި ބަންދުކޮއް ޕީޕީއެމްގެ އޮފިސަލުން މަސްސޫލިއްޔަތުން ދުރުކުރީ

  7. ޗޯރު

    މަންޒަރު ބަލަން ހުރެބަލަ..

    • އއ

      ޖީ-20 ގެ ސަމިޓެއް ބޮޑުބެގޯތީގައި ހިނގާތީވެ، ފަޟީޙަތް ވެދާނެކަމުގެ ބިރަށް، ކަލޭމެންނަށް މިފަހަރު އެ ގޭމު ނުޖެއްސުނީ. ކަލޭމެން ތީ ކީ އެހާ ހަމަހިމޭންކަމަށް ލޯބިކުރާ ބައެއްނޫން. މިފަހަރު ބޮޑުބެއަށްޓަކައި ނުކެރުނީ.

  8. ރައްޔިތުން

    ކަލެއަށް ހުރިހާ ކަމެއްވެސް ފެންނަނީ އަމިއްލަޔަށް ބޭނުންވާގޮތަށް. ކަލޭ ވޯޓުލީއިރުވެސް އެންމެނަށް ފަހަތުން ފެންނަ ގޮތަށް ވަރަށް އޮމާންކޮށް ދޯ ވޯޓުލީ؟ ބަހަން ހުރި ފައިސާ އަދިވެސް ބާކީ އެބަ ހުރިބާ؟ އޮމާން ވާނީ މިހާކަންހާވަރަށް!

  9. We

    ހާދަ އޮމާނޭ ވޯޓްކަރުދާސް ތައް ފޮޓޯނަގައި ހަމީހިން ހައްޔަރު ކުރީ އޮމާން ކަމުންބާ އާނ މިކަހަލަ ވޯޓްލުމެއް ފެނިފައި ނުވާނެ މީގެކުރިން ވޯޓް ކަރުދާސް ފޮޓޯނަގާފައި ހުރިކަމެއް އެގިފައި ނެތްވިއްޔާ

  10. ބުއްޅަބޭ

    ކުރިންވީ ކަންތައް ެސް އަހަރެމެން ހަދާން އެބަހުރި!

  11. ސަމްކުޅިބޭ

    ތީން އެނގެނީ އަދިކޮޅު ފަރާތްތަކުން ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކާފިކަން އެމްޑީޕީ އިދިކޮޅުގައި އޮންނަ އިރު ހައިޖާނު އުފައްދާކަން