މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ނާކާމިޔާބީއަށް ފަހު ދެވަނަ ބުރަކާއި މެދު ނިންމާނެ ގޮތަކާއި މެދު އިއުލާނު ކުރާނެ ކަމަށް ޖުމުހޫރީ ޕާޓީއިން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ވޯޓު ގުނަން ފެށުމުން އެންމެނަށް ވެސް ހަރިކާންކަމެއް ލިބުނީ ކުރިން ތިން ވަނައިގައި އޮންނަ ޖޭޕީ ފަސް ވަނައިގައި އޮތުމުންނެވެ. ޖޭޕީއަކީ ރާއްޖޭގެ ރިޔާސީ ރޭހުގައި އަބަދުވެސް ކިންގް މޭކާގެ ގޮތުގައި ގިނަ ބަޔަކު ދިޔައީ ގަބޫލްކުރަމުންނެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް އިންތިހާބުން ލިބިވަޑައިގެންނެވީ 5387 ވޯޓެވެ. އެއީ 2.47 އިންސައްތައެވެ.

އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު މިއަދު ޖޭޕީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އަށާއި އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމަށް ތާއީދު ކުރައްވައި ވޯޓުދެއްވި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށާއި ކެމްޕޭނުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމަށެވެ.

އަދި ރިޔާސީ ރޭހުގައި ވާދަކުރައްވައި ކާމިޔާބީ ހާސިލް ކުރެއްވި ބޭފުޅުންނަށް ޖޭޕީގެ ފަރާތުން ވަނީ މަރުހަބާ ކިޔާފައެވެ.

ޖޭޕީއިން ބުނެފައިވަނީ ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ގައުމުގެ އިސްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

" ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިގްތިސޯދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެ ޕާޓީ ދެމިއޮންނާނޭ ކަމުގައި ދަންނަވަން އަދި މިވަގުތު ގައުމުގެ މަސްލަހަތަށްޓަކައި އިންތިހާބުގެ ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިއުލާން ކުރާން." ޖޭޕީއިން ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަހަތަށް ޖައްސާލައި އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓަށް ވެފައެވެ. މުއިއްޒު، ލައްކަ އަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު %50 ހުރަސް ނުކުރާތީ، ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގައެވެ.

އިންތިހާބުގައި ތިންވަނަ ހޯދީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރު ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ގާސިމުގެ ދުވަސް ދިޔައީޔޭ،
    ޖޭޕީގެ ޒަމާން ނިމުނީޔޭ.
    ހާސް ކެނޑުމަށް މޮޔަ ގޮވެނީޔޭ،
    ދާސްތައްއު އަރާ ކެކެނީޔޭ.
    ދަންތުރައެއްގައި ޖެހެނީޔޭ،
    އައިސާބީގެ އަޖަލު ހަމަވީޔޭ.
    މަރިޔަނބު ފަސްދީފަ ދިޔައްޔޭ،
    ދުށްހައި ހުވަފެން ބީވީޔޭ.
    ކަތިވަޅި ބިނދި އަވަދިވަނީޔޭ،
    ކޮށި ދަނޑު ވެސްމެ ފަނާވީޔޭ.
    ގާސިމުގެ ދުވަސް ދިޔައީޔޭ،
    ޖޭޕީގެ ޒަމާން ނިމުނީޔޭ.

    13
  2. ހުސޭނުބޭ

    އެންގަނޑު އެއްލަންދެން ބަލަބަލާ އޮންނަ ފެމުނު މިޔަރެއްހެން އެބައޮތީން. ކޯލިޝަން ހަދާމަތިން 10 ފަޅާއި 10 ފަޅުރަށާއި ބަދަލުގެ ގޮތުގައި ދައުލަތުގެ ޚަޒާނާއިން 700 މިލިއަން އަދި 4 މިނިސްޓްރީއެއް ދޭމަތިން ކޯލިޝަން ހަދަން ތައްޔާރު. އެކަމަކު މަ ބުނާނަން މަށަކީ ރައްޔިތުންނަށް އެންމެ އިޚްލާސްތެރި އެންމެ ޚިދުމަތްތެރި މީހާއޭ!

