މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނުކުތް ނަތީޖާ އިން ލިބުނު މާޔޫސް ކަން ފަހަތަށް ދުއްވާލާފައިވާ ކަމަށާއި މަސައްކަތްކޮށްފި ނަމަ، ނަތީޖާ އަނބުރާލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލާއިރު، ވޯޓުލާން މީހުން ނުކުމެފައި ވަނީ ރާއްޖޭގެ ތާރީހުގައި ނުދެކޭ ފަދަ މަދުން ކަމަށެވެ. މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައި %88 އަށް ވުރެ މަތިން ވޯޓުލާން މީހުން ނުކުތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

"އެކަމަކު، މިފަހަރު %79 ކޮންމެވެސް ވަރެއް، %80 ވެސް ހަމަނުވޭ. މިއީ ރާއްޖޭގެ އިންތިހާބުތަކުގައި މީގެކުރިން ދިމާވެފައި ހުރި ގޮތެއް ނޫން. އަޅުގަނޑަށް ހަމަ ޔަގީން މަސައްކަތް ކުރެވިއްޖެ ނަމަ، މިއަށް ވުރެ ރަނގަޅު ޓާން އައުޓެއް ނެރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރައީސް ވިދާޅުވީ އޭގެ ތެރޭގައި އެމްޑީޕީގެ ވޯޓުތައް ހިމެނޭ އިރު، އެމީހުން ވޯޓުލާން ނުދިޔަ ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށެވެ.

"ދަތުރު ނުރޭވުނީތޯ އަޅުގަނޑުމެންނަށް. ޓްރާންސްޕޯޓް ނުދެވުނީތޯ؟ ނޫނީ ގަޑިއަށް އައުމަށް ފަރުވާ ކުޑަ ކުރެވުނީތޯ؟ މިގޮތަށް ބަލައިގެން ލިސްޓުތައް އެ ހުރީ ތައްޔާރު ކުރެވިފައި. ތިޔަބޭފުޅުން ކޮންމެ ފޮއްޓެއް ވަކިން މިހާރު ވާނީ ތައްޔާރުކޮށްފައި. އެއާއެކީގައި ކުރިއަށް ވަޑައިގަންނަވަންވީ." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް މިއޮތް 17 ދުވަހުގެ ތެރޭގައި މީތި މުޅިން އަނބުރާލާފައި އަޅުގަނޑުމެންނަށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ،"

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ވަރަށް ރޭވުންތެރިކަމާއެކީގައި ކަންކަން ކުރަމުން އަންނަ ބައެކެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކަން އޮތް އިރު، ކައްސާލައިގެން ދިޔަ ކަންކަން ރަނގަޅު ކުރެވިއްޖެ ނަމަ، މިއީކީ ބަދަލު ނުކުރެވޭނެ ނަތީޖާއެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދަނޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރައީސް ވިދާޅުވީ އިންތިހާބުގެ ތެރޭގައި ރައްޔިތުން ކުރީ ބުރަ މަސައްކަތެއް ކަމަށާއި ގައުމަށްޓަކައި އަދި އަނިޔާވެރިކަމުގެ ތެރެއަށް ރައްޔިތުން ދާން ބޭނުން ނުވާ ކަން ސާފުވެފައިވާ ކަމަށެވެ. އަދި އެމްޑީޕީން މި ފަށަނީ ޖުލައި 9 ގައި ފެށި މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އެ ފާހަގަ ކުރެއްވީ ރިޔާސީ ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި އެ ރޭ ބޭއްވި ބޮޑު ޖަލްސާއަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެބޭފުޅުން އަނެއްކާ ވެސް ނުކުންނެވީ ރާއްޖެ އެނބުރި ނާމާންކަމުގެ ތެރެއަށް އަދި ބިރުވެރިކަމުގެ ތެރެއަށް ދާން ބޭނުން ނުވާތީއެވެ. އެތައް މަސައްކަތެއް ކުރި ނަމަވެސް ކާމިޔާބުވާ ފަހަރާއި ނާކާމިޔާބުވާ ފަހަރު ވެސް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި އިންތިހާބުގެ ދެވަނަ ބުރަށް އަޅުގަނޑުމެން ނުކުންނަނީ އަޒުމްގައި. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނޭ މި ޓީމު އޮތް ގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ، އިރާދަކުރެއްވިއްޔާ ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމާ އެކީގައި ދިރާސާތަކެއް ހަދާފައިވާ ކަމަށެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކަންކަން ސާފުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީން ނުކުންނަނީ ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކޮށް، ފޯރި އާއި ޖޯޝާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޟަނޓޭ

