އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބު އެއްބުރުން ވެރިކަން ކުރާ އެމްޑީޕީ ކޯލިޝަނަށް ކަމިޔާބު ނުކުރެވުމާއެކު، ދެން ކޮންމެ ގޮތެއް ވިޔަސް ބަޔަކާއި ބައިވެރިވާން ޖެހޭ ކަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން މައި-އިދާރާ ސޯލްޓް ކެފޭ ހިންގާ އިމާރާތުގައި ރޭ މެންދަމު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެެހެން ނަމަވެސް މިއީ ރައީސް ސޯލިހު އުއްމީދު ކުރެއްވި ގޮތެއް ނޫނެވެ. އިންތިހާބުގެ ކުރިން އެންމެ ފަހު ދުވަހު ބޭއްވި ކެމްޕޭންގައި ވެސް ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެނީ އެއްބުރުން އިންތިހާބު ނަގާނެ ކަމަށެވެ.

ރޭ މީޑިއާ އަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ އިންތިހާބުން ލިބިވަޑައިގެންނެވީ އުއްމީދުކުރެއްވި ފަދަ ނަތީޖާއެއް ނޫން ކަމަށެވެ. އަދި ކުރިން ވިސްނިފައި ނެތް ކަންކަން ވެސް މިހާރު އެނގިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ފަހަރުގެ އިންތިހާބުގެ "ކިންގް މޭކާސް" އަކީ އެމްޑީޕީން ވަކިވި މެމްްބަރުންތަކެއް އުފެއްދު ދަ ޑިމޮކްރެޓްސްގ ޕާޓީއެވެ. އެ ޕާޓީގެ ކެނޑިޑޭޓް އިލްޔާސް ލަބީބް އަށް 15،000 އަށް ވުރެ ގިނަ ވޯޓާއެކު ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިލެއްވި އެެވެ.

އެހެންވެ ޑިމޮކްރެޓްސްގެ ތާއިދު ހޯދުމަށް މަސައްކަތް ކުރާނެތޯ ސުވާލު ކުރުމަށް ރައީސް ވިދާޅުވީ މިހާރު އޮތް ގޮތުން ކޮންމެވެސް ބަޔަކާ ގުޅެން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެން ކޮންމެ ގޮތެއް ވިޔަސް، ބަޔަކާ އެކީގައި ބައިވެރިވާން ޖެހޭނެ. އަޅުގަނޑު ހިތުން ޕީޕީއެމުން ވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ. އެހެންވީމާ އެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާނަން." ރައީސް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ކާމިޔާބު ލިބިދާނެކަމާމެދު ކިހާ ޔަގީންކަމެއް އެބައޮތްތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ މިއަދު އިންތިހާބާއި ގުޅޭ ގޮތުން އަނެއްކާވެސް މަސައްކަތް ފެށުމުން އެކަމާ މެދު ވިސްނަވާނެ ކަމަށެވެ.

އިންތިހާބުގައި މުއިއްޒުއަށް 46 ޕަސެންޓް އަދި ރައީސް ސޯލިހުއަށް 39 ޕަސެންޓް ލިބިވަޑައިގެންނެވިއެވެ. އަދި އެއްވެސް ކެނޑީޑޭޓަކަށް ފުރިހަމަ އަގުލަބިއްޔަތު ނުލިބޭތީ ރައީސްއަކު ހޮވަން ދެވަނަ ބުރެއް ބާއްވާނެއެވެ.

އެއްވެސް ކެނޑިޑޭޓަކަށް ފުރިހަމަ އަގުލަބިއްޔަތު ނުލިބޭތީ ރައީސްއަކު ހޮވަން ދެވަނަ ބުރެއް ބާއްވާނެއެވެ. އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ ފަހުކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނަމަ

    ވަގުތު ފާއިތުވެއްގެ ރީކޯ މޫސަ އާއި އިމްރާނު މެން ގޮވައިގެން ތިވަރުވީތީ ވެސް ސުކުރު ކުރުން ބުއްދިވެރި

