މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ތަރުޖަމާން މަގާމުން އަހްމަދު ޝަމްއޫން އިސްތިއުފާ ދީފިއެވެ.

ޝަމްއޫން އެ ޕާޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޕާޓީގެ މެންބަރަކަށްވެ ސްޕޯކްސްޕާސަންގެ މަގާމާއި ހަވާލުވީ އެކި ފަހަރުގެ މަތިން އެ ޕާޓީގެ ރައީސް އަހްމަދު އަދީބުގެ އެދިލެއްވުމަށެވެ. އެގޮތުން އޭނާ އަދީބުގެ އެދުމަށް އިޖާބަދީފައިވަނީ މާޒީގައި އެކުގައި ކުރެވިފައި ހުރި ވަރަށް ބޮޑެތި އަގުހުރި މަސައްކަތްތަކުން އަދީބަށް ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ވަރަށް އިހްލާސްތެރި މަގްސަދެއްގައި ކަމަށްްވެސް ބުންޏެވެ.

އެހެން ނަމަވެސް ވޭދުވެދިޔަ ދުވަސްތަކުގައި އޭނާއަށް އިހްސާސް ކުރެވުނީ އެމްޓީޑީގެ ކަންކަން އެތުރި ހިނގަމުން ދިޔަ މަގަކީ މިޒާޖާވެސް ނުބައްދަލު ގަބޫލްކުރާ އުސޫލުތަކާ ހަމަތާވެސް ވަރަށް ހިލާފް ކަންކަމެއް ކަމަށް ޝަމްއޫންގެ ސިޓީގައިވެއެވެ.

" އަޅުގަނޑު ގިނިކަންޏާ ހުންނަން ޖެހުނު ކަމުގައިވީނަމަވެސް އަޅުގަނޑު ގަބޫލްކުރާ ހަމަތަކާއި އުސޫލުތަކާއި އަދި ހުދޫދުތަކާއި ތައާރަސުވާ ކަމެއްގައި ދެމިހުރުމަކީ އަމިއްލަ ނަފްސަށް ވެވޭ ބޭއިންސާފެއްކަމުގައި ގަބޫލް ކުރަން. އަދުލު އިންސާފާއި ހައްގަށް ވަކާލާތު ކުރުމުގައި ދުވަހަކުވެސް ފަސްޖެހިފައި ނުވާނެ. އަދި ކުރިއަށް އޮތް ތަކުގައިވެސް ފަސް ނުޖެހޭނަން.". ޝަމްއޫން ސިޓީގައި ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އިސްލާމީ އުސޫލުތަކާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އަމްނަށް ބުރޫއަރާފަދަ ނުރައްކާތެރި ފައްތަރެއްފައި ގައުމުގެ ހާލަތު އޮތް ހިނދެއްގައި ގައުމުގެ ދުލުން ގޮވާ ގޮވުމަށް އިޖާބަދިނުމަކީ ދިވެހި ލޭ ހިނގާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކޮންމެހެން ވެސް ކުރަން ލާޒިމު ކަމެއް ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެމްޓީޑީގެ ތަރުޖަމާނުގެ މާގާމުން އިސްތިއުފާދީފައިވާ ކަމަށާއި އެ ޕާޓީގެ ރަޖިސްޓްރީން އޭނާގެ ނަން އުނިކޮށްދިނުމަށް ސިޓީގައި އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާނާ

    އަދީބަކީ ފައިސާގެ ދަހިވެތިކަމުގެ މަޅީގައި ރަނގަޅަށް ޖެހިފައިވާ ފާސިދެއް އެމްއެމްޕީ އާރުސީގެ ބިންގާކަމަށް އެންމެން ވެސްގޮވާއަޑުއަހަމު

  2. ެ

    ޕީޕިއެމް އިން ޔާމީނަށް ވަގަށް ގޮވި ޤައްދާރު ކައިރި ނުކުރާތި

    • މުންޖިޗޭ

      ވަގަށްގޮވި މީހާ ދުރަށްލުމަށްވުރެ، އެމީހާގެ ދުލުން ބޭރުކުރި ބަހަކީ ދޮގެއްކަން ޘާބިތުކުރުން މާރަނގަޅު، ބައެެއް ބޭފުޅުންގެ ނަޒަރުގައި ނުރުހޭ ހުތުރުބަހުން މުޚާޠަބުކުރާ މީހާ ގާތްކުރުމަކީ ދަށްކަމެއް، އެހެނަސް މަގޭނަޒަރުގައި އެމީހާ ގާތްވާން ހުރިއްޔާ ގާތްކޮށް، ކުރިން ބުނި ބަހަކީ ޙަޤީޤަތެއްނޫންކަން ޘާބިތުކޮށްދިނުން ބުއްދިވެރި، އެހެނަސް އިތުބާރުކުރާ މިންވަރު ތަންކޮޅެއް ދަށް ރޭންޖެއްގައި ބޭއްވުން މުހިންމު.