    ލައްކަ ފައިސާ އަޅަން ދެއްތޯ ތިޔަ ވިސްނަނީ ކިތައް އައިޑީކާރޑް ލިބިއްޖެބާ ޗޯރު

    47
    5
    • ނަދިފާ

      އައްޑޫ އަސްލަމްގެ އެއްމެ އަރިސް މީހުންނަކީ ސޯބެ އާއި އޭނާގެ ޓީމް.
      ކެމްޕއެިން ފައިސާކޮޅުވެސް ޚަރަދު ނުކޮށް ފޮރުވީ.
      ޢެއިން މީހެއްގެ ގޭ ފާރުގައި ކުލަކޮޅެއްވެސް އަދި ޕޯސްޓަރެއްވެސް ނުޖަހާ.
      އެ ޓީމް އަޑި އަޑިން މަސައްކަތް ކުރީ އައްނި އާއި އެކު.

      ޢަސްލަމްގެ ސައިޑުން އުޅުނު ހުރިހާ އިސް މީހުން ހިފަނީ މަޖިލިސް ގޮނޑިަށް.
      އަސްލަމަށްް ލަނޑުދިނީ ސޯބެ ގެންގުޅޭ ކުދިން ކޮޅު.

      9
      1
      • މުޙައްމަދު

        ހަގީގަތުގަ ކަން ހިނގާފަ ހުރިގޮތް.

  2. ނަނަނަ

    ޓާންއައުޓް ވެއްޖެއްޔާ އޑޕ އަށް ވާނީ ގެއްލުން. މިދިޔަފަހަރު ނުނުކުތް މީހުންނަކީ އޑޕ އިން އައިޑީ ކާޑް ގަތް ޕީޕީއެމް ވޯޓް.

    39
    3
    • ގަމާރު

      އެން ޑީ ޕީ އެއް ނޫން، އެމް ޑީ ޕީ، މޑޕ

      3
      1
    • އަސޭލާ

      ވޯޓްލާން ނުނިކުމެ ތިބީ ގަބުރުސްތާނުތަކުގައި ތިބި މީހުން. އެމީހުންގެ ވޯޓް ލިބިއްޖިއްޔާ ކާމިޔާބުވެދާނެ . އެނޫންގޮތަކަށް މިފަހަރު ކާމިޔާބެއް ނުވާނެ. އަސޭލާބުނީ މިފަހަރު އަންނާނީ އައު ޕާޓީއަކުން އައު މީހެކޭ

      8
      1
  3. ޕޮގުބާ

    ރަށްޔިތުންތިބީ ވެރިކަންބަދަލު ކުރާގްތަށް ބޮލުރޮދި ކެނޑިފަތިބި ބަޔަކަށް ވެރިކަންދޭ ގޮތަކަށްނޫން ގައުމު ވިއްކާލާ ކަނޑުވިއްކާލާފަ ގައުމުދަރުލި ބަޔަކަށްވުރެ އަނިޔާވެރިކަބޮޑީ ވަކި ކޮންބައެއްތަ؟މިވެރިކަން ބަދަލުލު ކުރުމަށް ރަށްޔިތުން ވޯޓް ދިނުމަކީ ރަށްޔިތުންގެ ހައްގެއް

