އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބު އެއްބުރުން ވެރިކަން ކުރާ އެމްޑީޕީ ކޯލިޝަނަށް ކަމިޔާބު ނުކުރެވުނު ނަމަވެސް އެކަން އަދި ނިމުނީކީ ނޫން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އުއްމީދުކުރި ގޮތާ ހިލާފަށް އިންތިހާބު އެއްބުރުން ކާމިޔާބު ނުކުރެވުނު އިރު އިންތިހާބުން ކުރި ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46 ޕަސެންޓްއާއެކީގައެވެ. އަދި އެމްޑީޕީ ކޯލިޝަންގެ ކެނޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ލިބިވަޑައިގެންނެވީ ދެވަނައެވެ.

އެކަމާ ގުޅިގެން އަލީ ޒާހިރު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އެއް ބުރުން އިންތިހާބު ނުނެގުމުން އަދި ނިމުނީކީ ނޫން ކަމަށާއި އަދި ދެވަނަ ބުރަށް ދާނީ އިހުނަށް ވުރެ ވަރުގަދަކޮށް ކަމަށެވެ.

"ދެވަނަ ބުރުގަ އަޅުގަނޑުމެން ނިކުންނާނީ މި ފަހަރު ވޯޓުގައި ބައިވެރި ނުވެވުނު ހުރިހާ ބޭފުޅުންގެ ވޯޓާއެކު. އެންމެން އެކުގައި ކެނޑިޑޭޓް ނަންބަރު އިބްރާހިމް މުހައްމަދު ސޯލިހުއަކީ އުފާވެރި އަމާން ރާއްޖެއަށް ހޯދަން،". މި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުންގެ ތެރޭގައި ހިމެނޭ އަލީ ޒާހިރު އިތުރަށް ވިދާޅުވިއެވެ.

ފުރަތަމަ ބުރުން ކުރިމަތިވި ނާކާމިޔާބީއާއެކު ދެވަނަ ބުރު ކާމިޔާބު ކުރަން އެމްޑީޕީން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ރޭ ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުން ލިބިވަޑައިގެންނެވީ އުއްމީދުކުރެއްވި ފަދަ ނަތީޖާއެއް ނޫން ކަމަށެވެ. އަދި ކުރިން ވިސްނިފައި ނެތް ކަންކަން ވެސް މިހާރު އެނގިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންވެ ދެން ކުރިއަށް ދެވޭނީ ކޮންމެވެސް ބަޔަކާ ގުޅިގެން ކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ޢަހިމަދު

    އިރާދަ ކުރެއްވިއްޔާ މުއިއްޒު ކާމިޔާބު ކުރާނެ

    157
    9
    • ރައުޔު

      ކަލޭމެނަށް ތިކަން ތިއޮތީ ނިމިފައި

      45
      2
    • ޢިކްރާން

      މި އަދާލަތުގެ ފެންވަރުވެސް އެނގުނީސް އަމިއްލަ ޕާރޓީން ކުރިމަތި ލީނަމަ ހާހެއްހާ ވޯޓްވެސް ނުލިބު ނީސް ގަދަބަސް ބުނޭނު

  2. ހަސަނާ

    ނުހައްގުން މީހުންނަށް އަނިޔާދޭ މީހުންނަށް އަބަދުވެސް ކުރިމަތިވާނީ ދެރަގޮތް! މީ ޑީމޮރިކުރަސީއޮތް ގައުމެއް! ސޭކު އިމްރާނު ބުނަނީ މުޒާހަރާކުރާކަށް ދެން ފުރުސަތު ނުދޭކަމަށެވެ. ހީކުރީ މީ އޭނަގެ މިލްކެއްކިއްޔާތެއްކަމަށެވެ. ބަލަ އިމްރާނޫ މީ ޕާލަންޓަކާ އެތަނުގެ ބަހުސްކޮށް ރައްޔިތުންގެ ހިޔާާލާ އެމީހުންގެ ތަނަވަސް ހިލާލާއެއްގޮތައް ސަރުކާރު ހިންޖެހޭ ގައުމެއް! ގަނޑިބަސް ބުނުމަކީ ފިރުއައުނީ ހިޔާލް! އެޒަމާން ހިގައްޖެ.

