ޕާޓީއެއް އުފައްދައިގެން ތިން މަސް ތެރޭގައި ނުކުމެ އެމްޑީޕީ ބަލި ކުރެވިއްޖެ ކަމަށް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެއްވަނަ ލިބިފައި ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ ތިން ވަނަ ހޯދައިފައެވެ.

އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އާއި އަމްރު ބޭއްވި ހަވީރު ސައި ފޮދުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، އެމްޑީޕީން ވަކިވެދާނެ ކަމަކަށް މީގެ ތިން އަހަރު ކުރިން އެއްވެސް މީހަކު ހިތަކަށް ނާރާނެ ކަަމަށެވެ. އަދި ސިޔާސީ ޕާޓީއެއް ހަދާފާނެ ކަަމަށް މީގެ ހަތް ވަރަކަށް މަސް ކުރިންވެސް އެއްވެސް މީހަކު ހިތަކަށް ނަރާނެ ކަަމަށްވެސް އަމްރު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބަކަށް އެ ޕާޓީން ނުކުމެދާނެ ކަމަށް އެއްވެސް ވަރަކަށް ހިތަކަށް ނާރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަށްރަށަށް ދަތުރު ކުރަމުން ދިޔައީ، އަޅުގަނޑުމެންގެ ހުރިހާ ޓީމްތަކަކުން ހުރިހާ ރަށަކަށް، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެންގެ ކެމްޕެއިން ޓިމެއް ވަރަށް ގަދަކޮށް އޮތްތަން، އަޅުގަނޑުމެންގެ އެންމެ ކުރީއްސުރެ އޮތް ޓީމްތައް ވަރަށް ބަދަހިކޮށް އޮތްކަން ފެނިގެންދިޔަ، އެކަމުގެ ނަތީޖާ ހަގީގަތުގައި ފެނިގެން މި ދިޔައީ،".

މިގޮތުން ތިން މަސް ތެރޭގައި ސިޔާސީ ޕާޓީއެއް ހަދައިގެން، ކުރި ކެމްޕެއިނަކުން މުޅި ދައުލަތް ބަލިކޮށްފައިވާ ކަަމަށް އަމްރު ފާހަގަކުރެއްވިއެވެ.

"ޕާޓީއެއް ރަޖިސްޓްރީކޮށްގެން ނުކުމެ، ރިޔާސީ އިންތިހާބެއްގައި ވާދަކޮށް، މިވަރު ކާމިޔާބެއް ހޯދުމަކީ މީހުންނަށް ހަގީގަތުގައި، ވަރަށް ބުނެލައިފިއްޔާ ގަބޫލު ކުރެވޭނެ ކަމެއް ނޫން، ފެނިއްޖެއާ ނޫނީ". އެ ޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ހަސަން ލަތީފާއި ޕާޓީގެ މެންބަރުންނާއި ކެމްޕެއިން ޓީމްތަކަށް ޝުކުރު ދަންނަވަމުން އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގައި މިހާރު ގަދަ ބަޔަކު ނެތް ކަމަށާއި، ގަދަ މަޖިލީސް މެންބަރުން ތިބީ އެ ޕާޓީގައި ކަަމަށްވެސް އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ިސސެޔ

    ކެމްޕެއިން ޓީމްތަކަށްޝުކުރުދަންނަވަން

    16
    3
  2. ފައިސަލް

    ޢަދުރޭ ޔުނިވާސިޓީގެ ދަރިވަރެއް މިހުރީވެސް

    18
    1
    • ޙަސަން ބާޤިރު

      ކޮބާ އެކަނޑާލާފަ ކަމަށްބުނި ސާޅީސްހާސް މެމްބަރުންގެ ވޯޓް. ފުއާދު ހަނދާންނެތި އެ އަދި ނުގުނަނީތޯއްޗެއް

      6
      5
  3. ރައްޔިތުން

    ގަމާރު ބައެއް ތީ. ރައްޔިތުންނަކަށް ނޯޅޭ ތީ ހަމަ ޔެލޯ މޑޕގެ މީހުންކަމެއް

    10
    7
  4. ސަރަގު

    ރައީސް ނަޝީދުގެ ހިޔަނީގައި ތިބެގެން ނިކުމެ އަތަށް ގޮވައި ފަޟީހަތްވީމަ އަދިވެސް މައިތިރިވެގެން ތިބެބަލަ. ސިޔާސީމައިދާނުގައި ފައިހަމައެއްނުކުރެވުނު. ތިއީ ޅަދެކުދީންނޭ ދިވެހިން ބުނެފި. ބޮޑުވެ ފުރާފުރިހަމަވަންދެން ގެއަށްވަދެ ތިބުން މާ ބުއްދިވެރި

    11
    7
  5. ސަރުދާރު ދޮންބެ

    އަސްލު ހަގީގަތަކީ ޑެމޯ މީހުން ހީކުރި ވަރަކަށް ނެތް އެމީހުންނަކަށްވެސް ތާއީދެއް. ރާއްޖޭގައި ޕާޓީތަކަށް ނުވަން މީހުން ގިނައީ، އެމީހުން ޕާޓީތަކަށް ނުވަންނަ ސަބަބެއް އެޕާޓީއެއްގެ ހުރިހާ ކަމަކަށް އެއްބަސް ނުވުން. އެމީހުން ވޯޓްލާއިރު ނިންމަނީ އެރޭއްގެ ޗޮއިސްތަކުން އެންމެ ރަނގަޅު ގޮތެއް. ޙާއްސަ ގޮތެއްގައި ވެރިކަމުގައި ތިބޭ ބަޔަކު ކޮއްދޭ ކަމަކަށްވުރެ ހަދާ ގޯސްތައް ސިކުނޑީގައި ހަރުލާ އޭގެ އަސަރު ވޯޓަށްކުރޭ.

  6. ޢެފް

    ކަމެއް ކުރެވުނު ކަމަށް ވާނީ ތިއެންމެން ވެގެން އިބޫ ޥައްޓާލިއްޔާ އިބޫހީކުރައްވާ ގޮތުގައި ދެވަނަބުރުން ހޮވޭނީ އިބޫ އެމީހުނަށް ހީވާކަހަލަ ތިޕާޓީ ގުޅޭނީ އެޕާޓީއާކަމަށް އެހެންނަމަވެސް ތިޕާޓީ ނިކުތީ އިބޫވެރިކަމުން ވައްޓާލަންކަމަށްވާއިރު އެޕާޓީއާއި ގުޅުމަކީ ލަދުވެތިކަމެއްތާއެވެ!

    5
    2