    31
    2
  4. ގައުމު

    އިންޝާ ﷲ ބަލި ކުރާނަން

    35
    2
  5. އއ

    ފަހަތަށް ދުއްވާލީ ގުޔަށް ހަދާފަ ދޯ؟

    24
    1
  6. ކޮއްޔާ

    30 ގައ ބޮޑުތަނުން މާޔޫސްކަން ލިބޭނީ ' އިންޝާﷲ // ގެއްލުނު އިތުބާރެއް ދެން ނުލިބޭނެ // ދިވެހިންގެ ގިނަ މީހުން އަޅުވެތިކަމަކަށް ދާކަށް ނޭދޭ //
    ޑރމުއީޒު އަށް މިގައުމުގެ ހާލަތައިގެން ކުރިޔަށް ގެންދެވޭނެކަން އެބުނީ // 2ވަނަ ބުރުގައި އެތަފާތު ވާނީ ބޮޑު ﷲގެ މަދަދުން //

    8
    1
  7. ސަނާ

    އިބްރާހިމ އޮނާނެނުން ރަނގަޅަށް އިންޑިއާމަޅީގަޖެހިފަ . ވަގުތީގޮތުން ޖީބް ބޮޑުކުރުން ނޫން ކަމެއްވިތަ . 5 އަހަރުތެރޭ އިންަދިއާ މީހުނަށ ހައުސިން ޔުނިޓެއްނޭޅުނޭ . ދެން މިއުޅެނީ 25000 ވޯޓް ގަންނަން . ވޯޓް ވިއްކާނީވެސް ހަކުރުބޯކުދިންކޮޅު.

    7
    1
  8. Anonymous

    ކަލެއައް އޮތީ ފަހަތުން 1 ވަނަ މާޔޫސްކަންކުރިއައް

    8
    1
  9. މުހޢްމަދު

    ޢަމިއްލަ ބައި ކޮޅަށް ގޯލް ޖެއްސެވުން ނޫން ކަމެއް ނުކުރެވޭ އަދި އެއް

    8
    1
  10. Anonymous

    އިބިރިހިމާ އެވެ. ތިބޭޅާގެ ކަންތައް ނިމިއްޖެއެވެ. ބުރުމާ ބުނީ ތިބޭޅާ ގެއަށް ކަނޑާލާށެވެ! ރައްޔިތުން ވެސް އެހެން އެބަ ބުނެއެވެ.

    7
    1
  11. Anonymous

    ެދިޔާތަކެތި ބޯ ދުން ބޯ ރުނބައެއް ފަހަތަށް ލައިގެން ލިބޭނެ މޮޅެއް ނެތެވެ.

    7
    1
  12. ބުންބާ

    ނުދެހުރި ކަމަކީމިހާރު މީހުން ތަރައްގީވެ ތަންދޮރުދަންނަކަން...ޒަމާންބަދަލުވެއްޖެކަން... ވަގުތީލާރިކޮޅަކަށް ނުގުޑާނެކަން... މަނިކްފާނަކާދިމައެއްވާނެ ތާއީދުނުކެރާމީހަކާ އެހެންވެ އިންސާނާގެ ބުއްދިއަށް އޮޅެނީ.

  13. ޢިސްޢާފް ސަލީމު

    ފުރަތަމ،ަބުރުންވީވަރުވެސް ދެން ނުވާނެ އިންޝާއަﷲ! ފުރަތަމަ ބުރުގައި ޞާލިޙަށް ވޯޓުދިންމީހުން ވޯޓުދިނީ މަޖުބޫރުވެ ، ވަޒީފާގެ ބިރުއޮވެ ، ފުރަތަމަބުރުން ނަގާނޭކަމަށް ބުނިބުނުމަށް ޢިތުބާރުކޮށްފަ! ދެވަނަބުރުގައި އޭގެތެރެއިން ގިނަބަޔަކު ވޯޓުދޭނީ މުޢިއްޒަށް! އެއީ ޢީލްމާ ހުނަރާ ޤާބިލްކަމާ ނެރެފައިވާ ނަތީޖާއަށް ރިޢާޔަތްކޮށްފަ!

