މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ އެކުގައި ދެވަނަ ބުރަކަށް ދާން ޖެހުނު އިރު، އެމަނިކުފާނުގެ އެހީތެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުން ނުވާނެ ކަމަށް ވިދާޅުވެ، މަލާމާތުގެ ރާގަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަފުޅު ދައްކަވައިފިއެވެ.

"ނަހްޔާން" ނަމުގައި ޓުވިޓާގައި އާންމުންގެ މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުން ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާ ގަދަ ވާނެ ކަމަށާއި އެމަނިކުފާނަށް ނަޝީދުގެ އެހީތެރިކަން ބޭނުން ނުވާނެ ކަމަށެވެ.

ނަޝީދުގެ ނުރަސްމީ އެކައުންޓުން އެ ޓުވީޓު ކުރެއްވީ ރައީސް ސޯލިހާއި ނަޝީދު އެކުގައި ތިއްބެވި ފޮޓޯއެއް "ނަހްޔާން" ޓުވިޓާގައި ހިއްސާ ކުރެއްވުމުންނެވެ. އެ ފޮޓޯއިން ފެންނަނީ ރައީސް ސޯލިހާއި ނަޝީދު ބައްދާލައިގެން ހިނިފުޅުވަޑުވަން ތިއްބެވި މަންޒަރެވެ.

"ރައީސް ސޯލިހްގެ ޓީމު މާ ގަދަވާނެ. އަޅުގަނޑު ބޭނުމެއް ނުވާނެ. އަދިވެސް ހަމަ ނޭނގެނީތޯ؟" އެ ޓުވީޓުގައިވެއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒެވެ. މުއިއްޒު ވަނީ ލައްކަ އަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 85،000 އަށް ވުރެ ގިނަ ވޯޓެވެ.

އިންތިހާބުގައި ތިން ވަނަ އަށް ދިޔައީ ނަޝީދުގެ ތާއީދު ލިބުނު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ. އިލްޔާސް އަށް 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހާޖަރާ

    ފުރަތަމަތިރަނިންމޭޑްރައްޔަތުންބަލައެއްނުގަތް އެހެންކަމުންބަލިވެގެންތިދިޔައީދެވަނަބުރަކަށް ދެންވެސްވާނީބަލި
    ތިހިސާބުންއިތުރުލަދުނުގަނެނަންމިފަރުއަބުރާނަގާ ކުރިއަށްއޮއް 2028ގައިވަރުގަދަކޮއްޖައްސާނީ

    29
    1
  2. ހަންޑިކުޑަ

    އިދިކޮލަށް މިހާރު ބޭނުންވާނީ ހަމަ އެކަނި އުމަރު ނަސީރާއި އެބޭފުޅާގެ ރަނިންގ މޭޓު. އުމަރަށް ހޯމް މިނިސްޓަރި ކަމާއި ނައިބަށް ޑެޕިއުޓީ މިނިސްޓަރު ކަން ދިނުމުން މިކަން ނިމުނީ! ޤައުމުގެ ގޭންގް ކުދިން ކޮލު ހަމަ މަގަށް އެލުމާއި ޑްރަގު ވިޔަފާރި ތަކާއި ހަށި ވިއްކުމުގެ ބައިތައް ހުއްޓުވުމަށް އުމަރަށް ހަވާލު ކުރީމާ ޤައުމު އޮމާންވީ. މި ނަސޭހަތް މުޢީޒު ޤަބޫލު ކުރާނެ ކަމަށް އުއްމީދުކުރަނމު!

    138
    5
    • ެއަހުމަދު

      ވަރަށް ރަނގަޅު ހިޔާލެެއް

      31
      • Anonymous

        ރަނގަޅު ހިޔާލެއް . އުމަރު ޕިޕީއެމަށް ސޮއިކުރުވަންވެސް ފެނޭ. އުމަރަކީ ޕިޕީއެމަށް ވަރަށް ބޭނުން.

        17
        1
  3. Anonymous

    ޕާޓީން ކަނޑާލި، ޑިމޯއަށް ދިޔަ 30000 އެއް ނުފެނޭ. އޭގެ 2 ބައި ކުޅަ އެއްބައި ތިޔަ ފެންނަނީ. ޑިމޯއަކަށްވެސް ޑީޕީއަކަށްވެސް އެޕާޓީތަކުން ބުނާ ވަރެއް ނެތް އިންތިހާބުން ފެންނާކަށް. ޕީއެންސީން ޕާޓީގެ މެންބަރުންގެ އަދަދު ކްރޮސް ކުރޭ.

