އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި، ނިކުތް ނަތީޖާ ގަބޫލުކޮށް ދިވެހި ރައްޔިތުންގެ ނިންމެވުމަށް އިހްތިރާމް ކުރާ ކަމަށާއި، އިންތިހާބުގެ ދެ ވަނަ ބުރެއް އޮންނާނޭ ކަމަށް ގަބޫލުކުރެވޭތީ، ދެ ވަނަ ބުރުގައި އެ ޕާޓީން ނިންމާނޭ ގޮތެއް އަންގާނެ ކަަމަށް މޯލްޑިވްސް ނޭޝަަނަލް ޕާޓީ (އެމްއެންޕީ)ން ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ކުރި ހޯއްދެވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއާ ދެން އެންމެ ގާތުން ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި އިންތިހާބުގެ ނަތީޖާ ނުކުތް ގޮތުން، ދެވަނަ ބުރެެއް އޮންނާނެއެވެ. އެ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

އެމްއެންޕީން އެ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވިއިރު، އެ ޕާޓީން ވިދާޅުވީ، އިންތިހާބުގައި މި ޕާޓީއަށް މަސައްކަތްކޮށްދެއްވި، ހުރިހާ ވޮލަންޓިއަރުންނަށާއި، މުވައްޒަފުންނަށާއި އަދި ވޯޓުދިން ހުރިހާ އެންމެންނަށް ވަރަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އެ އުފައްދައިގެން މިވީ ދެ އަހަރާއި ގާތްކުރާ މުއްދަތުގައި އެ ޕާޓީން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ވޭތުވެދިޔަ ތަނުގައި މި ޕާޓީއާއެކު ތިބި މީހުންނަށްވެސް ޝުކުރު އަދާ ކޮށްފައިވެއެވެ.

އެ ޕާޓީން ވިދާޅުވީ އެ ޕާޓީއަކީ ރައްޔިތުންނަށް ހިދުމަތްކުރުމަށް އުފައްދާފައިވާ ގައުމީ ފިކުރުގެ ޕާޓީއަކަށް ވުމާއެކު، އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

އެމްއެންޕީއަށް މި އިންތިހާބުގައި ލިބިފައި ވަނީ 1،794 ވޯޓު ކަމަށް "ވަގުތު"ގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ސައިޒް އެގިއްޖެތޯ؟؟ އަދިވެސް ފޮނިކަނޑާތި މޫނުގަފުށްޖަހައިގެން

    36
    2
    • ޜަދުން

      ޅަދުންް ބޯހަލާކުު ބަޤާވަތުގެެ ރަހަަ އެލިބުނީީ.

      26
      4
    • Anonymous

      ސައިޒު ޒީރޯކަން ވަރަށް ފާޅު .

  2. ހަލުހިލަ

    ދިވހި ގައުމަށްޓަކައި ގައުމީފަޅިއަށް އަރާއިވަޑައިގަންނަވޭނެކަމަށް ވަރަށްބޮޑަށްއުއްމީދުކުރަން މުސްތަގުބަލް އޮތީވެސް އަޅުގަނޑުމެންކޮޅުގައި އެހެންވިމައި މިކޮޅަށްވަޑައިގަންނަވާ މުސްތަގުބަލް އޮތީވެސް އަޅުގަނޑުމެންކޮޅުގައި

    18
    3
  3. Anonymous

    ގައުމީރޫހު ހުރިބަޔެއް ނުން ތީކީ. ތީ އިސްލާމް ދީނާ ދެކޮޅު ބައިގަޑުގެ ޕަޕެޓޭއް. 2 ވަނަ ބުރުގައި ނިންމާ ގޮތެއް ނުބުންޔަސް އެގޭ ތި ދާ ނީ ޗޯރާއެކުގައި ކަން. އޭ މުޖައްރިބު ކަމެއް.

    8
    6
  4. މުއިއްޒު މިފަހަރު

    އާއިލާގެ 150 މީހުން އިބޫއަށް ވޯޓުލާމަތިން ކުޑަކުއްޖަކާ ބެހުނު މީހަކު 2 ދުވަސް ކިރިން ދޫކޮއްލައިފި. ދެން ނާޒިމަށް ތި ލިބުނު 1700 ވޯޓައްޓަކައި އިބޫ ކޮންމެ އަގެއްވެސް ދޭނެ. އެއީ އެއްނު ނާޒިމު އަސްލު ޕްލޭންއަކީވެސް. ކަޓު ނަގައިގެން ހުރޭ. އަހަރެމެން ވޯޓު ނުދޭނަން. އަހަރުމެން ހޮވާނީ މުއިއްޒު އިންޝާﷲ

