ފެންނަނީ ގޮތެއް ފޮތެއް ނެތި ސަރުކާރުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާތަން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ދައުލަތުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ވާހަކައަކީ އާވަހަކައެއް ނޫން ކަމަށާއި ފާއިތުވި 15 އަހަރު ވެސް ދިވެހިން ދައްކަން ޖެހުނު ވާހަކައަކީ އެއީ ކަމަށެވެ.

އިންތިހާބުތަކަށް ދައުލަތުން، ސަރުކާރުން ނުފޫޒު ފޯރުވާ ވާހަކަ ދައްކަން ޖެހޭ އެއްސަބަބަކީ 2008 ވަނަ އަހަރުގެ ގާނޫނު އަސާސީގައި ތަސައްވަރު ކޮށްފައިވާ ކަންކަން ވެސް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިފައެއް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ސަރުކާރާއި އިދިކޮޅުގައި ތިބޭއިރު ކޮންމެ ބަޔަކު ވެސް އެވާހަކަ ދައްކާ ކަމަށާއި ނަމަވެސް ވެރިކަން ލިބުމުން އަނެއްކާވެސް އޮންނަނީ ކުރިން ކުރި ގޯސް ކަންކަން ތަކުރާރު ކުރުން ކަމަށެވެ. "ކުރަން އައީ ކޮންކަމެއްކަމެއް، ބަދަލު ކުރާން ވައުދުވީ ކޮން ކަމެއްކަމެއް، އިސްލާހު ކުރާނީ ކޮންކަމެއްކަން ހަނދާނެއް ނެތް." އަލީ ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީ އައުމުން އެންމެ ބޮޑަށް ދެކެވުނު އެއްވާހަކައަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ ކަމަށެވެ. ދައުލަތް ވާން ޖެހޭނީ މީޑިއާތައް ރެގިއުލޭޓް ކުރާ ތަނަކަށް ކަމަށާއި ނަމަވެސް ފެންނަނީ ކޮންމެ އިރަކު ވެސް އޭރެއްގެ އޮންނަ ސަރުކާރެއްގެ ޕްރޮޕެގެންޑާ ފަތުރާ މެޝިނަކަށް ދައުލަތުގެ ޓީވީ އާއި ރޭޑިއޯ ވެގެންދާ މަންޒަރު ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އޭގެ އިތުރުން މިހާރު ފެންނަމުންދާ މަންޒަރަކީ ނޫސްތައް ގަނެގެން ނޫސްތަކުގެ ކޮންޓްރޯލް ސަރުކާރުން ނަގަމުންދާ މަންޒަރު ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު 40 ކުންފުނި ހިންގަނީ ދައުލަތުން ކަމަށާއި އެ 40 ކުންފުނި ބޭނުން ކުރަނީ ރައީސްއަކު ކުރިއަށް އޮތް ދައުރަށް އިންތިހާބުވުމަށް ކަމަށެވެ.

"ކުންފުނިތައް ބޭނުން ކުރަނީ ވެސް ދައުލަތުގެ މާލިއްޔަތު ގާނޫނަށް އަމަލު ނުކުރަން ވެގެން. އެއީ ޕްރޮޖެކްޓްތަކާއި ވަޒީފާތައް ދިނުމަށް ބޭނުންކުރާ ވެހިކަލެއްގެ ގޮތުގައި ފެނިގެން މިދަނީ. ޕްރައިވެޓް ސެކްޓަރުގައި ކްރެޑިޓެއް އޮތިއްޔާ އެވެސް ނަގަނީ ދައުލަތުން. ކުޑަކުޑަ މިސާލަކަށް ބަލާނަމަ ފެނަކައިގެ ދަރަނި ފުދޭ. ފެނަކައިގަ އޮތް ދަރަންޏަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ފައިސާ، އެވިޔަފާރިތަކުގެ ސޭވިން." އަލީ ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެކަނިވެސް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރު ފެނިގެން ހިނގައްޖެއެވެ. ވަޒީފާ ބެހުމުން ފެށިގެން ޕްރޮޖެކްޓް ދިނުން ވެސް ބިންތައް ބެހުން ވެސް މިނެއް ފޮތެއް، ގޮތެއް ނެތި ސަރުކާރުން ކުރަމުން ގެންދިޔަ މަންޒަރު އިންތިހާބުގެ ކުރީ ދުވަހު ވެސް ފެނިގެން ދިޔަ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

