ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއިދު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާއިރު، ކެންޑިޑޭޓުންނާއި ރަނިންގމޭޓް ވަނީ ވަރަށް ހެނދުނާ ގޮސް ވޯޓުލާން ފައްޓަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވޯޓު ލައްވާފައި ވަނީ، އިސްކަންދަރު ސްކޫޅްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

ނަޝީދު ވަނީ ދާދި ފަހުން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވަން ވަޑައިގަތުން - ވަގުތު އިމޭޖްސް؛ އިބްރާހިމް ރައްޔާން

މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި ހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 36،163 މީހުން ވަނީ ވޯޓު ލައިފައެވެ. އެއީ 22،403 ފިރިހެނުންނާއި 13،760 މީހުންކަން ފާހަގަކޮށްލެވެއެވެ.

އަދި މިހާތަނަށް ވޯޓުނުލާ 246،232 މީހަކު ތިބިއިރު، ވޯޓުލުން މިއަދު ހަވީރު 4:00އާ ހަމައަށް ކުރިއަށްދާނެއެވެ،

މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މިއީ އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެވެ.

އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ފަސް ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު