ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަން އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް ސޯލިހް ސަން އައިލެންޑަށް ވަޑައިގަންނަވާނީ މިއަދު މެންދުރުފަހު 13:30 ކަންހާއިރުއެވެ.

ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން މިއަދު ގޮތެއް ނިންމަން ކައިރިވެފައި ވަނިކޮށް ރައީސް ސޯލިހް މިއަދު ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާ މަޝްވަރާ ކުރައްވަން ނިންމެވިއިރު ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ރޭ ސަން އައިލެންޑްގައި ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެމަޝްވަރާތަކުން ލިބުނު ނަތީޖާއެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ގިނަ ބަޔަކު ލަފާކުރި ނަތީޖާއަށްވުރެ މާދަށް ނަތީޖާއެކެވެ.

ގާސިމް އަކީ ރައީސް ސޯލިހް ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. އަދި މިސަރުކާރު ދެމެހެއްޓުމުގައި ވެސް ގާސިމްގެ ހިއްސާ ބޮޑެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ގާސިމް ވަރަށް ބޮޑަށް ރައީސް ސޯލިހަށް ފާޑުވިދާޅުވިއެވެ. ހާއްސަކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އާއި ގުޅޭ ގޮތުން ގާސިމް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ.

މީގެ ކުރިން 2008 ވަނަ އަހަރާއި އަދި 2013 ވަނަ އަހަރު ވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ތިންވަނަ ލިބިވަޑައިގެންނެވީ ގާސިމް އަށެވެ. އަދި ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރެއްވީ ގާސިމް ތާއިދު ކުރެއްވި ކެންޑިޑޭޓުންނެވެ. އެހެންކަމުން ގާސިމްގެ ތާއިދު ލިބުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށް ގާސިމްގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މިފަހަރު ގާސިމަށް ލިބުނު ވޯޓުގެ އަދަދަށް ބަލާއިރު ދެވަނަ ބުރުގެ ކޯލިޝަނެއްގައި ގާސިމްގެ ބައިވެރިވުން އޮންނަން ޖެހޭތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ފފފފފ

    މަބުނާނީ ގާސިމު ދާނީ ސޯލިހުގެ ފަޅިއަށޭ! މިއީ ގާސިމަށް ބަދުނަސީބު ދުވަސްކޮޅަކާ ވައްތަރީ. ހުރިހާ ނިންމުމެއްވެސް އެބޭޅާ ނިންމަވާނީ ގެއްލުން ލިބޭގޮތަށްކަމަށް ވަރަށްބޮޑަށް ލަފާ ކުރެވޭ.
    އަނެއްކޮޅުން ގާސިމަކީވެސް މޫން މަހާވަރަންއަށް އަޅުވެތިވެފަހުރި މީހެއް. ގާސިމަށް ފުކަކަށްވަންދެން ބަވާލަން އެމްބަސީއަށް ގެންދާނެކަން ގާސިމަށްވެސް އެނގޭނެ.

    32
  2. ބަސްއަހާ މީހާ

    ޤާސިމް އިބްރާހީމަކީ ސަރުކާރުގެ ހިއްސާ ދޭގޮތަށް ގެންދާވަރުގެ ސިޔާސީ މީހެއްކަމަކަށް ނުދެކެން،

    39
    1
    • ވޭން

      އިބޫ ބުނިދޯ ދެވަނަބުރުގަ ބާއަޅަން ނާނާޗޭ ކޯލިޝަން ހަދަން ނާނާށޭ . . . . . ގާސިމު ހަނދާނަނެތުނީތަ އެވާހަކަ . . . . . .ކޯލިސަންހެދިޔަސްނެހެދިޔަސް މަ ވޯޓް ނުދޭނައް އިބޫ އިންޝާﷲ މޑޕ އޮފީހުން ވޯޓުލަމުންދިޔައިރުވެސް ވޯޓްލީތޯ މީހުނައްގުޅަމުންދިޔާ