    117
    8
    • މަކަރެ

      ހައްޖައް ދުވާކުރަން ފޮނުވި ގުރޫޕް ކިހިނެއްތަ ދުވާކޮއްގެން ތިއުޅެނީ ރިސްވަތު ބަހާ ގުރޫޕް ﷲ ގެ އިރާދަފުޅުން ދެންއަންނަ ބުރުވެސް ތިޔަ ބައިގަނަޑު ބަލިކުރާނަން

      59
      4
  3. ހުސޭނުބޭ

    މިކަން މި އަދި ނިމުނީކީނޫން. ދެވަނަ ބުރުން ކަލޭމެން ސައްޕުޖަހާ ބޭރުކުރާނީ އަދީ މާ ސަޅިކޮށް.

    120
    5
    • އަސްރަފް

      ބޮވުނު ރާފޮދުގެ މައްސަލަ ވެސް ބެލޭނެ

      9
      2
    • އަހްމަދު

      ބަލިތާވާނީ ރިސްވަތުބަހަން ހަވާލުވިބޭފުޅުންވެސް މިފަހަރުބެލީ އެމީހުންގެ ޖީބުބޮޑުކުރެވޭތޯ ލާރިގަނޑު ކަޅާކޮށްލީ އެއީއެކަންވާނެގޮތް އުންމީދެއްނެތްތަނެއްގާ ދިރުމެއްނޯންނާނެ އިންސާފެއްނެތްތަނެއްގަ އަނިޔާވެރިކަންއިތުރުވާނެ އަބަދުޢަލީޒާހިރަކަށްވެސް ސަރުޢީދާއިރާއަށް އަތެއްނުބޭނޭނެ ﷲގެނިންމެވުން އެއަށްވުރެމަތިވެރި އިންޝާﷲ ދެވަނަބުރުން ދިވެހިރައްޔިތުންނާއެކުމުޢިއްޒު ކާމިޔާބުހޯއްދަބާނެ

  4. އއ

    އަހަރެމެން ދެވަނަ ބުރަކަށް ނުކުންނާނީ، ފުރަތަމަ ބުރަށްވެސް ނުކުތްގޮތަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން ނަޞްރާއި ކާމިޔާބީއަށް އެދި ދުޢާކުރަމުންނެވެ. އަހަރެމެނަށް ﷲގެ ރަޙްމަތާއި މަދަދުވެރިކަން ފިޔަވައި އިތުރު ބާރުވެރިކަމެއް ލިބިގެން ނުވާކަން ހިތުގެ އަޑިން ޤަބޫލުކުރާޙާލު " ޙަސްބުނަﷲ ވަނިޢުމަލްވަކީލް " މި ޝިޢާރުގެ ދަށުންނެވެ.

    144
    0
  5. ކޮއްޔާ

    ތިކަން މިފަހަރު މަާތްﷲގެ ރަހްމަތުން އަދި ނިމޭނެ // ކޮންމެ ކަމަކަށްވެސް ނިމުންވޭ // އެދުވަސް އަންނަނީ އަންނަނީ އިންޝާﷲ،،،،

    84
    • Anonymous

      އަލިފޫތު ތަދެން ޖަހެންނެނީ ލާއި ތެޅޭއް

      16
  6. ބާސްކަރަން

    ދުޢާ ކުރަން ރައްޔިތުންގެ ހައްޖު ކޯޓާއިން ވައްކަން ކޮށް އަދާލަތުން މީހުން ހައްޖައް ފޮނުވި. މާތް ﷲ ދެނެވޮޑިގެންވޭ މި ހިނގާކަންކަން. އެކަނލާންގެ އަޅަމެނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. ހައްގަށް ނަޞްރު ލިބި އިސްލާމީ ރިވެތި ޤަޢުމެއްގެ ގޮތުގައި މި ޤައުމު ހިނގުމުގެ ތަޢުފީޤް ޑރ. މުއިއްޒުއަށް ދެއްވާށި.

