ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެއް ބުރުން ކާމިޔާކުރުމަށް ތަގްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ގޮސްފި ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހަށް ތާއިދު ކުރައްވާ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ކިތަންމެ އުއްމީދެއް ކުރި ނަމަވެސް އެކަން އެގޮތަށް ތަގްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ ކަމަށެވެ.

"ހިތްއެދޭ ގޮތަށް ކަންތައްތައް ނުވުމަކީ އެއްވެސް ހާލެއްގައި މާޔޫސްވާން ޖެހޭ ކަމެއް ނޫން. ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އާ ހިތްވަރަކާއި އެކު މަސައްކަތް އިތުރަށް ކުރަންވީ. ﷲގެ މިންވަރުފުޅާއި އެކު ދެވަނަ ބުރަން ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރަންވީ. އިންޝާﷲ ކާމިޔާބު ވާނެ.". އިޔާޒު ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަހަތަށް ޖައްސާލައި އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓަށް ވެފައެވެ. މުއިއްޒު، ލައްކަ އަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު %50 ހުރަސް ނުކުރާތީ، ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގައެވެ.

އިންތިހާބުގައި ތިންވަނަ ހޯދީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރު ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޙޯ ހޯ އަހްމަދު

    ބޭކާރު ވާހަކަ 56% ކޯބާ؟

    65
    2
  2. ޙަސަނާ

    މީނަގެ އޮތީ އެންމެ ބޭނުމެއް އެއީމަސްހޫރު ވެލުން..

    66
    2
    • ހޖހޖހ

      ހުޅުމާލޭން ގޯތި އަދި ބޭންކުތަކުން ލޯނުވެސް ނިކަން ބޭނުން މީހެއް.

      54
      2
      • ނަބީ

        އެމްޑީޕީ ކަސްބީ އަންހެނުންވެސް ބޭނުންވާ މީހެއް

        8
        1
        • Anonymous

          ދެން އޮތީ މަކަރާ ހީލަތް ހެދުމުގެ ބުރު.

    • Anonymous

      މަޝްހޫރު ވުމެއްވެސް ނޫން އެކަނި އެއަށްވުރެ ބޮޑަށް ދަހިވެތި ކަމާއި މަކަރުވެރި ކަމާއި ކާފިރު ކަން

      11
      1
  3. ބލިމގ

    ޢަނގަ އޮތިއްޔާ ކާޅު ނުކާނެއޭ ބުނާތީ އަދު އަހަން؟

    64
    2
    • ޢައިޝަތު

      Ìބޮޑު ޖާހިލު... މަލާމާތްކުރުން ދީނުގައި އޮވޭތަ؟

      43
      3
  4. ހގފދގ

    ﷲ މަތިން މި ހަނދާންވަނީ ތިމާއަށް ނިކަމެތިކަމެއް ލިބުމުން. ތިކަހަލަ މުނާފިގުން ފާޅުވަނީވެސް ދެރައެއް ލިބޭހިނދު.

    51
    2
  5. އިބްރާ

    ްއިޔާޒް ހެޔޮ ނުވާނެ ކަލޭ ދެން ހަނު ހުރުން ކިހިނެއް ވާނީ މިހާރު ޤައުމަށް އޮތް މުސީބާތަކަށް ކަލޭ ވެއްޖެ

    62
    2
  6. jaaaan

    kaley thi vhk nubunyyas evaru engey

    26
    1
  7. Anonymous

    މަކަރު ހަދައިގެން ނޫން ގޮތަކަށް ދެވަނަ ބުރުގައި މޮޅެއް ނުވާނެ. ރާއްޖޭގެ ރައްޔިތުން ތިބީ ޕީޕީއެމްގެ ފިކުރަށް ތާއީދުކުރާ ޙާލުގައި. ދިވެހިން ބޭނުންވަނީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާނެ ވެރިއެއް. އިންޑިއާ އަށް ޤައުމު ނުދޭނެ ވެރިއެއް. އެކަމަކު އިންޑިއާ ވެސް ހިމެނޭ ގޮތަށް ދުނިޔޭގެ އެހެން ޤައުމުތަކާ ވެސް ގުޅިގެން ޤައުމު ހިންގާނެ ވެރިއެއް.