      14
    • ހަގީގަތް

      އިބޫ ވެރިކަމުގެ ދަހިވެތިކަމުގަ ކޮންމެ ކަމެއްވެސް ކޮއްފާނެ

  3. އިކުރާމު

    ގާސިމު ތިޔައުޅެނީ ފެތޭ އޮޑިޔަކަން އަރާ ޕާޓީ ވެސް ގަރަގުވާން

    27
  4. ޟަނޓޭ

    އެންމެ ވޯޓެކޯ މިޖަލޭގެ ބޭނުން ވެގެން މިއުޅެނީ ލޮލް

    21
  5. ހުއްބާބު

    ގާސިމު ނޫން ގޮތެއް ނެތީހޭ؟؟ ގާސިމު އެބަޖެހޭ ބޭރުކުރަން

    30
  6. Anonymous

    ތިޔަ ބައްދަލުވުންތަލުން ރައްޔިތުންނައް ލިބޭނެ މަންފާއެއް ފައިދާ އެއް ނޯނނާނެ ގާސިމައް ބޮޑުކޮއް ގިނައިން ލިބޭފަޅިއަކައް އޭނަ އަރާނެ ، އެކަމަކު ދިވެހި ރައްތުން ވޯޓު ނުޖެހޭނެ އިބޫއަކައް ގާސިމަކައް ކޮންމެހެން ދޭކައް ، މަވޯޓް މިހާރުވެސް މުއިއްޒައް.

    30
    3
  7. ލަކީ

    ޟިފަހަރު ކިތައް %ބާ ބަލަމާ ހިންގާ

    14
  8. ނަހަދާތި

    ރާއްޖޭގައި އިންޑިއާ ސިފައިން ގެ އެތައް ހާސް ބަޔަކު ބައިތިއްބާ އަދި ރާއްޖޭގެ ކަނޑު ސިއްރު ސިޓީ އަކުން ދޫކޮށްލާ އަދި ރާއްޖެ އަށް ބަންގާޅުން ގެނައުން މަނާ ކޮށް ރާއްޖޭގެ ލޭބަރ މާރކެޓް އިންޑިއާ އަށް ބަރޯސާވާ ގޮތް ހެދީ ސީދާ މިސަރުކާރުން އެއީ ހަގީގަތުގައި މިތަކެތީގެ އަގުބޮޑު ވެ ޓެކްސް ބޮޑުކުރަން ޖެހުނު ސަބަބަކީ ބަލަގަ ފިޔާ އަލުވި އިންޑިއާ އަށް ވުރެން އަގު ހެޔޮކޮށް އިންޑޮނޭޝިއާ އިން ވެސް ލިބެން އެބަހުއްޓޭ ދެން އެސްޓީއޯގެ އަމިއްލަ ބޯޓެއް އޮންނައިރު މިކަން ކަން ހައްލު ނުވޭ ރައީސް އިބޫ އަށް ގާސިމް ކޯލިޝަން ހަދައިފިނަމަ އެއީ ގައުމުގެ މިނިވަން ކަން ވިއްކާލުމޭ އެކަން ނުކުރާތި ހެޔޮނުވާނެއޭ އެކަން ނުކުރާތި އޭނާ ތެދެއްވެސް ނަހަދާނެއޭ ގާސިމް ގާތު އޭނާ އާއި އެކު ކޯލިޝަން ނަހަދާށޭ ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި ގާސިމް

    10
    2
  9. ނަހަދާތި

    ބައްލަވާ ގާސިމް ރައީސް އިބޫ ކުއްލި އަކަށް ފައިން ވެލި ނުހިކިގެން ގާސިމް އާއި ބައްދަލު ކުރަންދިޔާ މަމެން ޕިންކީން ދިއުމުންނޭ އެއްގޮތަކަށް ވެސް ރައީސް އިބޫ އާއި އެކު ކޯލިޝަން ނަހަދާތި އެއިރުން ގާސިމް ގެންގުޅުނު އުސޫލު ތަކާއި އަދި ކެމްޕެއިން ކުރި އުސޫލު ތަކާއި މުޅިން ޚިލާފުވީއޭ އެހެން ވެއްޖެނަމަ ގާސިމްގެ ސިޔާސީ ކެރިއަރ ދާނެއޭ އެހެން ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި ނަހަދާތި

  10. މަޗާ

    ސޯލިހަށް ސާބަސް.ވީގޮތަކުން ވެރިކަން ދަމަހަށްޓަން މުހިންމު.

