ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ފަހަތަށް ޖައްސާލައި، މިފަހަރުގެ ރިޔާސީ އިންތިހާބުގެ "ކިންގް މޭކާ" އަކަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްވެއްޖެއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ގާތްގަނޑަކަށް ޔަގީންވެފައިވާ އިރު، އެންމެ ގިނަ ބަޔަކަށް ސިހުން ލިބުނީ އިންތިހާބުގެ އެންމެ ތަޖުރިބާކާރު އެއް ކެންޑިޑޭޓު ކަމަށްވާ ގާސިމް މާ ބޮޑަށް ފަހަތަށް ޖައްސާލައި، އިލްޔާސް ކުރިއަށް ޖެހުމެވެ. މީގެކުރިން 2008 ގެ ރިޔާސީ އިންތިހާބާއި 2013 ގެ ރިޔާސީ އިންތިހާބުގައި ތިން ވަނަ ހޯދައި، "ކިންގް މޭކާ" ގެ ލަގަބު ހޯއްދަވާފައި ވަނީ ގާސިމެވެ. ޖަލު ހުކުމެއްގެ ސަބަބުން 2018 ގެ އިންތިހާބުގައި ގާސިމަށް ވާދަނުކުރެއްވުނެވެ.

ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ކެންޑިޑޭޓަކީ ގާސިމެވެ. ގާސިމް ވަނީ ކެމްޕެއިންގައި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ޖަލްސާތައް ބާއްވަވައިފައެވެ.

އެކަމަކު، އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފަސް ވަނަ އަށް ދިޔައީ ގާސިމެވެ.

ނަތީޖާއިން ދައްކާ ގޮތުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތުން ތިން ވަނަ އަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސްއެވެ. މި އިންތިހާބުގައި މުއިއްޒު ލައްކަ އަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އިރު، ރައީސް ވަނީ 85،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. އެކަމަކު، ދެ ބޭފުޅުން ކުރެ ބޭފުޅަކަށް އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް ވޯޓު ހޯއްދެވިފައެއް ނުވެއެވެ.

އެހެންވެ، މި ދެ ބޭފުޅުންގެ ދެމެދުގައި ދެވަނަ ބުރެއް މި މަހު 30 ގައި ބާއްވަން ޖެހޭނެއެވެ.

ރައީސް ސޯލިހްގެ ފަހަތުން ތިން ވަނަ ލިބުނު އިލްޔާސް އަށް 15,633 (%7.17) ވޯޓު ލިބިވަޑައިގަންނަވާ ކަމަށް އެންމެ ފަހުގެ ނަތީޖާ ދައްކައެވެ. ގާސިމަށް ލިބިވަޑައިގެންފައި ވަނީ 5,387 (%2.47) ވޯޓެވެ.

އިންތިހާބުގެ ނަތީޖާ އައި ގޮތުން ދެން އެންމެ ގިނަ ބަޔަކު ހައިރާންވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަތަރު ވަނަ އަށް ދިއުމުންނެވެ. އުމަރު ނަސީރަށް 6,231 (%2.86) ވޯޓު ލިބިވަޑައިގެންފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހައިސް

    ގާސިމު ފަހަތަށް ދާނެއްނު މިގައުމުގެ ރައީސަކަށް ހުރެ 5% ލިބުނު ވަހީދު ވަދެގަތީމް

    41
    2
  2. ހަންޑިކުޑަ

    ސޭޓަކަށް ނުވާނެ. ސޭޓުގެ ގާތުގައި އެތިބޭ ކުދިންކޮލަކީ ސޭޓުގެ ތިޖޫރީގެ ދަހިވެތި ކަމުގައި ތިބޭ ކުދިންކޮލެއް ކަމުގައި ދެކެން.

    66
    1
    • Anonymous

      އޭނާގެ އަނބިން ވެސް ހަމަ ތިގޮތް

      5
      1
  3. ނާފިޒު

    މަރުހަބާ މަރުހަބާ

    19
    1
  4. ހަރުގެ

    ހަގީގީ އޑޕ އަކީ މަނިކުފާނަށް ދިން ވޯޓު ސޯލިހަށް ދިންވޯޓަކީ މަގާމުގެ ދަހިވެތިކަމުގަ ތިބިމީހުނާ ވަގުންނާ ބޮޑެތި މުޖުރިމުންނާ ސަރުކާރަށް ދައްކަންހުރި ރައްޔިތުން ފައިސާ ކާގެންތިބި ގައްދާރުން އެމީހުންނސޯލިހު ނިވާފަތްގަނޑަކަށް ހަދާގެން އެތިބީ އެކަންކަމުންރެކެން އަދީބު ސިޔާމު ރޮޒޭނާ ސާހިދު ޖާބިރު މިކަހަލަ ހުސް ކޮރަޕްޓު ދާދާއިން މޑޕ ރިބުރޭންޑް ކުރަން އެބަޖެހޭ

    14
    4
    • ނާނާ

      ޙަރުގެ އަށް ބުނެލަން އޮތީ ހުރިހާ އެއްމެން ނަކީ އެއްކަހަލަ މިހުންނެއް ނޫނޭ

  5. އަލިބެ

    އެމްޑީޕީއަށް ތާއީދު ކުރަން ނިންމައިފިއްޔާ ކިންގް މޭކާއަށް މަވާސަލާމް ބުނާ ބަހުގައި އިތުބާރެއް އޮންނަންޖެހޭނެ

    5
    2
  6. ހަންބެ

    އިއްލި އަވަހައް އައްޑުއައް އާާއްސެލެ ޚިޔާލު ކުދުކޮށް ބަދަލު ކޮއްލާ.

    4
    1
  7. އޅުން

    ކިންގ މޭކާއަކީ ދަނޑިމޮ އެއްނޫން. ޢެމީހުންނާ ނުލާ މުއިއްޒައް މިކަން ވާނެ

    1
    3
  8. fazleena

    ޢަންނިގެ ކެރިއަރ ގެ ކުރީކޮޅު ޕުރޮމޯޓްކުރީ ކާމިޔާބީގައި ހިއްތިރި ކުރަން އެކަމަކު ކެރިއަރގެ ނިމުން އައި އިރު މިވީ މުޅިން އެހެން ގޮތެއް ނާކާމިޔާބުގައި ބަދަލު ހިފުމުގެ ރޫހް ތިމާއަށް ތާއީދު ކުރާމީހުންނަށް އެ ޕުރަމޯޓް ކޮށް ދިނީ. މިވަރުން ދެން މީނަގެ މުނާފިގުކަން އެންގޭނު އެބަ

  9. އަހުމަދު

    ކިންގު މޭކާ އޭ ކިޔަންވީ ކީވެ؟ ބަލަ އޭނާ އާ ނުލާވެސް މުއިއްޒިު އަށް ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވިދާނެ ކަން ނަތީޖާއިން ވ ސާފު.. ދެން ކޮން ކިންގު މޭކާ އެޖޭ މިކިޔަނީ.... ކޮސް ވާހަކަ ނުލިޔެބަލަ....

  10. ރެކިފުތާ

    ތީ ކިންކޮން ތިޔަ ވޯޓްކޮލު އަލަންގިރިއަށް ދޭން ބާއްވާ ތިޔާނުލާ މުއިއްޒު ކާމިޔާބުކުރާނީ އިންޝާﷲ