އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަން ކަމުގެ ތެރެއަށް އަތްބާނާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އެކަން އަދ. އަށް ހުށަހެޅި ކަމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން މި ސަރުކާރުގެ ކަންކަމަށް އަަތްބާނާ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރާއްޖޭގައި އިންޑިއާއިން ސިފައިން ތިބޭތީ އެކަމުގެ ކަންބޮޑުވުންތައްވެސް ދިވެހިންގެ އެބަ އޮތެވެ.

އާޒިމާ ފޭސްބްުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާއިމް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތްބާނާތީ، ރައީސް ޔާމީންގެ ސަރުކާރުން އެކަން އދ. އަށް ހުށަހެޅު ކަމަށެވެ. އަދި އެކަން ބައްލަވާ ދެއްވުމަށް ދެންނެވުމު ކަމަށްވެސް ވިދާޅުވިއެވެ.

"އެ ހަމަ ކުރެވުނު ތުހުމަތެއް ނޫން، ހަގީގަތްތަކެއްގެ މައްޗަށް ކުރެވުނު ޝަކުވާއެއް. ބައިނަލްއަގްވާމީ ގާނޫނު ހަމަތަކެއްގެ މައްޗަށް އުފުޅުނު ޝަކުވާއެއް".

އާޒިމާ ވަނީ އެއީ ރަނގަޅު ސިޓީއެއްކަން ޔަގީންކޮށްދެއްވާފައެެވެ.

ކުރީގެ ފޮރިން މިނިސްޓަރ މުހައްމަދު އާސިމް ސޮއިކުރައްވާ އދ. އަށް ފޮނުވި އެ ސިޓީގައި ވަނީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ވަންނަ ވާހަކައެވެ. އެ ސިޓީގައިވާ ތާރީހަކީ 2018 އޮގަސްޓް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަލާތި

    ހެޔޮވާނީ ކިހިނެއްތޭ ސަރުކާރުގެ ސިއްރު ސިޓީއޭ ކިޔާ ސީދާ ރައީސް އިބޫގެ ބެލުމުގެ ދަށުގައި ހުންނަ ޑޮކިއުމެންޓްސް ތައް ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް އަތަށް ޚުދު ރައީސް އިބޫ ދީގެން އެސިޓީ ކަމަށްބުނާ ސިޓީ ތަކެއް މިލީކް ކޮށްލަނީ އެއީ އަސްލު ސިޓީ އަށް އެތައް ހާސް ބަދަލެއް ގެނެސްގެންނޭ ތިޔާ ސިޓީ އަކު ނެތޭ ކުރި ހުކުމް ގައި ހަވާލާދީފައިވާ ކަނޑުވިއްކާލި އެއްވެސް ވާހަކަ އެއް އެހުރިހާ ވާހަކަ ތައް ނަގާފައި ދެން ފޭކް ސިޓީ އެއް ލީކް ކުރީ ވޯޓް ލިބޭނެ ކަމަށްތޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ ނުލިބޭނެއޭ

  2. ސަރަގު

    އާޒިމާ ކަލޭގެ ވާހަކަ އަޑުއަހާނެ ބަޔަކު މިހާރަކު ނެތް. މާމޮޅެއްވާނެކަމަށް ސުރުޚީތައްނަހަދާ ސައިޒުގަހުރެބަލަ. ކަލޭމެން އޮއްސިނިމިއްޖެ

    5
    9