ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ދެވަނަ ލިބުނުނަމަވެސް ހިތްވަރު ދޫކޮށްނުލުމަށާއި ދެވަނަ ބުރުގައި އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް މަސައްކަތް ކުރުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބިފައިވަނީ ދެވަނައެވެ. އެމްޑީޕީގެ މައްޗަށް ކުރި ހޯދާފައިވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒެވެ.

ޔުމްނާ ވިދާޅުވީ ދެވަނަ ބުރު އަދި އޮތީ ކަމަށާއި އެމްޑީޕީ މެންބަރުން ހިތްވަރުކޮށްލާށެވެ. އުފާވެރި އަމާން ރާއްޖެ ގެނައުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށްވެސް ވިދާޅުވިއެވެ.

މި އިންތިހާބުގައި ލިބުނު ނާކާމިޔާބާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ކަންތައް ވެގެން ދިޔައީ އުއްމީދު ކުރި ގޮތާއި ޚިލާފަށް ކަމަށާއި އެކަންތައްތައް ދެވަނަ ބުރުގައި އެކަންތައް ރަނގަޅުކޮށް ވަރުގަދައަށް ކެމްޕެއިން ޖައްސާނެ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ނިކުތް ގޮތުން ކޮންމެ ގޮތެއް ވިޔަސް ބަޔަކާ އެކީގައި ބައިވެރިވާން ޖެހޭނެ ކަމަށާއި އެކަމަށް ޕީޕީއެމުން ވެސް މަސައްކަތް ކުރާނެއިރު އެ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިންތިހާބުގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމިފައިވާއިރު މުއިއްޒު ވަނީ 10،110 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހހހހހހ

    ގޮތްކުޑަ އަންހެނާ، ކަލޭތިއީ މިގައުމުގެ އަންހެނުންމަށް ހުރި ހުތުރެއް. ގައްދާރުން ނިކަމެތިކުރައްވާ މިގައުމު މިނިވަން ދީމިގްރާތީ ގައުމެއްގެ ފޮތުގައި ތާއަބަދަށް ލައްވަވާނދޭވެ. އާމީން

    35
    8
    • Anonymous

      ޭ

    • މޮހޮނާ

      ޙާދަ ވަރަކަށް ޕްރެޝަރު މައްޗަށް ގޮސް ފައޭ ތި ހުރީ

  2. ސުން

    މަންޖެގެ މަގާމް ދިފާއު ވާނީ އެއިރުން ދޯ؟ކީކޭ ބުނާނީ...

    8
    2
  3. އިބްރާހީމްނަޒީމް

    ވަޅުދިޔަހިއްކާ މިނިސްޓަރ

    7
    3
  4. ފާރޫގު

    ލަދުކުޑަކަމުންދައްކާވާހަކަ ކިތައްމެވަރައްފުމުނަކަސް ދެންތިކަމެއްނިވާނެ އަރާދަކުރެއްވީއްޔާތިދޭހިއްވަރުދާނީފޭލިވެގެން
    ލަދުގަންނަންވެގެންތިއަގަހުޅުވަނީ

    7
    3
  5. ހައްވަ

    ފާރިސަށް ތާއީދު ކޮށްބަލަ.

    10
    1
  6. ނަނަނަ

    ކޮބާހޭ ބުރުމާ؟

    7
    1
  7. ރައްޔިތުން

    ގައުމު ވިއްކާ ބަޔަކާ އެކީ އުޅެވޭކަން ހިތަށް އަރާތަ؟ ރިޝަވަތު ދިނުމުގެ އާސްމާނުގަ އުޅޭ ބަޔެއް ތި ސަރުކާރަކީ. އިންޑިޔާއަށް ވިކިހުސްވެފަ.

    9
    2
  8. ނޭޭގެ

    މަންޖެލަދުވެތިި ވެބަލަތިހުރީމިހާރުވެސް އައުރަ ނިވާނުކޮއް

  9. ސީނުކަރަ

    އަމިއްލަ ލެއައް ނެއް ކުލުނެއް ވަކިމިގައުމައް ހުންނާނެހެން ހީވޭތަ ؟؟؟؟؟؟؟

  10. ސޯބެ

    މީނަވެސް އުޅޭ ފާޑު ދޯ؟ބައްޕަޔަށް ވެސް ހުތުރު.މީނަޔަށް ކަރަޕްޝަން ގައުމު ދަރަނިވެރިކޮށް އަޅުވެތިކުރުވިޔަސް އޯކޭ.ބޭނުންވަނީ މަގާމް ދިފާއު ކުރަން.

  11. ދޮން މޮހޮނު

    ޙާދަ ވަރަކަށް ޕްރެޝަރު މައްޗަށް ގޮސް ފައޭ ތި ހުރީ