ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި މެދުގައި ޖުމުހޫރީ ޕާޓީ (ޖޭޕީ)ން ނިންމާނެ ގޮތެއް މާދަމާ ހާމަކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަނަކަށް އަލީ ސޯލިހް "ވަގުތަށް" ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ގޮތެއް ނިންމުމަށް މާދަމާ ކައުންސިލް ބައްދަލުވެއް ބޭއްވުމަށް ތާވަލު ކޮށްފައިވާ ކަމަށެވެ.

"މާދަމާ އެބަ އޮތް ކައުންސިލް މީޓިންއެއް. އެ މީޓިންނަށް އެޖެންޑާ ކޮށްފަ ވަނީ ދެވަނަ ބުރާ މެދު ގޮތެއް ނިންމުން. އެއަށް ފަހު އަޅުގަނޑުމެންގެ ނިންމުން ހާމަކުރާނަން.". އަލީ ސޯލިހް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ވޯޓު ގުނަން ފެށުމުން އެންމެނަށް ވެސް ހަރިކާންކަމެއް ލިބުނީ ކުރިން ތިން ވަނައިގައި އޮންނަ ޖޭޕީ ފަސް ވަނައިގައި އޮތުމުންނެވެ. ޖޭޕީއަކީ ރާއްޖޭގެ ރިޔާސީ ރޭހުގައި އަބަދުވެސް ކިންގް މޭކާގެ ގޮތުގައި ގިނަ ބަޔަކު ދިޔައީ ގަބޫލްކުރަމުންނެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް އިންތިހާބުން ލިބިވަޑައިގެންނެވީ 5،387 ވޯޓެވެ. އެއީ 2.47 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަހަތަށް ޖައްސާލައި އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓަށް ވެފައެވެ. މުއިއްޒު، ލައްކަ އަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 86،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު %50 ހުރަސް ނުކުރާތީ، ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގައެވެ.

އިންތިހާބުގައި ތިންވަނަ ހޯދީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރު ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަދަދު

    ހެޔޮޮ ދެނެއް

    11
  2. މުއިއްޒު ކުރިއަށް

    މި ނުބައި ސަރުކާރު ގެނެސް، މި ސަރުކާރުގެ ޖަރީމާތަކުގަ ބައިވެރިވެފަ، ރައްޔިތުންގެ ވާވެއްދި ފަޅު ވިއްކާލައިގެން ކެމްޕޭނު ކޮއްގެންވެސް އުމަރު ނަސީރުވެސް ބަލި ނުކޮއްލެވުނު.
    މިހާރު ޖޭޕީގެ ސާއިޒް ފެނި، ދެން 2000 މީހުންވެސް ވޯޓު ނުލާނެ. އެކަމަކު އިބޫ އަތުން ލާރިކޮޅެއް ލިބޭތޯ ބަލާ. އަހަރުމެން ހޮވާނީ މުއިއްޒު އިންޝާﷲ

    27
    2
  3. މީ ވެސް

    ގާސިމް ޖެހޭނީ ތި އެންމެން ބަދަލުކޮއްފަ އާ ބަޔަކަށް ކައުންސިލް ހިންގަން ހަވާލުކުރަން . 22000 މީހުން ޕާޓީގަ އަދި ތިއްބަކަސް ނެތެއްނު މޮޅެއް. ލާރި ނެގިބަޔަކު ލާރި ނަގާފަ ވޯޓުވެސް ނުލި

    24
  4. ކިނާރީ

    ޖޭޕީން އަބަދުވެސް ސަރުކާރުތަކާގުޅެނީ ފައިދާ ތަކެއް ހޯދަން ގައުމަށއ ޓަކައެއްނޫން . ލިބޭބައިވަރު މަދު ވެއްޖެ ނަމަ މައްސަލަ ޖެހޭ . ސިޔާސީ ޕާޓިއެއްގެ ގޮތުގަ އޮވެ ކޯލިޝަނުގަ ހައްޤަށް ބަސް ނުބުނެވޭއިރު ގައުމަށް ޓަކައި ކަމެއް ކުރިބަޔަކަށް ނުވާނެ . މިހާރުވެސް ޖޭޕީ ގެމިނިސްޓަރ އިން ވެރިކަމުގަ ހިއްސާނަގައިގެން ތިބޭއިރު ސަރުކާރެއްގެ ނާގާބިލް ކަމާ ނޭއްގާނީ އަމަލުތައް ޖޭޕީ ގެ ބޮލަށް ވެސް ޖެހެނެ . ރަގަޅު ގޮތަކީ އެއްވެސް ބަޔަކާނުގުޅިތިބެ ވިޔަފާރިއާގެން އުޅުން .

    22
  5. ޖ

    އަޅުގަނޑު ހީކުރީ 4 އަނބިންގާތު ދެން އޮންނާނީ ކަމަށް. ކޯލިޝަން ހަދަންވެސް ވަކި % ކަނޑައަޅަން ވީނު. ގާސިމު ބުނަނީ އަނބިން އިސްލާހުކުރުމުގައި ދެމިހުންނަވާނެކަމަށް. ކުރާ އިސްލާހެއް ނުފެނޭ. އުފައްދަނީ ފިތުނައާއި ފަސާދަ.

    13
    2
  6. ބަދުރު

    ފަހުންދުވަހުވެސް ސޭޓު ބެލީ ސްޓޭޖުގަ ލޯބީގެ ލަވައެއް ކިޔޭތޯވިއްޔަ. ރައްޔިތުން އެދުވަހު ނިންމައިފި ސޭޓު ހަމައެއްނޫންކަން. އަވަސް ފަރުވާ ދޭންޖެހޭކަން. އަވަސް ޝިފާއަކަށް އެދެން

    14
    1
  7. ލަކީ

    ޙެހެ ތިގޮތަށް ގެޔަށް ވަން 2008ގަ ވެސް މިފަހަރު ހަމަ ޔަގީން ސައިޒު ފެނިއްޖެ ކޮބާ އެއްކަލަ އަމީން ދެން ކިބާ ބައީ ވަހީދު ދެން އެއްވެސް ބަޔަކު ބައިބަހާކަށް ޖާގައެއް ނުދޭނެ އެއީ ސައިޒް ކުދަ ވީމަ

    10
  8. އައްޔަބޭ

    ދިޔަަހަރަދު ސަރުކާރު ތެރެއުން ދަމައިގަންނާނެ... ތިޔައީ ސޭޓް
    ރާއްޖޭގެ ރައްރައް ލިޔުވީއޭ ކިޔައިގެން މިލްކީޔާތައް ހަދައިގެން އުޅޭބައެއް މީ
    ރާއްޖޭގެ އެއްވެސް ރަށެއް އެއްވެސް މީހަކަށް ލިބިގެންވާނެ ކަން ބުއްދި ގަބޫލެއް ނުކުރޭ
    ކުއްޔައް ސަރުކާރުން ދޫކުރާތަންތަން ވެސް 50 އަހަރައް ވުރެ ދިގުވެގެން ނުވާނެ
    ގައުމަށް ޓަކާ ހުރި މެންބަރަކު މިކަން އިސްޅާހް ކޮށްލަ ދެއްވުން އެދެން