އއ.ރަސްދޫގެ ވޯޓުފޮށްޓެއް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު"އަށް މައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދު ވިދާޅުވީ އިލެކްޝަން ކޮމިޝަން )(އީސީ)ން އައްޔަންކޮށްފައިވާ ރަސްދޫގެ ދެ އޮފިޝަލަކު މަސްއޫލިއްޔަތުން އެކަހެރި ކުރުމުރާއި ގުޅިގެން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދި ވޯޓު ފޮށި ބަންދު ކުރެވުނު ކަމަށެވެ.

ރަސްދޫ ވޯޓު ފޮށި ބަންދު ކުރުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތެރި ވަނީ

މަސްއޫލިއްޔަތުން އެކަހެރިކުރި ދެ އޮފިޝަލުންނަކީ ޕީޕީއެމްއަށް ނިސްބަތްވާ ދެ މެންބަރުން ކަމަށްވާތީ ޕީޕީއެމްގެ ސަޕޯޓަރުންާއި މޮނީޓަރުން އަދި އޮބްޒާވަރުންވެސް ދަނީ އެކަމާ ހިތްހަމަ ނުޖެހިގެން ނުރުހުން ފާޅުކުރަމުން ކަމަށް ނާހިދު ވަނީ ވިދާޅުވެފައެވެ.

މި ދެ އޮފިޝަލުން ކުއްލި ގޮތަކަށް ވަކިކޮށްލި ސަބަބު އަދި ނޭގޭ ކަމަށް ނާހިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނުފެހޭ

    އީސީ ގަ އެބަތި މޑޕ މެމްބަރުން. އޯކޭ.

  2. ޢަލީ

    ފޮށްޓައް އަތްބާނަންވީ ދޯ

  3. މ

    އެއީ ޖާހިލު އެމްޑީފީން މަކަރު ހަދަންވެގެން އެއުޅެނީ ނިކުންނަންޖެހޭ

  4. އަޒްރާ

    ވޯޓުން ވައްކަން ކުރަންވެގެން އެދެމީހުން ކަނޑާލީ

  5. މެޔޮނައިސް

    ޥޯޓު އޮޅުވާލާތޯ ބަލާތި...ކުރިން ހެދިހެން

  6. Anonymous

    ޕީޕީ އެމް އަބަދުވެސް އުޅޭގޮތް، ވަރައް ދަށުދަރަޖަ، އަބަދު ފައިޓު، ބެގް ބުރޯ ސްޓީލް،