    60
    • ޑީޑޯ7

      ރައީސް ބަލީކޮށްލީ ފެނަކަ ސައީދު. ސަޕުލަޔަރުންނާއި ކުޅުނީ

      22
      1
    • Anonymous

      ތީ ހަމަ ތެދެއް. އެއްވެސް ޓެކުހެއް ނުދައްކާ، މުސާރަނުދީ އުޅޭ ދިވެހި ފިލްމް ކުޅޭ މޫސަ. އުޅެން ބޭނުން ވަނީ އެންމެ މުއްސަނދިން އުޅޭ ގޮތައް މުޅި ބާޒާރައް ދަރާފަ. ހަހަހާ

    • Anonymous

      ކޮބާ އިބުރޭ ހޭއަރައިފި

      12
  2. ކިޔު

    މި ފަހަރު ރައީސް ސޯލިހަށް ފެނިވަޑައިގަތީ އަރިހުގައި އުޅުއްވާ ބޭފުޅުން ދެއްކެވި ކުލަ މަންޒަރުތައް. މުވައްޒަފުންނަށް މަޖުބޫރުކޮށް ޖަލްސާތަކަށް ޖަމާކުރި ބޮޑެތި އަދަދުތައް. އެއީ ކުރީފަހަރު ރައީސް ޔާމީނުގެ ގާތް ބޭފުޅުންވެސް ރައީސް ޔާމީނަށް ދެއްކެވި މަންޒަރު. ގޮތް ނިންމަނީ މެދުގައި ތިބޭ މީހުން. ކުރީ ދައުރުގައި ސިޔާސީ އެއްމެނާއި ބޭބެ އާއި އެއާއިލާގެ އެންމެން ޖަލަށްލުން ބަލައި ނުގަނެވުނު. މިދައުރުގައި ބޭރުގެ ސިފައި ސިއްރުން ރާއްޖެ އެތެރެކޮށް މިނިވަންކަން ގެއްލޭގޮތަށް ހެދި އެއްބަސްވުންތައް ބަލައި ނުގަނެވުނު.

    65
    1
    • Anonymous

      ޑރ މުއިއްޒުއަށް ތިޔަހޯދެއްވިކާމިޔާބީއަށްވަރަށްހާއްސަ ޝްކުރެއް
      ޢަރިސްކުރަން

  3. އއއއއ

    އިލޔާސް ނުވަތަ އައްނި އެއްކުރީމަވެސް މުއީޒައްވުރެ މަދު . ގާސިމް އުމަރުނަސީރައްވުރެ ނާޒިމް ފާރިސްއައްވުރެ މަދު !!!!!:އުމަރާ ފާރިސްއައް ވޯޓުލީ ވަތަނީ ވިސްނުމުގެ މީހުން އެމީހުން އެދެމީހުން ބުންޏަސް ކަލެއަކަށް ވޯޓެއް ނުދޭނެ.!!!!!!!އެހެންވީމާ އެހީތރިކަމެއް ދެވޭނެ ކިންގެއް މިހާރަކުނެތް !!! އެއްމެރަނގަޅުވާނީ ނޮވެމްބަރ 11 އައުމުގެ ކުރިން އިންޑިއާއަށް ބޮޑުބޭބެ މޯދީކާރިއަށް ބެޗޭތޯ ބެލިއްޔާ!!!!

    73
    3
  4. Anonymous

    ތިހިސާބަށް އާދެވުނީވެސް ބަޔަކާ ގުޅިގެން // ގައުމުގެ ހަލާކަކަށް ގިނަ މީހުންގެ ތާއިދެއްއަދި ނެތް ، ނުވެސް ލިބޭނެ އިންޝާﷲ //

    52
  5. ރައްޔިތުން

    ޗޯރޭ ދެން ބަޗާ. މިގައުމަކަށް މޯދީ ޕަޕެޓެއް ބޭނުމެއް ނޫން!!!

