ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި މެދު ގޮތެއް ނިންމުމަށް ދަ ޑިމޮކްރެޓްސް ޕާޓީން މިއަދު ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެ ޕާޓީގެ ކައުންސިލް މެންބަރުންގެ ބައްދަލުވުމެއް މިއަދު 3:00 ޖަހާއިރު އެ ޕާޓީގެ ޖަގަހައިގެ އޮންނާނެ ކަމަށެވެ. އެ ބައްދަލުވުމުގެ މާ ބޮޑު ތަފްސީލެއް އެ ޕާޓީން ނުދެއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން "ވަގުތުން" ސުވާލު ކުރުމުން ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ބައްދަލުވުމުގައި ދެވަނަ ބުރުގައި ނިންމާނެ ގޮތަކާއިމެދު މަޝްވަރާތައް ކުރެވޭނެ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކޯލިޝަން ހެދުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޝްވަރާ ކުރެވެމުންދާއިރު، ރައްޔިތުން ހިތްހަމަ ޖެހޭ ގޮތަަކަށް މިކަން ނިމިގެންދާނެ ކަމަށާއި، އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިނުގަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ވިދާޅުވެފައިވެއެވެ.

މިއަދު ނަޝީދު ވަނީ ދެވަނަ ބުރުގައި ރައީސް ސޯލިހުގެ ފަހަތަށް ނާރާނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއެވެ. ދެވަނައަށް ރައީސް ސޯލިހު ހޮވިފައިވާއިރު ލިބުނު ޑިމޮކްރެޓްސްއަށް ލިބުނީ ތިންވަނައެވެ. އެހެންކަމުން ޕީއެންސީން އަދި އެމްޑީޕީން ވަނީ ކޯލިޝަން ހެދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެމްޑީޕީން ކޯލިޝަން ހެދުމަށް ޑިމޮކްރެޓްސްއަށް ގުޅި ކަމަށާއި އެކަން އެގޮތަށް ކުރަން އެމްޑީޕީން ލަދެއްވެސް ނުގަންނަ ކަމަށް ޑިމޮކްރެޓްސްގެ މެންބަރުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަރަގު

    ކަލޭމެންގެ ނިންމުން އޮޅިގެން އުޅޭބަޔަކު ނުއުޅޭ. ކަލޭމެންގެ ބޭނުން ވަރަށް ފުރިހަމަޔަށް ޕީޕީއެމުން ހިފާނެ.މުއިޒަށް ވެރިކަން ލިބިއްޖެނަމަ ކަލޭމެންގެ ޙައްޤު މަޤާމު ރީތިގޮތަކަށް ދޭނެ. (12 ސެޕްޓެމްބަރ 2023 އަންގާރަ ހެނދުނު 11:27)

    13
    5
  2. ރައްޔިތުން

    މާ މޮޅުބަޔަކަށް ހެދިގެން އުޅުނަސް ތިޕާޓީގެ ބިންގާ މިހާރުވެސް ތިއޮތީ ބޮއްސުންލާފަ. ނަސީދު އަޑީގަ ހުރެގެން ޕަޕެޓްޝޯއަށް ދެ ކުދިން ލައިގެން ގުރުބާންކުރަނީ. ހީހީހަލާކުވެދާނެ. ނަސީދު އަދިވެސް ބޭނުމީ މޑޕއަށް އަނބުރާ ގޮސް އޭތި ހިންގަން. ދެޕާޓީ އަކީވެސް އިންޑިޔާގެ އޭޖެންޓުން. ގައުމު ވިއްކުމުގަ ބައިވެރިވި މީހުން ދެޕާޓީގަވެސް ތިބީ. ހަމަ ގައްދާރުން

    9
    9
  3. ޙިޖ

    އަސްލު އަނނ ޖލށ ލފ އބ ނެރުނީ ޔމނ. ޢެވަރުހނދ

    1
    2
  4. fazleena

    ޑިމޮކްރެޓްސް މީހުން ބުނާގޮތުން އެމްޑީޕީ ފިކުރަކީ ނަޝީދް ގެނައި ފިކުރެއް. ޕީޕީއެމް އަކީ އެމްޑީޕީ އާދެކޮޅަށް އުފެދުނު ފިކުރެއް މިހާރު މިފެންނަނީ ތެޔޮގަނޑެއްގެ ތެރެއަށް ފެންގަޑެއް ވަންނަން އުޅޭ މަންޒަރު އެކަމަކު ކިތަންމެ ވަރަކަށް ތެޔޮގަނޑެއްގެ ތެރެއަށް ފެންގަޑެއް ވަނަސް އެދޭތި ދުވަހަކުވެސް އެކެއް ނުވާނެ

    2
    4
  5. މުއިއްޒު މިފަހަރު

    ދަ ޑިމޮކުރެޓްސްއާއި ގުޅިއްޖެނަމަ މުއިއްޒުއަށް އެތައް ވޯޓެއް ގެއްލޭނެ. އަދި ފުރަތަމަ ބުރު އުމަރަށް ވޯޓުލީމީހުންވެސް މުއިއްޒުއަށް ތާއީދު ނުކުރާނެ

    4
    6
    • ާީވޭނާ

      ކާކުބުނީ ތިހެން މަ މީ ވޯޓްލީމެއްވެސްނޫން އެކަމް 4ވޯޓްހޯދާދިނިން އައްނިގޫނަސް މުއިއްޒުއައް ވޯޓް ލިބޭނެ އިންސާ ﷲ ކާމިޔާބުދއްވާށި އާމީން އެކަކުނުގުޅުނަސް އިންޝާﷲ ކަސމިޔާބުވާނެ އާމީން

  6. މެޔޮނައިސް
  7. އަހްމަދު

    ބޮޑް ވަޒީރުކަން ހަނދާން ނައްތާލާފައި ނޫންގޮތަކަށް ނާންނާތީ! ނޫނީ އިބޫއާއި އެކު ބޮޑުވަޒީރުކަން ހޯދަންދޭ!!!