    8
    1
  14. ގފގފ

    މިހާރުވެސް މޫނުމަތިން އެފެންނަނީ މާޔޫސްކަން. އަހަރެން ހުވާ މިކުރަނީ ރަގަޅަސް ނުވެސް ނިދޭނެ ރަގަޅަސް ނުވެސް ކެވޭ މިހާރު ދެން ކޮން މާޔޫސްކަމެއް ދޫކުރިވާހަކައެއް.

  15. އަދުހަމު

    އެމުބަސީ ސަފީރު އެކަނި މިހާރު ތިކޮޅަށް ހުރީ ސަފީރު ތެޅި ތެޅި ހަލާކުވަނީ

  16. އިކުރާމު

    މޫނުމަތިން ފެންނަނީ މާޔޫސްކަން %40 އައްވުރެ ދައްވީމަ

  17. ސާރާ

    ބުއްދި ސަލާމަތުންހުރި ، ހަމަވިސްނޭ ދިވެއްސަކު އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށްގެންނަން ތާއީދެއް ނުކުރާނެ! ސަބަބކީ ތަންދޮރު ނުފިލުމާ ، ނުކިޔަވައިހުރުމާ ، ގަމާރުކަމާ ، ދަރަނިވެރިކުރުމާ ، ހަރުމުދާވިއްކުމާ ، ކަނޑުވިއްކައިލުމާ ، ހެސްކިޔާފަ ޑްރަގު އެތެރެކުރުމާ ، ބޯންދިނުމާ ، ދީނަށް ފުރައްސާރަކުރާމީހުންނަށް ހިމާޔަތްދިނުމާ ، ވަޢުދުތަކުގެ 20% ވެސް ނުފުއްދުމާ ބެއިތިލްމާލް ލޫޓުވައިލުން.

  18. ރިލްވާން

    ވޯޓުގެ ނަތީޖާބަލާލަބަލަ . މާލޭ ދަފްތަރުމީހުން ބިންނުދީ ބާކީ ކޮއްލީ . ދަފްތަރު އެކަކުވެސް އިބްރާހިމް އަށް ވޯޓް ދީގެން ނުވާނެ.

  19. މުޙައްމަދު

    ތީގެ މާނައަކީ ވޯޓުން ވައްކަން ކޮށްގެންވެސް ނަތީޖާ ބަދަލުކުރާނެ ވާހަކަ ދޯ. ތީތި ކަޑަ

  20. ާދަލޭކް

    އިނަޑިޔާ ސަފީރު ހަޅެލެވީމަ ބިރުންދޯ لله ހެޔޮ رحمة މިބަހަރު ބޮޑުތަނުން ބަލިވުމަށް އެދި އެތައް ނަޔަކު دعا ކުރޭ ކުޑަކުއްޖަކު މާމަ ކައިރި ނުނީ މާމައޭ ޑރ މުއިއްޒު އަށް ވޯޓެއްދީބަލަށޭ އެއީ ކިހިނެއްވީތޯ އެހީމަ ބުނީ މައްމަ ބުންޏޭ ވަރަށް ކިޔަވަިގެން ހުރިމީހެކޭ .

  21. Anonymous

    ދިވެހި ދައުލަތުން ކިހާވަރެއްތޯ ތިޔަ މާޔޫސްކަން ދުއްވާލަން ހަރަދުވީ ، ފުރަތަމަ ބުރުގަ މުއިއްޒުއަކައް ވޯޓެއް ނުދެން އެކަމަކު ދެވަނަބުރުގަ މުއިއްޒުއައް ވޯޓް ދޭނީ.