    17
  3. ހދހހދހ

    ގޮތެއް ނުނިންމިޔަސް އޯކޭ. މަގިނަ ވޯޓރއއ ނެތެއް ނުން

    22
  4. ހަސަނު

    ޖޭޕީ މިފަހަރު މަޑުކޮށްލާ ގޭގަ. ޖޭޕީ އާ ނުލާ ރައްޔިތުން ނިކުމެ މުއިއްޒު ހޮވާދޭނެ. ޖޭޕީގަ ތިބި ރޭޕިސްޓުންނަށް ބައި އަޅާނެ ސަރުކާރެއް ރައްޔިތުން ބޭނުމެއްނުވޭ.

    25
  5. ބަލާތ

    އެއްގޮތަކަށް ވެސް މަމެން ގަބޫލެއް ނޫން ރައީސް ޔާމީން އެކަނި ނިންމަވައިގެން ޖޭޕީ އާއި އެކު ކޯލިޝަން ނަހަދަން ޕީޕީއެމް އަދި ޕީއެންސީ ވެސް ނިންމުން ގާސިމަށް ލިބުނު ވޯޓް އެއީ އިމޭޖިނެރީ ނަމްބަރސް ތަކަށޭ ބަދަލުވެގެން ދާނީ ދެވަނަ ބުރުގައި ގާސިމް އަކީ ފައިސާ ވެރިއެއް ގާސިމް ކަށިން ހިތްވަރު ނަގާ މަސައްކަތް ކުރާނެ ޕީޕީއެމް އިން އިސްވެ އޮވެ ގާސިމް އާއި އެކު ކޯލިޝަން ނަހަދާނަމޭ ޕީޕީއެމްގެ އެންމެ އިސްފަރާތް ބުނުން ވިޔާފާރިވެރިން ބިރުގަނެ ވޯޓްނުދީވެސް ފާނެއޭ

    1
    6
  6. ގަބޫލުކުރާށޭ

    ޖޭޕީއަށް މަދުން ވޯޓް ލިބުނީ ޖޭޕީ އަށް ރަނގަޅަށް ކެމްޕެއިން ކުރަން ނޭގި އަދި ކެމްޕެއިން ސްޓްރެޓެޖީ އެއް ނެތުމޭ އޭގެ މާނައެއް ނޫނޭ ޖޭޕީ އަކީ ސިޔާސީ މައިދާނުގައި ބަނޑުއަކިރިން ނަށް ވުން ޖޭޕީ އަކީ އަދި ވެސް ނުފޫޒު ގަދަ ޕާރޓީ އެކޭ ވަކިން ޚާއްސަ ކޮށް ޖޭޕީގެ ނުފޫޒު އޮންނާނެއޭ ރާއްޖޭގެ ވިޔާފާރިވެރިންނަށް ޖޭޕީ އާއި އެކު އެންމެ ގިނަ ވޯޓް ލިބުނު ކެންޑިޑޭޓް ކޯލިޝަން ނަހަދައިފިނަމަ އެބަލާނީ ވިޔާފާރިވެރިންނަށް ހުރި ބިރަކަށޭ އެއިރުން ވިޔާފާރިވެރިން ފަހަތަށް ޖެހި ޕީޕީއެމް އަށް ވޯޓް ނުދޭ ހާލަތު އައިސްފާނެ ކަން ޕީޕީއެމް އިން ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ ގަބޫލުކުރާށޭ

    1
    7
  7. ވޯޓުގުނިރޭ ބުނީމެއްނު އިބޫއާ ގުޅެންނިންމައިފީމޭ

    ތިހާވަރަށް ދޮގާ މަކަރާ ހީލަތް ހަދަމުންދާއިރުވެސް ﷲތި ތަނަވަސްކަމާ ބާރު ނުގެންދަވާ ހުރިކަމަކީ އިތުރަށް އިމްތިހާން ކުރައްވާ އިތުރު ފުރުސަތު ދެއްވުން ތައުބާވާން. މުވައްޒަފުންނަށް އަތުގަ ޕްރޮފިޓްހުރެ މަސާރަޔާ އެލަވަންސް ނުދީ ލަސްކޮށް ހެދުމުގެ ހިތި ފެންނާނެ.ކިހާ ބައެއްގެ ދުއާ އެއީ. ދެން ތިބުނީ ވޯޓްގުނާ ނިމެންއުޅެނިކޮށް ބުނީމެންނު އިބޫއާ ގުޅެންނުންމައިފީމޭ.ދެންމަޑުތިކުރަނީ ޕޕމ އިންވެސް އިތުރު މުދަލާ ފަެއިސާޔާ އަނބިދަރިންނަށް އިތުރު ޚަރަދު ދިވެހި ދައުލަތުން ލިބޭތޯ. އަތުގަ ހުރިވަރަށް ޝުކުރުކޮށް ވިޔަފާރީގަ އުޅެބަލަ.ފަގީރުންނަށާ ތަރައްގީއަށް ދައުލަތުގެ ލާރި ބަހައްޓާފަ.މުއިއްޒު ސަރ ޕްލީޒް ނުގުޅޭތި އުމަރާ ނޫން މީހަކާ.ނޫނީ އެކަނި ނުކުމޭ.އަންޝާﷲ ވޯޓްލާނެ ވަތަނީ ދަރިން