    12
  11. ހޭލާ

    އިނގިދާނެތާ ތިޖަހާ ޗައްކަރެއް ވަރުގަދަ ޗައްކަރަކަށް ވާނެ ބޯނެއް އެއްޗެއް ގޮތް ބަލަންތިބޭ ތީ ފައްކާ ބޯނެއް ބުރުމާއެއް

    17
  12. ދިއްދޫ ކަލޯ

    ސޭޓް އަކީ މިހާރު ޅޮސް ގަހެއް، ބަޔަކު އޭނަގެ ބޯކާލާގެން މުއްސަދި ވެއްޖެ.

    21
  13. ސުޕްރަމާން

    އަނެއްކާވެސް ކަނޑުވިއްކާލާ ބީޖޭޕީ އަށް ކެމްޕެއިން ކުރަންވެގެން ގާސިމް ގެ އެހީއަށް އެދެނީ

    16
  14. އިންތިޚާބު

    ޤާސިމް މިވަގުތު ރަނގަޅުވާނީ ފެތެމުންދާ އޮޑިއަށް އަރާވަޑައިގަތިއްޔާ. މިއީ އަޅުގަނޑުގެ ޚިޔާލު. މި ނިމުނީ އޮނަރަބަލް ޤާސިމްގެ ފުލް ސަޕޯޓެޑް ސަރުކާރެއް.

    16
    • Anonymous

      ޖުމްހޫރީ ޕާޓިން ކެނޑޭނަން. ދުވަހަކުވެސް ގާސިމަށް މިއާއިލާއެއް ވޯޓެއް ނުދޭނަން އިނގިއްޖެ!

  15. މުއިއްޒު ދެބުރުން

    އިބޫ ވޯޓުން ތަޅާ ބޭލުމުގެ ކުރިން އަދި ދެތިން ފަޅާއި ލާރިގަނޑެއް ގާސިމު ކާލާތި. މިކަހަލަ މިހުންގެ ކިބައިން ގައުމު ސަލާމަތްކޮށް މުއިއްޒު ހޮވާނަން އިންޝާﷲ

    24
    1
  16. ޢަހިމަދު

    ތިދެހާއިނުން އެކުގަ އުޅޭ

    15
  17. Anonymous

    ދޭ ތިޏެޔާ އެއްކޮށް ! ޕީޕީއެމް އިން މީނަ ކާރި ނުކުރާތި. މީ ބޮޑު އުދަގުލެއް މީނަޔަށް ބައި އަޅައިގެން ސަރުކާރު ނުހިންގޭނެ.

    19
  18. ްެވޭން

    ގާސިމައް ބައިއަޅަން ވޯޓެއްނުދެވޭމެ ކޯލިޝަންހެދިޔަސް

    11
  19. balaathi

    ބަލަގަ ކޯލިޝަން ނަހަދާ ކެމްޕެއިން ކުރާނަމޭ ބުނި މީހާ ކުއްލި އަކަށް ގާސިމްގެ ފައި ބުޑަށް ވެއްޓުނީ ކިހިނެއްވެތޭ މިއިން އެގިގެންދަނީ އެމްޑީޕީގެ ކެމްޕެއިން ގައި އެއްވެސް އަމާޒެއް ނެތޭ އަމާޒެއް ނެތި ލާހޫރެނީއޭ ދެން މިވަރުގެ ބަޔަކާއި ހެޔޮނުވާނެއޭ މިގައުމުގެ ސަރުކާރު ހަވާލުކުރާން ރައްޔިތުން އެންމެކަން ބޮޑުވާ ކަންކަމޭ ގާސިމް ވެސް ކަން ބޮޑުވަނީ އެއީ އިންޑިއާ ސިފައިން މިގައުމުގައި ތިބުމޭ ފުރަތަމަ އެތިބި އަދަދު ހާމަކުރާށޭ އެއަށް ފަހުގައި ގޮތެއް ނިންމޭނީ

