ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ގޮތެއް ނިންމައިފިއެވެ.

ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރަން މަޖިލިހުގެ 54 މެމްބަރުންގެ ސޮޔާ އެކު، އެމްޑީޕީން އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ހުށަހެޅީ މިދިޔަ ޖޫން މަހުއެވެ.

އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް އެއް ފަހަރާ ހުށަހެޅުމުން އެކަން ކުރިއަށް ގެންދިއުމުގައި އޮތީ ހުރަސް އެޅިފަ އެވެ. އެއީ މަޖިލީހުގެ ގަވައިދު ބުނާގޮތުން ރައީސް މަގާމުން ވަކި ކުރާއިރު ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނާއިބު ރައީސްއެވެ. އަދި ނާއިބު ރައީސް ވަކިކުރާ އިރު ރިޔާސަތުގައި ހުންނަވަން ޖެހޭނީ ރައީސްއެެވެ.

ހަމަ އެހެންމެ އީވާ ރިޔާސަތު ބަލަހައްޓަން މިހާރު އުޒުރުވެރިވާ އިރު ރައީސް ނަޝީދުވެސް ދޭތެރެ ދޭތެރެއިން ރިޔާސަތު ބަލަަހައްޓަން ދަނީ އުޒުރުވެރި ވަމުންނެވެ. އެހެންވެ ރިޔާސަތު ބަލަހައްޓާނެ މީހަކު ނުވެގެންވެސް މަޖިލިސް ކުރިއަށް ނުގެންދެވި ދުވަސްތަކެއް ދިޔައެވެ.

މަޖިލީހުގެ ޖަލްސާއެއް މިދިޔަ ހަފްތާގައި ނުބޭއްވި އިރު މާދަމާއަށް ވަނީ ޖަލްސާއެއް ވަނީ ތާވަލުކޮށްފައެެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން ކުރިއަށް ގެންދާނީ ރައީސް ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމެވެ.

އެޖެންޑާގައި އެގޮތަށް އޮތަސް އެގޮތަށް ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އެއީ މިފަހަކަށް އައިސް ޖަލްސާތަކުގައި ކިތަންމެ ދުވަހަކު އަޑު ގަދަކުުރުމާއެކު، ކުރިއަށް ނުގެންދެވި ހުދު ނަޝީދު ވެސް އެޖެންޑާއާ އެއްގޮތަށް ޖަލްސާތައް ކުރިއަށް ނުގެންދާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ނަޝީދު ވަކިކުރިޔަސް ނަޝީދަށް ތާއީދުކުރާ ވިއްސަކަށް ހާސް މީހުން މިގައުމުގައި އުޅޭނެ ކަމަށް ލަފާކުރެވެއެވެ. އިއްޔެ އިލްޔާސަށް ވޯޓުލީ އޭގެތެރެއިން ފަނަރަ ހާސް މީހުންނެވެ. އެއީ މިހާރު އެކްޓިވްކޮށް އުޅޭ ފަނަރަ ހާސް މީހުންނެވެ. އަނެއް ފަސް ހާސް މީހުން ވަނީ ސިޔާސީ އެހެން މީހުންގެ ފަހަތަށް އެރުމުގެ ވިސްނުމުގައި ދެފެންދޭތެރޭގައެވެ.

  2. Anonymous

    ބަލަގަ ގާނޫނުއަސާސީގަ އެބައޮތްނޫންތޯ ރައީސާއި ނާއިބްރައީސަށް ،މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެންނެތް ހާލަތުގަ އެކަމަށް މަޖިލީހުގެ ގަވާއިދުގަ ގޮތެއް ކަނޑައެޅިފަ އޮންނަންޖެހޭކަމަށް. މަޖިލީހުގެ ގަވާއިދަށް ބަދަލުގެނައުމުގެ ކުރިން އޮންނަނީ ރައީސާއި ނާއިބު ރައީސް އަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރި ވެއްޖެނަމަ މެދުނުކެނޑި މަޖިލީހުގެ މެމްބަރުކަމުގަ ހުރި އެންމެ ދުވަސް ވީ މެމްބަރުން ތަކަުގެތެރޭން ބޭކަލަކު އޮޓަމެޓިކުންއާދެވޭގޮތަށް .ނަސީދު މަޖިލީހަށް ވެރިވެފަ ނަސީދު ބުނާމީހަކަށް ނޫނީ ނުބެލެއްޓޭގޮތަށް މަޖިލީހުގެ ގަވާއިދުގަ އޮތުން ގާނޫނުއަސާސީއާއި ހިލާފު ވޭ، ގާނޫނުއަސާސީގަ ބުނާގޮތުން ގާނޫނުއަސަސީއާއި ހިލާފުވާ ގޮތަށް ހެދޭ ކޮންމެ ގަވާއިދެއް ބާތިލްކުރުމުގރ ބާރު ކޯޓްތަކަށޤ ލިބިގެންވޭ. ވީމާ ތިޔަ ގަވާއިދަށް ހައލުގެނައުމަށް ކޯޓަށް ނުގޮސް ތިޔަ ތިއްބަވަނީ ކީއްވެބާ؟ފަހަރެއްގަ އަފްރާސީމާޢި ރިޒްވާނުގެ މަތިން ހަނދުމަވާތީ ދާން ނުކެރެނީކަމަށް ވެދާނެ.

  3. ޓިނު

    އެއްކަމެއްވެސް ނުވާނެ ހަޅޭލަވަލަވާފައި ޖަލްސާ ނިންމާލާނެ.