ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެއްވޭނެ ގޮތް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ވިދާޅުވެއްޖެއެވެ.

ސަރުކާރުން އުއްމީދުކުރި ގޮތާ ހިލާފަށް އިންތިހާބު އެއްބުރުން ކާމިޔާބު ނުކުރެވުނުއިރު، ރައީސް ސޯލިހުގެ މައްޗަށް އިންތިހާބުން ކުރި ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46 އިންސައްތަ އާއެކީގައެވެ. އަދި އެމްޑީޕީ ކޯލިޝަންގެ ކެނޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ލިބިވަޑައިގެންނެވީ 39 އިންސައްތައެވެ.

ގިނަ އަތޮޅުތަކުން ވެސް މި ފަހަރު ކާމިޔާބު ހޯއްދެވީ މުއިއްޒުއެވެ.

އެހެންވެ އެމްޑީޕީއަށް ބޮޑު ނާކިޔާބީއެއް ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ހުދު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އަދި ރައީސް ސޯލިހު ވެސް ވިދާޅުވީ މި ފަހަރު ނުކުތީ އުއްމީދު ކުރި ނަތީޖާއެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގަބޫލުކުރައްވާ ގޮތުަގައި އިންތިހާބުގެ ފުރަތަމަ ބުުރު ރައީސް ސޯލިހުއަށް ނާކާމިޔާބުވީ އެމްޑީޕީ ބައިބައިވުމުންނެވެ.

ނަމަވެސް މަވޯޓާ މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ކޮންމެވެސް ސަބަބަކާ ހުރެ ގިނަ އަދަދެއްގެ މީހުން ވޯޓު ލާން ނުނިކުންނަ ކަމަށެވެ.

"އެކަންކަން ބަލާ އިސްލާހުކުރީމަ އެމްޑީޕީއަށް ދެވަނަ ބުރުން ކާމިޔާބު ކުރެވޭނެ."، މަވޯޓާ ކުރެއްވި އެކްސްގައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ސޯލިހާއި މުއިއްޒުވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި ކޯލިޝަން ހެދެން އޮތް ފަރާތްކަކާއި ކޯލިޝަން ހެދުމަށް މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޢަލިފް

    4

    57
    8
  2. ހުސޭނުބޭ

    ޗޯރެޭއަށް 2 ވަނަ ބުރު ކާމިޔާބުކުރެވޭނެ އޮތީ އެންމެ ގޮތެއް. އަވަހަށް ތިތަނަށް އީސީ ވަގު ޝަރީފް ގެނޭ! ވޯޓުން ވައްކަންނުކޮށެއް ޗޯރޭއަށް އިތުރު ވޯޓެއް ނުލިބޭނެ!

    81
    9
  3. ޙާމަ

    މީހުން ވޯޓްލާން ނުނިކުތީ ވީ ފޫހިން. ޢެންމެ ފަހުވަގުތު މިިނިސްޓަރ އަސްލަމް ރައްޔިތުން އަށް ކަނޑު ފަޅުން ގޯތި ދިނުމުން...އަނެއްކާ ބޮޑު އަގުގައި އެއްބަޔަކައް ހުޅުމާލޭ ފޭސް 2 އިން ގޯތި ވިއްކާފަ އަނެއް ބައިމީހުނައް ހިލޭ ފޭސް 2 އިން ބަހާލުމުން...

    91
    6
  4. ޜައްޔިތު އަހުމަދު

    ޥޯޓްލާން ނުދިޔަ މީހުންގެ %80 އަކީ އެމްޑީޕީ އިން ލާރިދީފަ އައިޑީ ކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސް ހިފެހެއްޓި މީހުން. ޢެކި މުހުތާދު ތަކުގައި ތިބި މީހުން މީގެން ގިނައީ. ޚާއްސަ ކޮށްް މުޢިއްޒަށް ވޯޓް ދީފާނެ ކަމަށް ބެލެވޭ މީހުން. ޢެމީހުންނަށް އެހެން ނުހެދިނަމަ 1 ބުރުން މުޢިއްޒަށް މިކަން ނިމޭނެ. މީ ފާޅުގައި ހިނަގާފަ ހުރި ޖަރީމާ. ފައްޔާޒުގެ ހިސާބުތަކުން ވޯޓްލާ މީހުންގެ %20 މީހުންގެ ވޯޓްލުން ހިފެހެއްޓިއްޖެ ނަމަ ރައީސް އިބްރާހިމަށް ކާމިޔާބުު ވާނެ. ޢެހެންވެ ކުރި ކަމެއްމީ. މަވޯޓާއަށް ސާފުވެއްޖެ ކަމަށް އުއްމީދު ކުރަން. ޥަރަށް ވެދުުން.