    18
  8. 1206

    އުނބަށް ޖެހިޔަސް ކުނބަށް ޖެހިޔަސް ގާސިމަށް މި ފަހަރަކު ނެތް ހަމަ ހެޔޮ އެއް ގޮތް ވެސް. ބޮޑަށް ހީވަނީ އުނބަށް ހެން ޖަހާނީ. ޔައުނީ ގޮވިހާ ލަގާއެއް އެފުށް މިފުށަށް ޖަހައި ސޯލިހު ވެރިއަކަށް ގެންނަން ސަލާމާ ހިނގާނީ. މި އިންތިޚާބުގައި އޭނާ ސޯލިހަށް ކީހާ އެެއްޗެއްސަށް ބަލާއިރު ދެން އެއްގަލަކަށް އަރަން ދައްކާނެ ހުއްޖަތެއް އޮތްތޯ ވިސްނާލިޔަސް މަގޭ މުދުނުން ތަރިބުރައިގެންދޭ. އަނެއްކޮޅުއް މުއިއްޒު ގާސިމާ ކޯލިޝަން ހަދަންޖެހޭ އެއް ވެސް ސަބަބެއް ނުވިސްނޭ. އެއަށް މުއިއްޒަށް މާ ރަނގަޅުވާނެ އުމަރު އެއްބަސްކުރުވިއްޖެއްޔާ. އޭރުން ސައިލެންޓް މެޖޯރިޓީ ލުހިގެން އަންނާނެ ކަމަށް ބެލެވޭ. ފާރިސް އަކީ އަހަރެން ބަލައިގަންނަ މީހެއް ނޫން. ޔާމީން ހީނުވޭ ފާރިސް ކޯޅޭޝަން އެއްބަސްވެދާނެ ހެންނެއް. އެފަދަ ނާޒިމު ވެސް. އެއީ ތާކުންތާކު ޖެހޭ މީހެއް ނޫން. ވެރިކަމަށް ގާސިމާ އަޅާ ބަލާއިރު އޭނާ ކުޑައިކޮށް ކުފޫ ހަމަޔޭ ބުނެވިދާނެ. އެކަމަކު ކޯޅޭޝަނަކަށް ކަމަކު ނުދޭ.

  9. ޖޮބޭ

    ބަލަ ތިޔައީ ވަގަށް މީހުން ގިނަކުރާ ޕާޓީއެއް ހަމަ ޔަޤީނުން އަހަރެންގެ ނަން އޮތީވެސްް އަހަރެން ސޮއިކޮއްގެނެއް ނޫން .އަދި މާބޮޑޭވެފައި މަގޭޕާޓީޔޭ ރައަިސްކަމަށް ވޯޓު ހޯދަން އެބަ ތެޅެޔޭ ލަދުގެ ކަންފުޅެއްވެސް ނެތީއޭ.

    10
  10. ބާލާށޭ

    ރައީސް އިބޫ ތަ އިންޑިއާ ސިފައިން އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ މިހާރު އިންޑިއާ ސިފައިން ބާލަންވީއޭ ބާލާބާލާ މިރާއްޖޭގައި އެބަތިއްބޭ ސަރުކާރުން ކާންދީ މުސާރަ ދީ ބަލަހައްޓާ އިންޑިއާ ސިފައިން ބަރުހަތިޔާރާއި އެކު 15 ހާސް ސިފައިން މީހާދަ ގިނަ އަދަދެކޭ މީ ރާއްޖޭގެ ޑިފެންސް ފޯރސްގެ 5 ގުނަ ބޮޑު އަދަދެކޭ މިހުރިހާ އެންމެން ބާލާށޭ އެނޫން ނަމަ އިންޑިއާ ސިފައިންނާއި ދިވެހިންނާއި ދެމެދު ދާޚިލީ ހަނގުރާމަ އެއް ހިނގައިފާނެއޭ އިންޑިއާ ސިފައިން މިގައުމުގައި ބައިތިއްބައިފިނަމަ ދެވަނަ ފަލަސްތީނަށް މިރާއްޖެ ބަދަލުވާނެއޭ ރައީސް އިބޫގެ ދެވަނަ ދައުރުގައި އެއީ ޔަގީން ކަމެކޭ އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް

