ދިރިހުރި މީހަކު މަރުވެފައި އޮތް މީހެއްގެ ގޮތުގައި އޮތުމުން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވަނީ އެކަން ހިނގައިދިޔަ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފައެވެ.

ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސްދަރެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގައި އޮންނަ ރަޖިސްޓްރީ ކަމަށެވެ.

އެގޮތުން ޑީއެންއާރުއިން މީހަކު މަރުވެފައި އޮތް ކަމަށް ނޫނީ ދިރިހުރި ކަމަށް މައުލޫމާތުދީ ލިސްޓެއް ފޮނުވައިފިނަމަ ވެސް އެ ލިސްޓ މަސްދަރެއްގެ ގޮތުގައި ބަލާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އެ ލިސްޓު ނެތް މީހަކަށް ވޯޓު ލެވޭ ގޮތެއް ނެއް. "މިއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. ކޮމިޝަނުން. ދިރި ހުރި މީހަކު މަރުވި މީހެއްގެ ގޮތަށް ވުމުން އެ މީހާ އަށް ވޯޓު ލުމުގެ ހައްގު ގެއްލިގެން ދިއުން އެއީ ވަރަށް ހިތާމަވެރި ކަމެއް. ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރަން ކޮމިޝަނަށް ކޮށްދެެވޭނެ ކަމެއް ކޮށްދޭނަން" ހަބީބު ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ އެފްދަ މައްސަކަތުކުގައި މީހުން ފަރުދީ ޒިންމާވެސް އަދާކުރަން ޖެހޭ ކަމަށެވެ.

ހަބީބް ވިދާޅުވީ ވޯޓާސް ލިސްޓު މި އަހަރުގެ ކުރީކޮޅުން ފެށިގެން އާންމު ކުރަމުން ދިޔަ ކަމަށާއި ނަމަވެސް މިހާރުވެސް ޝަކުވާ ލިބެމުންދާ ކަމަށެވެ.

"ބޭފުޅަކު ރަޖިސްޓްރީގައި ނެތިގެން މިއަދު ޝަކުވާ ހުށަހެޅި. ހުށަހެޅި އިރު އަޅުގަނޑުމެން ބެލި ބެލުމުން މަރުވެފައި އޮތް މީހެއްގެ ގޮތުގައި އޭނާ ފާހަގަވެގެންމި އޭނާ އެކަމު ލިސްޓު ބައްލަވާފަ ލިސްޓުގައި ނެތްކަން ފާހަގަވި ހިސާބުން ޝަކުވާގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅި ނަމަ އޭނާ ވޯޓު ލުމުގެ ހައްގުން މަހުރޫމެއް ނުވާނެ"، ހަބީބް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އެހެން ވެއްޖެއްޔާ އާސަންދަ ހިދުމަތާއި ، ފަސް އަހަރުން ފަސްއަހަރުން އައި،ޑީ ކާރދު އާ ކުރުން ފަދަ ހިދުމަތް ހޯދުމަށް ބުރުލެއް ނާރަނީތޯ..؟ ޑީ.އެން.އާރު ލިސްޓުން ދިރި ހުރި މީހަކު މަރުވެފައިވާ ކަމަށް ދެއްކުން އެއީ ވަރަށް ބޮޑު ޖޯކެއް. ނަމަވެސް މަރުވެފައިވާ މީހަކު ދިރިހުރި ކަމަށް ދެއްކުން އެއީ ވެދާނެ ކަމެއް.

  2. ހުސޭނުބޭ

    އެންމެ ރަގަޅު ގޮތަކީ ޗޯރޭ ހޮވޭތޯ ކެތްކޮށްލުން. ޗޯރޭ ހޮވުނީމާ އެ ޕާޓީއަށް ސޮއިކޮށްފައި ޗޯރޭއަށް ސަނާކިޔާފައި ވޯޓު ނުލެވުނުކަމުގެ ބަދަލު ހޯދަން ދަޢުވާކުރުން. އޭރުން ޗޯރޭގެ ހެޔޮކަމުން 20 މިލ؛ިއަން ރުފިޔާ ލިބިދާނެ

    • އަހަންމަދު

      ޗޯރޭ ނު ހޮވިއްޖިއްޔާ ހަދާނީ ކިހިނެއް؟

  3. ޝައިހް ފޮޅި

    މިއީ ދިރިހުއްޓަސް މަރުވެފައި މީހެއް. އޭނާގެ ދިރިހުރުން ބާތިލް...

  4. އަހަންމަދު

    މަރުވެފަ އޮތް ކަމަށް ލިސްޓުގަ ޖެހީ ޑިޕާރޓުމެންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން. ކުއްވެރި ވަނީ ވޯޓުލުމުގެ ހައްގު ގެއްލުނު މީހާ. ތި ޙަބީބަކީ ކޮންމެފަދަ ދޮގެއް ހަދަންވެސް ޖެހިލުމެއް ވާނެ މީހެއްނޫން. ފުއާދު ތިކަމުގަ ބަސްކިޔާ ދިރިހުރިމީހާ ލޮލަށް ފެނުމުން
    އޭނާއަށް ވޯޓު ލުމުގެ ފުރުސަތު ދޭންޖެހޭނެ. ނޭޝަނަލް ރެޖިސްޓުރޭޝަނުން ޒިންމާ ވާންޖެހޭ މުވައްޒަފު ވަޒީފާއިން ވަކިކުރަން ޖެހޭ.

  5. އަހަންމަދު

    ޗޯރޭ ނު ހޮވިއްޖިއްޔާ ހަދާނީ ކިހިނެއް؟

  6. އަހަންމަދު

    ޑީއެންއާރު އިން ފޮނުވާ ލިސްޓުގަ މަރުވެފަ ތިބޭ މީހުން ފާހަގަވާގޮތަށް ލިޔެފަ އޮންނާނެކަމަކަށް ނުބެލެވޭ. ތިކަހަލަ ކަމެއްގަ ޙަބީބު ތެދެއް ނުހަދާނެ. ހަބީބަށް ގޯސްވީ މަރުނުވެހުރި މީހާ! މިކަހަލަ ބުރާންތިން ވިއްޔަ ބޮޑެތި މަގާމުތަކުގަ ގިނައީ!