    97
  7. ކޮސްފަހަރި

    4 މުނާފިގުންނަށް ( ކޮސްފަހަރި، ކަންނެލި ދޯނި، ފުރްގާން ކޮސްބެ، ރައީސްއޮފީސްތެރޭ އިން ޖުޑިޝަރީއަށް އަތްބާނާ ކުރު އިބްލީސް) ވެރިކަމުގެ ކޮއިލާ ގާތްވިޔަ ނުދޭނަން!!! ފޮރުވިގެން ތިބެ، އިންތިހާބުގައި ވާދަކޮށްލުމުގެ ގާބިލްކަންނެތި، އަދި ވާދަކޮށްގެން އަމިއްލަ 4 ވޯޓުވެސް ނުލިބޭ ފަދަ ހާލަތެއްގައި ތިބި 4 މުނާފިގަކު މާ ފުއްޕާފަ ރައްޔިތުންނަށް އަނިޔާވެރިވުމަށާ އިންޑިއާގެ އަޅުވެތިކަމަށް ނުކިޔަވާހުރި ރައީސް ސޮރަށް ވާގިވެރިވެގެން ތިބި 4 މުނާފިގުންގެ މުނާފިގުކަން ރައްޔިތުބްނަށް އެގި ސާފުވެއްޖެ މިހާރު.
    ދެން ލަލަލާ

    68
  8. Anonymous

    ކަލޯ ކިތައްމެ ވަރުގަދަ ވިޔަސް ހެއްދެވިފަރާތަށް ވުރެ .މޮޅެއްނުވެވޭނެ. ދިވެހިން ބޭނުމެއްނުވޭ. ކާބޯތަކެތި އަގުބޮޑުކޮށްލީ
    އިންޑިޔާއަށް ޤައުމު ވިއްކާލީ. ދިވެހިން ބޭނުމެއްނުވޭ. އިންޑިޔާ ސިފައިން މިތާ ތިބެން. ކަނޑުވިއްކާލި ޣައްދާރުން
    ބޭނުންނުވޭ. އިރާދަކުރެއްވިއްޔާ ބޮޑުބައްޔަކުން ބަލިވަންތައްޔާރުވޭ . ބަހާއި ޢަމަލު ދިމާނުވޭ.

    77
    1
    • މީހެއް

      މައްސަލަކީ ބޮޑުޖަލްސާގައިވެސް އަންހެނުން ލައްވާ މިޔުޒިކް ކުޅުނީ

  9. Anonymous

    ގަދަ ބަސް ނުބުނޭ . ތިޔައީ ޝޭހެއްކަމަށް ނަންވެފައިވާ މީހުން . މީހުންނަށް އަނިޔާކޮއްގެން ނުވާނެ މޮޅެއް. ދެންވެސް ވާނީ ބަލި .

    72
    • ވަގުސަރުކާރު

      ރައީސް އައްޔަން ކޮށްފަ އިންނަ ޖުޑިޝަރީ އަށް އަމުރު ފޮނުވާ އެޖެންޓު އަދި އަދާލަތު ކުޑަ ޗޯރޭ 7 ވަނަ ދުވަހުގެ ރޭ ކަޅު ދަބަސް ހިފައިގެން މާފަންނު ގެއެއްގައި އިދެގެން ބެހީ ކޮންއެއްޗެއްބާ؟
      ބެހީ ރިޝްވަތު ވޯޓު ގަންނަން.

