ރިޔާސީ އިންތިހާބުގައި ދެއްވި ތާއިދުގެ ސަބަބުން ތެދު ކުރިއަރާނެކަމަށް ކުރެވޭ އުންމީދު އައުވެއްޖެ އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ޒަމީލަށް މި އިންތިހާބުގައި ލިބިވަޑައިގެންނެވީ 355 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 0.16% އެވެ.

އެކަމާއި ގުޅިގެން ޒަމީލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އަޅުގަނޑަށް އިތުބާރު ކޮށް ވޯޓު ދިން އެންމެހައި ފަރާތްތަކަށް އިހްލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.

"ވާދަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތަށް ބަލާއިރު، ތިޔަ ދެއްވި ތާއީދުގެ ސަބަބުން، ތެދު ކުރިއަރާނެކަމަށް ކުރެވޭ އުންމީދު އައުވެއްޖެ.".

އޭނާ ވިދާޅުވީ، ވަގުތީ ނަތީޖާއިން ފެންނަގޮތުން، ދެވަނަ ބުރަށް ވަޑައިގަތް ދެ ކެންޑިޑޭޓުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އެންމެ ކުރީގައި އުޅުއްވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިގޮތުން މުއިއްޒަށް 100،723 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،126 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ބަރާބަރު. ދުވަހަކުވެސް އުއްމީދުކަނޑާނުލާތި. މާދަމާވެސް ދުނިޔެ އަނެއްފުށުންޖެހިދާނެ!

    19
  2. އެމް

    މިހާރު އެމްޑީޕީ ރައީސަކީވެސް ޑރ މުއީޒަށް ވެފައި މިނޫހުގައި އެވަނީ 😊

  3. ނަމަ

    ޒަމީލް ދެން އަންނަ ދައުރެއްގަ ވެސް ފެންނާނެ ކަމުގެ އުންމީދުކުރަން

    16
    1
  4. މުއިއްޒު އެއްބުރުން

    ތެދައް ބުނާނަމަ ހީކުރިވަރަށްވުރެ މާ ގިނައިންވެސް ލިބިއްޖެ. ތި ކުރި ހިއްވަރަށް ތައުރީފު ހައްގު. ކޮންމެ މީހަކަށް ނުކެރޭނެ ތިގޮތައް ނިކުންނަން. ޒަމީލްގެ ސަޕޯޓަރުން ގާތުން ދެން އެދެނީ އިބޫގެ ނުބައިކަމުން ގައުމު ސަލާމަތް ކުރުމަށް މުއިއްޒަށް ވޮޓު ދިނުމަށް. ކޮންމެ ވޯޓަކީވެސް އަގު ހުރި އެއްޗެއް

    24
    3
  5. ފަހަރިބޭ

    މީ އަޚެ ފަހެ ކަނޑު ކޮހެއްތަ؟ ސައިކޯއެއްތަ؟ މީނަ މެންޓަލް ހޮ⁹ސްޕުޓަލަކަށް ގެންދަންފެނޭ.

    5
    10
  6. އއ

    ތިއީތަ ތެދަކީ؟ ސުބްޙާނަﷲ! ތިޔަހުރީ ކިހިނެއްވެފައިތޯވެސް ބަލަންވެއްޖެއެއްނު.

    4
    1
  7. ބްރޯ

    ކޮން އުއްމީދެއް، އެއްލައްކަ ރުފިޔާގެ ބޮޑު ގެއްލުމެއް!!

  8. އަލްމަ

    % 1 އެއްޕަސެންޓް ނުލިބުނީމަވެސް އަދިވެސްކުރިމަތިލާތި 2028 ރައީސްކަން ލިބޭނެކަމަށް އުއްމީދުކުރަން