އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކޯލިޝަން ހެދުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޝްވަރާ ކުރެވެމުންދާއިރު، ރައްޔިތުން ހިތްހަމަ ޖެހޭ ގޮތަަކަށް މިކަން ނިމިގެންދާނެ ކަމަށާއި، އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިނުގަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ރައީސް ކަމުގައި މީގެ ކުރިން ހުންނެވ،ި އަދި މިހާރު ދަ ޑިމޮކްރެޓްސް ޕާޓީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނަޝީދު އިންޑިއާގެ ހައި ކޮމިޝަނަރ އާ ބައްދަލު ކުރެއްވުމަށްފަހު "ވޮައިސް"އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ވަރަށް ގިނަ ބޭރުގެ ހައިކޮމިޝަނަރުންނާއި އެމަނިކުފާނު ބައްދަލު ކުރައްވާ ކަމަށެވެ.

"ނުދައްކާ، ދިވެހި ރާއްޖޭގެ ސިޔާސީ އެތެރޭގެ އެއްވެސް ކަމަކާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ.".ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވާހަކަ ނުދައްކާ ކަމުގެ ޔަގީންކަން ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

އަދި ދެ ޕާޓިއާ މަޝްވަރާ ކުރެވެމުންދާކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އެކަން ކުރިއަށް އެބަދޭ، އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް ވާނަން، ދެ ޕާޓިއާވެސް ވާހަކަ ދައްކަމުން އެ ދަނީ، އަޅުގަނޑަށް ހަމަ ހީވާގޮތުގައި، ތިބޭފުޅުންނަށް ހިތްހަމަ ޖެހޭ ގޮތަކަށް މިކަން ވާނެ.".

އަދި އެމަނިކުފާނު ހައްދަވާނީ ރަނގަޅަށް ކަމަށާއި، އެއްގޮތަކަށްވެސް ކަންބޮޑުވެ ވަަޑައިނުގަންނަންވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޜައްޔިތުމީހާ

    ޜައްޔިތުން ހިތް ހަމަޖެހޭނީ މަނިއްޕުޅު ދެން ސިޔާސީ މައިދާން ދޫކޮށްލިއްޔާ. ތީ މިރާއްޖެއަށް ކުރިމަތިވި ބޮޑު ފިތުނަވެރި މުސީބާތެއް. މުޅި ޕާޓީ ހަރާބުކޮށްފަ ޔާމީނު ތޮއްވަރިއަށްވަދެ.

    39
    15
    • ސަޒަން

      ބަލަ 1 މީހަކު ތިހެން ބުނެ ތީއެންމެންގެ ބަހޭ ބުނުމުގެ އެއްވެސް ހައްގެއް ނެތް ވ. ސަލާމް

      7
      1
    • Anonymous

      މ

      1
      1
    • އެމްޕީ މާވަހަރު

      މާވަހަރާ އެއްވެސް ސިޔާސީ ވާހަކައެއް ނުދައްކަމޭ ބުނެފިއްޔާ އޮންނާނީ ފައްކާފަ. މިވަގުތު ކޮންމެ ގޮތެއްވިޔަސް ދައްކާނީ އެވާހަކަ.
      މާވަހަރު ހީވަނީ ފަޔައް ހިނި އަރައިގެން އުޅޭހެން

  2. balaathi

    ރަޢީސް ޔާމީންގެ އަރިސް ބޭފުޅަކު ބުނާ އެއްޗެއްގެ އެއްވެސް ބަރުދަނެއް ނުހުންނާނެއޭ އެމީހެއްގެ ނަމަކީ ތިޔާ ތެޔޮ ރަމީޒު ނޫންތޭ އޭނާ މިއޮތްހާދުވަހު އޮތީ ކޮންތާކުތޭ މިހާރު ކުއްލިއަކަށް އައިސް ޕީޕީއެމްގެ ތެރެއަށް ބޭނިގަނެގެން ރައީސް ޔާމިން ވިދާޅުނުވާ ވާހަކަ ވިދާޅުވިއޭ ކިޔައިގެން އޭނާ އެކުރަނީ އެމްޑީޕީގެ އެޖެންޓް ކަމޭ އޭނާ ބޭރުކުރާށޭ ބޭރުކުރާށޭ މުއިއްޒު އެއަންގަނީ ހުރިހާ މީހުންނަށް އެކުވެރި އަތެކޭ ދިށްކޮށްލާނީ ދެން އޭގެ އެއްވެސް އިތުބާރެއް ނެތީއޭ