    21
    1
  5. ދަވާލާ

    ދެވަބުރުގައި ޑރ.މުއިއްޒު ފަހަތަށް އާދޭ ދިވެހި ގައުމާ ދިވެހިންނަން ހެޔޮއެދޭ ނަމަ

    22
    3
  6. ނަމަ

    ދެވަނަ ބުރުގައި ނިންމާނެ ގޮތެއް އަޑުއެހުމުގެ ސައުގު ވެރިކަމެއް ނެތޭ

    8
    1
  7. ރިތާ

    ދެވަނަބުރުގައި ކަލޭގެންންނާނީ މޮޔައެއް ސުންޕަސެންޓް އެންހާސް ވޯޓް.

  8. Anonymous

    0.86% އާއެކީހުރޭދެން ހެވިދިލިފަ ލޮލް...ރައްޔިތުން ބަލައެއްނުގަނޭ ތިކަހަލަ ބާގީ ފީކަޅާ މީހުނެށް.

    4
    2
  9. އަމީރު

    ކިހިނެއް ރަޖިސްޓްރީ ކުރި ޕާޓި އެއް. މެމްބަރުންވެސް ވޯޓް ނުދިން.

    11
    • ހުސޭނުބޭ

      ވަރަށް ބޮޑު ތެދެއް. ގާސިމް ޕާޓީގައިވެސް ތިބެޔޯ 21 ހާސް މީހުން. އެކަމަކު 6000 ވޯޓު ހަމަނުކުރެވުނު. ތި ފެންނަނީ ވަގަށް ޕާޓީއަށް ވައްދާ މީހުން.

      15
  10. Anonymous

    ޕާޓީ ރަޖިސްޓަރވަނީ 3000 މީހުންވީމަ، އެކަމު ލިބުނީ 1000 ވޯޓް. އަމިއްލަ ޕާޓީގެމީހުންވެސް ދޯކާދޯތިދިނީ. .ހެހެ

    13
  11. ޝާހު

    ދެވަނަބުރުގަ ޕީޕީ އެމް ޕީ އެންސީ ކޯލިޝަނާ ގުޅުމައް ޢުމަރުނަސީރު ކާރނަލް ނާޒިމް ވަޑައިގަތުމައް ދަޢުވަތުއަރުވަން މިލޮބުވެތި ގައުމުގެ މިނިވަންކަމާ އަނިޔާވެރިކަމާ ދެކޮޅައްއަޑުއުފުއްލަވާ މިގައުމު ސަލާމަތުގެ އައްސޭރިއަކައް ގެންދިއުމައްޓަކާ ދިވެހިންގެ ކެންޑިޑޭޓް ޑރ މުއިްޒުގެ ފަހަތައް އެއްވެސް ޝަރުތަކާނުލާ ވަޑައިގަންނަވާ

    18
    1
  12. ޕޕމޫ، ދަނޑިންނާ ނުގުޅޭތި.ވޯޓަށްވުރެ ދީނާ ގައުމު!

    ވޯޓު ގުނާ ނިމެންއުޅެނިކޮށް ގާސިމާ ނާޒިމް ނިންމައިފި އިބޫ ފަހަތަށް އަރަން. ނޫނީ އެމީހުންގެ ކުރިއަށް އޮތް 5އަހަރު ތާށުވެފަ ތިބެންޖެހޭނީ. ބުރުމާ ބުނިހެން ހަމަޖެހިގެން ނޭވާލެވުނު 5އަހަރުމީ ގާސިމަށް. ވިޔަފާރިޔަށް ސަރުކާރުން ފިއްތުންނައިސް އިބޫ ދިން ބަދަލާ ކޮވިޑްގެ ރިލީފް އެއީ ޕްރޮފިޓް.3ވަނަ އަންބަށްދިން އިތުރު ޚަރަދުވެސް ސަރުކާރުން.ކޮންމެ ބަޔަކު ކޮންމެ ބަޔަކާ ގުޅުނަސް ދަނޑިންނާ ޕޕމ މީހުން ގުޅިއްޖެއްޔާ ޕޕމއަށް ނުލާނެ ވޯޓެއް. އެހަމަ ޔަގީން. އިބޫއަށް ނޫނެކޭ ބުނެވިއްޖެ. ދަނޑމީހުން(ލާދީނީ ކަމެއްވެސް ނުކެނޑޭނެ)ނާ ނުގުޅޭތި ވޯޓުހޯދަން. އުމަރު އެންމެ މުހިންމީ. ވަތަނީ ދިވެހި ލޭ hingaa ދަރިންމީ.ސެލިއުޓް ބޮޑުތަކުރުފާނޫ!!!