މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތޮޅުން އިދިކޮޅުން ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އެންމެ ގިނަ ވޯޓު ހޯއްދަވައިފިއެވެ.

ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށް އޮންނައިރު، އޭގެ ތެރެއިން ނައިފަރު ފިޔަވައި ދެން ހުރި ތިން ރަށުން އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް ސޯލިހެވެ. ނައިފަރުން ރައީސް ސޯލިހަށް 133 ވޯޓު ލިބިވަޑައިގެންނެވިއިރު، މުއިއްޒުއަށް އެރަށުން ލިބިވަޑައިގަތީ 279 ވޯޓެވެ.

މި ހަތަރު ރަށުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 2382 ވޯޓެވެ. މުއިއްޒުއަށް ލިބިވަޑައިގެންފައިވަނީ 2432 ވޯޓެވެ.

އެހެންކަމުން މި އަތޮޅުން ކުރީގައި އޮތީ ޑރ. މުއިއްްޒެވެ.

މުޅި އިންތިހާބުގެ ނަތީޖާއަށް ބަލާއިރުވެސް، ރައީސް ސޯލިހާއި، 15،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ކުރީގައި އޮންނެވީ މުއިއްޒުކަން ފާހަގަކޮށްލެވެއެވެ.

މި އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ދެވަނަ ބުރެއް އޮންނާނެއެވެ. ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިނާރީ

    އެރަށަކީ އިބޫއަށް ޖާނު ދޭ އާއިލާމީހުން ތިބޭރަށެއް . އެރަށުގެ ބޮޑެތި އާއިލާތައް ވެސް އޮންނަނީ އިބޫގެ އަތް ދަށުގަ . މަމެން މަސައްކަތް މިކުރަނީ އެކަން ބަދަލު ކުރަން ރަށަށް ތަރައްޤީއެއް ނެތީމަ . ތައުލީމީ ހާލަތު ގޯސް ވީމަ 12 އަށް ކިޔަވައިދިން ރަށެއްގެ ކިޔެވުން ވެސް ހުއްޓާލީމަ . މީނޫން ގޮތެއް ހޯދަން ކުރަން ޖެހޭކަމަކީ އެބައެއް ގެ އެހެރެ ގަމާރު ވިސްނުން ބަދަލު ކުރުން . ދަރިން ތައް ޑްރަގަށް ގޮސް ހުސްވެފަ . ބަގްރާއާއްމު ވެފަ . މިނޫން ގޮތެއް ހޯދައިގެން ނޫނީ ރަށާގައުމުގެ ދަރިންނަށް ވެސް ސަލާމަތެއް ނެތް . މަމެންގެ އާއިލާމީހުން ގެ ވިސްނުން ބަދލު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި . އެކަމެއްގެ ފެށުން މިފެށެނީ މަމެން ގެ އާއިލާގަ ވެސް މީހުން މަދެއް ނުވާނެ . އެއްމެންގެ ވިސްނުންމިއަދު ބަދަލު ނުކުރެވުނަސް އެކަމެއްގެ ކޮޅުމަތި އެފެށީފެން ނަށް . މިއިން ދުވަހަކު ޕީޕީ އެމަށް ވޯޓް ނުދޭމީހުން ގެ ވޯޓް މިފަހަރު ލިބިއްޖެ .

  2. ޙާލަތު

    ހިންގާލާޓީމުން ހިންގާލާގޮތް މިހާރު ހުންނާނީ ރަނގަޅަށް ފެނިފަ!