    89
    8
  5. އަހްމަދު

    މަގޭ ވޯޓާ ރައްޔިތުން ސޯލޭއައް ވޯޓުނުދިނީ ރާއްޖެ އަޅުވެތިކަމެއްގެތެރެއައް ވައްޓާލާފައޮތީމަ މަގޭވޯޓާއައް އެކަންނޭގުންއެއީ މަގޭލަމެއްނޫން ކިތަންމެ އެހީއަކާ ލާރިއެއްދިނަަސް ބޭރުބައެއްގެ ނުފޫޒުފޯރުވުމަކީ ރައްޔިތުން އެދޭގޮތެއްނޫން މިކަންމަގޭ ވޯޓާއައް އެގެންވީ

    75
    5
    • ކުޑަހެންވޭރު ދަރި

      Ìލާރި ބެހީ ކޮންބައެއްކަން އަދި އެނގަެން. ގޭންގުތަކަށް ފައިސާ އެޅިމީހުން އަދި ފަޅާ އަރާނެ.

      14
      0
  6. ގދ. ޙަވަރު ތިނަދޫ ސިޓީގެ މޭރު

    ކަލޯ ވޯޓުނާޅާ ތިބި އެންމެން ވޯޓުއެޅިމާވެސް 30000 ހަމަނުވެއޭ ދެން ކިހިނެއްތޯ؟ ލާރި ބެހީމާވެސް ވީވަރުތިއީ ދެންތިބީ ލާރިދޭނަމޭ ބުނެ ލާރި ނުލިބުނީމާ ވޯޓުއަޅަން ނުދިޔަ ކުދިންކޮޅެއް. ޢިބޫ ލޮލުގާ އަދުން އަޅުވާފަ ލާރުގަނޑު ކާލީ ރައްރަށުގެ އެޖެންޓުން އިގިއްޖޭ. ކަލޯ އަށް "މަވޯޓާ" އޭނަމަކަށް ކިޔަސް އެއްވެސް އިންތިހާބީ ވޯޓުގައި ތިއީ އަހަރުމެންކަިރީގަ ހަމަ ބޯއީއެއް ސާފުވެއްޖެތަ. ފުރަތަމަ ބުރުގައި ބަހަން ދިންލާރުގަނޑު ދެން ހަދާން ނައްތާލާ

    56
    5
  7. އީވާ

    މިކަހަލަ ސުންޕާ މީހުނާ ހެދީ ފެއިލްވީ، އަނބިދަރިން އެމްބަސީ ތަކުގަޔާއި މާލޭން ގޯތި ލިބުނު އިޔާޒު ކަހަލަ އަނގަ ވިހަ ދޫވިހަ މީހުން ބަސް ބުނަން މިހާރު އެމް.ޑީ.ޕީ މެމްބަރުން ބޭނުންނުވޭ!!!!

    39
    1
  8. ބޮކި

    ކަލޯތިކަހަލުގެ ވަގުން ބަސް އަހާނީ ކާކުތަ؟އެމްޱީޕީ ހަލާކުކުރި ވަގުންގެ ތެރެއި އެއް ވަގުތީ؟ތީ.

    36
    0
    • އެދުރު

      ައަސްލު މަވޯޓާރ ރޮޒައިނާމެންގެ ހުންނަގޮތްތަކުން އެމްޑީޕީއަށް ވޯޓު މަދުންންލިބުނީ މިމިހުންނަށްހީވަނީ ހިތަށް އެރިހާއެއްޗެއް އަމިއްލަ އެދުމަށްޓަކާ ގޮވިޔަސް މިހުން ބަލާނުގަންނަކަމަށް ރައްޔަތުން ތިބެނީ ބަލަން ވޯޓާހަމައަށް ދިޔުނުން އެކަންދައްކާނެ

  9. އަޖައިބެއް

    79% ވޯޓުލީކަމަށް އިލެކްޝަނުން ދައްކަނީ. އާއްމުކޮށް ވޯޓަށް ނުކުންނަނީވެސް 80 -82 ވަރު. މިދިޔަފަހަރު 90 ނުކުތީ. ދެންކޮން މަދެކޭ ތިކިޔަނީ. ދެވަނަބުރުގަ މަކަރެއް ނުހެދޭނެ 100% ލިޔޭކިޔާފަ.