    40
  6. އއ

    ބަޔަކާއި ނުގުޅި ތިބެތަ ފުރަތަމަބުރަށް ތިޔަ ނުކުތީ؟ އެމް.ޑީ.އޭ އާއި ޢަދާލަތު ޕާޓީ އެއީ ބައެއް ނޫންތަ؟ އަދިވެސް ތިޔަ ބަލަނީ މިންވަރަށް އީމާންވުމުގެ ބަހެއް ނުބުނެ، ބޮޑުކެނޑޭތޯ ދޮތަ؟

    37
  7. Anonymous

    ޢިމްރާންގެ ފިތުނުވެރި މުނާފިގު ވާހަކަތަކުން ރައްޔިތުން ވަރަށް ފޫހިވި

    43
  8. Anonymous

    ނޫނޭ ކައޭ އެއްބުރުން އަރާތިޔަހުރީ.
    ވޯޓްލައްވަން ދައުލަތު ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ކުށްވެރިންދޫކޮށް. ދިވެހި ކަނޑުފަޅު ވިއްކާ ކޮބާ ލަދުޙަޔާތް.
    އިންޑިޔާ ސިފައިން ގެނެސްގެން ވެރިކަން ނުކުރެވޭ މީހެއް. ރައްޔިތުން ނޫނެކޭ ބުނެފި. އިސްތިއުފާ ދިނިއްޔާ .މާރަނގަޅުވާނެ. ގެރިމޯދީއާެި މާއަވަލައިގެން ދިވެހި ކަނޑުފަޅުގައި ހާލި ހަދުވައިގެން. ދައްކާ ވާހަކަ ދުވަހަކު ދިމާނުވޭ. ޔާމީނު ސްޓިކާ ޖެހިއްޔޭ ކިޔާ އެރިމީހާއެއްނުތިޔައީ. ކާބޯ ތަކެތި . އަގުބޮޑުކޮށްލީ. ބޭނުމެއްނޫން. އިތުރު ދައުރެއްދޭކަށް ފުދިއްޖެ. މުޢިޒަށް މަލާތްކޮށް ހެދިއިރު ނާރާއޭ ހިތަށްދޯ މިހެންވާނެއޭ.

    34
    1
  9. އަޑިކޮންނަ

    އަމިއްލަބާރު ކެނޑިއްޖެކަން ވިސްނުނީމާ އެހެންގޮތެއް ނޯންނާނެ. ހުރިހާ ބާރުތަކެއް މުށުތރެއަށްލައިގެން ކަލާނގެކަމަށޤ ދައުވާ ކުރި މީހާވެސް ކަނޑަށްފެތި ޣަރަގުވަނީކަން އެނގުމުން ގޮތްދޫކޮށްފަބުނި ކަލޭމެން އީވެގެންތިބި ކަލާނގެއަށް މަވެސް އީމާންވަމެވެ. ނަމަވެސް އޭރު ވަގުތު ފާއިތިވެއްޖެ.

    16
  10. ގޫބަޑާ ޔާސިރު ގދ.ހަވަރު ތިނަދޫ

    ބޭފުޅާ މޮޔަވޭ ދެން މިދިވެހިރާއްޖެއިން 30000 ވޯޓު ގަނެގެންވޭނެކަމަށް ބޭފުޅާ ހީކުރަނީއުތަ. ފުރަތަމަ ބުރުގަ ބަހަން ދިން 900 މިލިޔަން ވެސް ކޭބަޔަކު ކައިފައި ބޭފުޅާ ލޮލުގައި އެޅުވީ ހުސް އަދުނޭ ބޯބުރާންތި ގަމާރުން ވެރިކަމަށް ހޮވީމާ ވާނެ ހައެތި ތިއޮތީވެފައޭ. ޝުކުރިއްޔާ މުގުނީ އާއި ގަސަމުއަށް

    16
  11. ސަމްކުޅިބޭ

    މަނިކުފާނު ގައިން މާމުއި ހުސްވީތޯ؟ ނ.އަތޮޅުގެ މެޖޯރިޓީ ނަގަންބުނި ޝިޔާމް ހުދުއަހުގައި އުދުހިގެން ޖައްވަށް އަރާގެން ހިނގައްޖެ. ސޭކު އިމްރާނު ރޭގައި އޮތީ މާކަނައެއް ފިޔަގަނޑުދަށަށް ބޯލައިގެން އޮތްހެން. އެދެމީހުން އެތިބީ އަނގަ ހުޅުވާލަން ނުކެރިފާ.