  3. ތިބޭތި

    ޖޭޕީ ކޯލިޝަން ހަދާނީ އެމްޑީޕީ އާއި އެކު ދަ ޑިމޮކްރެޓްަސް އިން އިއުލާން ކުރާނީ އެމްޑީޕީ އާއި އެކު ރައީސް ޔާމީން އަރިސް މީހުންނޭ ކިޔައިގެން ވާހަކަ ދައްކާ މީހުން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ ރަނގަޅަށް ދެވަނަ ބުރުގައި ރާކަނި މަސްކާންދޭނެ ތިބުނާ ގާތް ކަނޑުކޮހަށް ބަލަންތިބޭތި.

    1
    2
  4. 123412

    މީނަގެ ޑިމާންޑްތަކަށް އެއްބަސް ވެގެން މީނައާ ކޯލިޝަން ހެދާފިނަމަ ޕީޕމ އަށް އޮންނަ އޮތުބާރު ކުޑަވާނެ. މާނަ ޖެހޭނީ ޕޕމ ގެ ސިޔާސަތައް ތަބާވަން. ތީނައާ ނުލާވެސް މިކަން ވާނެ. ފަނަގަޅީވެސް ތީމަ އެމްޑީޕީ އާ ގުޅިގެން ދެ ބައި މީހުންގެ ހަޑި ފެތުރުމުގަ އުޅެގެންފިއްޔާ.

  5. ރިލޭ

    ސޯލިހަށް ފިލާވަޅެއް ދޭންވީ ،،، އެއްގަލަށް އަރާނީ ނޫން ،،،

    3
    1
  6. ލަލީތާ
  7. ނަދީމް

    ކޯލިޝަން އެއް ނުހަދާނަން ތާއީދު ދެއްވަންޏާ ދެއްވާ ކޯލިޝަންއެއްހަދަންޏާހަދަންޖެހޭނީ އަޅުގަނޑުމެން ގެ ޝަރުތުތަކައްއެއްބަސްވެގެން ޚާއްސަކޮއް އަޅުގަނޑުމެންގެ ގޭގެވަށާފާރުމަތިން އެއްވެސްމީހަކައް ނުވަދެވޭނެ ކަމައް އެއްބަސްވެގެން

  8. ޙެހެހެ

    ލާދީނީ ބައިގަނޑުގެ އެހީ ޕީޕީއެމް ބޭނުމެއްނޫން ، ވަރަށްސާފްތަ ، ކަލޭމެން ނެތި މިކަން ނިންމާނީ ، ބޯކިބާ ފަޅިކުރާ ގޮތް ޕީޕީއެމް ބޭނުމެއްނޫން ، ޕީޕީއެމްއިން މީނައާއި ބައިއަތުހިފާފިނަމަ މަގޭވޯޓު ނުލިބޭނެ ، ޑރ.މުއިއްޒަށް ގޮވާލަން މިމީހުން ކައިރިނުކުރާތި ، މީ އިންޑިއާގެ އެޖެންޓުން

    2
    1
  9. Anonymous

    މީނާޔާ ނާޒިމާ ކޯލިޝަން ހަދާފިއްޔާ ޕީޕީއެމްގެ ދުވަސް ދުއްވާލާނެ މީ ކައިރިކުރަން ހެޔޮވާ ވަރުގެ ބަޔެއްނޫން އެހެރެ ރިޔާޒް ވަރަށް ވަރުގަދަ ލަގާޔެއް ދޭނެ

    2
    2
  10. ސިމާ

    ނާޒިމް ދާންޖެހޭނީ އެމްޑީޕީއަށް މުއިއްޒު ހޮވޭ އިރާފުޅުން

    2
    1
  11. ޒިންދަގީ

    މީނާޔާ ނާޒިމާ ކޯލިޝަން ހަދާފިއްޔާ ޕީޕީއެމްގެ ދުވަސް ދުއްވާލާނެ މީ ކައިރިކުރަން ހެޔޮވާ ވަރުގެ ބަޔެއްނޫން އެހެރެ ރިޔާޒް ވަރަށް ވަރުގަދަ ލަގާޔެއް ދޭނެ

    2
    1
  12. މޮހޮދު

    އެމްޑީޕީ އަދީ ގައުމުގެ ވެސް ހަލާކު މީ