ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކާއެކު ކޯލިޝަން ހަދަން ނުވިސްނާ ކަމަށާއި އަދި ފަސް އަހަރު ފަހުން އެނބުރި އަންނާނެ ކަމަށް ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގައި ގޮތުގައި ވާދަކުރެއްވި ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޒަމީލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކާއެކު ކޯލިޝަން ހަދަން ނުވިސްނާ ކަމަށެވެ. އަދި މިނިވަން ކަމާއެކު ސިޔާސީ ދާއިރާގައި އުޅޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މިހާރު މިއޮތީ މިދާއިރާއަށް ނުކުމެވިފައި. ދެންވެސް އަނެއްކާ ފަސް އަހަރު ފަހުން އެނބުރި އަންނާނަން. މިފަހަރު ދެން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހަދަން ބޭނުން ނޫން.". ޒަމީލް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް ނަމަވެސް، އެއްވެސް ޕާޓީއަކާއެކު ކޯލިޝަނަށް ނުދާނެ ކަމަށް ޒަމީލް ވަނީ ވިދާޅުވެފައެވެ. އަދި މިފަހަރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ދެން އަންނަ އިންތިހާބެއްގައި ވާދަކުރައްވާނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.

"ނުކުންނާނީ ހަމަ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި. އަޅުގަނޑު ގަބޫލުކުރާ ގޮތް އެއީ." ޒަމީލް ވިދާޅުވިއެވެ.

މިމަހު 9 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި އެންމެ މަދުން ވޯޓު ލިބިފައިވަނީ ޒަމީލަށެވެ. އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ޒަމީލަށް ލިބިވަޑައިގެންފައިވަނީ މުޅި ޖުމްލަ 357 ވޯޓެވެ.

ޒަމީލް ވިދާޅުވަނީ ބޮޑެތި ސިޔާސީ ޕާޓީތަކުން ކުރާ ފަދައިން އޭނައަށް ބޮޑެތި ޚަރަދުތައް ނުކުރެވޭނެ ކަމަށާއި އަބަދުވެސް ބަލަނީ އެންމެ ޚަރަދު ކުޑަކޮށް ކެމްޕެއިން ކުރިޔަށް ގެންދެވޭތޯ ކަމަށެވެ. އަދި މިފަހަރު ޒަމީލަށް ވޯޓުދިން ހުރިހާ ފަރާތްތަކަށް ޒަމީލް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    300 ވޯޓު ނުލިބިގެން އުޅެނީ ކާކުތަ؟ އެއްވެސް މީހަކު ތިބޭޅާއެކު ކޯލިޝަނެއް ހަދާކަށެއް ނޫޅޭ.

    10
  2. Anonymous

    މީނައަށްބުނެލަން ކަލޭ 5 އަހަރުފަހުން ދުނިޔޭގަ ހުންނާނެކަމަށް ހީކުރަންތަ؟ ބަލަ ކަލޭ ބުނަންޖެހޭނީ އެހެނެއްނޫން ﷲ އިރާދަފުޅުން 5 އަހަރު ފަހުން އަންނާނަން ރިޔާސީ އިންތިހާބަށް އެނބުރި އަންނާނަން މިހެން ފުރަތަމަ ނަޒަރުންވެސް ތިޔަބުނެވުނީ ގޯސްކޮށް އަވަހަށް މާފަށް އެދިލަށްވާ އޭރުން ދެންވެސް ވޯޓެއްލިބޭނީ މައާފަށް އެދުމަކީ ރަނގަޅުކަމެއް.

  3. ބުންވަރު

    މީނައަށްބުނެލަން ކަލޭ 5 އަހަރުފަހުން ދުނިޔޭގަ ހުންނާނެކަމަށް ހީކުރަންތަ؟ ބަލަ ކަލޭ ބުނަންޖެހޭނީ އެހެނެއްނޫން ﷲ އިރާދަފުޅުން 5 އަހަރު ފަހުން އަންނާނަން ރިޔާސީ އިންތިހާބަށް އެނބުރި އަންނާނަން މިހެން ފުރަތަމަ ނަޒަރުންވެސް ތިޔަބުނެވުނީ ގޯސްކޮށް އަވަހަށް މާފަށް އެދިލަށްވާ އޭރުން ދެންވެސް ވޯޓެއްލިބޭނީ މައާފަށް އެދުމަކީ ރަނގަޅުކަމެއް.

  4. ދޮދި

    ހެޔޮނުވާނެ ކޯލިޝަން ހަދާބަލަ.އެހެންޏާ އެހާވަރަށް ވޯޓް ހޯދާފިއްޔާ.ކަލޭ ދެންވާނެ ރާއްޖޭގަ ބާއްވާ ހުރިހާ އިންތިހާބެއްގަ ވާދަކުރަން.ދޫނުދޭތި.

  5. Anonymous

    100 ޕަސެންޓް ތާޢީދު ވަރަށް ރަގަޅު ނިންމުމެއް، އެންމެ ވޯޓަކީވެސް ހަމަ ރަންގޯލެއް ޒަމީލަށް 300 ވޯޓް އެއީ ވަރަށް ގިނަ ވޯޓް އިގޭތޯ ނަތީޖާ ބަދަލް ކޮށްލަން އިންތިހާބެއްގައި ! ޒަމީލް އެބުރި އަންނާނެ ކަމުގައި އުއްމީދު ކުރަން !

  6. ޑައެލޯގް

    މީނާއަށް ވޯތުލެވުނީ އޮޅިގެންނެވެ. އެހާބައިވަރު މީހުން ވޯޓުލާއިރު 2 ނަންބަރުގައި އިނީމަ ލެވޭނެއެވެ. ބާތިލްވޯޓުވެސް ލެވެނީ ނޭގިގެންނެވެ. ބާތިލްވޯޓުވެސް މީނާއަށް ލިބުނު ވޯޓަށްވުރެ ގިނައެވެ.

  7. ވަޓް އިޒް ދިސް

    ޒަމީލު ބައިވެރި މަގުސަދު ހާސިލް ވީ ދެއްތޯ.... މަގުސަދަކީ އެހެން ގައުމަކުން ރައްވެހިކަން ލިބުން. ރައްވެހިކަން ލިބެން އެގައުމުގެ ސަރުތުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބެއްގައި ވާދަކޮއްފައި ވާނަމަ ލިބޭ. ލޮލް

  8. ހަވާސާ ހަމީދު

    350 މީހުންގެ ވޯޓަކީ ސިޔާސީ މަސައްކަތަކަށް އޮތް އަދަދެއްނޫން ރަހުމަތްތެރި ކަމުން ތިޔަ 2 އާއިލާގެ މީހުންނަށް ކުރާ އިހުރިރާމަކުން ލިބުނު އެއްޗެއް ދެންގޭގައި މަޑިކޮށްލާ 5 އަހަރު ފަހުން މިއަދަދު 150 އަށް ބަދަލުވެދާނެ!

  9. އެޑްމުންޑޯ

    މަގޭ ހިތަށް އަރާ ތިމާގެ ލަދުގެ ކަންފުޅެއްވެސް ނެތީބާވައޭ ، 5 އަހަރު ފަހުން އެބުރި އަންނާނަމޭ ، މިދެން ރައްޔިތުނަނަށްވެސް އުދަގޫ ޖައްސަން ކުރިމަްތިލާ މީހުންދޯ