މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެން ތަނެއްގައި، ދެ ވަނަ ބުރުގައި ވޯޓު ލާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ރީ-ރެޖިސްޓަރ ކުރުމުގެ ފުރުސަތު ވެސް ދޭން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިއްޔެ ބާއްވާފައިވައިރު، މިހާރު ދެވަނަ ބުރު ބާއްްވާނެ ކަން ވަނީ ކަށަވަރު ވެފައެވެ. އެއީ އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތީ ނަތީޖާއެއް ލިބިފައި ނުވުމުންނެވެ.

މި ފަހަރު ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ދެވަނަ ބުރުގައި ވާދަކުރައްވާނެ ކަން ކަށަވަރު ވެފަައި ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިރޭ ވިދާޅުވީ، އިންތިހާބުގެ ދެ ވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަން ގައި ބޭނުންކުރާނީ
‏ފުރަތަމަ ބުރުގައި ވެސް ބޭނުންކުރި ފޯމު ކަމަށެވެ، އަދި ފޯމު ފުރައިގެން އަދި އޮންލައިންކޮށްވެސް ‏ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ސެޕްޓެމްބަރު 30 އަށް 18 އަހަރު ފުރޭ ޒުވާނުންނަށްވެސް ދެވަނަ ބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ،

އަދި އެފަރާތްތަކުގެ މަޢުލޫމާތު ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހޯދުމަށް ފަހު، ވަރަށް އަވަހަށް އީސީ އިން ޢާންމު ކުރާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭކާރު.

    ތިހެން ތިކަން ކުރާނަމަ ވެރިފައީ ކުރެވެންހެހޭނެ.