    32
    3
  4. ޔަގީނޭ

    ދެން އެންމެ ރަނގަޅުވާނީ އިބޫ ޕީޕީއެމް އާއި ގުޅުނިއްޔާ އެއިރުން ދެން އަނެއްކާ އިބޫ އަށް އަންނަ ދައުރުގައި މަޖްލީހުން ބައެއް އިބޫ ކޯލިޝަން އަށް މަމެންގެ ސަރުކާރުން ދޭނަމޭ ގާސިމް އަަށް ހޯމް މިނިސްޓަރު ކަން އުމަރު އަށް ޑިފެންސް މިނިސްޓަރު ކަން އަދި ނާޒިމް އަށް ހައުސިންގް މިނިސްޓަރުކަން އަންނި އަށް ފިނޭންސް މިނިސްޓަރު ކަން ދޭނަމޭ އަންނި އަކީ ދައުލަތުގެ ޚަޒާނާ ގައި ހުރި ފައިސާ އަށް ޚިޔާނާތް ތެރިނުވާނެ މީހެއް ކަން މަމެންނަށް އިނގެއޭ އެއީ ޔަގީން

    5
    41
  5. މޯޑު

    މުއީޒު އެކަންނިންމާނީ ތިއިން އެއްވެސް ގައްދާރެއްގެ އެހީނޮހޯދާ އަސްލު ނަޝީދަކީ ރައީސް ޔާމިނައް އަނިޔާދިނުމުގަ އެންމެއިސް ކޮށްއުނު މީހާ

    29
    5
    • ޢަލީ

      މައުމޫނަށް ތިޚިޔާލުދިނީ ޔާމީނު. ޏަތީޖާ އައްނި ހޮވުނީ

  6. Anonymous

    ނަޝީ އިޔާ ގެ ޙާލު ބަލާލަބަލަ

  7. ރައްޔިތުމީހާ

    ސާފްކޮށް އެނގިގެން ދިޔައީ 61% ރައްޔިތުން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބަން ބޭނުންނުވާކަން ހާމަވުމެވެ. މިއިންތިޚާބުން ރ ސާލިޙް ޢިބްރަތް ޙާސިލްކުރައްވައި ރ ޔާމީނަށް ދެމުންދާ އަނިޔާ ވަޤްތުން ވަޤްތަށް ނިމުމަކަށް ގެންނަންޖެހޭކަން މިއޮތީ ސާފްވެފައެވެ. ތިންޕާޓީން ކޯލިޝަން ހައްދަވައިގެންނާޢި ރަށްރަށުގައި މަސްވެރިކަމާއި ދަނޑުވެރިކަންކުރަންތިބި ޒުވާނުންނަށް ފެނަކައިން ވަޒީފާ ދެއްވައިގެންވެސް ޕީޕީއެމް ކެނޑިޑޭޓާއި އަރައި ހަމަނުކުރެވުމަކީ ރައްޔިތުން ސާލިޙު ކަންފަތްމަތީގައި ޖެހުންފަދަކަމެކެވެ.

    27
    2
  8. ނަމަ

    ނަޝީދު އައްވެސް ހެޔޮވިސްނުން ވިސްނެން ފެށީބާ

    21
    1
  9. Anonymous

    އަންނި ބެސްޓްފުރެންޑްދެކެ ޖޭނުވެބަލަ ތިކަޑައޭ

    9
    6
    • Anonymous

      ނަޝީދަކީ ވަރަަށް މަކަރުވެރި އަޑި ނުބައި މީހެއް ، މިހާރުނޭނގޭ ސޯލިހާ ނުގުޅޭ ކަމެއް.

      7
      3
  10. ގޫރާވަޅިޔާ

    ހައްޔުބޭގެ މުގުނީ ކޮބައި ތަން އެއްތެކެ ވިސްނީގޭ.

  11. Anonymous

    ޕްރައިމަރީން ނަސީދު ފެއިލް ވުމުން ފިކުރެއްގެ ދިރުންކިޔާފަ 80000 ފޯމް ފުރިޢޭ ބުނީމަ ނަސީދަށް މަގު އޮޅިއްޖެ ދެންނަސީދަށް ހީވީ އާޕާޓީ އެއްހަދާފަ އިބޫފެއިލްކޮށްލަެވިދާނެ ކަމަށް . ޕާޓީހެދީމަ ޕާޓީއަށް ވަންނާނެ ގިނަބަޔަކު ނުވި .އެމްޑީޕީ ތެރޭން ނަސީދަށް ވަގަށް ގޮވައިފި އެހެންވުމުން ވެލާނާގެ ވައްކަމުގެ މަތީންހަނދުމަވެއްޖެ ގާނޫނުއަސާސީގަ އޮތްގޮތުން ތިމާއަށް ރައިށަކު ހޮވުމުގެ ކެންޑިޑޭޓަކަށް ސަރު ހަމަނުވާކަން އެގިއްޖެ. .ނަސީދު ވެރިަކންހޯދަންނުނިކުމެ އެހެން މީހަކަށް ފުރުސަތުދިނީ މިހެންވެ.މިހާރު ދަނޑިޕާޓީގެ ސައިޒް ވެސް ނަސީދަށް ކަށަވަރު ވެދާނެ ކަމަށް ދެކެން.

    2
    5
  12. މުސަޅު ސިކުނޑި

    31 ވަނަ ދުވަހު އަލުން ހުށައަޅާގޮތައް އިތުބާރު މައްސަލަ އަނބުރާ ގެންދަވާ ގުޅެން އުޅޭއިރު ވެރިކަމުގަ ހުރުމައްފަހު ދޫކޮއްލަން ޖެހުނު ސަބަބު ވިސްނާލެއްވިންތޯ ހަންދާންނެތިއްޔާ ހިއްތަކުގެ ރައީސްގެ ލަވަ އަޑުއައްސަވާލައްވަން ފެނޭ.