  10. ހަސަން

    ރައީސް އޮފީހުގެ ޗޯރާ ދެވަނަބުގައި މިޔަވުރެ ބޮޑުތަނުން ބަލިކުރާނަން

    70
    2
  11. ސޯލޭ

    ލޮލް ދެވަނަ ބުރުގަވާނެ ކުރީފަހަރައްވުރެ ގިނާން ލާރި ބަހަން އިނގޭ ކުރީރޭވެސް ތޔަ ބައިގަނޑުގެ މީހުން އެކި ރައްރަށުގަ އަވަދުނެތި އިރު އަރަންދެން ތެޅިބޭލީ ރިސްވަތު ބެހުމުގަ ބަލަ ކަލޭމެން ނޫނަސް މާ ބާރުގަދަ ފަރާތެއްވެޔޭ ބިރުގަނެބަލަ ޔާﷲ ދެންވެސް މިބައިގަޑު ބަލިކުރައްވާފާންދޭވެ އާމީން

    43
  12. އަޑިކޮންނަ

    އަދިވެސް މި މުނާފިގުން މިއުޅެނީ އިބްރާހިމްބެއަށް އޮޅުވާލަން. ދެން ކޮންވަރުގަދައެއްވެވޭނީ. ތިތިބީ ފިޔަކޮށާލާ ކުޑަކަކޫމައްޗަށް ތިރިކޮށްފަ. ދެން ރަނގަޅުވާނީ އޮފީސްދޫކޮށް ދިޔައިއްޔާ.

    35
  13. ލައްޓިބެ

    ޢޭ ބަލަ! ގިނައިން ނުނިކުމެތިބީ ޕީޕީއެމް/ޕީއެންސީ އަދި ރައީސް އިބްރާހީމް ޞާލިޙަށް ވޯޓް ނުދޭންވެގެން ތިބިމީހުން.

    38
    2
  14. ބްރޯގެބޭބޭ

    ﷲގެ ތަނަވަސް ރަހްމަތާއެކު ދެވަނަ ބުރުގަވެސް މިމުނާފިގުން ބަލިކުރައްވާށި. އާމީން. ޑރ މުއީޒް އަށް ފަލާހާއި ކާމިޔާބު މިންވަރުކުރައްވާށި.

    46
  15. ދިވެހިންގެނިންމުން

    ގަދަބަސް ނުބުނޭ ވެރިކަންވަނީ މާތް ﷲ އައް އެކަލާންގެ އެދިވޮޑިގަތްފަރާތަކައް އެކަން ދެއްވަަ އެދިވޮޑިގެންފަރާތަކުން އެކަންނަންގަވަ انشاالله ދެވަނަބުރު ކާމިޔާބުކުރާނީ ފަންސާސް ފަސްޕަސެންޓުން ދިވެހިންގެ ކެންޑިޑޭޓް ޑރ މުޢިއްޒު

    38
  16. އަހްމަދު

    ވޯޓް ލާން ނުނިކުމެ ތިބީ މަހާނަބަގީޗާ (ގަބުރުސްތާނު) ތަކުގައި ތިބި މީހުން. އެމީހުންނަށް ކަލޭމެން ލާރިދީގެން ނެރެވެންޏާވެސް ނެރެންވީ. އެހެންބަޔަކުދެން އިތުރަކަށް ނުނެރެވޭނެ.

    27
  17. އިލްޔާސް

    އަލީ ޒާހިރު. ބަފާބެ ކައިރީ ބުނޭ އާއިލާ ބަލައިދޭށޭ 10 އަހަރަށް. ދެން ޖަލައް ދާން ތައްޔާރުވޭ.