    10
  20. ނަމަ

    އަމިއްލަ އަށް ބޮޑުތަނުން ބަލިވާނެ ގޮތެއް ހޯދަނީބާ

  21. ހެޔޮނުވާނެއޭ

    ތިޔާއީ ރިޔާސީ އިންތިޚާބަށް ޖަހާ ކަޑައޭ ރައްޔިތުންނޭ މިދަންމަޅީގައި ނުޖެހޭތި އުތުރު ތިލަފަޅު އިންޑިއާ އަށް 100 އަހަރަށް ރާއްޖޭގެ ގާނޫނު ނުހިނގާ ގޮތަށް ދޭއިރު އެ ފަޅުގެ ތެރެއަށް ގިރާވަރު ފަޅުވަންނަ ކަން އިނގެނީ އެއީ ކިތައް ރައްޔިތުންނަށްތޭ ރައްޔިތުންނޭ ހޭލާށޭ ހެޔޮނުވާނެއޭ ހޭލާށޭ ރައްޔިތުންނޭ ހޭލާށޭ ހެޔޮނުވާނެއޭ ހޭލާށޭ ރައްޔިތުންނޭ ހޭލާށޭ ހެޔޮނުވާނެއޭ ހޭލާށޭ ރައްޔިތުންނޭ ހޭލާށޭ ހެޔޮނުވާނެއޭ ހޭލާށޭ ރައްޔިތުންނޭ ހޭލާށޭ ހެޔޮނުވާނެއޭ ހޭލާށޭ

  22. އުސާ

    ރައީސް ދެން މަޑުމަޑުން ހުރެބަލަވާގޮތް ބަލަން.

  23. ބީޓޭ

    ގަސިމާ ތިޔަކަލޭގެ އާދެން ގާތްނުވޭ!!! ގާސިމާ ހަނދާންކުރޭ !!ގާސިމުބުނީމެންނު
    މޫމިނާ ގަޔައް އެއްހަރަކުން ދެފަހަރުކަށިނުހެރޭނެވާހަކަދޯ؟ ނަހޫގޮވާގެން ތިޔަކަލޭގެ ބަޗާވެސްފާނެ . އެވަރުހިޔަޅުވިސްނުމުގަ އުޅޭމީހެއްތިޔައީ . ބަލާ ރަހުމަތްތެރިޔާއަށްދިން ދޯކާ އެއީ މިބުނާބަހުގެ މިސާލަކަށްފުދެންވާނެ ގާސިމާ.

  24. ބެއްޔާ

    ގާސިމް އާނ ބަސް ނުބުނެފިއްޔާ ދެދުވަސްފަހުން ޓްރާންސްޕޯޓް މިނިސްްޓަރު ކަމަށް އެހެން މީހަކު އައްޔަންކުރާނެ.

