ދިވެހިން އިންޑިއާ އާ ދެކޮޅު ނޫން ކަމަށާއި ދިވެހިން ދެކޮޅު ހަދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހެދި ސިއްރު އެއްބަސްވުންތަކަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އިންޑިއާއާ ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެއެވެ. އަދި އެކަމާއި ގުޅޭގޮތުން މައުލޫމާތު ދޭން ދެކޮޅު ހަދާ ކަމަށް ދަނީ ބުނަމުންނެވެ. އަދި މި އެއްބަސްވުންތައް ހާމަ ނުކުރާތީ އެތައް ބަޔަކު ސަރުކާރަށް ފާޑު ވިދާޅުވަމުންދާއިރު، އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާ ބޮޑު ކަމަށް ދަނީ ބުނަމުންނެވެ.

ދުންޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން އިންޑިއާ އާ ދެކޮޅު ނޫން ކަމަށެވެ. އަދި ދިވެހިން ދެކޮޅު ހަދަނީ ރައީސް ސޯލިހް ހެދި ސިއްރު އެއްބަސްވުންތަކާއި ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނު އަސާސީގެ 251 މާއްދާއާ ޚިލާފަށް ބޭރު ސިފައިން މިގައުމުގަ ބޭތިއްބީމާ. އަޑި ނޭގޭ އެތައް ބިލަން ޑޮލަރުގެ ދަރަނި ރައްޔިތުންގެ ބޮލަގަ އެޅުވީމަ. ޒިންމާ ނަގަން ދަސްކުރަންޖެހޭ". އޭނާގެ ޓްވީޓްގައި ވެއެވެ،

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ހޫނ، މީނާ އަކީ ވެސް ނާޒިމު އާއެކު އިންޑިއާގެ އުނގަށް ވެއްޓެން އުޅޭ މީހެއް ދޯ. އިބޫއާއި ނާޒިމަކީ އެކައްޗެކޭ ދޯ.

    3
    6
  2. އ މ ރ ބ

    އެއްބަސްވުންތަށް އަމިއްލައެއްވެސް ނޫން، އެމީހުން އުޅެނީ މި ޤައުމު އެމީހުންގެ ސިޓީއަކަށް ހަދަން، އެކަމާވެސް ދިވެހިން ދެކޮޅު

  3. ސުންވޯޓް

    ދިވެރައްޔިތުންގެ ތެރެއިން 85000 ރައްޔިތުން ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ތާޢީދުކޮށްފައިވާކަމީ ނުހަނު ހިތާމަހުރިކަމެއް. މާތްﷲ ގެ ރަޙްމަތްފުޅާއިއެކު މި 85ހާސް ބޭފުޅުންނަށް ހެޔޮވިސްނުން ލިބި ދެވަނަބުރުގައި ޑރ މުޢިއްޒަށް މިބޭފުޅުން ތާޢީދުކުރައްވައި އިންޑިއާގެ ބީޖޭޕީ ކެނޑިޑޭޓް ސުންވޯޓުން ފޭލިކުރައްވާނެކަމަށް އުންމީދުކުރަން.

  4. އަބްދޫ

    ދިވެހި ރާއްޖެ އަށް ބޭރުގައުމުތަކުގެ އަސްކަރީ ބާރު ތައް މަދުމަދުން ތިބެފަ ވޭ. އެ ގޮތުން ފަރަންސޭސިން ތިބީ ޒަމާނެއްދިޔަ އެވެސް އިންޑިޔާގެ މަލަބާރީންނާއި ގޯވާ ސަރުކާރާއި ޕިޗޯރީންގެ އުންދަގުލުން ރާއްޖެ ސަލާމަތްކުރުމަށް ދަވްލަތުނއެދިގެންތިބި ބައެއް. ޕޯޗްގިޒުން ރާއްޖެ ހިފައިގެންތިބި އެރަކު ބޭރުގެ އެއްވެސް ބަޔަކު ރާއްޖެއަސް އެހީ ނުވި ނަމަވެސް ދިވެހިންގެ ހިންމަތްތެރި މަސައްކަތުންއެމީހުން މިގައުމުން ބޭރުކޮށްލި.އޭގެފަހުން އައްޑޫ ގަމުގަ އިގިރޭސި އސްކަރީމަރުކަޒެއް ގާއިމްކުރި އެކަން ގާއމްކުރީ އިގިރޭސި ކޮންޒެޓިވް ޕާޓީން . ލޭބަރ ޕާޓީ ވެރިކަމަށް އައިސް އެ ކަން ނިމުމަކަށް ގެނައި. އޭގެ ފަހުން ިންޑިޔާގެ އަސްކަރިއްޔާ ރާއްޖެ ގެންއީ 3 ނޮވެމްބަރ 1988 ގަ ތަމަޅަޓައިގަރުން މާލެ އެރުވުމުން އޭރު އިންޑިޔާ ސަރުކާރަށް އެކަންއޮތީ އެގިފަ. އެމީހުން ތައްޔާރީ ހާލަތަށް އޮތީ އައިސްފަ. އެފަހަރު އިންޑިޔާސިފައިން ރާއްޖެ އެރިއިރު ބަގާވާތްގެންނަންއައި ލަންކާގަ ތިބޭ އިންޑިޔާގެ ކުލީ މީހުނާއި ދިވެހިން ރާއްޖެއިން ވަނީ ފިލާފަ. އެމީހުން ރާއްޖޭގަ ތިބިނަމަ އިންޑިޔާ ސިފައިން އެމީހުންގެ ކޮޅަށް އެބުރި އެވެރިކަން ގާއިމް ކުރާނޭ ކަން މިހާރު ފެންނަ ފެނުމުން އެގިގެންދޭ. އޭގެ ފަހުން އިންޑިޔާގެ އަސްކަރީ ސިފައިން ރާއްޖެ އެރުވީ ގ. ކެނެރީގެ މުހަނމަދު ނަސީދު ހެއްދެވި ސިއްރު އެގްރީމެންޓެއްގެ ދަށުން . އޭގެދަށުން 2 ހެލިކޮޕްޓަރާއި 40 ސިދފައިން 2011 ންފެށިގެންރާއްޖޭގަ ބޭތިއްބި އެގްރީމެންޓް މުއްދަތު ހަމަވުމުން ހެލިކޮޕްޓްރުތަކައެކު ދާންއެންގުމުން ނުގޮސް ތިއްބާ 2018 ގަ އެމްޑީޕީ ވެރިކަމަށް އައިސއ ހަދި ސިއްރު އެގްރީމެންޓް ތަކެއްގެ ދަށުން އަލުންވަނީ ރާއްޖޭގަ ބައިތިއްބާފަ. މިހާރު ވަނީ ރާއްޖޭގެ ގިނަސަރަހައދު ތަކަށް އިންޑިޔާ ގެ ސިފައިން އަތްގަދަކޮށްފަ. މިހާރު މިހިގަމުންދާކަންކަމަކީ އިންޑިޔާގެ ސްޓޭޓް ތަކުގެ ގޮތުގަ ހަމަޖެއްސުމަށް މިހާރު ކުރަހާފައިވާ ޗާޓެއްގަ ރާއްޖެ ހިމަނާފަ އޮވެގެން ދުރާލާ ރޭވިގެން ހިގަމުންދާކަންކަން.