    30
    1
  18. އޮއިވާލި

    ލަދަކު ބެދިދާނެތީ ވަކިން ވާދަކޮށްލަން ނުކެރޭ ކުޑަޕާޓީއެއްތީ ޔަގީން 1000 ވޯޓު ތިޕާޓީއަށް ނުހޯދޭނެކަން ތީގައުމުގެ ހަލާކު ކޮންމެފަހަރަކު ބަޔަކާ ކޯލިސަންހަދައިގެން އެއިރެއްގަ އޮންނަ ސަރުކާރަކުން އެތައްވަޒީފާއެއް ނަގައިގެން ގައުމަށް އެންމެ ގެއްލުމްދޭ ޕާޓީ ތިޔަ ދާލަޕާޓީތީ ބޭކާރު ވަޒީފާ ކަލޭމެންނާހުރެ އެބަޖެހޭ އުފައްދަން ބަލަން ތިބޭތި ދެވަނަބުރުގަ އަދި މާބޮޑަށް ސައިޒައްކަނޑާލާނަން

    34
  19. މާމީ

    ހިންހަމަ ޖައްސާ ލަން ކިޔާ އެއްޗެހި ދޯ

    26
  20. އޮއިވާލި

    ކުރިން ވިސްނިފަ ނެތް ކަންކަމަކީ ވޯޓުނުލާތިބި މީހުންގެނަމުގަ ކަލޭނަންޖަހާފަ ވޯޓުލުންތަ؟

    29
  21. 2023 ޔާން

    ދެން ނުވާނެ ތިކަމެއް އިންޝާﷲ..އާމީން

    24
  22. ކިޔު

    ފެންނަން އެހެރަ އަދަދަުތަކަށް ބަލާއިރު ދެވަނަ ބުރުގައިވެސް ރައީސް ސޯލިހަށް ކާމިޔާބުވުން ވ ދުރު. ރާއްޖޭގެ މިނިވަންކަމާމެދު ގިނަ ރައްޔިތުން ވ ކަންބޮޑުވޭ. އެހެންވީމަ ވ އުނދަގޫވާނެ.

    21
  23. Anonymous

    ދެވަނަބުރު ކާމިޔާބު ކުރަން ބޭނުމިއްޔާ ޖެހޭނީ މަކަރާ ހީލަތް ހަދަން އެހެންނޫނީ ކެނެރީ ނަޝީދާ ގުޅެން އެނޫން ގޮތެއް އިބޫ އަކައްނެތް.

    19
  24. ާދަލޭކް

    ބޮނޑާ ބަސް ނުބުނޭ الله އިރާދަ ކުރެއްވި ކަމެއް މެނުވީ ނުވާނެ ދުޢާކުރަން ހައްޖައް ދިޔައީބުނާއިރުވެސް އެގެއްލުވީވެސް ހާދަ ގިނަ ބައެއްގެ ހައްގެކޭ އުމުރުދުވަހު އެއްކުރި ފައިސާ ޖަމާކޮށްފަ ހުރީ އިސްލާމިކު މިނިސްޓްރީ އަށް އެކަމަކު އެމީހުން ބާކީ މިބައިގެ މީހުން ދިޔައީ އަދި އެވަރުންވެސް އެފައިސާ ވެސް މުދަލުގެ ޒަކާތް ދައްކާށޭ ކިޔާފަ އެވެސް ހޯދި ކީކޭ ބުނާނީ މިވެރިން އެފައިސާ އިތުރުކޮށްގެން ތިބީވެސް.

    10
  25. މާކޯސް

    ގަދަބަސްނުބުނެ ކުރެއްވިގޯސްކަންތައްހިތައްގެނަސް ދެރަވެތައުބާވެ އިސްލާހުވެ ތިތަނުންނިކުންނަންތައްޔާރުވޭ މާގިނަދުވަހަކުތިތާކުނުހުރެވޭނެ އިންޝާﷲ

