ކޮންމެ ގޮތަކަށް އިންތިހާބުގެ ނަތީޖާ ނުކުތަސް އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މުޅި ގައުމު ކުރިއެރުވުމަށް ހުރިހާ ރައްޔިތުން ވޯޓުލުމަކީ އެއީ ކޮންމެ ރައްޔިތަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

އަދި އެއީ ގާނޫނީ ގޮތުންނާއި ފަރުދީ ޒިންމާއެއްގެ އިތުރުން އަޅުގަނޑުމެން އެދޭ އެދުންތަކެއް ފުއްދުމަށްޓަކައި އަޅުގަނޑުމެން ކުރާ ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުން ކޮންމެ ގޮތަކަށް ކަންކަން ނިންމިޔަސް އެކަން ގަބޫލުކުރައްވާނެ މީހެއް ކަމަށެވެ. އަދި މިރޭ ނަތީޖާ އެނގިގެންދާނެ ކަމަށް ބެލެވޭ އިރު އެންމެންވެސް ނަތީޖާއާ މެދު އިހުތިރާމް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

"ކޮންމެ ގޮތަކަށް ނިމިގެން ދިޔަޔަސް މީގަ މުހިންމު ކަމަކީ އެންމެން އެކަތިގަނޑަކަށްވުން.". ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ނަސީމް ވޯޓު ލައްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި ހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 36،163 މީހުން ވަނީ ވޯޓު ލައިފައެވެ. އެއީ 22،403 ފިރިހެނުންނާއި 13،760 މީހުންކަން ފާހަގަކޮށްލެވެއެވެ.

އަދި މިހާތަނަށް ވޯޓުނުލާ 246،232 މީހަކު ތިބިއިރު، ވޯޓުލުން މިއަދު ހަވީރު 4:00އާ ހަމައަށް ކުރިއަށްދާނެއެވެ،

މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މިއީ އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެވެ.

އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ފަސް ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެއްބުރުން މއއޒ

    ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް އޯކޭ ވީމަތަ އިބޫ ސާލިހު ހަރާން ރިޝްވަތުގެ ފައިސާ އެބަހަނީ؟
    5 އަހަރު ފުދިއްޖެ. ދެން ގެޔައް ދޭ

    16
    1
  2. Anonymous

    ހުރިހާ ޕާޓީތަކެއް އެކުވެރިވިޔަސް އެމްޑީޕީ އޮންނާނީ ދެކޮޅުވެރިކަމުގައި. އެމްޑީޕީއަކީ ދެކޮޅުވެރިންގެ ޖަގަހައެއް. ރާއްޖޭގެ ރައްޔިތުން ބައިބައިކުރީ އެމްޑީޕީ.

    23
  3. ބަރުގޮނު

    ވަރަށް ބިނާކުރަނިވި ޚިޔާލުފުޅެއް. ޕާޓީ ތަފާތުވިޔަސް އެއްބައިވަންތަކަމާއެކު އެންމެން އެކީ އުޅުމަކީ ޤަވްމުގެ ހަމަޖެހުން.

    18
  4. ރާގޮނޑި ރާޖާ

    ތެދުވެރިން ވަގުންނަކާ ނުގުޅޭނެ.....

    16
  5. ބަބުޅާ

    އެތައް އެތައް ފިލިޕީންސް ކުދިން މަސާޖު ކުރުމުގެ ނަމުގަ ގެނެސް ހިންގި ހުރިހާ ޖަރީމާއެއް ބެލޭނެ ދުވަހެއް އަންނާނެ އިނގޭ
    އެދުވަހަކުން ކުރަންޖެހޭ ވާންޖެހޭ ކިޔަން އިންނާތި ﷲ ހަޒްރަތުގައި
    ނުލަފާ ނުބައި ޖާހިލު ކަލޭގެ އާ

    • ފޯކަސް

      ރާއްޖޭގައި ކަންހިގާ ގޮތަކީ މަސާޖު ގެ އައް ގޮސް ރަގަޅައް މަސާޖު ކުރުވުމައް ފަހު ބޭރައްނިކުމެ ދެން އުޅޭނީ މާ ދީން ވެރި މީހަކައް ވާން މަސާޖު ގެ ތަކައް މީހަކު ނުދާނަމަ އެތަން ހުޅުވައިގެން ބަޔަކު ނުތިބޭނެ. އަހަރެން ދުވަހަކު ވެސް މަސާޖު ގެ އަކައްނުދަން ހުންނަ ލޮކޭޝަން ތަކެއްވެސް އަހަރެން ނުދަންނަން.

  6. އއ

    ފަސްއަހަރުގެ ދައުރެއް ތިޔަ ނިންމާލީ އެއޮއްބޮޑު އިންޑިޔާވެސް މިތަނާއެކު އެކަތިގަނޑަކަށް ހަދާލާފައެއްނު.