"އިސްލާހް ކުރަން ހުރި ކަންކަން ވަރަށް ގިނަ." އަލީ ހުސެއިން ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ފާހަގަކޮށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަލޯ

    އަލީ ހުސެއިން ތީ އޭރަކު ވައިޖެހޭ ކޮޅަކަށް ވާހަކަ ދައްކާ މީހެއް. ދައްކާ ވާހަކައާއި ވޯޓުދޭގޮތާއި އަމަލާ ދިމާނުވޭ. މަޖިލީހުގައި ދުވަހަކުވެސް އުފެއްދުންތެރި މަސައްކަތެއް ނޫނީ އިންޕުޓެއް ދިންތަނެއް ނުފެނޭ. އެންމެ ފާހަނގަކޮށްލެވޭ ކަމަކަށް ކުރީ ކުރުތާއެއް ލައިގެން މަޖިލީހަށް ވަދެ މޯދީ ދެއްކިހާ ވާހަކައަކަށް އަތް ޖަހައި ގމރއ ހެން ހެވި ދިއްލިފައި އިނުން. މިކަހަލަ މީހުން ހޮވާތީ ގައުމު ހަލާކުވަނީ

    9
    7
  2. ލަކީ

    ޙެހެ އަލީ ހުސަންއަށް މިހާރު ސައިޒު ފެނިއްޖެ ނު ދެންކޮން ވާހަކައެއް ހެހެ

    9
    2
    • ގާދިރު

      ކަލޯމެންތީ އޭރަކު ވައިޖެހޭ ކޮޅަކަށް ދުވާބައެއް އެއްވެސް އިތުބާރެއް ނެތް

      1
      1
  3. މީހެއް

    ދެލޯއަނދިރީތަ

  4. Anonymous

    އަހަރެމެން އެއޮތީ ކާސިމަށް ހަތެތި ދީފައި! ދެން ލަލަލާ. ދުވަހަކުވެސް ޖޭޕީގެ ގާސިމަށް މިގައުމުގެ ވެރިކަމެއް ނުލިބޭނެ.

  5. އަނދޭ

    ފަސްކުޅަނދު މަދު ގޮލައެއް. ކަލޯ ކީއްކުރާނީ. ސޭޓުގެ އުރައްޕެއްނެތީމަ އެއީކީ ރައްޔިތުންގެ މައްސަލައެއްނޫނޭ. ހޭފުޅު ދެބައިވީ ތޯ

    4
    1
  6. ހާމަ

    އަޅުގަނޑަކީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ މީހެއްނޫން! އަޅުގަޑަކީ ވަރަށް ގާތުން އިންތިޚާބު ހިނގަމުން ދިޔަތަނު ގައި ހުރި މީހެއް! އަޅުގަނޑު ދަންނަވާނީ މި އިންތިޚާބަށް ސަރުކާރު ކާރުން އެއްވެސް ނުފޫޒެް ނުފޯރުވާ މީ 100% ގެރެންޓީ އޮޔް ކަމެއް

    3
    4
  7. ޒާރާ ޙަބީބު ޢުސްމާނު

    ނުފޫޒް ފޯރުވީ ވޯޓުލީއިރަކުނޫނޭ! ވޯޓުލާންފެށުމުގެ ކުރިން ރުފިޔާބަހާ ، އައިޑީކާޑު ގަނެ ، ފައިސާނެތް މަޝްރޫޢުތައްފަށާ ، މަސައްކަތެއްނެތް ވަޒީފާތައްދީ މިކަންކަންކުރީ ހާމަކޮށް! މިއީ ނުފޫޒުފޯރުވުމަކީ!

    5
    1