ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫންއާއި ޕީޕީއެމް/ޕީއެންސީން ކޯލިޝަންގެ މަޝަވަރާ ކުރުމަށް ތައްޔާރު ވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ފާރިސް މައުމޫން އާއި އެކީ ކޯލިޝަން ހެދުމަށް ބާއްވާ މަޝްވަރާ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ފާރިސް އާއި އެކީ ކޯލިޝަން ހެދުމަށް ބާއްވާ މަޝްވަރާ މިރޭ ބޭއްވުމަށް ނިންމާފައިވާއިރު، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފް އާއި ޕާޓީގެ އިސް ވަފުދެއް ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި ވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުން ވެސް މިރޭ އޮންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ތީ ވަރަށް ވިސްނަންޖެހޭކަމެ ޕޕމލީޑާރޝިޕް ގޯހެެއް ނުހަދައްޗޭ ވޯޓުގެ ބޭނުމުގަވެސް ފާރިޝްއާ މައުމޫނަށް އިތުބާރެނުކުރެވޭނެ..ފާރިޝް ޕޕމ ޖަހައިގަންނާނެ ޕާޓީތެރެ ފަނިކުރާނެ މިކަންވިސްނާތި..

    54
    8
  2. މަހަމަ

    ޗޯރަށް އޮތީ ދެން ޖަލު އެކަންވާނެ އިންޝާﷲ.

    44
    8
  3. ޜެފް

    ފާރިސް އަކީ މީހާރު އެންމެ ގަދަ އޮށްޓަރުހުރި ވާހަކަ ދައްކާ އެކަކު. ގަބޫލް ކުރިޔަސް ނުކުރިޔަސް

    21
    2
    • ސެލްމް

      ދޮގެއްތީ. ޖާބިރު މާ މޮޅުވާނެ

  4. އިޙްލާސްތެރި

    މަރުހަބާ.. އުމަރު، ފާރިޝް، ގާސިމް، ނާޒިމާއި އެކު ކޯލިޝަން ހެދުން ރަނގަޅެއްކަމަކު، ތިޔަހަރަ ނަޝީދާ ބައިއަތު ހިފަން ހެޔޮނުވާނެ. ސީދާ ފައްކާ އިޔަހޫދި ވިސްނުންހުންނަ މީހެއް.

    18
    1
  5. Anonymous

    ފާރިސް އެއް ގާސިމްއެއް މިގައުމަކަށް ހެވެއް ނޭދޭނެ. ޕީޕީއެމް ޕީއެންސީ އުމަރާއި ގުޅިގެން މިކަން ކުރިއްުޔާ މާ ރީތި ވާނެ. ހަމަގައިމުވެސް އުމަރަކީ ލާދީނީ އެމްޑީޕީއާއި ދުވަހަކުވެސް ގުޅުން މީހެއް ނޫން.

    12
    1
  6. ގްރޭސް

    ޕީއެންސީއަށް ހިސާބުތަކުންދައްކާ ގޮތުގައި ކާމިޔާބުލިބުމުގެ ފުރުޞަތު އޮތީ. ޑިމޮކްރެޓްސްގެ ގިނަ މެމްބަރުން އަންނި ބުންޏަސް އެމްޑީޕީއަކަށް ވޯޓެއްނުދޭނެ. އަންނިގެ ވޯޓު %20 ލިބޭނެކަމަށް ބަލާ އުމަރުގެ ވޯޓުން %80 ލިބޭނެކަމަށް ފެންނަނީ. ދެން ގާސިމްއާއި ފާރިޝް ސައިލެންޓްވެއްޖެއްޔާ މިދެވެރިންގެ ވޯޓު %50ކަމަށް ބެލިޔަސް މުއިޒަށް %52 ލިބޭނެ. ދެން އޮތީ ފުރަތަމަބުރުގައި ވޯޓުލާންނުދާ ގްރޫޕް. މިބައިންވެސް ބޮޑު ތަރުހީބެއް ލިބޭނީ މުއިޒަށް. އެހެންވީމާ މިއިންތިހާބު %58އިން މުއިޒް ކާމިޔާބުކުރާނެ.

    • ކަތީބު

      އިންޝާ ﷲ

  7. އަލީއިބުރާހިމް

    ޢެއްބަސްވުމެއް އޮތުން ރަނގަޅު އެކަމަކު ކޭކު ފޮތިކުރާހެން ސަރުކާރު ބައިކުރާ އެއްބަސްވުމެއް ނުހެދުމައް ޑރ މުއިއްޒު އަށާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްވެރިންނައް ދަންނަވަން ބޭނުމަކީ ގައުމު ސަލާމަތްކުރުން އެކަމައް ތާއީދުދެއްވާ ކޮނމެބަޔަކައްވެސް މަރުހަބާ ދަންނަވާ