  25. އަހަންމަދު

    ގާސިމު މީ ހާދަ ގޮތްކުޑަ މީހެކޭދޯ؟ ސޯލިހަކީ އިންޑިޔާ ސިފައިން ސިއްރުވެރިކޮށް މިތާ ބައިތިއްބައިގެން ހުރި މީހެއްކަމާއި، ކަޑުގެ ބައެއްވިއްކާލާފަ ހުރިމީހެއްކަމަށާއި ކޮންމެހެން ވެރިކަމުން ބާލަންޖެހޭ މީހެއްކަމަށް މުޅިގައުމުގެ ރައްޔިތުންގެ ކުރިމަތީ އަތްފައި އުކާ ކަރުފަލަކޮށްފަ ހަޅޭއްލާފަ މިއަދު ދަތްތައް ދިލުވައިގެންހުރެ ސޯލިހުއާ ކޯލިޝަން ހަދަން މަޝްވަރާ ކުރަން މީނައަށް ހަމަ ރަގަޅު. ލަދުކުޑަކަމާއި ޑިގްނިޓީއެއް ނެތްކަމުގެ އިންތިހާ. ހައިރާނެއްުނުވާނެތަ!
    މީނަދެކެ މާލޯބިވާ 4 އަބިންކުރެ އެކަކަށްވެސް މިކަން ބޮޑެއްނުވޭ!
    ޕާޓީގެ މިތިބަ ބޮޑުންނަކަށްވެސް މިކަން ބޮޑެއްނުވޭ. ކޮބައިތަ މާކުރީގަ ޕީއެޗްޑީ ހެދިގެން އުޅޭ ވަހީދު. ވަހީދަށްވެސް ހަމަ އޯކޭ!
    އިންސާނެއް ވިއްޔާ އަގެއްވެސް ހުންނަންވާނެދޯ؟
    ބަކަރިންގެ ފެންވަރަށް އިންސާނުން ވެއްޓޭކަށްނުވާނެ! ކާންދޭންކަމަށްހަދާފަ ދިއްކޮށްލާ ފަތްކޯޅިން ކަންކަށިމަތީ ޖެހީމަވާތަދުން ދުވެދާއިރަށް އަނެއްކާ ހަމަ އެފަތްކޯޅި ދިއްކޮށްލާފަ
    ޒާތަކު އަޑެއްލަށްވާލީމާ އެބުރިއައިސް ހަމަ އެފަތްކޯޅިން ކައިއުޅެނީ ބަކަރި ދޯ؟ މިއީކީ އިންސާނުން އުޅެންޖެހޭނެ ދަރަޖައެއްނޫން!

  26. އަހަންމަދު

    ސޯލިހަށް ގޮތްހުސްވެ ނިމިއްޖެ. އެހެންނޫނީ މީނައަށް އެވަރަށް ބަވާ ރައްޔިތުން ކުރިމަތީ އަގުވައްޓާލީމަވެސް އެމީހާގެ ފައިބުޑަށް ވެއްޓި ސަލާމެއް ނުޖަހާނެ! ދިވެހިން ލަދުގަންނަވަން ކަލޭދެން ވެރިކަމާނޫޅެ
    ގެއަށްދޭބަލަ.

  27. ނަނަނަ

    ގާސިމްގެ ބަލާވެރިކަން 5،000 ވޯޓުންވެސް ނުނިމުނު ދޯ!

  28. ހަގީގަތް

    އިބޫ ވެރިކަމުގެ ދަހިވެތިކަމުގަ ކޮންމެ ކަމެއްވެސް ކޮއްފާނެ

  29. ބުރުމާ

    ސޭޓް ލިބިދާނެ
    ފަޅެކާއި 4އަމިންނަށް ބޮޑެތި ވަޒީފާ ދެނިކޮށް

  30. އިކުރާމު

    ނުހޮވޭނެކަން އަމިއްލަޔައްވެސް ގިބޫލު ކުރެވިއެްޖެ

  31. ވިސްނާށޭ

    ގާސިމް މިފަހަރު ވިސްނުންތެރި ލޮލަކުން ބަލަންޏާ ފެންނަނީ ގައުމުގެ މިނިވަން ކަން ދިފާއު ކުރާ އޮޑިއަަށް އެރުމޭ މަމެން ދޫކޮށްލާނީ ގާސިމް އަށް ތިޔާ ކަން ގާސިމް ގައި ގައި ހުރި ވަތަނީ ރޫހެއް މަމެން ބަލާނަމޭ ދެން ކޮބާތޭ ގާސިމް އަށް ވުރެން ގިނައިން ވޯޓް ހޯދި އުމަރު އުމަރު ނަސީރު ގާތަށް ޕީޕީއެމް އިން ނުދަނީ އެއީ ކިއެއްވެތޭ އުމަރާ ޕާރޓީ އަކާއި ނުގުޅި އުމަރު އުމުރު ހުސް ކޮށްލިއަސް ރާއްޖޭގައި މިބާއްވާ ރިޔާސީ އިންތިޚާބު އުމަރު މިހާރު ތިޔާ އުޅޭ ގޮތުން ކާމިޔާބު ނުވާނެއޭ ވިސްނާށޭ ވިސްނާށޭ