ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރަަން އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ނިންމައިފިއެވެ.

މިގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައެވެ.

މިގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި 51 މެންބަރުންގެ ތެރެއިން 35 މެންބަރަކު ވަނީ ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަން ހަދަން ވޯޓު ދީފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދަން އެއްވެސް މެންބަރަކު ވޯޓު ދީފައިނުވާއިރު، އެއްވެސް ބަޔަކާ ކޯލިޝަން ނަހަދަން ހަ މެންބަރަކު ވޯޓު ދީފައި ވެއެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ 10 މެންބަރަކު ތިއްބެވެ.

އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން މިގޮތަށް މިރޭ ނިންމިއިރު، މީގެ ކުރިން އެ ކޮމެޓީން ވަނީ އެޕާޓީއަކީ ސަރުކާރާއި ދެކޮޅު ޕާޓީއެއް ކަމަށް ނިންމާފައެވެ.

އަދި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައިވެސް އެ ޕާޓީން މަސައްކަތް ކޮށްފައި ވަނީ ސަރުކާރާއި ދެކޮޅަށެވެ. އޭގެ އިތުރުން ރިޔާސީ ކެމްޕެއިންގައިވެސް މުޅިން ދެކެވިފައި ވަނީ މި ސަރުކާރާއި ދެކޮޅު ވާހަކަތަކެވެ.

އެ ޕާޓިގެ ގައުމީ ހިންގާ ކޮމެޓީން މިގޮތަށް ނިންމި ނަމަވެސް، ކޯލިޝަން ހަދާނެ ޕާޓީއެއް ފައިނަލް ކުރާނީ އެގްޒެކެޓިވް ކޮމެޓީ ބައްދަލުވުމުންނެވެ.

އެމްއެންޕީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވީ، މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީ ވިސްނުމަކީ ޕީޕީއެމް/ޕީއެންސީއާއެކު މަޝްވަރާ ކުރުމާއެކު ކުރިއަށްދިއުން ކަމަށްވާތީ، އެމްއެންޕީގެ ލީޑަރޝިޕުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެންޕީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ލިބިފައި ވަނީ 1،794 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. މަލީ

    ޚޯލިސަން ނުހެދޭނެ ތާއީދުކުރެވިދާނެ

    10
  2. ޝައްފަ

    އެންމެ 2 ހާސް ވޯޓުން މިނިސްޓަރު ކަމުގެ ސްލޮޓެއް ލިބިގެން ނުވާނެ. ސްޓޭޓް މިނިސްޓަރު-ކަން އޯކޭ!

    11
    1
  3. ޛުހާ

    maruhabA

    3
    2
  4. Anonymous

    މަރްޙަބާ ލޮބުވެތި ޤައުމީދަރިން.
    ދިވެހިން އަޅުވެތިކަން ބޭނުން ނުވޭ.
    ޢުމަރާ ހެޔޮނުވާނެ މިޓީމާ ގުޅޭ .

    12
    2
  5. އއ

    މަރްޙަބާ! 2 ވަނަބުރުންވެސް ޑޮކްޓަރ މުޙައްދު މުޢިއްޒު އަށް، މި ރިޔާސީ އިންތިޚާބު ކާމިޔާބު ވުމުގެ މަގު މާތްﷲ ތަނަވަސްކޮށްދެއްވާށި، އާމީން.

    13
    1
  6. ޚ

    މަރުހަބާ ނާޒިމު

    8
    1
  7. Fghhh

    Anekaaves frame kureema salaam sit kuran dhaan jehrynee mdp 😅

  8. ސައުދީ

    ޑރ.މުއިއްޒު ޓީމަށް ބުނެލަންއޮތީ ކޯލިޝަން ހަދަން ނާޒިމްއާ ވާހަކަ ނުދައްކާށޭ. އެކަމަކު ކޯލި އެގްރިމަންޓަކައި ނުލައި ތާއިދުކުރާވާހަކަ ބުނެފިއްޔާ ގަބޫލްކުރާށޭ.

    15
    1
  9. ޗަބީ

    ނާޒިމް އާއި އެކު ކޯލިޝަން ހެދިޔަސް މުއިއްޒު މެން ނުވާނެ ނާޒިމް މެން މާ ގާތްކޮށް އެމީހުންނަށް އިތުބާރު ކުރާކަށް، ނާޒިމްއަކީ ޑިފެންސް މިނިސްޓަރަކަށް ހުރެ ރައީސް ވަހީދު ސަރުކާރުގަވެސް އަސްކަރީ ގޮތުން އިންޑިޔާއަށް ބަރޯސާވެ، އަދި ރައީސް އިބޫ ވެރިކަމުގައިވެސް މިއޮށްހާ ދުވަސް ވީ އިރުވެސް އިންޑިޔާގެ އަޅުވެތި ވާން ދޫކޮށްގެން އެކަމާ ރުހިގެން ހުތި މީހެއްކަމް ހަނދާން ނައްތާ ނުލާތި.