    20
  12. Anonymous

    ކޮބާތަ ގުޅިގެން އުޅުނު
    ކުޑަފަރީ ޝިޔާމް ޕާޓީ.
    ޖާބިރުޕާޓީ
    އަދާލަތުޕާޓީ
    ދެން ޕީޕީއެމާތަ ގުޅެންވީ. ކުރީގައި ބުރުމާވެސް ހުއްޓެއްނޫންތެ.
    ބަލާގަ މުޢިއްޒު އެކަންޏޭ އެންމެ ގިނަވޯޓް ހޯދީ..

    25
  13. ޒާ

    ާވެރިކަން ލިބުމާއެކު ސިޔާސީ އިދިކޮޅުފަރާތް ޖަލަށްލައި އަނިޔާވެރިކަން އިސްކުރީ. ދިވެހިން މިހާރު އެެއަށްވުރެން ތަހުޒީބު. އެއްވެސް ވެރިޔަކު ކުރާ އެފަދަ އަނިޔާވެރިކަމަށް ތާއީދެއް ނުކުރާނެ. މިވަރުން ވިސްނޭނެކަމަށް ހީކުރަން.

    18
    1
  14. އެދުރުބެ

    ފުރަތަމަބުރުގަ މަށާ ބަގޭއަނބިދަރިން ވޯޓުދިނީ އިލްޔާސައް އެކަމަކު ދެވަނަ ބުރުގައި އަންނި ބުންޏަސް އެމްޑީޕީއަކަށް ވޯޓެއްނުދޭނަން

    21
    1
  15. ރޮޒޭރީކޯ

    39+7+2 މާނައީ ލަބީބް، ޤާސިމް އޭރުންވެސް ވަނީ 48. ހީވޭތަ އުމަރު، ފާރިޝް، ނާޒިމް އަދި ޒަމީލް ތިޔަ މީހާ އަށް ވޯޓް ލާނެހެން. އެންމެ ރަނގަޅުވާނީ ލަދުން ސަލާމަތް ވުމަށް އިސްތިއުފާ ދިނުން.

    15
  16. ސަލްމާން

    ދެންވެސްދަރުމަވަންތަހޮސްޕިޓަލާ ސަލްމާނުމިސްކިއްހުޅުވާލެވޭތޯ
    ބަލާބަލަ

    15
  17. ނާއިޒް

    ހަހަހަ 5 ޕާޓިން ކޯލިސަން ހަދައިގެން ނުކުމެ ވީވަރު ތިޔައީ!

    14
  18. ހޭލާށެ ހޭލާ

    ރައްޔިތުން ބަލައިނުގަންނަ ބައިގަނޑާއެކު ކުރިޔަކަށް ނޭރޭނެ، ތމާމީހާގެ ފަހަތުގައި ތޮބީ އެންމެ ފަސްބައި ހަޑި އަދި އަދި ރައްޔިތުން އެންމެ ނަފުރަތު ކުރާ މީހުން، ދޮން ބިލެއް މާރިޔާ، ފައްޔާޒް، އިބުރާ، ޝާހިދު، މަވޯޓާ، ޜޮރޭނާ، އިމްރާނު، ސިޔާމް، ޖާބިރު އަދި ޝ. އިލްޔާސް އަކީ ރައްޔިތުން ބަލައިގަންނަ ބައެއް ނޫނެވެ.

    10
  19. Anonymous

    ސޯލިހު އެއްބުރުން ވެއްޓޭނެ ކަމައް ދެކިގެން ހުރީ ، އެކަމަކު އަދިވެސް ރާއްޖޭގަ ތަންދޮރު ނުދަންނަ މޮޔައިން އުޅޭކަން އިނގިއްޖެ.

    12
    1
  20. ކާފަބޭ2020

    ފެށީ130000 ވޯޓުޔަޤީކޮށްގެނޭބުނި ދެންކޮންއިތުރުކޯލިޝަނެކޭކިޔާކަށް މިހާރުވެސް އަދާލަތުޕާޓީ ސަންސިޔާމުޕާޓީ ކޯލިޝަންގައެބައޮތެއްނޫންތަ؟