ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނުން ކޯލިޝަން ޕާޓްނަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ އެމްޑީއޭ ގެއްލިއްޖެއެވެ.

ފުރަތަމަ ބުރުގައި ލިބުނު ބޮޑު ނާކާމިޔާބަށްފަހު ކެމްޕޭން އަލުން ފަށައިގަތުމަށް މިރޭ މާލޭގައި ބޭއްވި ޖަގަހަ ބައްދަލުވުމުގައި އެމްޑީއޭގެ އެއްވެސް ބޭފުޅަކު ބައިވެރިއެއް ނުވެއެވެ. ކޯލިޝަންގެ ޕާޓްނަރު އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިރޭގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ނަމަވެސް އެމްޑީއޭގެ ބޭފުޅަކު ބައްދަލުވުމުގައި ވާހަކައެއް ވެސް ނުދައްކަވައެވެ.

މިރޭގެ ބައްދަލުވުމުގައި އެމްޑީއޭގެ މެންބަރުންގެ ތެރެއިން ބައިވެރިވީ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެކަންޏެވެ. އެމްޑީއޭގެ ބައްދަލުވުންތަކުން ފެންނަ އިތުރު އާއްމު މެންބަރަކު ވެސް މިރޭގެ ބައްދަލުވުމަކުން ނުފެނެއެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ބައްދަލުވުމުން އެމްޑީއޭ ގެއްލުނުއިރު ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ސިޔާމް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އިންތިހާބުގެ ނަތީޖާ ބަދަލު ކޮށްލުމަށް ކުރާނެ ކަންކަމާއި ގުޅޭ ގޮތުން ސިޔާމް އެއްޗެއް ވިދާޅުނުވި ނަމަވެސް އެމްޑީއޭ އިން ވަނީ ސަޕޯޓަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޓްވީޓެއް ކޮށްފައެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ބައްދަލުވުމުން އެމްޑީއޭ ގެއްލުނުއިރު ސިޔާމް ގެންދަވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން މަޝްވަރާ ކުރަމުން ކަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި އެކަން ކަށަވަރުކޮށެއް ނުދެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިވާން ކެމްޕޭންގައި ހެދުނު ގޯސްތައް ދެނެގަނެވިއްޖެ ކަމަށާއި ހިތްވަރާ އެކު އެންމެން އެކުގައި 17 ދުވަހުން ނަތީޖާ ބޮޑުތަނުން އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ސޯލިހް މިރޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޜޯނުއެދުރު

    ސިޔާސީ މީހުން އުޅޭނީ އެހެން، އަމިއްލަ އެދުމަށް ގުއިކާންޖެހުނަސް ކާނެ، ޔާމީނުގެ ތޮށްޕަރަށް ވަދެގެން މިހުރިހާދުވަހު މީނަ އޮތީ، ބޭނުމަކީ މީނަގެ ބަގުރޫޓު ވެފަ އޮތް ވިޔަފާރި ނަގާ ކޮށްޅަށް ޖެހުން

    70
    0
    • ޏ

      ނަތީޖާ އޮތީ އެނބުރިފައެވެ އިބޫ އަށް 15% އެވެ މުޢިއްޒު އަށް 75% އެވެ
      އިމީ ދެވަނަބުރުގެ ނަތީޖާއެވެ އެހެންކަމުން ސިޔާސީ ޕާޓީތަޢް މުޢިއްޒު ފަހަތަށް
      އަރަން އޮތް ފުރުސަތުގެ ބޭނުން ހިފަން ޖެހެއެވެ.

      7
      3
  2. ކިއެއްވެތޭ

    ސާބަހޭ މުއިއްޒު ކެމްޕެއިން ކުރުމާއި ގެން ކުރިއަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ގާސިމް އިބްރާޙިމް ނޫން އެހެން މީހެއްގެ ރާޑަރަށް ނާރަނީ އެއީ ކިއެއްވެތޭ މުއިއްޒު އަށް ހަމަ ނުފެންނަނީތޭ އެމީހުން ނުވަތަ މުއިއްޒުގޭގޭ ގެސްޓް ހައުސް ގެ މުވައްޒަފުންގެ ގޮތުގައި ވެސް އެވައްތަރު މީހުން ގެންގުޅޭތީވެ އެމެން ނުފޮނުވާން ވެގެން އެވާހަކަ ނުދައްކަނީތޭ ދެން ރިސޯރޓް ތަކުގައި ހުރި މެދު ފަންތިއާއި މަތީ ފަންތި ވަޒީފާ ތައް ދިވެހިންނަށް ނުދެނީ ކިއެއްވެތޭ މުއިއްޒު މިކަން ކަމަށް ވާހަކަ ނުދައްކަނީ ކިއެއްވެތޭ