  26. ޒާހިރު

    ތިޔަ ކަހަލަ ގަދަ ބަސްތައް ބުނާތީ ރައްޔިތުންގެ ތާއީދު ނުލިބެނީ. އިދިކޮޅުގައި ތިއްބަސް އެއްކޮޅުގައި ތިއްބަސް ތީގެ ކޮންމެ މީހަކީ ރައްޔިތުންގެ ޚާދިމެއް. ސަރުކާރުގެ މުވައްސަސާތަކުގައި ތިބީ އެއްކޮޅުގައި ތިބި މީހުންގެވެސް ރައީސާ އެމީހުންގެ ވަޒީރުން. ރައީސްކަމަށާ ވަޒީރު ކަމަށް ހުވާ ކުރަނީ އެމްޑީޕީގެރައްޔިތުންނަށް ޚިދުމަތް ކުރުމަށް މާތް ﷲ ގަންދީހުވާކުރަމެވެ. މިހެން ކިޔާފައެއްނޫން. ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ވުމަށް. ތިމާ ތިފަދަ މަޤާމަށް ކުރިމަތި ލާނީ ތިމާ ކުރާ ގޯސްކަންތަކަށް ފާޑު ކިޔާނެ މީހުންވެސް ތިބި ކަން އެނގިގެން. އޭގެ ބަދަލުގައި އެމީހުންނަށް ގަދަ ބަސް ނުބުނެވޭނެ. އެމީހުންނަށް މަލާމާތްވެސް ނުކުރެވޭނެ.

    10
  27. ޒާ

    އަދިވެސް އިބޫހެއްދިވަރަކަށް ކަލޯއަށާ އިމްރާނާ، އިޔާޒަށާ އިލްޔާސަށް ގިނައިން ކެވޭނީ. އަދާލަތުގެ ސައިޒް ދައްކާލާތި މިފަހަރު. ހަމަ ލަދެއްވެސް ނުގަނޭދޯ؟

  28. ކުރު ޗޯރު

    އަދާލަތު ޕާޓީ ރަޖިސްޓްރީ ބާތިލް ކޮށް އަލުން މީހުން ވަންނަން ބުނިކަމަށް ވިޔަސް ދެނެއް ލާހިކެއް ނޫން ރަޖިސްޓްރީ ކުރާނެ ވަރަށް ސޮއި ހޯދާކަށް.

  29. ދާލް

    އެމްޑީޕީއަށް އަދި ފުރުސަތު އެބަޮތް. އެއީ ހަނި ފުރުސަތެއް.

  30. Anonymous

    ޢަދާލަތުގެ ލީޑާޝިޕް ގޯސްހަދާފައި ވާކަމާއި ލީޑާޝިޕް އިސްލާހުކޮށް ބަދަލް ކުރަންޖެހޭކަމަށް ގިނަ ރައްޔިތުން ދެކޭ، ޢަދާލަތު ޕާޓީގެ ލީޑާރޝިޕަކަށްވެސް އަބަދު ގޯސްހަދަހަދާ ނުތިބެވޭނެ، ދިވެހިރައްޔިތުން ވަނީ ގޯސް ހެއްދެވީމާ ރައީސް މައުމޫނު ނަޝީދު ، ވަހީދު ޔާމީނު ދުރުކޮށްފައި، އަދި ސޯލިހާއި ޢިމުރާން ވެސް ދުރުކުރާނެ 😆

  31. Anonymous

    އަލީ ޒާހިރު ކަލޭމެންގެ ބަލާއާއި ބެގެން އިބޫއަށް ވޯޓް ނުލިބެނީ!!!

  32. ވަލީދު

    ޢަދާލަތު ޕާޓީ އަކީ އަބަދު ހިހޫ ތަނުން ކާލައިގެން އުޅޭ ބައިގަނޑެއް. ތާރީހު ހެކިވާނެ. ޢަލީ ޒާހިރު ކަހަލަ ކުޑަ ކުއްޖަކަށް ރައީސް އޮފީހުގެ ވެރިކަން ދިނީމަ މާ ގަދަ މީހަކަށް ވެގެން އުޅުނު ޒަމާން ނިމެނީ.

  33. ދުލި

    ގަދަބަސް ބުނަނީތަ؟