    58
    2
  8. އއ

    ދެވަނަބުރުގައި ކާމިޔާބުވާނެކަމަށް ލިޔުއްވާނެކަން ކަލެއަށް އިނގޭތަ؟ އެ އެތި މީހުންގެ ބޮލަށް ވެއްދޭތޯތަ ތިޔަމަސައްކަތްކުރަނީ؟ ކަލޭތީ ހާދަ ނުލަފާމީހެކޭދޯ. ބަލަގަ، މަމޮޅު ހެދިގެން ތިޔަކަހަލަ ދެތިންމީހުން އުޅުނަކަސް " ނެތްކަމެއް ތަޤުދީރުގައި ވާކަށް ނުވެސް އޮންނާނެޔޭ، އެއްކަމެއްވެސް ނުހިނގައޭ ތަދުބީރު ކުރެހި ޕުލޭނަކުން " މިއީ އެންމެންވެސް ދަންނަ ޙަޤީޤަތެއް.

    50
    1
  9. ޜައްޔިތުމީހާ

    ދިވެހި ރައްޔިތުންގެ މެޖޯރިޓީ.ބުނަނީ މިވެރިކަމައް .ތާއިދުނުކުރާކަމުގަ

    49
    2
  10. ސުވާލު

    ދެވަނަބުރުގަ ހޮވެން ލިޔއްވާފައެބައޮތްތޯ މީހްނެ ހިތުގައިވާކަންކަންވެސް އިނގޭކަމަށް ބުނާ އިމްރާނު ކައިރީ އަހަންވީނު

    40
  11. Anonymous

    އެހެންވެތޯ ވާގިވެރިވާން ޓްވިޓާއިން ގެއްލުނީ.
    ޤައުމީ ލޯބި ދީނީ ލޯބި ހުންނަ މީހުން ނުރުހޭނެ. މިކަލޭގެއަށް އޯކޭ ގެރިމޯދީ ހިތުހުރި ގޮތެއް މިތަނަށް ހެދިޔަސް. ބަލަ މީބޮޑުތަކުރުފާނުގެ ޤައުމޭ. ޙައްޖުކޯޓާ އިތުރު ވާނެ ދެން

    36
  12. ާާާޟޫޫޫޙާ

    މީ ދެން ކިހާ ދެރަކަމެއް.

  13. ގަެުމުދެކެ ލޯބިވާ

    ﷲ މަތިން މި ހަނދާންވަނީ ތިމާއަށް ނިކަމެތިކަމެއް ލިބުމުން. ތިކަހަލަ މުނާފިގުން ގެބަސް އިބޫ އެހުން އެއީ ލިބުނު ނާކާމިޔާބަކީ އިރާދަ ކުރެއްވިޔާ ދެންވެސް ކާމިޔާބެއް ނުދެއްވާނެ

  14. ހިޔާލޫ

    އިޔާޒޫ ފުރަތަމަ، ކުރިން ބުނި އެތި ކެންސަލް ކުރަންވީނުން

  15. އަހްމަދު

    56 ޕަސެންޓުން ކާމިޔާބު ކުރާނެ ވާހަކަބުނީ އެގޮތަށް ލިއުއްވާފައި އޮތްކަން އޭރު އެނގިގެންދޯ؟ ލަދުހަޔާތްކުޑައީވެސް ދެން ވަކިވަރަކަށްނޫންވިއްޔާ.

    13
  16. އަޑިކޮންނަ

    ކަލޯ އަޑުއެހީމުތަ ސޭކު އިމްރާނު އިންސާނކަށް ސަޖިދަޖަހަންޏާ އިބްރާހިމްބެއަށް ސަޖިދަ ޖަހާނަމޭ ބުނިއަޑު. މިފަދަ ކަންކަން ރަނގަޅުކޮށްލާފައާދޭ އޭރުން ކަލޭގެ ބައްޕަވެސް ކަލެޔާއެކު އަންނާނެ.