    11
  10. އައިޝާ

    ހެޔޮ ވިސްނުން ދެއްވީތީ ﷲ އަށް ޝުކުރުވެރިވަން

    7
    1
  11. އަހްމަދު

    ދެން 1794 ވޯޓުގެ އަގަކަށް ސަރުކާރުގެ %20 އައް ޑިމާންޑުކުރޭ މިނިސްޓްރީއެއް ހައްގުވާމިންވަރެއްނޫންކްންނޭގެއެއީ އެއްވެސްސަރުތެއްނެތި ރައްޔިތުންގެ ހައްގުގަ ނިންމާމިންމުމަކަށް ހަދަންޖެހޭ

    10
  12. ކޮއްޔާ

    މުއީޒުއަށް ކާމިޔާބު ދެއްވާށި //

    12
    1
    • ނަންނި

      އާމީން އާމީން އާމީން

  13. ސަޕޯޓު

    ވަރަށް ރަނގަޅު ނިންމުމެއް. އިބޫ ނޫން ގޮތެއް ހޯދަން މިކުރާ މަސައްކަތުގައި ބައިވެރިވީތީ އުފާ ކުރަން.

    9
    1
  14. ކަޅުމަންޖެ

    އެމް އެން ޕީގެ ވެރިޔާއެވެ. ތިބާ ޕީީ، ޕީއެން ސީކޮޅަށް އަރާއިރު ތިބށ އަށާ އާއިލާ އަށްދިން އަނިޔާ ހަނުމަނެތި އަނިޔާވެރިކަން އިއާދަ ކުރުމަށް މަގުފަހި ވާނެ ގޮތަށް މަގުފަހިނުކުރުން ރަނގަޅު ވާނެ . މިހާރުވެސް އަނިޔާވެރި ވާނެ ކަމުގެ ކުލަވަރުފެންނަމުން އެދަނީ.

    11
  15. ފޯކަސް

    މާ ބޮޑު ބުރަދަނެއް ހުރި މީހެއްނޫން ކަން ސާބިތު ވެއްޖެ. ދިހަ ވަރަކައް ވޯޓު އިތުރުވެދާނެ.

    2
    4
  16. ނާޒިމް

    ތިއީ އެންމެ 0.82% ގެ ބައެއް ލޮލް

  17. އިބުރާހީމް

    ނާޒިމް އަކީ ވެރިކަން ކުރެވޭނެ ގާބިލް މީހެއް ނޫން

    3
    1
  18. އަހަންމަދު

    މުއިއްޒޫ ކޭކު ފޮތިކުރަން ހުށަހަޅާ ޑީލުތައް ވަރަށް ނުރައްކާ ވާނެ. ކޭކުން ކިތަންމެ ކުޑަ ފޮއްޗެއްވެސް ބައްކަށް ދޭންވާނީ ޕާޓީގެ މެންބަރުންގެ ރުހުމާއެކެ. ޏޫންނަމަ މުއިއްޒުއަކަށްވެސް ކުރިމަގެއްނެތް. އަދި ޕާޓީއަކަށްވެސް ކުރިމަގެއް ނެތް. މުޢިއްޒު ބުނިފަދައިން ދިވެހިންނަކި ކިޔަވައިގެން ތިބިބައެއް. ވަކިމީހަކީ ރޫހާނީ ލޒިޑަރެއްކަމަށް ދިވެހިން ދުއް ޒަމާން މާޒީވެއްޖެ. މުޢިއްޒު އަކަސް ތާއީދު ކުރެވޭނީ އިނސާފުގެ މަގުގަ ހުރިއްޔާ.

    އޭ ނާޒިމުގެ އަރިހުގަ އުޅުނު ގާފުރޮޅާ ރިޔާޒު ލކޮބައިތަ؟

    4
    1
    • Anonymous
  19. ނާފިޒު

    މަރުހަބާ

  20. ހަސަން

    މަރުޙަބާ!