    9
    36
    • ޢިސްލާޙް

      ދިވެހިން މަތީފަންތި އަދި މެދުފަނތީގެ ވަޒީފާތަކައްވެސް ބޭނުންވެއެވެ. ޢެކަމަކު ކީއްތޯކުރާނީ ރިސޯޓްތަކަކީ ސެޑިއުލްތަކަކާ އެއްގޮތައް މަސއްކަތް ކުރަންޖެހޭބައެއް ބޭނުންވީމަ ޑިއުޓީއައް ޖުކުމެފަ ބޭނުންނުވީމަ މަސައްކަަތައް ނުނިކުމެ ތިބެއްޖެނަމަ މުޅިރިސޯޓްގެ އަގު ވެއްޓި ބިސިނަސް ބަގުރޫޓްވާނެ. ޑިވެހިނގެ މިޒަމާނުގެ ގިނަ ކުދިނަކީ ކަންނެތް ބައެއް . ޥަޒީފާގައި ދެމިތިބެންނކެރޭބައެއް. ބޭނުންނުވިއަސް ބޭރުމީހުން ގެންގުޅެންޖެހެނީ އެހެންވެ.

      10
      2
  3. އަންނާށޭ

    މަމެންގެ ރަމަލު ތަކުން ދައްކާ ގޮތުގައި އެމްޑީޕީ އަށް އޮތީ ފަނާވުމާއި ހަލާކާއި ހަނަފަސް ކަމާއި ތަދުމަޑު ކަމުގެ ތެރެއަށް ދާންެ ކަން މިހެން ހުރުމުން ރާއްޖޭގައި އޮތް އެންމެ މޫރިތި ޕާރޓީ ކަމަށްވާ އެމްޑީއޭ ކުރިއާލާ މިކަމާއި ވިސްނާ މިހަނަފަސް ކަމާއި ތަދު މަޑުކަމުގެ ތެރެއަށް ރާއްޖެ ގެންދަން އެމެންނާއި ބައިވެރިނުވާށޭ ހެޔޮނުވާނެއޭ ބައިވެރިނުވާށޭ ހެޔޮނުވާނެއޭ ގައުމު މިނިވަން ކުރަން އަންނާށޭ މަމެން ޕިންކީން ގޯއްޗަށް އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ އަންނާށޭ ހެޔޮނުވާނެއޭ އަންނާށޭ

    22
    2
  4. Anonymous

    ރައީސް އިބޫގެ އަގުވެއްޓުނީ ތި ސަން ސިޔާމުގެ ސަބަބުންނެވެ. ތި ސިޔާމު ސަލާމަތްކުރަން ސަރުކާރުން ޚަރަދުކުރި ފައިސާ، ފަގީރުންނަށް ގެދޮރު ހޯދައިދޭން ޚަރަދުކުރި ނަމަ، ރާޢްޖޭގެ އެންމެން ރައީސް އިބޫ އަށް ވޯޓުދޭނެއެވެ.

    51
    4
  5. އބނ ގޮތެއް

    ތިކަން ހުއްޓާލައިފަ ބިސްގަޑު އަޅާ ރޮށިފިހަން ދޭބަލަ

    32
    1
  6. ލުޓޭރުންގެ ސަރުކާރު

    ވަރަށް ފީކަޅާކަމެ މޑއ ނުގެންނާތި ޕޕމ ކޯލިޝަންޔެރެއަށް...މޑއ މޑޕ އާކު ބައިތިއްބާ ޕޕމއަށް މުހިއްމެނޫން މޑއ...ބޮޑުދަރަނިގަޑެ ރައްޔިތުން ބޮލުގައަޅުވާފަހުރި މީހެއް..ރައްޔިތުން ބަލައިގަންނަ މީހެއްނޫން ޝިޔާމަކީ..ސިންގަޕޫރަށް ފޮނުވާލާ...

    30
    1
  7. އއ

    ތިޔަ ބުނާ ނަތީޖާ އަނބުރާލާއިރު ތަދުނުވާގޮތަކަށް އަނބުރާލާތި.

    29
    1
  8. އއ

    މާމުތް ބޮއެބޮއެ އަނގަފޮނިވީމަ ބެޗީކަމަށް ބޮޑަށް ލަފާކުރެވެނީ.

    33
    1
    • މައުރޫފް

      ފެލާ ފެލާ ވެސް މާމުއި ނުނިކުތީމާ ގެއްލުނީ.

  9. ހަވަރު ތިނަދޫ ސިޓީގެ ނިދަން "މޭރު"

    ސަން ސިޔާމަކީ ޔާމިނު އެމްޑީޕީތެރޭގައި އެޅުވި ފަންޏެއްކަން އިބޫއަށް ނުވިސްނުތީތީ ހިތާމަކުރަމެވެ. ހިތާމަ ކުރަނީ ސަން ސިޔާމު ފަންޏަކަށް ވީތީއެއްނޫނެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ސިކުނޑީގައި އެއްވެސް ވަރެއްގެ ތެތްކަމެއް ނެތީމައެވެ. އަމިއްލަ ބުއްދިން ކަންކަން ނިންމަން ނޭގޭތީއެވެ. ކެންޕޭނަށް ބަހަންދިންލާރި އިތުބާރުކޮއްފަ ވަގުންތަކެއް އަތަށް ދިނީތީވެއެވެ. އިންޑިޔާއިންވެސް ބުނީ ބަހަން ދެން ފައިސާނުދޭނެކަމަށެވެ. އިބޫ ލުލް އިމްރާން ލުލް މާރިޔާވެސް ލުލް

    10
    1
  10. ޏ

    ނަތީޖާ އޮތީ އެނބުރިފައެވެ އިބޫ އަށް 15% އެވެ މުޢިއްޒު އަށް 75% އެވެ
    އިމީ ދެވަނަބުރުގެ ނަތީޖާއެވެ އެހެންކަމުން ސިޔާސީ ޕާޓީތަޢް މުޢިއްޒު ފަހަތަށް
    އަރަން އޮތް ފުރުސަތުގެ ބޭނުން ހިފަން ޖެހެއެވެ.