  11. ބަލިކުރާނަމޭ

    އެމްޑީޕީ ދެން ތަމެންނަށް ލިބޭނެ ދެވަނަ ދައުރެއް ނޯންނާނެއޭ ތަމެންނާއި ނުގުޅޭނެއޭ ދިވެހި އައިޑީ ކާރޑް ހަދައިގެން ތިބި އެއްވެސް ސިޔާސީ ޕާރޓީ އަކުން ތަމެން ތިޔާއީ އިންޑިއާ މޮދީ އަށް ކޮށްދޭ ވެރިކަމެކޭ ރޭގައި އިންޑިއާ އެމްބަސޭ މުލިއާގެ އަށް ވެއްދީ އެއީ ކިއެއްވެތޭ އެއީ ރާއްޖޭގެ ވަޒީރެއްތޭ ނޫންދޯ ދެން އޭނާ މިއަދު ހޮޓެލް ޖެން ގައި ހުރިހާ ވަޒީރުން އެއްކޮށް ގެން ބިރު ދެއްކީ އެއީ ކިއެއްވެތޭ މީބޮޑުވަރު ދޯ ރާއްޖޭގެ މިނިވަން ކަން އެއްކޮށް ދިޔާ ގާސިމް ނުގުޅޭނެ އެމްޑީޕީ އާއި ގުޅިއްޖެނަމަ އެވާނީ މިގައުމުގެ މިނިވަން ކަން ވިއްކާލަން ގާސިމް ގުޅުނީ ކަމަށޭ ގާސިމް ގުޅޭނީ ނާޒިމް އާއި ދެން އެދެޕާރޓީ އެކުވެގެން އައިސް އުމަރާއި ގުޅިގެން ދެން ފާރިޝް އަދި ޒަމީލް އާއި ވެސް ގުޅިގެން އަދި ޑިމޮކްރެޓޭ މެންނާއި ގުޅިގެން އެމްޑީޕީ ދެވަނަ ބުރުން ހައެއް ހަަތަރަކަށް ވޯޓް އިން ތަޅާ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ ބަލިކުރާނަމޭ

  12. Anonymous

    އިއުލާން ނުކުރިޔަސް ހެޔޮ. މިހާރު ތިޔައީ ސިޔާސީ މަސްރަޙުގައި ބުރަދަނެއް ހުރި މީހެއް ނޫން. އިފުލާސްވެގެން ދާދި އަވަހަށް މުދާތައް ވިއްކަން ނުކުންނާނެ ކަމަށް "ރަމަލުޖަހާ ރ. ކަހީނު" އެބަބުނޭ.

  13. ގާދިރު

    ގާސިމް ކަލޭ ލަދެއް ނުގަނޭތަ ކަލޭ ތިޔަހަރީ ފެއިލްވެފައި

  14. ލަކީ

    ޙެހެ ކޮބާ އަލީވަހީދު ކޮބާ ބާއީ ވަހީދު ކޮބާ ނިހާނު ކޮބާ އިލްހާމު ކޮބާ ރިޔާޒު ރަށީދު އަސްލު މިގުރޫޕް ގަންޑުގެ ސަބަބުން މިހެން ދިމާ ވީ ރައްޔަތުންގެ ސަޕޯޓް ނެއްބަޔަކު ލައިގެން އުޅުނީމަ ވާނީ މިހެން ކިހާ ފައިސާއެއް ކާލީ ހިތަދޫ ހުސެން ސާލިހުމެން އޭނަވެސް ވޯޓް ދިނީ މުއިއްޒަ މީހަމަ އެންގޭ ކަމެއް

  15. Anonymous

    ދެވަނަ ބުރާއި މެދު ގާސިމު ގޮތެއް ނިންމާނީ ހަމައެކަނި ގާސިމައް ފައިދާވާ ގޮތައް އެކަނި.

  16. ޙެހެހ

    ބްރިޖް ހަލީފާއަށްތޯ އަރުވަނީ ތާއިދުކުރާގޮތް ، ސަޅިވާނެ