  21. ފެއްސޭފެއްސޭ

    ޖޭޕީ އާއި އެކު ކޯލިޝަން ހަދަން ޕީޕީއެމް އިން އިސްނަގަން ޖެހޭނެ ރިޔާސީ އިންތިޚާބެެއްގައި 5 ހާސް ވޯޓް ވެސް އެއީ ވަރަށް ގިނަ އަދަދެއްގެ ވޯޓޭ މުއިއްޒު ދައްކާފައިވާ ވާހަކަ ތަކުގައި އެންމެންނާއި ގުޅިގެން އެންމެންނާއި ކޯލިޝަން ހަދަން ތައްޔާރަށް ހުރި ކަމަށް ބުނާއިރު ކުއްލި އަކަށް ރައީސް ޔާމީންގެ މާ ގާތް ރަށްޓެއްސަކު މީ ކޮންތާކުން ފައިބައިގެން އުޅޭ އެއްޗެއްތޭ ރިޔާސީ ކެންޑިޑޭޓް ހުއްޓާ ޑރ. ޖަމީލު ހުއްޓާ މިގާތް މީހާ މީދެން ކާކުތޭ ފެއްސެންވީއޭ ތަމެން ޕީޕީއެމް އިން ކިހާ ބޮޑު ބަލާއެއްތޭ ބޮޑެތި ވަގުން ރައީސް ޔާމީންގެ މާގާތް މީހުން ކަމަށް ހެދިގެން ތިޔާ ވިލުފުށި ބޮޑުވަގު ތެޔޮ ރަމީޒު ބޮޑު ކަނޑުކޮސް ނޫންތޭ މަމެން ނުދަންނަ ރުނޑިއެއް ނޫނޭތީ ރައްކާވާން އުޅޭ ތަމެން މިއޮތްހާ ދުވަހު ކޮބާ ތަމެން ނޫންތޭ އިންޑިއާ އާލާތުން ގޮވައިގެން އެއާލާތުން ހަދާ ރިސޯރޓަށް ވެސް ދަނީ މީ މަމެން ނުދަންނަ ކަމެއް ނޫނޭ ބޮޑުވަގު...

    0
    4
  22. ތްރެޑް

    ނާޒިމުދަންޏާދޭ މަށެއްނުދާނަން. މަށަކީވެސް ނާޒިމުޕާޓީގަ 295 ވަނައަށް ސިއިކުރިމީހާ.. ވަރަށް ސަލާމް

    1
    1
  23. ކޮޅުވެއްޓި

    ތިޔައީ ޕީ.ޕީއެމް އަދި ޕީ.އެންސީގެ ހަލާކު! ތި ސޮރަނުލާވެސް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ !

  24. ޢއ

    ސުކުރިއްޔާ އަދި ތިހުރިހާ މެމްބަރުންނާއި އާއިލާތައްވެސް މުއިއްޒަށް ވޯޓު ދެއްވާނެކަމުގެ ގެރެންޓީ ދެއްވުން އެދެމެވެ

    4
    1
    • ކަލުބެ

      އިންތިހާބުގަ ވާދަ ކޮށްފަހުރި މީހަކު ހުންނާނީ އެކަމަށް ފެންބޮވައި ގަނެފަ ! ބޮޑު ކަތުރުފަނި ކެމްޕެއިން އަށް ކުރި ހަރަދު ލިބޭނެ ގޮތެއް އަވަހަށްބަލަނީ.

  25. އިބްރާހީމް

    އޮނަރަބްލް ނާޒިމް އެދެއްކެވީ އެމަނިކުފާނަށް ބަޔަކު ކުރަމުންދިޔަ ތުހުމަތު ތަކަކީ ދޮގެއްކަމާއި، އެމަނިކުފާނު އެހުންނެވީ ވަރުގަދަޔަށް ޤަވްމީ މަސައްކަތުގައިކަމެވެ. ގިނަ ބަޔަކު ޤަބޫލުކުރީ އާދަމް އާޒިމް އެމްޑީޕީ އަށް އެކޮށްދޭ މަސައްކަތް ބަލާ ނާޒިމްވެސް ހިންގަވާނީ އެމަގުންކަމަށް. ކޮމަންޑޫ ދާއިރާއާއި ގުރައިދޫ ދާއިރާ ދިޔަގޮތުން މީހުންނަށް ޤަބޫލުކުރެވުނީ އެމްއެންޕީ އަކީ ރައީސް ޞާލިޙް އަށް ކާމިޔާބު ހޯދާދޭނެ ވޯޓް ބައިބައިކޮށް ފަހު ވަގުތު އެމްޑީޕީ އާއި ގުޅޭނެކަމަށް. ނަމަވެސް އެދެއްކެވީ މިސާލަށް ހަމަ ސާބަސް. ޝުކުރިއްޔާ ނާޒިމް.

  26. ޚިޔާލީ

    ތިކަމަށް ގިނަބަޔަކު މަރުހަބާ ކިޔާނެ .ހެޔޮ ވިސްނުން ބޭނުންކުރެއްވީތީ ޝުކުރުވެރިވަމެވެ.

  27. މަދަދު

    މަރުހަބާ ނާޒިމް

  28. ޖަންބޭ

    ޝުކުރިއްޔާ ކާނަލް ނާޒިމް

  29. މަހޭޝް

    މަރުހަބާ ނާޒިމް

  30. ރޯމާ

    މީ ސޯލިހުގެ މީހެއް. ވަރަށް ވިސްނަނަން ޖެހޭނެ. ޕާޓީ ހެދީވެސް ސޯލިހު ބުނެގެންނޭ ކިޔާ.