    16
  10. ޙަސަނު

    ޙުރިހަަ އެންމެންނަކީ ވެސް މުހިއްމު ބައެއް ކަމަށް ބަލާ، ޖަލުތަކުގައި ތިބި މީހުންގެ ވެސް އުއްމީދެއް އެބައޮތް

    14
  11. ކާސިންބެ

    ފުލުހުންނާއި ސިފެންގެ ފުލެޓެއް ނުނިމޭ އަދި
    މުސާރައައް ކުރިއެރުން ލިބޭނެ ވާހަކަ ބުނެފަ އެކަން ވެސް ނުވޭ
    ޕުރަމޯސަން ވެސް ނިލިބޭ
    ވިކަން ވާނަމަ ބޮޑުތަނުން ވޯޓުލިބޭނެ

    7
    5
  12. ކޮއްޔާ

    ތިމަރަފުށީ ވޯޓްވަވު އީސީޝަރީފް ތިބުނާ ހައްލަކީ // އެބެނަސް މިފަހަރު މުއީޒު //

    15
  13. ޕޮގުބާ

    ބުރާނޗާ ވޯޓްނުލާތިބިމީހުންނަކީ ހުސް އެމްޑީޕީ މީހުންތަ

    15
    2
  14. ޟމ

    ވަގަށް ނޫން ގޮތަކަށް ނުނެގޭނެ

    18
    1
  15. މުއުތަސިމު

    ސަބަބު ވަރަށް ސާފު! އިބޫ އަދި އިބޫގެ ކައިރީގައިތިބި މީހުން ހީކުރީ ބާރުއޮތީމައި ހުރިހާ ކަމެއްވެސް ކުރެވޭނެކަމަށް! ފައިސާގެ ދަޅަ، އެސްއޯ ފުލުހުންގެ އަނިޔާ، ސަރުރުކާރުގެ ވަސީލަތް ބޭނުންކުރުން، އިބޫ ނުކިޔައިހުރިކަން، ވާދަވެރިޔާއަކީ ކިޔަވައިގެންހުރި ތަޖުރިބާ ކާރަކަށްވުން! މީ ސަބަބުތަކަކީ ދެވަނަ ބުރުގައިވެސް އިބޫއަކަށް ކުރިއެއްނުލިބޭނެ! މަވޯޓާއަކަށް އެކައްޗެއްވެސް ނޭގޭ މިނައަށް އެގޭނީ ކާކާ ލައްވަން!

    19
  16. ނަނަނަ

    ނުނިކުތް މީހުން ނުނިކުތީ އޑޕ އިން އެމީހުންގެ އައިޑީކާޑް ގަތީމަ. އެމީހުން ނިކުތް ނަމަ އެއީ މުއިއްޒު ވޯޓު. އޭރުން މުއިއްޒު ހޮވުނީސް.

    15
    1
  17. ޗަޕޯޓާ

    މަ ބުނެފާނަން ފޮމިއުލާ. 30 ސެޕްޓެމްބަރުގެ ކުރިން އިންޑިއާ ސިފައިން ބާލަންވީ މި ގައުމުން. އަދިވެސް ނޭންގެނީ؟

    4
    1
  18. ޖޮބޭ

    ހެއްދެވިފަރާތުގެ ބާރު މާބޮޑު އަހަރުމެންގެ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގަންނަވާ ﷲގެ ކުޅަދުންވަންތަކަން މާބޮޑުވާނެއެވެ.
    ޢެދެނީ ޑރ.މުޢިއްޒު މިއިންތިޚާބުގައި ކާމިޔާދެއްވުން.ޙަމްދުކުރަނީﷲ ތަޢަލާއަށް.

  19. ކީކޭ

    ޗޯރޭ އަށް ވޯޓު ނުލިބޭ ބަލި ޖެހުނީ ހިޔާ ފްލެޓާއި ވިނަރެސް ފްލެޓް ގެ ކުލި ކަޑަ އެޅި ހިސާބުން. އަދި ވެސް އަސްލަންޓޭ ގެ ބަސްއަހައިގެން ބޭންޖަހަ ޖަހަ ހުރޭ. މަނަވަރު ތިފެތެނީ