  17. Anonymous

    ތި ނޫނީ މިއިން ޒަމާނެއްގައިވެސް ރަނގަޅު ބަހެއް ބުނިކަމެއް އެނގިފަ ނެތް. މޮޔަކު ބުންނަސް ރަގަޅު ބަހެއް ވާނީ ރަގަޅު ބަހަކަށް.!

  18. ޗޯޗީޗަރު

    125000 ވޯޓް ގަންނަން ލާރި ނުލިބުނީތަ

    • ޔަޤީން

      އިންޝާ އައްލާ ދެވަނަބުރުގަ މުއިއްޒުއަށް ކާމިޔާބު ލިބި މި މީހުންގެ ކިބައިން ސަލާމަތްވާނެ! ވޯޓްނުލާ ތިއްބެވި ފަރާތްތައް ހޯދައި އެބޭފުޅުންގެ ވޯޓް ހޯދުމަށް މުއިއްޒު މަސައްކަތް ކުރަމާތޯ؟

  19. ކިޔުންތެރިޔާ

    އެއް ބުރުން ޑރ. މުޢިއްޒުއަށް 100،00 ވޯޓު ލިބިވަޑައިގަންނަވާނެކަން ލިޔުއްވާފައި ވާކަން އިއްޔެ ހާމަވެއްޖެ. ކިޔުންތެރިޔާ

  20. އަލީ ޒައިދު

    މީނާ ހީކުރީ ކުރިން ލިއުއްވާފަ އޮތީ އެއްބުރުން ހޮބޭނެކަމަށޭޥޭ

  21. އަލްމަދަނީ

    ޢިޔާޝް އެވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް. ތަގްދީރުގައި ލިޔުއްވާފައިވާ ގޮތަށް މިފަހަރު މިދިޔައީ. ދެވަނަ ބުރު ވެސް ދާނީ ތަގުދީރު ނިޔާ ކުރާ ގޮތަކަށް. އިންޝާﷲ ޑރ މުޢިއްޛު

  22. މަސަު

    ބީރުމީހެއް ގޮވާއަޑު ނީވޭތީ އެއްބުރުން

  23. މާސްޓަރ

    މާތް ރަސްކަލާނގެ ދެކެދެނެވޮޑިގަންނަވާނެ، އިބޫ ފްލެޓް ހައްގުވާ މީހުން ކަޓުވައިލައިފި ، މަޖިލިސް މެެންބަރުން ބޭނުންވާ މީހުންނަށް ފްލެޓް ދިންކަން.
    - ކޮތަރު ކޮއްޓޭ ބުނެ، އެތަން ތަޅާލަން އުޅުނުކަން.
    - ދިފާއީ ބާރުގެ ވެރިއަކަށް ހުރި މީހާ އަކީ ގާނޫނު އަސާސީ މައްޗަށް ފައިންއަރާފައި ހުރި މީހެއްކަން.
    - އިސްލާމިކް މިނަސްޓަރަށް ފިޑި މީހެއް އައްޔަންކޮށްފައި، އޭނަ އަކަށް އެއްވެސް އެއްޗެއް ނުބުނެވޭކަން.

  24. Anonymous

    ޢަދާލަތުގެ ލީޑާޝިޕް ގޯސްހަދާފައި ވާކަމާއި ލީޑާޝިޕް އިސްލާހުކޮށް ބަދަލް ކުރަންޖެހޭކަމަށް ގިނަ ރައްޔިތުން ދެކޭ، ޢަދާލަތު ޕާޓީގެ ލީޑާރޝިޕަކަށްވެސް އަބަދު ގޯސްހަދަހަދާ ނުތިބެވޭނެ، ދިވެހިރައްޔިތުން ވަނީ ގޯސް ހެއްދެވީމާ ރައީސް މައުމޫނު ނަޝީދު ، ވަހީދު ޔާމީނު ދުރުކޮށްފައި، އަދި ސޯލިހާއި ޢިމުރާން ވެސް ދުރުކުރާނެ 😆