    9
    1
  11. ޢިސްޢާފް ސަލީމް

    ޝިޔާމު ދެން ފެންނާނީ މުޢިއްޒާ އެކު! އެހެނަސް ޝިޔާމުގެ ނ އަތޮޅާއި ، ދ އަތޮޅުންވެސް މެޖޯރިޓީ ދިނީ މުޢިއްޒަށް! ޞާލިޙަށް މެޖޯރިޓީ ދިނީ ޝިޔާމުގެ ރިސޯޓުތަކުން އެކަނި!!

    13
  12. Anonymous

    މާމުއި ހުސްވީ ކަމަށްވާނީ، މިހާރު ހުރީ ހަތާގަޑު ! ޝިޔާމޫ މީހާރު މާމުއި އޮތީ ޕީއެންސީ ކޯލީޝަނި އަވަސްކުރޭ މާމުއި ހުސްވުމުގެ ކުރިން ގިނަ ވޯޓް ކޯލީޝަނާއި ގުޅޭ ވަގުތު ފާއިތު ވުމުގެ ކުރިން !

    10
    2
  13. ހަމީދު 1

    މާމުއި ހުސްވީމަޞިޔާމު ފިލީހެން ހީވަނީ. އެމްޑީއޭ، އަދާލަތުޕާރޓީން އިބޫއަށް ލިބުނު މާބޮޑުއެއްޗެއް އޮތްހެނެއް ހީއެއްނުވޭ. އެމްޑީއޭގެންގޮސްގެން ޕީޕީއެމަށް ލިބޭނެ މާބޮޑުއެއްޗެއްވެސް ނެތް. ޔަޤީނުންވެސް އިބޫކައިރިން ފިލާނެ މިހާރު ޞިޔާމަށް އެނގޭ މިވޯޓު އިބޫއަށް ޔަޤީން ނޫންކަން. އެހެންވީމާ މި 5 އަހަރު ލިބޭނެއެއްޗެއް ނޯންނާނެތާ.

  14. މަހަށްދޭބަލަ

    ވީ ގޮތް އެއްގޮތަކަށް ވެސް ނޭގެއޭ މާލޭގެ ހުރިހާ ވިޔާފާރިވެރިން މިސަރުކާރު ދެކެ ތިބީ ރުޅިއައިސްފައޭ ބަންގާޅުން މީހުން ގެނައުން މަނާ ކުރުމަށް ފަހު އިންޑިއާ އިން އެކަނި މީހުން ގެނެވޭ ގޮތް ހެދުމުން ބަންގާޅުން ކުރާ ގޮތަށް ބުރަކޮށް އެގޮތަށް އިންޑިއާ މީހުންނަށް މަސައްކަތް ނުކުރެވޭ ނަތީޖާ އަކީ ހުރިހާ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގް ކުންފުނި ތައް ބަނގުރޫޓްވީ ގަވާއިދާއި ޚިލާފަށް އުޅޭ އެންމެ ބިދޭސީ އެއް ފޮނުވާނުލެވުނު އިބޫ މަހަށްދޭބަލަ ދެން މަހަށްދޭ މަހަށް މަހަށް މަހަށް މަހަށް މަހަށްދޭބަލަ...

  15. ރޫޅެނީ

    މިގައުމުގައި އޮތް އެންމެ މޫރިތި އެންމެ އަޚްލާޤު ރަނގަޅު ޕާރޓީ ކަމަށްވާ އެމްޑީއޭ އެމްޑީޕީ އާއި ފެޔަށް ދެވަނަ ބުރުގައި ޖެހޭނީ އެއީ އޭގައި ވަރަށް ފުންމާނަ އެއް އޮތުމުންނޭ އެމްޑީއޭގެ ލީޑަރު އެއީ އާދައިގެ ލީޑަރެއް ނޫނޭ އެއީ ވަރަށް ވިސްނުން ތޫނު މާތް ބޭފުޅެކޭ އެބޭފުޅާ އެއްފަރާތަށް ޖެހުމުން އެއިން އެގިގެންދަނީ ދެން އެމްޑީޕީ ދާނީ ރޫޅެމުންނޭ ތަމެން ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ ރޫޅެނީ

  16. ލަތީފާ

    އެއްބަޔަކު ބާކީ ކޮށްލީ . މާލޭ ދަފްތަރުމީހުން ބިންނުދީ ބާކީ ކޮއްލީ . ދަފްތަރު އެކަކުވެސް އިބްރާހިމް އަށް ވޯޓް ދީގެން ނުވާނެ.